ރަސްމާލެ މަޝްރޫއަކީ ގާނޫނުއަސާސީއާ ޚިލާފު ކަމެއްކަން ރައީސް އަށް ސާފު، އެ އެއްބަސްވުމުގައި ސޮއިކުރަން ވަޒީރަކު ފޮނުއްވީ ފަހުން ޒިންމާވާން ޖެހިދާނެތީ: އަލީ ހުސެއިން
25 އޮކްޓޯބަރު 2026 | އާދީއްތަ 07:26ރަސްމާލެ މަޝްރޫއަކީ ގާނޫނުއަސާސީއާ ހިލާފު ޖަރީމާއެއް ކަމަށް ތުހުމަތުކުރައްވައި، އެ މަޝްރޫއު ހުއްޓުވުމަށް ރައްޔިތުން މަގުމައްޗަށް ނުކުތުމަށް ކުރީގެ މެންބަރު އަލީ ހުސައިން ވަނީ ގޮވާލައްވާފައި. މި މައްސަލަ ސުޕްރީމް ކޯޓަށާއި އޭސީސީއަށް ހުށަހަޅާފައިވާކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ ބިޑަކާ ނުލައި ބޮޑު ބިންތަކެއް ދޫކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް


"ދިވެހީންގެ ބިން ދިވެހީންނަށް"، ޚާއްސަ ފޯރަމުގައި ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ
ރަސްމާލެ މަޝްރޫއަކީ ގާނޫނުއަސާސީއާ ޚިލާފު، ޖަރީމާއެއް ފަދަ ކަމެއްކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ވެސް ވަރަށް ސާފުވާނެ ކަމަށާއި، އެ އެއްބަސްވުމުގައި ސޮއިކުރަން ވަޒީރަކު ފޮނުއްވީ ފަހުން ޒިންމާވާން ޖެހިދާނެތީ ކަމަށް ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
"ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި ބޭއްވި ޚާއްސަ ފޯރަމުގައި ވާހަކަދައްކަވަމުން އަލީ ހުސައިން ވިދާޅުވީ، އޭޓީއެމް ބެހެއްޓުން ފަދަ ކުދި ކަންކަން އިފްތިތާހުކުރުމަށް ވެސް ރައީސް މުއިއްޒު ވަޑައިގަންނަވާ މަންޒަރު ފެންނައިރު، މިވަރުގެ ބޮޑު މަޝްރޫއެއްގެ އެއްބަސްވުމުގައި ސޮއިކުރައްވަން ވަޒީރަކު ފޮނުއްވުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ.
އަޅުގަނޑަށް ހީވަނީ އެ ރައީސް މުއިއްޒަށް ވެސް ވަރަށް ސާފުވާނެ މިއީ ހަގީގަތުގައި ނުކުރެވޭނެ ކަމެއްކަން. ގާނޫނުއަސާސީއާ ޚިލާފަށްކަން މިކަން މި ކުރަނީ. މިއީ ޖަރީމާއެއްކަން. މި ކަމުގައި ފަހުންވެސް ޒިންމާވާން ޖެހިދާނެ ކަމަށް ހީވާތީވެ އެކަން އެ ކުރީއަލީ ހުސައިން
މީގެ އިތުރުން މި ކަމާ ގުޅިގެން އެންމެ ފުރަތަމަ ބަންޑާރަނައިބުގެ އޮފީހުން ދެއްވި ލަފާގައި ވެސް މިކަން ގާނޫނުއަސާސީއާ ޚިލާފު ކަމަށާއި، އެކަމާ ގުޅޭ ގާނޫނުތައް ހެދިފައި ނެތުމުން އެ މަޝްރޫއު ކުރިއަށް ނުގެންދެވޭނެ ކަމަށް އޮތް ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި މަޝްރޫއާ ދެކޮޅަށް ގާނޫނީ ގޮތުން އަޅަމުންދާ ފިޔަވަޅުތަކަށް އަލިއަޅުއްލައްވައި އަލީ ހުސެއިން ވިދާޅުވީ، އާންމު މަސްލަހަތާ ގުޅުންހުރި ކަމަކަށް ވާތީ މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި ކަމަށެވެ. އެ މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމެވުމުން، އެ ނިންމުން މުރާޖައާކޮށްދިނުމަށް އެދި އަލުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް މި މައްސަލަ ހުށަހަޅާފައިވާ ކަމަށާއި، ބިޑަކާ ނުލައި 500 ހެކްޓަރުގެ ބިން ދީގެން އުޅޭއިރު އެ މައްސަލަ އޭސީސީން ނުބަލާ ކަމަށް ވިދާޅުވެ އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
މީގެ އިތުރުން މިމަޝްރޫއު ހުއްޓުވައި، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ރައްޔިތުން މިހާރު މަގު މައްޗަށް ނުކުތުމަށް އަލީ ހުސެއިން ގޮވާލެއްވި އެވެ.
އަލީ ހުސެއިން ވިދާޅުވީ، އެއްވެ އުޅުމަށް އެއްވެސް ފަރާތެއްގެ ނުވަތަ ދައުލަތުގެ ހުއްދައެއް ހޯދަން ނުޖެހޭނެ ކަމަށެވެ.
ގާނޫނެއްގައި ކޮންމެ ގޮތަކަށް ކަނޑައަޅާ ބުނެފައި އޮތަސް ގާނޫނުއަސާސީ ބުނަނީ ކުރީން ހުއްދަ ހޯދުމަކާ ނުލައި އެއްވެއުޅުމުގެ ހައްގަކީ ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެންވާ ހައްގެކޭއަލީ ހުސައިން
އަލީ ހުސެއިން ވިދާޅުވީ އެ ހައްގުގެ ބޭނުން ފުރިހަމައަށް ހިފަން ފެށުމުން އެކަށީގެންވާ ނަތީޖާ ފެންނަން ފަށާނެ ކަމަށާއި، މަސައްކަތް ކުރަމުން ދަނީ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެކަން ހުއްޓުވުމަށް ކަމަށެވެ.











