Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބިން މިލްކު ކުރުން

ބޭރު މީހުންނަށް ބިން މިލްކު ކުރެވޭގޮތް ހަދާއިރު، ރައްޔިތުން "މައިތިރިކުރަން" ޕްރޮޕެގެންޑާ ޖައްސަންވެސް ފާސްކުރި ކަރުދާހުގައި އޮތް!

26 އޮކްޓޯބަރު 2026 | ހޯމަ 05:24

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް ބަދަލު ގެނައުމަށް ވަޒީރުންގެ މަޖިލީހުން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެއްޖެ. މި ނިންމުމުގެ ދަށުން ރިއަލް އެސްޓޭޓް ގާނޫނެއް އެކުލަވާލައި، ބޭރުގެ އިންވެސްޓަރުންނަށް ހާއްސަ ވިސާ ދިނުމަށް ހަމަޖެހިފައިވާއިރު، މިކަމާ ގުޅިގެން އުފެދޭނެ ރައްޔިތުންގެ ކަންބޮޑުވުންތައް ކުޑަކުރުމަށް ޕީއާރް ސްޓްރެޓެޖީއެއް ބޭނުންކުރުމަށް ވެސް ވަނީ ނިންމާފައި. މި ސިޔާސަތުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ ދީނީ އިލްމުވެރިންނާއި އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 އޮކްޓޯބަރު 2026 | ހޯމަ 05:24
ރައީސުލްޖުމްހޫރިއްޔާ، ރަސްމާލެ ހިއްކާ ސަރަޙައްދަށް ޒިޔާރަތްކުރެއްވުން - 12-11-2025

ރައީސުލްޖުމްހޫރިއްޔާ، ރަސްމާލެ ހިއްކާ ސަރަޙައްދަށް ޒިޔާރަތްކުރެއްވުން - 12-11-2025 | ރާއްޖެއެމްވީ

ދިވެހިރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކުކުރެވޭ ގޮތަށް ހެދުމަށްޓަކައި، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތޮލިބް ހުށަހެޅުއްވި ކަރުދާހެއް ވަޒީރުންގެ މަޖިލީހުން ފާސްކޮށްފައިވާއިރު، އެ ބަދަލުތައް ގެންނައިރު ރައްޔިތުން ކަންބޮޑުވާންޖެހޭ ކަންކަމަށް ރިއާޔަތްކޮށް ޕީއާރް ޖެއްސުމަށް ހިމަނާފައިވާތީ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ކެބިނެޓުން މި ނިންމުން ނިންމާފައިވަނީ ބޭރުގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް އިތުރުކުރުމަށް ކަމަށް ބުނެ، ގާނޫނީ އަދި އިދާރީ އޮނިގަނޑެއް އެކުލަވާލުމާ ގުޅޭގޮތުން ހުށަހެޅި ކަރުދާހެއްގެ މައްޗަށް ބިނާކޮށެވެ.

Advertisement - newsAdvertisement

މި ނިންމުމުގެ ދަށުން ކުރަން ނިންމާފައިވާ މައިގަނޑު ކަންކަމުގެ ތެރޭގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމާއި، ބިދޭސީންނަށް ރިއަލް އެސްޓޭޓް ޕްރޮޕަޓީ މިލްކުކުރެވޭނެ ގާނޫނެއް އެކުލަވާލުން ހިމެނެ އެވެ.

މީގެ އިތުރުން ރިއަލް އެސްޓޭޓް ތަރައްގީކުރުމުގެ ގާނޫނެއް އެކުލަވާލުމާއި، ޕްރޮޕަޓީއާ ގުޅޭ މައްސަލަތައް ހައްލުކުރުމަށް ހާއްސަ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ އެވެ. އަދި އިމިގްރޭޝަން ގާނޫނަށް ބަދަލު ގެނެސް، އިންވެސްޓްކުރާ މިންވަރަށް ބަލައި ހާއްސަ ރެސިޑެންޝަލް ވިސާ ދޫކުރުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ރަޖިސްޓްރާ އޮފް ޕްރޮޕަޓީޒް އައްޔަނުކުރުން ވެސް މީގެ ތެރޭގައި ހިމެނެ އެވެ.

ސަރުކާރުގެ މި ސިޔާސަތުތައް ތަންފީޒު ކުރުމަށްޓަކައި "ޕްރޮޕަޓީ ރެގިއުލޭޓަރީ އޮތޯރިޓީ އޮފް މޯލްޑިވްސް" ގެ ނަމުގައި އައު އިދާރާއެއް އުފެއްދުމަށް ވެސް ކެބިނެޓުން ވަނީ ނިންމާފަ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މި ސިޔާސަތުތައް ތަންފީޒު ކުރާއިރު ރައްޔިތުންގެ މެދުގައި އުފެދޭނެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ފުރިހަމަ ޕަބްލިކް ރިލޭޝަން (ޕީއާރް) ސްޓްރެޓެޖީއެއް އެކުލަވާލައި ތަންފީޒު ކުރުމަށް ވެސް ފާސްކުރި ކަރުދާހުގައި ބަޔާންކޮށްފައިވެ އެވެ. މިއީ މިކަމާ ގުޅިގެން ރައްޔިތުންގެ މެދުގައި އުފެދިދާނެ ނުރުމާއި ފާޑުކިއުންތައް ކުޑަކުރުމަށް ކުރަން ނިންމާފައިވާ ކަމެއްގެ ގޮތުގައި ބެލެވެ އެވެ.

ކެބިނެޓުން ފާސްކުރި ކަރުދާސް

ކެބިނެޓުން ފާސްކުރި ކަރުދާސް | ރާއްޖެ އެމްވީ

މި މައްސަލައާ ގުޅިގެން ދީނީ އިލްމުވެރިޔާ ޝެއިހް ޒަމްޒަމް ފާރިޝް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ޝެއިހް ވިދާޅުވީ ސަރުކާރުގެ ކަމާބެހޭ އިސް ފަރާތްތަކާ ވާހަކަ ދެއްކުމުން، ބޭރު މީހުންނަށް ބިން މިލްކުކުރެވޭ ގޮތަށް އޮތް މި ލިޔުމަކީ ސައްހަ ލިޔުމެއްކަން ކަށަވަރުވެފައިވާ ކަމަށެވެ. އަދި މި ލިޔުމުގައިވާ ނުކުތާތަކުން ސާފުވަނީ ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ހައްގުގައި ހިންގާ މަޝްރޫއެއް ނޫންކަން ކަމަށް ވެސް ޝެއިހް ވިދާޅުވި އެވެ.

ޝެއިހް ޒަމްޒަމް ފާރިޝް އިތުރަށް ވިދާޅުވީ، ރަސްމާލެ މަޝްރޫއުގެ ފަހަތުގައި ވަނީ މުޅިން އެހެން އެޖެންޑާއެއް ކަމަށާއި، އެހެން ނޫންނަމަ ރައްޔިތުން "މައިތިރިކުރަން" ޕްރޮޕެގެންޑާ ޖައްސަންޖެހޭ ކަމަށް ސަރުކާރުގެ ރަސްމީ ލިޔުމެއްގައި ބަޔާންކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

މިކަމުގެ ސަބަބުން ރާއްޖޭގެ ބިމުގެ މިލްކުވެރިކަމާއި ގައުމީ ސަލާމަތަށް ކުރާނެ އަސަރުތަކާ މެދު ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޑރ. އަބްދުﷲ މުއްތަލިބުޝެއިހް ޒަމްޒަމް ފާރިޝްރިއަލްއެސްޓޭޓްރަސްމާލެ

އެންމެ ހިނގާ

1

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

2

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

3

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

4

"ވައިޓް ހައުސް ހީވަނީ ޞައްދާމް ހުސައިން ހުޅުއްވި ޗީޒްކޭކް ފެކްޓަރީއެއް ހެން": އޮބާމާގެ ފާޑުކިޔުން ޓްރަމްޕަށް!

5

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

އިތުރަށް ކިޔާލަން

25 އޮކްޓޯބަރު 2026

ރަސްމާލެ ވިއްކުމާ ދެކޮޅަށް ފަށާފައިވާ ގައުމީ ހަރަކާތަށް މާލެ ސީޓީ ކައުންސިލުގެ އެއްބާރުލުން ލިބުމަކީ ލިބުނު ވަރަށް ބޮޑު ހިތްވަރެއް: ޝެއިޚް އިމްރާން

ރަސްމާލެ މަޝްރޫއަކީ ގާނޫނުއަސާސީއާ ޚިލާފު ކަމެއްކަން ރައީސް އަށް ސާފު، އެ އެއްބަސްވުމުގައި ސޮއިކުރަން ވަޒީރަކު ފޮނުއްވީ ފަހުން ޒިންމާވާން ޖެހިދާނެތީ: އަލީ ހުސެއިން

25 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއަކީ ގާނޫނުއަސާސީއާ ޚިލާފު ކަމެއްކަން ރައީސް އަށް ސާފު، އެ އެއްބަސްވުމުގައި ސޮއިކުރަން ވަޒީރަކު ފޮނުއްވީ ފަހުން ޒިންމާވާން ޖެހިދާނެތީ: އަލީ ހުސެއިން
25 އޮކްޓޯބަރު 2026

ގައުމާއި ދައުލަތުގެ ސިޔާދަތު ވިއްކައިގެން ނުވަތަ ބަޔަކަށް ގައުމު ލޫޓުވާލުމުގެ ފުރުސަތު ދީގެން ބޯހިޔާވަހިކަން ހޯދައިދޭކަށް ގާނޫނުން ޖާގައެއް ނުދޭ: އަލީ ހުސައިން

25 އޮކްޓޯބަރު 2026
ގައުމާއި ދައުލަތުގެ ސިޔާދަތު ވިއްކައިގެން ނުވަތަ ބަޔަކަށް ގައުމު ލޫޓުވާލުމުގެ ފުރުސަތު ދީގެން ބޯހިޔާވަހިކަން ހޯދައިދޭކަށް ގާނޫނުން ޖާގައެއް ނުދޭ: އަލީ ހުސައިން
24 އޮކްޓޯބަރު 2026

ގެދޮރުވެރިވުމަށް ސަރުކާރުން ދޭ އެހީއަށް ނޮވެމްބަރު މަހު ހުޅުވާލާނެ: މުއްތޮލިބް

24 އޮކްޓޯބަރު 2026
ގެދޮރުވެރިވުމަށް ސަރުކާރުން ދޭ އެހީއަށް ނޮވެމްބަރު މަހު ހުޅުވާލާނެ: މުއްތޮލިބް
21 އޮކްޓޯބަރު 2026

ރައީސް މުއިއްޒު ވިދާޅުވަނީ ރަސްމާލެ އެގްރީމަންޓު ބެލުމަށް، އެ އެއްބަސްވުން ފެންނަ މީހެއް އޮތް ތަނެއް އެނގޭ މީހަކުވެސް ނެތް: މައުރޫފް

21 އޮކްޓޯބަރު 2026
ރައީސް މުއިއްޒު ވިދާޅުވަނީ ރަސްމާލެ އެގްރީމަންޓު ބެލުމަށް، އެ އެއްބަސްވުން ފެންނަ މީހެއް އޮތް ތަނެއް އެނގޭ މީހަކުވެސް ނެތް: މައުރޫފް
21 އޮކްޓޯބަރު 2026

އުތުރުތިލަފަޅު އެއްބަސްވުން އާންމު ނުކޮށްގެން ފަޔަށް ހިނިއަރައިގެން އުޅުނު ބަޔަކު އައިސް ބޭރު ބަޔަކަށް މި ގައުމަށް ފައިސާގެ ނުފޫޒާ ބާރު ފޯރުވަން ފުރުސަތު ދީފި: މީކާއިލް

21 އޮކްޓޯބަރު 2026
އުތުރުތިލަފަޅު އެއްބަސްވުން އާންމު ނުކޮށްގެން ފަޔަށް ހިނިއަރައިގެން އުޅުނު ބަޔަކު އައިސް ބޭރު ބަޔަކަށް މި ގައުމަށް ފައިސާގެ ނުފޫޒާ ބާރު ފޯރުވަން ފުރުސަތު ދީފި: މީކާއިލް
19 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި

19 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި
19 އޮކްޓޯބަރު 2026

މަޝްރޫއުތައް ނިންމުމަށް 58 ބިލިއަން ބޭނުންވޭ، ވަކި މަޝްރޫއުތަކަށް ވަކި ބަޖެޓެއް ކަނޑައެޅިފައެއް ނުވޭ: މިނިސްޓަރު

19 އޮކްޓޯބަރު 2026
މަޝްރޫއުތައް ނިންމުމަށް 58 ބިލިއަން ބޭނުންވޭ، ވަކި މަޝްރޫއުތަކަށް ވަކި ބަޖެޓެއް ކަނޑައެޅިފައެއް ނުވޭ: މިނިސްޓަރު
19 އޮކްޓޯބަރު 2026

5 އެއަރޕޯޓެއްގެ މަސައްކަތް ދަނީ ކުރިއަށް، އިސްދޫ ކަލައިދޫ އެއަރޕޯޓް މަސައްކަތް އަދި ކޮންޓްރެކްޓް ކުރެވިފައެއް ނުވޭ: މިނިސްޓަރު

19 އޮކްޓޯބަރު 2026
5 އެއަރޕޯޓެއްގެ މަސައްކަތް ދަނީ ކުރިއަށް، އިސްދޫ ކަލައިދޫ އެއަރޕޯޓް މަސައްކަތް އަދި ކޮންޓްރެކްޓް ކުރެވިފައެއް ނުވޭ: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް