Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ޔޫކްރެއިނާއެކު ސުލްހައިގެ ވާހަކަތައް އަލުން ފަށަން ރަޝިޔާ ތައްޔާރު: "ދޮންބާސްއަކީ ތާރީޚީ ގޮތުން ރަޝިޔާގެ ބިމެއް"

23 އޮކްޓޯބަރު 2026 | ހުކުރު 10:20

ޔޫކްރެއިން ހަނގުރާމަ ދާއިމީކޮށް ހުއްޓައިލުމަށް އެމެރިކާ މެދުވެރިވެގެން އަންނަ މަހު މަޝްވަރާތައް ފެށުމަށް ތައްޔާރަށް އޮތްކަން ރަޝިޔާގެ ރައީސް ޕުޓިން ހާމަކުރައްވައިފި. މި މަޝްވަރާތަކުގައި މުޅި ވިލާތުގެ ސަލާމަތީ އޮނިގަނޑާ ގުޅޭގޮތުން ވާހަކަދެއްކުމަށް ދެ ފަރާތުން އެއްބަސްވާއިރު، ޔޫކްރެއިންގެ ބައެއް ބިންތަކުގެ މިލްކުވެރިކަމާ މެދު ދެ ގައުމުގެ މެދުގައި އަދިވެސް ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އެބަހުރި

ނިއުސް ޓީމް
ނިއުސް ޓީމް | 23 އޮކްޓޯބަރު 2026 | ހުކުރު 10:20
ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން އެމެރިކާގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފްއާ ބައްދަލުކުރައްވަނީ

ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން އެމެރިކާގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފްއާ ބައްދަލުކުރައްވަނީ | ގެޓީ އިމޭޖަސް

ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރިއަށް އޮތް ތަނުގައި ބާއްވާ ސުލްހައިގެ މަޝްވަރާތައް އަމާޒުކުރަން ވާނީ ދެ ޤައުމުގެ ސަލާމަތީ ރައްކާތެރިކަން ކަށަވަރުކުރުމަށާއި މުޅި ވިލާތުގެ ސަލާމަތީ އޮނިގަނޑެއް އެކުލަވައިލުމަށް ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފްއާ ބައްދަލުކުރެއްވިތާ އެއް ދުވަސް ފަހުން، ރަޝިޔާގެ ދައުލަތުގެ ޓީވީއަކަށް ދެއްވި ބަސްދީގަތުމެއްގައި ޕުޓިން ވަނީ، އެމެރިކާ މެދުވެރިވެގެން ޔޫކްރެއިނާއެކު ކުރިއަށްގެންދާ މަޝްވަރާތައް ކުރިއަށް އޮތް މަހު އަލުން ފެށުމަށް މޮސްކޯއިން ތައްޔާރަށް އޮތް ކަން ހާމަކުރައްވާފަ އެވެ. މޮސްކޯއިން އަބަދު ވެސް ގެންގުޅޭ ސިޔާސަތު ތަކުރާރު ކުރައްވަމުން އޭނާ ވިދާޅުވީ، ރަޝިޔާއިން ދުވަހަކު ވެސް ހަނގުރާމައެއް ފަށަން ބޭނުންނުވި ކަމަށާއި، ނަމަވެސް މޮސްކޯއިން ކަންބޮޑުވާ މުހިންމު ކަންކަމުގައި ޔޫކްރެއިނުން ދިނީ ދެކޮޅުވެރި ރައްދެއް ކަމަށެވެ.

Advertisement - worldAdvertisement

އެކި ދާއިރާތަކުން ކުރިއަށްގެންދާ މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ނެރެވިދާނެ ކަން ފާހަގަކުރައްވަމުން ޕުޓިން ވިދާޅުވީ، ރަޝިޔާގެ އަމާޒަކީ ވަގުތީ ގޮތުން ހަނގުރާމަ ހުއްޓައިލުމެއް ނޫން ކަމަށާއި، ހަނގުރާމަ އެއްކޮށް ނިމުމަކަށް ގެނައުމުގެ ދާއިމީ ހައްލެއް ހޯދުން ކަމަށެވެ.

"މި ވާހަކަތަކުގެ ލަނޑުދަނޑިއަކަށް ވާން ވާނީ، ކުޑަ ދުވަސްކޮޅަކަށް ވަގުތީ ގޮތުން ހަނގުރާމަ ހުއްޓައިލުމެއްގެ ނަތީޖާއެއްގެ ބަދަލުގައި، ސުލްހައިގެ އެއްބަސްވުންތަކުގެ އެންމެ ފަހުގެ ބައްޓަމަށް ވާސިލުވެ، ޔޫކްރެއިނާއި ރަޝިޔާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން،" ޕުޓިން ވިދާޅުވި އެވެ. "މި ލަނޑުދަނޑި ހާސިލުކުރުމަށް ޓަކައި އަޅުގަނޑުމެން މި ތިބީ އަލުން ގުޅުންތައް ބަދަހިކޮށް ވާހަކަތައް ކުރިއަށްގެންދަން ތައްޔާރަށް."

މީގެ އިތުރުން، އެމެރިކާގެ މަންދޫބު ވިޓްކޮފް ވެސް ބާރުއަޅުއްވާފައި ވަނީ މަޝްވަރާތައް މުޅި ވިލާތުގެ ސަލާމަތީ އޮނިގަނޑާ ހަމައަށް ފުޅާކުރުމަށް ކަމަށް ރަޝިޔާގެ ރައީސް ވިދާޅުވި އެވެ. "ވިލާތުގެ ސަލާމަތީ ނިޒާމު އެއްކޮށް ހިމެނޭހެން މި މަޝްވަރާތައް ފުޅާވާންޖެހޭނެ ކަމަށް ވިޓްކޮފް ފާހަގަކުރެއްވި. އަދި އަޅުގަނޑު ވެސް އެ ކަމަށް އެއްބަސްވަން. ކުރިއަށް އޮތް ދުވަސްތަކުގައި ކަންކަން ހިނގާ ގޮތް ބަލަމާ،" ޕުޓިން ވިދާޅުވިއެވެ.

އަނެއްކޮޅުން، އަންގާރަ ދުވަހު ނޯވޭގައި ވިޓްކޮފްއާ ބައްދަލުކުރެއްވި ޔޫކްރެއިންގެ ރައީސް ވޮލޮދްމީރް ޒެލެންސްކީ ވިދާޅުވީ، ކުރިއަށް އޮތް މަހުގެ ކުރީކޮޅު ފެށޭނެ ކަމަށް ބެލެވޭ މަޝްވަރާތަކަށް ޔޫކްރެއިން އޮތީ ތައްޔާރަށް ކަމަށެވެ. މި ގޮތުން ޔޫކްރެއިނުން ތާއީދުކުރަނީ "ހަނގުރާމަ ހުއްޓައިލުމަށާއި، ހަނގުރާމަ އެއްކޮށް ނިންމުމަށާއި، ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދިނުން ހުއްޓައިލުމުގެ އިތުރުން އިންސާނީ އެހީތެރިކަމުގެ އިސްނެގުންތަކާ ގުޅޭ ކޮންމެ ހުށަހެޅުމަކަށް" ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

މަޝްވަރާތައް ކުރިއަށްގެންދިއުމަށް އެމެރިކާ އިސްވެ ކުރަމުންދިޔަ މަސައްކަތްތައް ހުއްޓުމަކަށް އައީ، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެބުރުވަރީ 28 ގައި ޣައިރުގާނޫނީ ހަނގުރާމައެއް ފެށުމާ އެކުގަ އެވެ.

ޔޫކްރެއިން ހަނގުރާމައާ ގުޅިގެން އުފެދިފައިވާ މައްސަލަތަކުގެ މައިގަނޑު އެއް އަސާސަކީ ބިމުގެ މިލްކުވެރިކަމުގެ މައްސަލަ އެވެ. މި ގޮތުން، އިރުމަތީ ޔޫކްރެއިންގެ ދޮންބާސް ސަރަހައްދު އެއްކޮށް ދޫކޮށްލުމަށް ރަޝިޔާއިން ދަނީ ޑިމާންޑް ކުރަމުންނެވެ. ނަމަވެސް، މިހާރު ޔޫކްރެއިންގެ ބާރުގެ ދަށުގައި އޮތް އެއްވެސް ބިމެއް ދޫކޮށްލުމުގެ ވިސްނުމަކަށް ކީވްއިން ސީދާ ދެކޮޅު ހަދަ އެވެ.

މި މައްސަލައިގައި ވާހަކަފުޅު ދައްކަވަމުން ޕުޓިން ވިދާޅުވީ، އިރުމަތީ ޔޫކްރެއިންގެ ބިމާ ގުޅޭ އެއްވެސް މަޝްވަރާއެއް ކުރިއަށްދާން ވާނީ އެ ސަރަހައްދަކީ "ތާރީޚީ ގޮތުން ރަޝިޔާގެ ބިމެއް" ކަމަށް ބަލައިގެން ކަމަށެވެ. ހަމަމިއާއެކު، މޮސްކޯއިން ހަނގުރާމަ ފެށިތާ ހަތް މަސް ފަހުން އެ ސަރަހައްދުގައި ނެގި ފެންނަ ނުފެންނަ ވޯޓުގައި، ރަޝިޔާގެ ބައެއްގެ ގޮތުގައި ހިމެނުމަށް އެ ސަރަހައްދުގެ ރައްޔިތުން ވޯޓު ދީފައިވާ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

މަސްދަރު: ރޮއިޓަރސް

ޔޫކްރެއިން-ރަޝިޔާވްލަޑިމިއަރ ޕުޓިންސްޓީވް ވިޓްކޮފްވުލެޑިމިއަރ ޒެލެންސްކީޑޮންބާސް

އެންމެ ހިނގާ

1

ވިންޑްސަރ ގަނޑުވަރުގައި ރަސްގެފާނު ޗާލްސް އަރަބި ބަހުން ވިދާޅުވީ މާތް ނަބިއްޔާގެ ހަދީސްފުޅެއް!

2

ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!

3

މުއިއްޒު އާއި އެކު ޝެހެބާޒް ދެއްވި ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް ދާންޖެހިދާނެކަމުގެ އިންޒާރު!

4

ސުލްހައިގެ އުންމީދުތައް ވިއްސިވިހާލި: އެތައް ސަތޭކަ ޑްރޯނާއި މިސައިލް ހަމަލާތަކުން މޮސްކޯ އަދި ކީވް ސިއްސުވާލައިފި!

5

ރައީސް އޮފީސް، މަޖިލިސް އަދި ސުޕްރީމް ކޯޓުގައި ހުޅުޖަހާ ވާހަކަ ދެއްކި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހައްޔަރު ކޮށްފި

އިތުރަށް ކިޔާލަން

23 އޮކްޓޯބަރު 2026

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

23 އޮކްޓޯބަރު 2026
ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!
22 އޮކްޓޯބަރު 2026

ސުލްހައިގެ އުންމީދުތައް ވިއްސިވިހާލި: އެތައް ސަތޭކަ ޑްރޯނާއި މިސައިލް ހަމަލާތަކުން މޮސްކޯ އަދި ކީވް ސިއްސުވާލައިފި!

22 އޮކްޓޯބަރު 2026
ސުލްހައިގެ އުންމީދުތައް ވިއްސިވިހާލި: އެތައް ސަތޭކަ ޑްރޯނާއި މިސައިލް ހަމަލާތަކުން މޮސްކޯ އަދި ކީވް ސިއްސުވާލައިފި!
22 އޮކްޓޯބަރު 2026

ޕުޓިންއަކީ "އިންސާނިއްޔަތުކަން އިސްކުރައްވާ ބޭފުޅެއް": އެމެރިކާގެ މަންދޫބުގެ ތައުރީފާއެކު ވޮޝިންގޓަން ހަލަބޮލިވެއްޖެ!

22 އޮކްޓޯބަރު 2026
ޕުޓިންއަކީ "އިންސާނިއްޔަތުކަން އިސްކުރައްވާ ބޭފުޅެއް": އެމެރިކާގެ މަންދޫބުގެ ތައުރީފާއެކު ވޮޝިންގޓަން ހަލަބޮލިވެއްޖެ!
21 އޮކްޓޯބަރު 2026

އެމެރިކާގެ މަޔާމީގައި ބާއްވާ ޖީ20ގެ ސަމިޓުގައި ޕުޓިން ބައިވެރިވެވަޑައިގަންނަވާނެތަ؟

21 އޮކްޓޯބަރު 2026
އެމެރިކާގެ މަޔާމީގައި ބާއްވާ ޖީ20ގެ ސަމިޓުގައި ޕުޓިން ބައިވެރިވެވަޑައިގަންނަވާނެތަ؟
21 އޮކްޓޯބަރު 2026

ޔޫކްރެއިން ހަނގުރާމަ ހުއްޓުވުމުގެ އާ ހުށަހެޅުމަކާއެކު ވައިޓް ހައުސްގެ މަންދޫބު ޕުޓިންއާ ބައްދަލުކުރައްވަނީ

21 އޮކްޓޯބަރު 2026
ޔޫކްރެއިން ހަނގުރާމަ ހުއްޓުވުމުގެ އާ ހުށަހެޅުމަކާއެކު ވައިޓް ހައުސްގެ މަންދޫބު ޕުޓިންއާ ބައްދަލުކުރައްވަނީ
20 އޮކްޓޯބަރު 2026

ރަޝިޔާއާއެކު އަލުން މަޝްވަރާތައް ފަށަން އެމެރިކާއިން އިސްނަގައިގެން އޮސްލޯގައި ބޮޑު މަޝްވަރާތަކެއް

20 އޮކްޓޯބަރު 2026
ރަޝިޔާއާއެކު އަލުން މަޝްވަރާތައް ފަށަން އެމެރިކާއިން އިސްނަގައިގެން އޮސްލޯގައި ބޮޑު މަޝްވަރާތަކެއް
19 އޮކްޓޯބަރު 2026

ރަޝިޔާގެ ޚާރިޖީ ވަޒީރު ތެހެރާނަށް: ދެ ޤައުމުގެ ގުޅުމާއި ސަރަހައްދީ މަސްރަހާމެދު މަޝްވަރާކުރައްވާނެ

19 އޮކްޓޯބަރު 2026
ރަޝިޔާގެ ޚާރިޖީ ވަޒީރު ތެހެރާނަށް: ދެ ޤައުމުގެ ގުޅުމާއި ސަރަހައްދީ މަސްރަހާމެދު މަޝްވަރާކުރައްވާނެ
19 އޮކްޓޯބަރު 2026

ޔޫކްރެއިން މައްސަލައިގައި އެމެރިކާއާއި ޗައިނާއާއެކު ސަމިޓެއް ބާއްވަން ޕުޓިން ހުށަހަޅުއްވައިފި

19 އޮކްޓޯބަރު 2026
ޔޫކްރެއިން މައްސަލައިގައި އެމެރިކާއާއި ޗައިނާއާއެކު ސަމިޓެއް ބާއްވަން ޕުޓިން ހުށަހަޅުއްވައިފި
17 އޮކްޓޯބަރު 2026

ރަޝިޔާގެ ހަމަލާތަކުގައި ޔޫކްރެއިންގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑި، ގިނަ އަދަދެއްގެ އާންމުން މަރުވެއްޖެ

17 އޮކްޓޯބަރު 2026
ރަޝިޔާގެ ހަމަލާތަކުގައި ޔޫކްރެއިންގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑި، ގިނަ އަދަދެއްގެ އާންމުން މަރުވެއްޖެ
17 އޮކްޓޯބަރު 2026

ރަޝިޔާއާ ދެކޮޅަށް އާ ޤާނޫނެއް، ނަމަވެސް ޓްރަމްޕް ނިންމެވީ އެއްވެސް ޓެރިފެއް ނުނަންގަވަން!

17 އޮކްޓޯބަރު 2026
ރަޝިޔާއާ ދެކޮޅަށް އާ ޤާނޫނެއް، ނަމަވެސް ޓްރަމްޕް ނިންމެވީ އެއްވެސް ޓެރިފެއް ނުނަންގަވަން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް