Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގެދޮރުވެރިވުމުގެ އެހީ

ގެދޮރުވެރިވުމަށް ސަރުކާރުން ދޭ އެހީއަށް ނޮވެމްބަރު މަހު ހުޅުވާލާނެ: މުއްތޮލިބް

24 އޮކްޓޯބަރު 2026 | ހޮނިހިރު 10:01

ގެދޮރު ބިނާކުރުމަށާއި ގަތުމަށް ބޭނުންވާ އިކުއިޓީ ހަމަޖެއްސުމުގައި އެހީތެރިވުމަށް ސަރުކާރުން ދޭ މި ހިލޭ އެހީގެ ދަށުން، ޑިޕޮސިޓް ފައިސާ ނެތުމުން ގެދޮރުވެރިނުވެވި ތިބި އާއިލާތަކަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވި. މި ސްކީމްތަކަށް ކުރިމަތިލުމުގެ ފުރުސަތު ނޮވެމްބަރު މަހު ހުޅުވާލާއިރު އެކަމަށް ބޭނުންވާ ފުރިހަމަ އުސޫލުތަކާއި ކުރިމަތިލާނެ ގޮތުގެ ތަފްސީލު މިނިސްޓްރީން އާންމުކުރާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 24 އޮކްޓޯބަރު 2026 | ހޮނިހިރު 10:01
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު | ރައީސް އޮފީސް

ގެދޮރުވެރިވުމުގެ ގައުމީ ޕްރޮގްރާމްގެ ދަށުން ހިންގާ ހެލްޕް ޓު ބިލްޑް އަދި ހެލްޕް ޓު ބައި ސްކީމްތަކަށް ކުރިމަތިލުމުގެ ފުރުސަތު ނޮވެމްބަރު މަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރުު ޑރ. އަބްދުﷲ މުއްތޮލިބް ހާމަކުރައްވައިފި އެވެ.

މިނިސްޓަރުު ލިއުއްވި ޕޯސްޓެއްގައި ވިދާޅުވީ މި ދެ ސްކީމަކީ ވެސް އިކުއިޓީގެ ގޮތުގައި ދައްކަންޖެހޭ ފުރަތަމަ ފައިސާ ދެއްކުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ ދެ ސްކީމް ކަމަށެވެ. މިގޮތުން ލޯނު އަނބުރާ ދެއްކުމުގެ ގާބިލުކަން ހުރި ނަމަވެސް ޑިޕޮސިޓް ފައިސާ ނެތުމުގެ ސަބަބުން ގެދޮރުވެރިނުވެވި ތިބި އާއިލާތަކަށް އެ ފުރުސަތު ފަހިވެގެންދާނެ ކަމަށް މިނިސްޓަރުު ފާހަގަކުރެއްވި އެވެ.

Advertisement - newsAdvertisement

މިދިޔަ އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހު ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް، ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން އަދި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީއާއެކު މި ސްކީމްތަކަށް އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވެ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ހެލްޕް ޓު ބިލްޑް ސްކީމަކީ އަމިއްލަ ބިން އޮވެ އެކަށީގެންވާ ބޯހިޔާވަހިކަމެއް ނެތް ފަރާތްތަކަށް އެ ބިމުގައި ގެދޮރު ބިނާކުރުމަށް ބޭނުންވާ ލޯނު ހޯދުމަށް އެހީތެރިވެދޭ ސްކީމެކެވެ. މި ސްކީމްގައި އެއް މިލިއަން ރުފިޔާގެ ލޯނަކަށް ބޭނުންވާ 20 އިންސައްތަ އިކުއިޓީ ހަމަޖެއްސުމަށްޓަކައި، ސަރުކާރުން 200,000 ރުފިޔާއާ ހަމައަށް ފައިސާ ދޭނެ އެވެ.

މި ސްކީމްގެ ފުރަތަމަ މަރުހަލާގައި ހިމެނެނީ މާލެ ސިޓީގެ އިތުރުން އަތޮޅުތެރެއިން ކަނޑައެޅޭ ވަކި ރަށްތަކެކެވެ. ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅު މި މަރުހަލާގައި ނުހިމެނުނު ނަމަވެސް، ކުރިއަށް އޮތް މަރުހަލާތަކުގައި އެ ތަންތަން ހިމެނޭނެ އެވެ.

މާލޭގައި އާއިލީ ބިމެއްގައި އެކަކަށްވުރެ ގިނަ ވެރިން ގުޅިގެން އިމާރާތްކުރާނަމަ، ކޮންމެ ވެރިއަކަށް 200,000 ރުފިޔާއާ ހަމައަށް، އަދި މުޅި ބިމަށް ޖުމްލަ އެއް މިލިއަން ރުފިޔާއާ ހަމައަށް އެހީ ލިބޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި ހެލްޕް ޓު ބައި ސްކީމަކީ އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް ހާއްސަ ސްކީމެކެވެ. މި ސްކީމްގެ ދަށުން ސަރުކާރުން 250,000 ރުފިޔާއާ ހަމައަށް އެހީތެރިކަން ފޯރުކޮށްދޭނީ އަގުހެޔޮ ބޯހިޔާވަހިކަމުގެ ދަށުން، މީހުން ދިރިއުޅޭ ރަށްރަށުގައި އަމިއްލަ ޑިވެލޮޕަރުން އިމާރާތްކޮށްފައިވާ 1.5 މިލިއަން ރުފިޔާއަށްވުރެ އަގުބޮޑުނޫން ގެދޮރު ގަތުމަށެވެ. މިއީ ރަށްރަށުގައި ގެދޮރު ގަތުމުގެ އަގު ތިރިކުރުމަށް ޚާއްޞަކޮށްގެން ހިންގާ ހަރަކާތެކެވެ.

މިނިސްޓަރު ހިއްސާކުރެއްވި ގޮތުގައި މި ފައިސާ ލޯނު ދޫކުރާ އިދާރާ މެދުވެރިކޮށް ސީދާ ޑިވެލޮޕަރަށް ދެއްކުމުން، ގެދޮރުގެ އަގުން އެ މިންވަރު އުނިވެގެންދާނެ އެވެ. މިސާލަކަށް 1.5 މިލިއަން ރުފިޔާގެ ގެއެއްނަމަ، މިއީ މުޅި އަގުގެ ހަބައިކުޅަ އެއްބައެވެ. މީގެ ސަބަބުން 20 އިންސައްތަ ޑިޕޮސިޓްގެ ގޮތުގައި ދައްކަންޖެހޭ 300,000 ރުފިޔާގެ ބަދަލުގައި، އާއިލާއިން އަމިއްލައަށް ދައްކަންޖެހޭނީ އެންމެ 50,000 ރުފިޔާ އެވެ.

މި ސްކީމްގެ ކުރިއަށް ހުރި މަރުހަލާތަކުގައި މާލެ ސިޓީން އަލަށް އެޕާޓްމަންޓް ގަންނަ ފަރާތްތަކަށްވެސް މި ފުރުސަތު ފުޅާކުރުމަށް ރޭވިފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މި އެހީއަކީ ލޯނެއް ނޫން ކަމަށާއި، މިއީ ސަރުކާރުން ދޭ ހިލޭ އެހީއެއް ކަމަށެވެ. އަދި މި ފައިސާ އަނބުރާ ދައްކަންޖެހޭނީ ހަމައެކަނި ވިހި އަހަރު ނުވަނީސް އެ ގެދޮރު ވިއްކާލާ ހާލަތެއްގައިކަމަށް ވިދާޅުވި އެވެ.

މި ސްކީމްތަކަށް ކުރިމަތިލުމުގެ ފުރުސަތު ނޮވެމްބަރު މަހު ހުޅުވާލާއިރު އެކަމަށް ބޭނުންވާ ފުރިހަމަ އުސޫލުތަކާއި ކުރިމަތިލާނެ ގޮތުގެ ތަފްސީލު މިނިސްޓްރީން އާންމުކުރާނެ އެވެ. މި ސްކީމަށް ކުރިމަތިލާން ގަސްދުކުރާ ފަރާތްތަކުން މިހާރުން ފެށިގެން ތައްޔާރުވުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓަރުު ފާހަގަކުރެއްވި އެވެ.

ޑރ. އަބްދުﷲ މުއްތަލިބުއާއިލީ ބޯހިޔާވަހިކަންގެދޮރުވެރިކުރުން

އެންމެ ހިނގާ

1

ވިންޑްސަރ ގަނޑުވަރުގައި ރަސްގެފާނު ޗާލްސް އަރަބި ބަހުން ވިދާޅުވީ މާތް ނަބިއްޔާގެ ހަދީސްފުޅެއް!

2

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

3

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

4

ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!

5

ސުލްހައިގެ އުންމީދުތައް ވިއްސިވިހާލި: އެތައް ސަތޭކަ ޑްރޯނާއި މިސައިލް ހަމަލާތަކުން މޮސްކޯ އަދި ކީވް ސިއްސުވާލައިފި!

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި

19 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި
19 އޮކްޓޯބަރު 2026

މަޝްރޫއުތައް ނިންމުމަށް 58 ބިލިއަން ބޭނުންވޭ، ވަކި މަޝްރޫއުތަކަށް ވަކި ބަޖެޓެއް ކަނޑައެޅިފައެއް ނުވޭ: މިނިސްޓަރު

19 އޮކްޓޯބަރު 2026
މަޝްރޫއުތައް ނިންމުމަށް 58 ބިލިއަން ބޭނުންވޭ، ވަކި މަޝްރޫއުތަކަށް ވަކި ބަޖެޓެއް ކަނޑައެޅިފައެއް ނުވޭ: މިނިސްޓަރު
19 އޮކްޓޯބަރު 2026

5 އެއަރޕޯޓެއްގެ މަސައްކަތް ދަނީ ކުރިއަށް، އިސްދޫ ކަލައިދޫ އެއަރޕޯޓް މަސައްކަތް އަދި ކޮންޓްރެކްޓް ކުރެވިފައެއް ނުވޭ: މިނިސްޓަރު

19 އޮކްޓޯބަރު 2026
5 އެއަރޕޯޓެއްގެ މަސައްކަތް ދަނީ ކުރިއަށް، އިސްދޫ ކަލައިދޫ އެއަރޕޯޓް މަސައްކަތް އަދި ކޮންޓްރެކްޓް ކުރެވިފައެއް ނުވޭ: މިނިސްޓަރު
18 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއަކީ އީގަލް ހިލްސް ގެ އިސްނެގުމެއް، އެއްވެސް ތަނެއް ބޭރުގެ ފަރާތަކަށް މިލްކު ކުރުމަށް އެއްބަސްވެފައި ނުވާނެ: މިނިސްޓަރު މުއްތަލިބް

18 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއަކީ އީގަލް ހިލްސް ގެ އިސްނެގުމެއް، އެއްވެސް ތަނެއް ބޭރުގެ ފަރާތަކަށް މިލްކު ކުރުމަށް އެއްބަސްވެފައި ނުވާނެ: މިނިސްޓަރު މުއްތަލިބް
16 އޮކްޓޯބަރު 2026

އެއް ކަމެއްގެ ވާހަކަ ތަފާތު ތިން ގޮތަށް: މިނިސްޓަރު މުއްތަލިބަށް އަމިއްލަ ވާހަކަވެސް އޮޅުނީ؟

16 އޮކްޓޯބަރު 2026
އެއް ކަމެއްގެ ވާހަކަ ތަފާތު ތިން ގޮތަށް: މިނިސްޓަރު މުއްތަލިބަށް އަމިއްލަ ވާހަކަވެސް އޮޅުނީ؟
15 އޮކްޓޯބަރު 2026

މަނާކުރުން އައީ އިސްރާއީލު ޕާސްޕޯޓަށް، އިސްރާއީލުގެ ރައްޔިތުންނަކަށް ނޫން، އެކަމަކު ރަސްމާލެއިން އެމީހުންނަށް ބިން ނުލިބޭނެކަން ބެލޭނެ ގޮތްތައް ހުންނާނެ: މުއްތޮލިބް

އިސްރާއީލުން ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާ ބިންތަކުގައި، މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކުގައެއް ނޫން: މުއްތޮލިބް

15 އޮކްޓޯބަރު 2026
އިސްރާއީލުން ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާ ބިންތަކުގައި، މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކުގައެއް ނޫން: މުއްތޮލިބް
12 އޮކްޓޯބަރު 2026

މިއަދުގެ ވަލިއްޔުލްއަމްރަކީ ރައީސް މުއިއްޒުތޯ ނުވަތަ އަލައްބާރުތޯ ސުވާލު އުފެދޭ ހިސާބަށް ކަންކަން ގޮސްފި: އައްބާސް

12 އޮކްޓޯބަރު 2026
މިއަދުގެ ވަލިއްޔުލްއަމްރަކީ ރައީސް މުއިއްޒުތޯ ނުވަތަ އަލައްބާރުތޯ ސުވާލު އުފެދޭ ހިސާބަށް ކަންކަން ގޮސްފި: އައްބާސް
02 އޮކްޓޯބަރު 2026

އީގަލް ހިލްސް އިން 5000 ހައުސިންގ ޔުނިޓް ހިލޭ އަޅައިދޭ ކަމަށް ބުނުމަކީ ބޮޑު އޮޅުވާލުމެއް!

02 އޮކްޓޯބަރު 2026
އީގަލް ހިލްސް އިން 5000 ހައުސިންގ ޔުނިޓް ހިލޭ އަޅައިދޭ ކަމަށް ބުނުމަކީ ބޮޑު އޮޅުވާލުމެއް!
28 ސެޕްޓެމްބަރު 2026

ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންނަށް ފާރަވެރިވުމަށް އިމާރާތުގެ އެތެރޭގައި ކެމެރާ ހަރުކޮށްފި

28 ސެޕްޓެމްބަރު 2026
ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންނަށް ފާރަވެރިވުމަށް އިމާރާތުގެ އެތެރޭގައި ކެމެރާ ހަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް