Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-ކެނެޑާގެ ގުޅުން

"ކެނެޑާއަކީ ދުވަހަކު ވެސް އެމެރިކާގެ 51 ވަނަ ސްޓޭޓަކަށް ނުވާނެ": އެމެރިކާގެ ތުހުމަތުތަކަށް ކެނެޑާގެ ބޮޑުވަޒީރުގެ ރައްދު!

23 އޮކްޓޯބަރު 2026 | ހުކުރު 09:41

އެމެރިކާގެ އިންތިޚާބަށް ނުފޫޒު ފޯރުވާ ކަމަށް ކުރާ ތުހުމަތުތައް ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ދޮގުކުރައްވައި، އެއީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ވިދާޅުވެއްޖެ. ކެނެޑާއަކީ މިނިވަން ވަރުގަދަ ޤައުމެއްގެ ގޮތުގައި އޮންނާނެ ކަމަށާއި، އެމެރިކާގެ 51 ވަނަ ސްޓޭޓަށް އެ ޤައުމު ދުވަހަކު ވެސް ނުވާނެ ކަމަށް އޭނާ ވިދާޅުވި. އޭނާ އިތުރަށް ފާހަގަކުރެއްވީ ސިޔާސީ ނުފޫޒުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ޤައުމުގެ އިގުތިސާދު ވަރުގަދަކުރުމަށް ކަމަށް

ނިއުސް ޓީމް
ނިއުސް ޓީމް | 23 އޮކްޓޯބަރު 2026 | ހުކުރު 09:41
ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ

ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ | އަނަދޮލު އޭޖެންސީ

އެމެރިކާގެ އިންތިޚާބުތަކަށް ކެނެޑާއިން ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ އެމެރިކާއިން ކުރި ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ވިދާޅުވެ، އެ ވާހަކަތައް ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ދޮގުކުރައްވައިފި އެވެ. މިއާއެކު، އޭނާގެ ޤައުމަކީ ދުވަހަކު ވެސް އެމެރިކާގެ 51 ވަނަ ސްޓޭޓަށް ނުވާނެ ކަމަށް ކާނީ ތަކުރާރުކޮށް ވިދާޅުވި އެވެ.

އެމެރިކާގެ ޑިމޮކްރެޓިކް ހިންގުމުގެ ނިޒާމުގެ ތެރެއަށް އޮޓަވާއިން ނުފޫޒު ފޯރުވަމުންދާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އަންކަރާގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން، "މި ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތް،" ކަމަށް ކާނީ ވިދާޅުވި އެވެ. ކެނެޑާއިން އެމެރިކާއާއެކު ބާއްވާ ޚާރިޖީ ގުޅުންތަކުގައި ވަރަށް ބޮޑަށް ސަމާލުވާ ކަމަށާއި، އެ ޤައުމުގެ އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމުގެ އެއްވެސް ނިޔަތެއް ނެތް ކަމަށް ވެސް ބޮޑުވަޒީރު ފާހަގަކުރެއްވި އެވެ.

Advertisement - worldAdvertisement

"އެ މީހުންގެ [އެމެރިކާ] ޑިމޮކްރެޓިކް ހިންގުމުގެ ނިޒާމުގެ ތެރެއަށް ނުފޫޒު ފޯރުވުމުގެ އެއްވެސް ނިޔަތެއް އަޅުގަނޑުމެންގެ ނެތް،" ކާނީ ވިދާޅުވި އެވެ. އަދި، "އަސާސެއް ނެތް ތުހުމަތުތަކަށް" ފުރުސަތު ނުދިނުމަށް ޓަކައި، އެމެރިކާގެ ފަރާތްތަކާއެކު ބާއްވާ މުއާމަލާތުތަކުގައި ސަމާލުވުމަށް ކެނެޑާގެ ގްލޯބަލް އެފެއާޒް ޑިޕާޓްމަންޓުން އޮފިޝަލުންނަށް އިރުޝާދު ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކާނީ މި މޭރުމުން ވާހަކަފުޅު ދެއްކެވީ، ސިޔާސީ ގުޅުމާއި ވިޔަފާރީގެ މައްސަލަތަކުގައި އަވައްޓެރި ދެ ޤައުމުގެ ދެމެދުގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ. "އެމެރިކާގެ ރައީސަށް އެއްވެސް ކަމެއް އޮޅިވަޑައިގަންނަވާފައެއް ނެތް. އަޅުގަނޑު ހުރި ހިސާބާއި، ކެނެޑާ އޮތް ހިސާބާއި، ކެނެޑާގެ ރައްޔިތުން ތިބި ހިސާބު ވަރަށް ސާފު. އަޅުގަނޑުމެން ދުވަހަކު ވެސް [އެމެރިކާގެ] 51 ވަނަ ސްޓޭޓަކަށް ނުވާނަން،" ކާނީ ވިދާޅުވި އެވެ.

ކެނެޑާގެ އިގުތިސާދު ވަރުގަދަކޮށް، ބައިނަލްއަގުވާމީ ބައިވެރިވުންތައް ފުޅާކުރުމަށް އެ ޤައުމުން ތައްޔާރުވަމުންދާ ކަމަށާއި، ވަރުގަދަ ކެނެޑާއަކީ ވޮޝިންގޓަނަށް ވެސް ލިބޭނެ މާ ފުރިހަމަ ބައިވެރިއެއް ކަމަށް ކާނީ ފާހަގަކުރެއްވި އެވެ. މި ކަމަށް އިޝާރާތް ކުރައްވައި، "އަޅުގަނޑުމެން ކުރިއަށްދާނީ އަޅުގަނޑުމެންގެ އަމިއްލަ މަގުން. އަޅުގަނޑުމެން މި ދަނީ ތައްޔާރުވަމުން. އަޅުގަނޑުމެންނަކީ ވަރުގަދަ ބައެއް، އަދި އަޅުގަނޑުމެން މި ދަނީ އިތުރަށް ވަރުގަދަވަމުން،" އޭނާ ވިދާޅުވި އެވެ.

ވިޔަފާރީގެ ދާއިރާއިން ދެ ޤައުމުގެ މަސްލަހަތު ހިމެނޭ އެއްބަސްވުމެއް އެކުލަވައިލުމަށް ވޮޝިންގޓަނާއެކު މަޝްވަރާކުރުމަށް އޮޓަވާ އަބަދު ވެސް އޮތީ ތައްޔާރަށް ކަމަށާއި، ނަމަވެސް ސިޔާސީ ސަބަބުތަކަށް ޓަކައި އަވަސްއަރުވާލައިގެން އެއްބަސްވުމެއް ނުހަދާނެ ކަމަށް ވެސް ކާނީ ވިދާޅުވި އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

މާކް ކާނީއެމެރިކާ-ކެނެޑާކެނެޑާއެމެރިކާ

އެންމެ ހިނގާ

1

ވިންޑްސަރ ގަނޑުވަރުގައި ރަސްގެފާނު ޗާލްސް އަރަބި ބަހުން ވިދާޅުވީ މާތް ނަބިއްޔާގެ ހަދީސްފުޅެއް!

2

ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!

3

މުއިއްޒު އާއި އެކު ޝެހެބާޒް ދެއްވި ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް ދާންޖެހިދާނެކަމުގެ އިންޒާރު!

4

ސުލްހައިގެ އުންމީދުތައް ވިއްސިވިހާލި: އެތައް ސަތޭކަ ޑްރޯނާއި މިސައިލް ހަމަލާތަކުން މޮސްކޯ އަދި ކީވް ސިއްސުވާލައިފި!

5

ރައީސް އޮފީސް، މަޖިލިސް އަދި ސުޕްރީމް ކޯޓުގައި ހުޅުޖަހާ ވާހަކަ ދެއްކި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހައްޔަރު ކޮށްފި

އިތުރަށް ކިޔާލަން

20 އޮކްޓޯބަރު 2026

އީރާނުން އެމެރިކާގެ 54 ވަނަ އެމްކިޔު-9 ޑްރޯން ވައްޓާލައިފި، ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތީ ކަންބޮޑުވުންތައް އިތުރުވަނީ

20 އޮކްޓޯބަރު 2026
އީރާނުން އެމެރިކާގެ 54 ވަނަ އެމްކިޔު-9 ޑްރޯން ވައްޓާލައިފި، ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތީ ކަންބޮޑުވުންތައް އިތުރުވަނީ
28 ސެޕްޓެމްބަރު 2026

އިނގިރޭސިވިލާތުގެ އާރްއޭއެފް ބޭސްއަށް ދޭންއުޅުނު ކަމަށް ބުނާ ހަމަލާއާ ގުޅޭގޮތުން މިހާތަނަށް އިނގެނީ ކޮން މައުލޫމާތެއް؟

28 ސެޕްޓެމްބަރު 2026
އިނގިރޭސިވިލާތުގެ އާރްއޭއެފް ބޭސްއަށް ދޭންއުޅުނު ކަމަށް ބުނާ ހަމަލާއާ ގުޅޭގޮތުން މިހާތަނަށް އިނގެނީ ކޮން މައުލޫމާތެއް؟
17 ސެޕްޓެމްބަރު 2026

އީޔޫގެ 'އެސޯސިއޭޓް މެންބަރުކަން' ކެނެޑާއަށް ދީފި ނަމަ ޓެރިފްތައް ބޮޑުކުރުމުގެ ފުރުސަތު އޮންނާނެ: ޓްރަމްޕް

17 ސެޕްޓެމްބަރު 2026
އީޔޫގެ 'އެސޯސިއޭޓް މެންބަރުކަން' ކެނެޑާއަށް ދީފި ނަމަ ޓެރިފްތައް ބޮޑުކުރުމުގެ ފުރުސަތު އޮންނާނެ: ޓްރަމްޕް
15 ސެޕްޓެމްބަރު 2026

އައިއޭއީއޭގެ ބައްދަލުވުމަށް އީރާނުގެ ނިއުކްލިއާ އިދާރާގެ ވެރިޔާ ކުރައްވަން އުޅުއްވި ދަތުރުފުޅަށް އެމެރިކާއިން ހުރަސްއަޅައިފި

15 ސެޕްޓެމްބަރު 2026
އައިއޭއީއޭގެ ބައްދަލުވުމަށް އީރާނުގެ ނިއުކްލިއާ އިދާރާގެ ވެރިޔާ ކުރައްވަން އުޅުއްވި ދަތުރުފުޅަށް އެމެރިކާއިން ހުރަސްއަޅައިފި
11 ސެޕްޓެމްބަރު 2026

ޖޫލިޔާނީއަކީ "މުސްލިމުންނާ ދެކޮޅު، ހަރުކަށި ފިކުރުގެ" މީހެއް!

11 ސެޕްޓެމްބަރު 2026
ޖޫލިޔާނީއަކީ "މުސްލިމުންނާ ދެކޮޅު، ހަރުކަށި ފިކުރުގެ" މީހެއް!
10 ސެޕްޓެމްބަރު 2026

ރައީސް ޓްރަމްޕް ވިދާޅުވި ގޮތަށް އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5000 ޑޮލަރު ހަގީގަތުގައިވެސް ދެއްވިދާނެތަ؟

10 ސެޕްޓެމްބަރު 2026
ރައީސް ޓްރަމްޕް ވިދާޅުވި ގޮތަށް އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5000 ޑޮލަރު ހަގީގަތުގައިވެސް ދެއްވިދާނެތަ؟
06 ސެޕްޓެމްބަރު 2026

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ހިނގާ ގާނޫނެއް ނެތް!

06 ސެޕްޓެމްބަރު 2026
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ހިނގާ ގާނޫނެއް ނެތް!
04 ސެޕްޓެމްބަރު 2026

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

04 ސެޕްޓެމްބަރު 2026
ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟
03 ސެޕްޓެމްބަރު 2026

ކެނެޑާގެ ޒުވާން ކެޑޭޓުންނަށް "ބޮޑީ-ޝޭމްކޮށް" ފުރައްސާރަކުރުމުން ހެގްސެތަށް ފާޑުކިޔުން އަމާޒުވެއްޖެ

03 ސެޕްޓެމްބަރު 2026
ކެނެޑާގެ ޒުވާން ކެޑޭޓުންނަށް "ބޮޑީ-ޝޭމްކޮށް" ފުރައްސާރަކުރުމުން ހެގްސެތަށް ފާޑުކިޔުން އަމާޒުވެއްޖެ
01 ސެޕްޓެމްބަރު 2026

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތްއާ އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެން، އާމީ ސެކްރެޓަރީ ޑެން ޑްރިސްކޯލް މަގާމުން އިސްތިއުފާ ދެއްވައިފި

01 ސެޕްޓެމްބަރު 2026
އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތްއާ އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެން، އާމީ ސެކްރެޓަރީ ޑެން ޑްރިސްކޯލް މަގާމުން އިސްތިއުފާ ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް