Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޑޮނަލްޑް ޓްރަމްޕް

ރައީސް ޓްރަމްޕް ވިދާޅުވި ގޮތަށް އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5000 ޑޮލަރު ހަގީގަތުގައިވެސް ދެއްވިދާނެތަ؟

10 ސެޕްޓެމްބަރު 2026 | ބުރާސްފަތި 18:12

އެމެރިކާގެ މިޑްޓާމް އިންތިޚާބު ރިޕަބްލިކަން ޕާޓީން ކާމިޔާބުކޮށްފިނަމަ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދިނުމަށް ޑޮނަލްޑް ޓްރަމްޕް ވެވަޑައިގެންނެވި ވައުދާ ގުޅިގެން ގާނޫނީ އަދި މާލީ ގޮތުން ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައި. އިދިކޮޅު ފަރާތްތަކުން މިއީ ވޯޓު ގަތުމުގެ އަމަލެއްގެ ގޮތުގައި ސިފަކުރާއިރު، މާހިރުން ބުނަނީ 1.3 ޓްރިލިއަން ޑޮލަރުގެ މި ބޮޑު ޚަރަދު ހަމަޖެއްސޭނެ ސާފު މަގެއް ނެތް ކަމަށް

ރާއްޖެ އެމްވީ | 10 ސެޕްޓެމްބަރު 2026 | ބުރާސްފަތި 18:12

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެ ގައުމުގެ ބޮޑެތި މީހުންގެ އާބާދީގައި ހިމެނޭ ކޮންމެ މީހަކަށް 5،000 ޑޮލަރު ދިނުމަށް ވަނީ ވިދާޅުވެފައި | އެކްސް

އަންނަ ނޮވެމްބަރު މަހު ބާއްވާ އެމެރިކާގެ މިޑްޓާމް އިންތިޚާބު ރިޕަބްލިކަން ޕާޓީން ކާމިޔާބުކޮށްފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދިނުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވައިފި އެވެ. ނަމަވެސް މިކަމަށް ފައިސާ ހޯދާނެ ގޮތެއް އަދި މިއީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއްކަން ވެސް ސާފެއް ނުވެ އެވެ.

ބުދަ ދުވަހުގެ ރޭ ބޭއްވި ޕާޓީގެ ކޮންވެންޝަނެއްގައި ޓްރަމްޕް ދެއްކެވި މި ވާހަކަފުޅަށް އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން ވަރަށް ބޮޑަށް މަރުހަބާ ކިޔާފައިވާއިރު، އިދިކޮޅު ޑިމޮކްރެޓުން މިކަން ސިފަކޮށްފައިވަނީ މިއީ އެއްވެސް އަސާސެއް ނެތް "ހުސް ވައުދެއް" ގެ ގޮތުގަ އެވެ.

ރިޕަބްލިކަން ކޮންފަރެންސްގައި ވާހަކަދައްކަވަމުން ޓްރަމްޕް އިތުރަށް ވިދާޅުވީ، އެ ފައިސާ ޚަރަދުކުރަން ޖެހޭނީ އެމެރިކާގެ އެތެރޭގައި ކަމަށެވެ. ނަމަވެސް އެކަން މޮނިޓަރ ކުރާނެ ނިޒާމެއް ވެސް ސާފުކޮށްދެއްވާފައެއް ނުވެ އެވެ.

މި ފައިސާ ހޯދާނެ ގޮތުގެ ތަފްސީލެއް އެމެރިކާގެ ރައީސް ދެއްވާފައި ނުވި ނަމަވެސް، ނައިބު ރައީސް ޖޭޑީ ވޭންސް ވިދާޅުވީ މިކަމަށް ބޭނުންވާ ފައިސާ ހޯދިދާނެ އެއް ގޮތަކީ ޓެރިފް ނުވަތަ އިމްޕޯޓް ޑިއުޓީން ލިބޭ އާމްދަނީ ބޭނުންކުރުން ކަމަށެވެ. އަދި މި ފައިސާ އެމެރިކާގެ މުއްސަނދިންނަށް ނުލިބޭނެ ކަމަށް ވެސް އޭނާ އިޝާރާތް ކުރެއްވި އެވެ.

ޓްރަމްޕްގެ މި ހުށަހެޅުމަކީ ގާނޫނީ ގޮތުން ސައްހަ ކަމެއްތަ؟

އެމެރިކާގެ ފެޑަރަލް ގާނޫނުތައް ބުނާގޮތުން، މީހަކު ވޯޓުލާ ގޮތަށް ނުފޫޒު ފޯރުވުމުގެ މަގްސަދުގައި ފައިސާ ދިނުމަކީ ކުށެކެވެ.

އެހެންނަމަވެސް، ބައެއް މާހިރުން ވިދާޅުވާ ގޮތުގައި ބުދަ ދުވަހު ޓެކްސަސްގައި ޓްރަމްޕް ވެވަޑައިގެންނެވި މި ވައުދަކީ ޓެކްސް ކުޑަކުރުމުގެ ވައުދެއްގެ ގޮތުގައި ބެލެވިދާނެ އެވެ. އަދި އެއީ ގާނޫނީ ގޮތުން ހުއްދަ ކަމެކެވެ.

ޔުނިވަރސިޓީ އޮފް ސައުތުހެމްޕްޓަންގެ ލޯ ލެކްޗަރަރ ޑރ. ޖޯން މެހޯނީ ބީބީސީއަށް ވިދާޅުވީ، މިއީ ކެމްޕޭން ވައުދަކާ އެއްފަދަ ކަމެއް ކަމަށްވާތީ ގާނޫނީ ގޮތުން މައްސަލައެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. ނަމަވެސް ސިޔާސީ ބޭފުޅުން އާންމުކޮށް މިހާ ސީދާ ގޮތެއްގައި މިފަދަ ވައުދުތައް ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"އެއްގޮތަކުން ބަލާއިރު މިއީ ރިޝްވަތެއްގެ ގޮތުގައި ސިފަވޭ. ރިޕަބްލިކަނުންނަށް ވޯޓު ދީފިނަމަ ފައިސާ ލިބޭނެ ކަމަށް ބުނުމަކީ ކަނޑައެޅިގެން ގާނޫނާ ޚިލާފު ކަމެއް،" އޭނާ ވިދާޅުވި އެވެ.

"އެކަމަކު އަނެއްކޮޅުން ބަލާއިރު، މިއީ ވޯޓު ދިން ގޮތަކަށް ބެލުމެއް ނެތް އެންމެންނަށް ދޭ ފައިސާއެއް ކަމަށްވާތީ، އެ މާނައިގައި މިއީ ރިޝްވަތަކަށް ނުވޭ."

"އަޅުގަނޑު ދެކޭގޮތުގައި މިއީ ގާނޫނީ ގޮތުން ކުރެވިދާނެ ކަމެއް. މިއީ 'ތިމަންނާގެ ޕާޓީ މޮޅުވެއްޖެނަމަ ޓެކްސް ކުޑަކޮށްދޭނަމޭ' ބުނުން ކަހަލަ ކެމްޕޭން ވައުދެއް. ހުރިހާ ޕާޓީތަކުން ވެސް އަބަދުވެސް އެކަން ކުރޭ، އެއީ ހުއްދަ ކަމެއް،" ޑރ. މެހޯނީ އިތުރަށް ވިދާޅުވި އެވެ.

ނަމަވެސް، ޗެތަމް ހައުސްގެ ޔޫއެސް އެންޑް ނޯތު އެމެރިކާ ޕްރޮގްރާމްގެ ޑައިރެކްޓަރު ލައުރެލް ރެޕް ބީބީސީއަށް ވިދާޅުވީ، ޓްރަމްޕްގެ މި ހުށަހެޅުމަކީ އާންމުކޮށް އިންތިޚާބުތަކުގައި ކެންޑިޑޭޓުންވާ ވައުދުތަކާ ވަރަށް ތަފާތު، "މުއާމަލާތެއްގެ" ސިފަ ޖެހިފައިވާ ކަމެއް ކަމަށެވެ.

މިކަމަށް ކިހާ ފައިސާއެއް ޚަރަދުވާނެ؟

ގާނޫނީ ސުވާލުތަކުގެ އިތުރުން، އީރާނާ އެކު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ދަރަނި އިތުރުވަމުންދާ ދަނޑިވަޅެއްގައި، މިއީ މާލީ ގޮތުން ކުރެވިދާނެ ކަމެއްތޯ ވެސް ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

އެމެރިކާގައި ގާތްގަނޑަކަށް 270 މިލިއަން ބޮޑެތި މީހުން ތިބިއިރު، ކޮންމެ މީހަކަށް 5،000 ޑޮލަރު ދިނުމަށް އެމެރިކާ ސަރުކާރުން ގާތްގަނޑަކަށް 1.3 ޓްރިލިއަން ޑޮލަރު ޚަރަދުކުރަން ޖެހޭނެ އެވެ. މި ފައިސާ ހޯދާނެ ގޮތުގެ އެއްވެސް ތަފްސީލެއް ޓްރަމްޕް ދެއްވާފައެއް ނުވެ އެވެ.

އެމެރިކާގައި ޚަރަދުތައް ކުރުމުގެ ހުއްދަ ދެނީ ކޮންގްރެސްއިން ކަމަށްވާއިރު، މި ފައިސާ ދިނުމަށް ގާނޫނީ ހުއްދައަކަށް އެދިވަޑައިގަންނަވާނެތޯ ވެސް ރައީސް ވިދާޅެއް ނުވެ އެވެ.

އަދި ގާނޫނީ މާހިރުން ވިދާޅުވާ ގޮތުގައި، ރައީސްގެ ގަރާރަކުން (އެގްޒެކެޓިވް އޯޑަރަކުން) މިހާ ބޮޑު އަދަދެއްގެ ފައިސާ ދޫކުރުމުގެ ހުއްދަ ދެވޭނެ ކަމަކަށް ނުބެލެވެ އެވެ.

ވޮޝިންގޓަން ޑީސީގައި ހުންނަ ޓެކްސް ފައުންޑޭޝަންގެ ސީނިއަރ އިކޮނޮމިސްޓް އެރިކާ ޔޯކް ބީބީސީއަށް ވިދާޅުވީ، ކޮންގްރެސްއިން މިފަދަ ހުށަހެޅުމަކަށް ހުއްދަ ދީފިނަމަ އެކަމާ "ވަރަށް ބޮޑަށް ހައިރާންވާނެ" ކަމަށެވެ.

"މިއީ 1.3 ޓްރިލިއަން ޑޮލަރު ބޭނުންކުރެވިދާނެ އެންމެ ގޯސް އެއް ގޮތް،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިދަނީ މާލީ ގޮތުން ދެމެހެއްޓެނިވި މަގަކުން ނޫން. ބަޖެޓް ޑެފިސިޓް ނުވަތަ ދަރަނި ދަނީ ދުވަހުން ދުވަހަށް ބޮޑުވަމުން،" ޔޯކް އިތުރަށް ފާހަގަކުރެއްވި އެވެ.

ޓެރިފް އާމްދަނީން މިކަމަށް ފައިސާ ހޯދިދާނެތަ؟

ޓްރަމްޕްގެ ތަގުރީރަށްފަހު ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ނައިބު ރައީސް ވޭންސް ވިދާޅުވީ، މި ފައިސާ ދިނުމަށް ރައީސް ޓްރަމްޕް އިމްޕޯޓް ޓެރިފްތަކުން ހޯއްދަވާ އާމްދަނީ ބޭނުންކުރެވިދާނެ ކަމަށެވެ.

ނަމަވެސް، މިހާތަނަށް ޓެރިފްތަކުން ލިބިފައިވާ އާމްދަނީއަކީ ޓްރަމްޕް ވައުދުވެވަޑައިގެންނެވި 5،000 ޑޮލަރުގެ ޕޭމަންޓްތަކަށް ބޭނުންވާ ފައިސާއާ އަޅާބަލާއިރު ވަރަށް ކުޑަ މިންވަރެކެވެ.

ބައިޕާޓިސަން ޕޮލިސީ ސެންޓަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރު ފެށުނީއްސުރެ އެމެރިކާއަށް ޓެރިފް އަދި އެކްސައިޒް ޓެކްސްގެ ގޮތުގައި ލިބިފައިވަނީ ގާތްގަނޑަކަށް 475 ބިލިއަން ޑޮލަރެވެ.

އެހެންނަމަވެސް، މިއަހަރުގެ ކުރީކޮޅު ސުޕްރީމް ކޯޓުން ބައެއް ޓެރިފްތައް ބާތިލުކުރުމާ ގުޅިގެން، 100 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ވަނީ އަނބުރާ ދައްކަން ޖެހިފަ އެވެ.

މި ފައިސާ ދޫކުރާނީ ކިހިނެއްތޯ ބީބީސީން ސުވާލުކުރުމުން ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "ނާއުންމީދު ފަތުރާ ފަރާތްތަކުން އަބަދުވެސް ރައީސް ޓްރަމްޕާ މެދު ޝައްކު އުފައްދާ" ކަމަށެވެ.

"އެމެރިކާގެ ރައްޔިތުންގެ މެދުކެނޑުމެއްނެތް ތާއީދާއެކު، ރައީސް ޓްރަމްޕް ގެންދަވާނީ ހަގީގީ ނަތީޖާ ދައްކަވަމުން،" ތަރުޖަމާނު ޑޭވިސް އިންގްލް ވިދާޅުވި އެވެ.

ޓްރަމްޕް މިފަދަ ހުށަހެޅުމެއް ހުށަހެޅުއްވީ ކީއްވެ؟

ރިޕަބްލިކަން ޕާޓީގެ ކުރީގެ ސްޓްރެޓެޖިސްޓަކު ވިދާޅުވީ، ޓްރަމްޕްގެ މި ހުށަހެޅުމަކީ ދެ މަސް ދުވަހަށްވުރެ ކުޑަތަންވެފައިވާ އިންތިޚާބާ ގުޅިގެން ކުރެއްވި ކަމެއްގެ ގޮތުގައި ބަލަންޖެހޭ ކަމަށެވެ.

"މިއީ އާދަޔާޚިލާފު ވައުދެއް. އެ ފައިސާ ހޯދާނެ ގޮތެއް އަޅުގަނޑަކަށް ނޭނގެ. އެކަމަކު މިއީ ކެމްޕޭން ދުވަސްވަރު،" ރޮބަޓް މޮރާން ބީބީސީއަށް ވިދާޅުވި އެވެ.

ޗެތަމް ހައުސްގެ ރެޕް ވިދާޅުވީ، ޓްރަމްޕްގެ ދައުރުގެ ފަހު ދެ އަހަރަށް ކުރިމަތިލާއިރު، ކޮންގްރެސްގެ ކޮންޓްރޯލް ދެމެހެއްޓުމަށްޓަކައި އޭނާ ވިސްނަވަނީ ކުރު މުއްދަތުގެ ފައިދާއަކަށް ކަމަށެވެ.

"ފައިސާގެ ވައުދުތަކަށް އޭނާ މިހާރު މި ބަރޯސާވަނީ، ރިޕަބްލިކަނުންނާއި އޭނާގެ އަމިއްލަ މަގުބޫލުކަން ވެސް ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދަށްކޮށް ދައްކާތީ،" އޭނާ އިތުރަށް ވިދާޅުވި އެވެ.

މީގެ ކުރިން މިފަދަ ކަމެއް ހިނގާފައިވޭތަ؟

މީގެ ކުރިން ވެސް ޓެރިފް އާމްދަނީން 2،000 ޑޮލަރުގެ ޗެކް ދިނުމަށް ޓްރަމްޕް ހުށަހެޅުއްވި އެވެ. ނަމަވެސް އެ ފައިސާއެއް ރައްޔިތުންނަކަށް ނުލިބެ އެވެ.

ކުރީގެ ރައީސް ޖޯ ބައިޑަންގެ މައްޗަށްވެސް ވަނީ ވޯޓު ގަންނަން އުޅުއްވި ކަމުގެ ތުހުމަތު ކުރެވިފަ އެވެ. އެއީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު ޖޯޖިއާގެ ސެނެޓް ގޮނޑިތައް ޑިމޮކްރެޓުން ކާމިޔާބުކޮށްފިނަމަ، ކޮވިޑްގެ އެހީގެ ގޮތުގައި އެމެރިކާ މީހުންނަށް 2،000 ޑޮލަރު ދޭނެ ކަމަށް ވައުދުވުމުންނެވެ.

މީގެ އިތުރުން، 2024 ގެ ރިޔާސީ އިންތިޚާބުގެ ކުރިން ވެސް މިފަދަ ގާނޫނީ މައްސަލައެއް ފެންމަތިވި އެވެ. އެއީ ޓްރަމްޕަށް ތާއީދުކުރާ ބިލިއަނަރު އީލޮން މަސްކް، ވަކި ޕެޓިޝަނެއްގައި ސޮއިކުރާ ހަތް ސްވިންގް ސްޓޭޓެއްގެ ރަޖިސްޓްރީކޮށްފައިވާ ވޯޓުލާ މީހުންނަށް ފައިސާ ދޭނެ ކަމަށް ބުނުމާ ގުޅިގެންނެވެ.

މަސްދަރު: ބީބީސީ

ޑޮނަލްޑް ޓްރަމްޕްއެމެރިކާ

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

10 ސެޕްޓެމްބަރު 2026

"ޑީލެއް" ހައްދަވަން ޕުޓިން ހުށަހެޅުއްވި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

10 ސެޕްޓެމްބަރު 2026
"ޑީލެއް" ހައްދަވަން ޕުޓިން ހުށަހެޅުއްވި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
10 ސެޕްޓެމްބަރު 2026

ޓްރަމްޕްއާ ޚާއްސަ ގުޅުމެއް އޮންނަ ކަމުގެ އަޑުތައް ފެތުރިފައިވާ ނަޓާލީ ހާޕް އަށް 45،000 ޑޮލަރުގެ ހަދިޔާއެއް ދެއްވިކަން ހާމަވުމުން ފާޑުކިޔުން ބޮޑުވެއްޖެ

10 ސެޕްޓެމްބަރު 2026
ޓްރަމްޕްއާ ޚާއްސަ ގުޅުމެއް އޮންނަ ކަމުގެ އަޑުތައް ފެތުރިފައިވާ ނަޓާލީ ހާޕް އަށް 45،000 ޑޮލަރުގެ ހަދިޔާއެއް ދެއްވިކަން ހާމަވުމުން ފާޑުކިޔުން ބޮޑުވެއްޖެ
10 ސެޕްޓެމްބަރު 2026

ޓްރަމްޕް: ކޮންގްރެސްގެ އަޣުލަބިއްޔަތު ހޯދިއްޖެނަމަ ކޮންމެ ބޮޑުމީހަކަށް 5,000 ޑޮލަރު ދޭނަން

10 ސެޕްޓެމްބަރު 2026
ޓްރަމްޕް: ކޮންގްރެސްގެ އަޣުލަބިއްޔަތު ހޯދިއްޖެނަމަ ކޮންމެ ބޮޑުމީހަކަށް 5,000 ޑޮލަރު ދޭނަން
10 ސެޕްޓެމްބަރު 2026

ޓްރަމްޕް: މިޑްޓާމް އިންތިޚާބަށްފަހު އީރާން ހަނގުރާމަ "ވަގުތުން" ނިމޭނެ

10 ސެޕްޓެމްބަރު 2026
ޓްރަމްޕް: މިޑްޓާމް އިންތިޚާބަށްފަހު އީރާން ހަނގުރާމަ "ވަގުތުން" ނިމޭނެ
09 ސެޕްޓެމްބަރު 2026

އާ އެއްބަސްވުމެއް ހަދަން ޓްރަމްޕް ބޭނުންފުޅުވި ނަމަވެސް ތެހްރާނުން އެ ކަމާ ދެކޮޅު

09 ސެޕްޓެމްބަރު 2026
އާ އެއްބަސްވުމެއް ހަދަން ޓްރަމްޕް ބޭނުންފުޅުވި ނަމަވެސް ތެހްރާނުން އެ ކަމާ ދެކޮޅު
09 ސެޕްޓެމްބަރު 2026

ޕުޓިންއާއި ޓްރަމްޕްގެ ފޯން ކޯލް: ހަނގުރާމައާމެދު "ބިނާކުރަނިވި" މަޝްވަރާތަކެއް

09 ސެޕްޓެމްބަރު 2026
ޕުޓިންއާއި ޓްރަމްޕްގެ ފޯން ކޯލް: ހަނގުރާމައާމެދު "ބިނާކުރަނިވި" މަޝްވަރާތަކެއް
08 ސެޕްޓެމްބަރު 2026

އިސްރާއީލުގެ ޣައިރުޤާނޫނީ ވަޒަންވެރިންނާ ވިޔަފާރިކުރުން އިނގިރޭސިވިލާތުން ހުއްޓާލަނީ

08 ސެޕްޓެމްބަރު 2026
އިސްރާއީލުގެ ޣައިރުޤާނޫނީ ވަޒަންވެރިންނާ ވިޔަފާރިކުރުން އިނގިރޭސިވިލާތުން ހުއްޓާލަނީ
07 ސެޕްޓެމްބަރު 2026

އޮހާޔޯގެ ގަވަރުނަރު ކަމަށް ވާދަކުރައްވާ ޑިމޮކްރެޓިކް ކެނޑިޑޭޓަށް ހަމަލާދޭން އުޅެފި

07 ސެޕްޓެމްބަރު 2026
އޮހާޔޯގެ ގަވަރުނަރު ކަމަށް ވާދަކުރައްވާ ޑިމޮކްރެޓިކް ކެނޑިޑޭޓަށް ހަމަލާދޭން އުޅެފި
06 ސެޕްޓެމްބަރު 2026

އީރާން ހަނގުރާމައާ ގުޅިގެން އެމެރިކާގައި ޑީސަލްގެ އަގު ރެކޯޑު މިންވަރަކަށް!

06 ސެޕްޓެމްބަރު 2026
އީރާން ހަނގުރާމައާ ގުޅިގެން އެމެރިކާގައި ޑީސަލްގެ އަގު ރެކޯޑު މިންވަރަކަށް!
06 ސެޕްޓެމްބަރު 2026

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ހިނގާ ގާނޫނެއް ނެތް!

06 ސެޕްޓެމްބަރު 2026
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ހިނގާ ގާނޫނެއް ނެތް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް