Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓޫރިޒަމް މިނިސްޓްރީ

ރާއްޖޭގައި އެއާޕޯޓް އެޅުމަށް އިންޑިއާގެ ކުންފުންޏަކަށް ދައުވަތު ދީފި

9 އޮކްޓޯބަރު 2017 | ހޯމަ 12:18

މިހާރުގެ ސަރުކާރުގެ އިސްވެރިން ވަނީ އިންޑިއާގެ ޖީއެމްއާރަށް އެއަރޕޯރޓް ހިންގަން ދިނުމާ ދެކޮޅު ހަދާފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 9 އޮކްޓޯބަރު 2017 | ހޯމަ 12:18
ޓޫރިޒަމް މިނިސްޓްރީން ފޮނުވި ސިޓީ

ޓޫރިޒަމް މިނިސްޓްރީން ފޮނުވި ސިޓީ

ބިޑަކާ ނުލައި ރާއްޖޭގައި ބައިނަލްއަޤްވާމީ އެއަރޕޯރޓެއް އެޅުމަށް އިންޑިއާގެ ހަތިޔާރުގެ ވިޔަފާރިކުރާ މީހެއްގެ ކުންފުންޏަކަށް ދިވެހި ސަރުކާރުން ދައުވަތު ދީފިއެވެ.

ރާއްޖެ.އެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބައިނަލްއަޤްވާމީ އެއަރޕޯރޓެއް އެޅުމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ސޮއެކުރައްވައި ދައުވަތު ދީފައި ވަނީ އޮލިއާލިއާ އިންޑިއާ ކިޔާ ކުންފުންޏަކަށެވެ. މިކުންފުންޏަކީ އިންޑިއާގައި ހަތިޔާރުގެ ވިޔަފާރިކުރާ އަބީޝެކް ވަރުމާގެ އަންހެނުން އަންކާ ވަރުމާގެ ކުންފުންޏެކެވެ. އުމުރުން 30 އަހަރުގެ އަންކާ ވަރުމާއަކީ ރޫމޭނިއާގެ ކުރީގެ ރީތީގެ ރާނީއެވެ. އަދި އަބީޝެކް ވަރުމާއަކީ ވިޔަފާރީގައި ސިއްރު މުއާމަލާތްތައް ހިންގަމުންދާ ކަމަށް ތުހުމަތުކުރެވޭ މީހެކެވެ. އަދި ތަހުޤީޤް ކުރަމުންދިޔަ އޭނާގެ ވިޔަފާރީގެ މައްސަލައެއްގައި ކަމާ ބެހޭ ފަރާތްތަކަށް މައުލޫމާތު ނުދީ ފިލައިގެން އުޅުނު މައްސަލައިގައި ޖަލަށް ވެސް ލީ މީހެކެވެ.

Advertisement - newsAdvertisement

ހަމައެއާ އެކު އިންޑިއާގެ ސަރުކާރުގެ ބްލެކްލިސްޓްގައިވާ ޖަރުމަންވިލާތުގެ ހަތިޔާރު ކުންފުންޏެއް އެލިސްޓުން އުނިކުރަން އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލުންނަށް ރިޝްވަތު ދިންކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވިފައި ވެއެވެ. މިމައްސަލައިގައި އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންސްއިން ވަނީ އޭނާގެ އަންހެނުން، އަދި މިނިސްޓަރ ޒަމީރު ސިޓީ ފޮނުއްވި އަންކާ ވަރުމާގެ މައްޗަށް ވެސް ދައުވާކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީން އަންކާ ވަރުމާއަށް އެޑްރެސްކޮށް އޮލިއާލިއާ އިންޑިއާއަށް ސިޓީ ފޮނުވި ނަމަވެސް، އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންގެ ގޮތުގައި ދިއްލީގައި ހުންނަ ރެޖިސްޓްރަރ އޮފް ކޮމްޕެނީސްގައި ރަޖިސްޓަރކޮށްފައި ވަނީ އަބީޝެކް ވަރުމާގެ އިތުރުން އާރޮން ސިދޫ ނަމަކަށް ކިޔާ މީހެކެވެ.

އަބީޝެކް ވަރުމާ އާއި އޭނާގެ އަންހެނުން އާ ވިޔަފާރިތަކާ ދިމާއަށް ދާން މިފެށީ ހަތިޔާރުގެ ވިޔަފާރި އާއި އެހެނިހެން ވިޔަފާރިތަކުގައި އަޑިނޭނގޭ ކަންތައްތައް ހިނގާ ކަމަށް ކުރެވޭ ތުހުމަތުތަކާއި، ކޮރަޕްޝަންގެ ތުހުމަތުތަކުގެ އިތުރުން އަބީޝެކް ވަރުމާގެ ޖަލު ހުކުމަށް ފަހުއެވެ.

ޓޫރިޒަމް މިނިސްޓްރީން އެކުންފުންޏަށް ހުށަހަޅާފައި ވަނީ "ބިލްޑް، އޯން، ޓްރާންސްފަރ" މޮޑެލްގައި 50 އަހަރު ދުވަހުގެ މުއްދަތަށް އެއަރޕޯރޓެއް ހިންގުމަށެވެ. މި މޮޑެލްގެ ދަށުން އެކުންފުންޏަށް ޖެހޭނީ އެއަރޕޯރޓެއް އަޅައި، 50 އަހަރަށް ހިންގުމަށް ފަހު އެއަރޕޯރޓް ސަރުކާރަށް ހަވާލުކުރާށެވެ.

އެތައް ކުށެއްގެ ތުހުމަތުކުރެވިފައިވާ އިންޑިއާ މީހެއްގެ ކުންފުންޏަކަށް ބިޑްކުރުމެއް ނެތި ރާއްޖޭގައި ބައިނަލްއަޤްވާމީ އެއަރޕޯރޓެއް އެޅުމަށް ދިވެހި ސަރުކާރުން ދައުވަތު ދިންއިރު، އެމްޑީޕީގެ ވެރިކަމުގައި ހުޅުވާލެވިފައިވާ ބައިނަލްއަޤްވާމީ ބިޑެއްގެ ތެރެއިން އިންޑިއާގެ ޖީއެމްއާރް ކުންފުންޏަށް އެއަރޕޯރޓް ހިންގަން ދިނުމުން އެކަމާ އެންމެ ބޮޑަށް ދެކޮޅު ހެދީ މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުންނެވެ. ޖީއެމްއާރަކީ އިންޑިއާގެ އެންމެ ބޮޑު އެއް ކުންފުންޏެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި
30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
23 ޖެނުއަރީ 2017

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި

23 ޖެނުއަރީ 2017
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް