Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ޤަތުލުއާންމު

ޣައްޒާއިން އިސްރާއީލު ސިފައިން ފޭބުމަށާއި އީރާނުގެ ނިއުކްލިއަރ މައްސަލައަށް އަވަސް ހައްލެއް ގެނައުމަށް ޤަތަރާއި ފަރަންސޭސިވިލާތުން ގޮވާލައިފި

22 އޮކްޓޯބަރު 2026 | ބުރާސްފަތި 06:18

ޣައްޒާގައި ހަމަލާ ބަދަލުކުރުން ހުއްޓާލައި އިސްރާއީލު ސިފައިން އެ ސަރަހައްދުން ފޭބުމަށާއި، ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިކުރުން ހުއްޓާލުމަށް ޤަތަރާއި ފަރަންސޭސިވިލާތުން ގޮވާލައިފި. މީގެއިތުރުން، އީރާނުގެ ނިއުކްލިއަރ މައްސަލައަށް ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށާއި، ލުބުނާނުގެ އިސްތިގުލާލު ދަމަހައްޓައި ސޫރިޔާގެ ހަމަޖެހުމަށް މަސައްކަތްކުރުމަށް ދެ ޤައުމުން ވަނީ ބާރުއަޅާފައި

ނިއުސް ޓީމް
ނިއުސް ޓީމް | 22 އޮކްޓޯބަރު 2026 | ބުރާސްފަތި 06:18
ޣައްޒާގެ ރައްޔިތުން ދިރިއުޅޭ ގެދޮރު އިސްރާއީލުގެ ސިފައިންގެ ބެލުމުގެ ދަށުން ހަލާލުކޮށް ސުންނާފަތިކުރަނީ

ޣައްޒާގެ ރައްޔިތުން ދިރިއުޅޭ ގެދޮރު އިސްރާއީލުގެ ސިފައިންގެ ބެލުމުގެ ދަށުން ހަލާލުކޮށް ސުންނާފަތިކުރަނީ | އަނަދޮލު އޭޖެންސީ

ޤަތުލުއާންމު ހުއްޓާލުމަށް އެއްބަސްވެފައިވާ އިންތިޒާމުތަކުގެ ދަށުން ޣައްޒާއިން އިސްރާއީލު ސިފައިން ފޭބުމަށާއި، އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިކުރުމުގެ ސިޔާސަތުތައް ނިމުމަކަށް ގެނައުމަށް ޤަތަރާއި ފަރަންސޭސިވިލާތުން ބުދަ ދުވަހު ގޮވާލައިފި އެވެ. ހަމަމިއާއެކު، އީރާނާ ގުޅިފައިވާ ނުތަނަވަސްކަމަށް ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް ވެސް ދެ ޤައުމުން ވަނީ ބާރުއަޅާފަ އެވެ. މި ވިސްނުންތައް ހާމަކޮށްފައި ވަނީ، ފަރަންސޭސިވިލާތުގެ ރައީސް އިމެނުއެލް މެކްރޮން ގަލްފުގެ ބައެއް ޤައުމުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޤަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އަލްޘާނީއާއެކު ދޯހާގައި ބޭއްވެވި މަޝްވަރާތަކަށް ފަހު ނެރުނު ގުޅިފައިވާ ބަޔާނެއްގަ އެވެ.

އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ އެއްވެސް ބައެއް ވެރިވެގަތުމާ ދެކޮޅުކަން ދެ ޤައުމުން އަލުން ކަށަވަރުކޮށްދިންއިރު، އިސްރާއީލުން ވަޒަންވެރިކުރުމަށް ގެންގުޅޭ ސިޔާސަތުތަކާއި ޓެރެރިސްޓު ވަޒަންވެރިން ހިންގާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް ވެސް ވަނީ ގޮވާލާފަ އެވެ. މީގެއިތުރުން، އެއްބަސްވެފައިވާ އިންތިޒާމުތަކާ އެއްގޮތަށް އިސްރާއީލުގެ ސިފައިން ޣައްޒާއިން ފޭބުމާއި، ރައްކާތެރިކަމާއެކު އެއްވެސް ހުރަހެއް ނެތި އަވަހަށް އިންސާނީ އެހީ ފޯރުކޮށްދިނުން ހިމެނޭހެން، ޣައްޒާގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން ފުރިހަމައަށް ތަންފީޒުކުރުމުގެ މުހިންމުކަން ދެ ޤައުމުން ފާހަގަކުރި އެވެ. ހަމަމިއާއެކު، ދެ ދައުލަތުގެ ހައްލަށާއި ފަލަސްތީނުގެ އިންތިޚާބު ބޭއްވުމަށް ފުރިހަމައަށް ތާއީދުކުރާކަން ވެސް ދެ ޤައުމުން ވަނީ ބުނެފަ އެވެ.

Advertisement - worldAdvertisement

އީރާނުގެ މައްސަލައިގައި، ސަރަހައްދީ ޤައުމުތަކަށް އީރާނުން ދިން އަސްކަރީ ހަމަލާތައް ޤަތަރާއި ފަރަންސޭސިވިލާތުން ވަނީ ކުށްވެރިކޮށްފަ އެވެ. އަދި، ތެހެރާނުގެ ނިއުކްލިއަރ ޕްރޮގްރާމަކީ ހަމައެކަނި ސުލްހަވެރި ބޭނުންތަކަށް ޚާއްސަ ޕްރޮގްރާމެއް ކަން ކަށަވަރުކުރުމަށް ޓަކައި ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް ދެ ޤައުމުން ގޮވާލި އެވެ. ސަރަހައްދުގެ ނުތަނަވަސްކަން ކުޑަކުރުމަށް ޤަތަރުން ކުރަމުންދާ މެދުވެރިއެއްގެ މަސައްކަތްތަކަށް ފަރަންސޭސިވިލާތުން ތައުރީފުކުރި އިރު، އެއްވެސް ފީއެއް ދެއްކުމަކާ ނުލައި ހުރްމުޒް ކަނޑުއޮޅިން ދަތުރުފަތުރުކުރުމުގެ ފުރިހަމަ މިނިވަންކަން އަލުން ޤާއިމުކުރުމަށް ވެސް ދެ ޤައުމުން ވަނީ ބާރުއަޅާފަ އެވެ.

ލުބުނާނާ ގުޅޭ ގޮތުން ދެ ޤައުމުން ތާއީދުކޮށްފައި ވަނީ، އެ ޤައުމުގެ އިސްތިގުލާލު އަލުން ގާއިމުކުރުމަށާއި، ޙިޒްބުﷲ އިން ހަތިޔާރު ބެހެއްޓުމަށާއި، އިސްރާއީލުގެ ސިފައިން އެއްކޮށް ފޭބުން ކަށަވަރުކުރުމަށް އެކުލަވާލާފައިވާ ތިން ފަރާތުގެ އޮނިގަނޑު އެއްބަސްވުން ފުރިހަމައަށް ތަންފީޒުކުރުމަށެވެ. މިއާއެކު، އދ. ގެ ސުލްހަ ބަލަހައްޓާ މިޝަންގެ ދައުރު ހަމަވުމަށް ފަހު ސަލާމަތީ ހުސްކަމެއް އުފެދިދާނެ ކަމުގެ އިންޒާރު ދެ ޤައުމުން ދިން އިރު، ލުބުނާނުގެ ކަމާބެހޭ އިދާރާތަކަށާއި އަސްކަރިއްޔާއަށް ބައިނަލްއަގުވާމީ އެހީތެރިކަން މެދުނުކެނޑި ފޯރުކޮށްދިނުމަށް ވެސް ވަނީ ގޮވާލާފަ އެވެ.

ސޫރިޔާގެ ހާލަތާ ގުޅޭ ގޮތުން، އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަމަޖެހުން ގާއިމުކުރުމަށާއި އިގުތިސާދު އަލުން އާރާސްތުކުރުމުގެ މަޝްރޫއުތަކަށް އެއްބާރުލުން ދިނުމަށް ތައްޔާރަށް ތިބިކަން ދެ ޤައުމުން ހާމަކުރި އެވެ. ސަރަހައްދީ މައްސަލަތަކުގެ އިތުރުން، ދިފާޢީ، ސަލާމަތީ އަދި އިގުތިސާދީ ދާއިރާއިން އެއްބާރުލުން ފުޅާކުރުމަށް ވެސް ޤަތަރާއި ފަރަންސޭސިވިލާތުން ވަނީ އެއްބަސްވެފަ އެވެ. ކުވައިތު، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ބަޙްރައިން އަދި ސައުދީ އަރަބިއްޔާ ހިމެނޭހެން މެކްރޮން ގަލްފު ސަރަހައްދަށް ކުރެއްވި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ، އިސްތިރާޖީ އަދި އިގުތިސާދީ ގުޅުންތައް ބަދަހިކުރުމާއި، ސަރަހައްދީ ހަމަޖެހުމާއި ހުރްމުޒް ކަނޑުއޮޅިން ދަތުރުފަތުރުކުރުމުގެ މިނިވަންކަން އަލުން ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުމެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ޣައްޒާއިސްރާއީލްގަތަރުފްރާންސްއީރާންއެމެނުއެލް މެކްރޮން

އެންމެ ހިނގާ

1

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

2

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

3

މުއިއްޒު އާއި އެކު ޝެހެބާޒް ދެއްވި ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް ދާންޖެހިދާނެކަމުގެ އިންޒާރު!

4

ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި

5

ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!

އިތުރަށް ކިޔާލަން

22 އޮކްޓޯބަރު 2026

"ހަނގުރާމަ މިހާރު ވެސް ނިންމާލެވިދާނެ، އެކަމަކު...؟" އީރާނަށް ޓްރަމްޕްގެ އާ އިންޒާރުތަކެއް!

22 އޮކްޓޯބަރު 2026
"ހަނގުރާމަ މިހާރު ވެސް ނިންމާލެވިދާނެ، އެކަމަކު...؟" އީރާނަށް ޓްރަމްޕްގެ އާ އިންޒާރުތަކެއް!
22 އޮކްޓޯބަރު 2026

ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!

22 އޮކްޓޯބަރު 2026
ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!
21 އޮކްޓޯބަރު 2026

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާ ގުޅިގެން ކުރާ މުޒާހަރާތައް ހުއްޓުވަން އިޓަލީވިލާތުން ސިފައިން ނެރެނީ

21 އޮކްޓޯބަރު 2026
ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާ ގުޅިގެން ކުރާ މުޒާހަރާތައް ހުއްޓުވަން އިޓަލީވިލާތުން ސިފައިން ނެރެނީ
21 އޮކްޓޯބަރު 2026

ހޫޘީންގެ ހަމަލާތަކުން ސައުދީ އަރަބިއްޔާ ދިފާޢުކުރަން އިނގިރޭސިވިލާތުން އަސްކަރީ މަތިންދާބޯޓުތައް ފޮނުވަނީ

21 އޮކްޓޯބަރު 2026
ހޫޘީންގެ ހަމަލާތަކުން ސައުދީ އަރަބިއްޔާ ދިފާޢުކުރަން އިނގިރޭސިވިލާތުން އަސްކަރީ މަތިންދާބޯޓުތައް ފޮނުވަނީ
21 އޮކްޓޯބަރު 2026

ޣައްޒާގެ ސިއްހީ ކާރިސާ: ޖަނަރޭޓަރުތަކަށް ބޭނުންވާ ތެޔޮ ހުސްވުމުން، ހަސްފަތާލުތަކުގެ ޚިދުމަތްތައް މެދުކެނޑުމުގެ އިންޒާރު!

21 އޮކްޓޯބަރު 2026
ޣައްޒާގެ ސިއްހީ ކާރިސާ: ޖަނަރޭޓަރުތަކަށް ބޭނުންވާ ތެޔޮ ހުސްވުމުން، ހަސްފަތާލުތަކުގެ ޚިދުމަތްތައް މެދުކެނޑުމުގެ އިންޒާރު!
21 އޮކްޓޯބަރު 2026

ފަރަންސޭސިވިލާތުގެ ހަމަނުޖެހުންތަކުން ބޮޑެތި ގެއްލުންތަކެއް، އާ މުޒާހަރާތަކެއްގެ އިންޒާރާއެކު ފުލުހުން އެލާޓުގައި

21 އޮކްޓޯބަރު 2026
ފަރަންސޭސިވިލާތުގެ ހަމަނުޖެހުންތަކުން ބޮޑެތި ގެއްލުންތަކެއް، އާ މުޒާހަރާތަކެއްގެ އިންޒާރާއެކު ފުލުހުން އެލާޓުގައި
20 އޮކްޓޯބަރު 2026

ހަމަނުޖެހުންތަކަށް ފަހު ފަރަންސޭސިވިލާތުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، އިތުރަށް ކާފިއު ހިންގަން ތައްޔާރުވެއްޖެ

20 އޮކްޓޯބަރު 2026
ހަމަނުޖެހުންތަކަށް ފަހު ފަރަންސޭސިވިލާތުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، އިތުރަށް ކާފިއު ހިންގަން ތައްޔާރުވެއްޖެ
20 އޮކްޓޯބަރު 2026

އީރާނުން އެމެރިކާގެ 54 ވަނަ އެމްކިޔު-9 ޑްރޯން ވައްޓާލައިފި، ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތީ ކަންބޮޑުވުންތައް އިތުރުވަނީ

20 އޮކްޓޯބަރު 2026
އީރާނުން އެމެރިކާގެ 54 ވަނަ އެމްކިޔު-9 ޑްރޯން ވައްޓާލައިފި، ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތީ ކަންބޮޑުވުންތައް އިތުރުވަނީ
20 އޮކްޓޯބަރު 2026

ޤަތުލުއާންމު ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް އިސްރާއީލުން ހަމަލާދީ ޣައްޒާ ސިޓީން ދެމަފިރިއަކު ޝަހީދުކޮށްލައިފި

20 އޮކްޓޯބަރު 2026
ޤަތުލުއާންމު ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް އިސްރާއީލުން ހަމަލާދީ ޣައްޒާ ސިޓީން ދެމަފިރިއަކު ޝަހީދުކޮށްލައިފި
19 އޮކްޓޯބަރު 2026

ފައިސާގެ ދަތިކަމާހުރެ ޣައްޒާއަށް ދޭ އެހީ ތިންބައިކުޅަ އެއްބަޔަށް ކަނޑާލައިފި، ބައި މިލިޔަން މީހުން ހާލުގައި

19 އޮކްޓޯބަރު 2026
ފައިސާގެ ދަތިކަމާހުރެ ޣައްޒާއަށް ދޭ އެހީ ތިންބައިކުޅަ އެއްބަޔަށް ކަނޑާލައިފި، ބައި މިލިޔަން މީހުން ހާލުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް