Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

އައިއޭއީއޭގެ ބައްދަލުވުމަށް އީރާނުގެ ނިއުކްލިއާ އިދާރާގެ ވެރިޔާ ކުރައްވަން އުޅުއްވި ދަތުރުފުޅަށް އެމެރިކާއިން ހުރަސްއަޅައިފި

15 ސެޕްޓެމްބަރު 2026 | އަންގާރަ 04:33

އޮސްޓްރިޔާގައި ބާއްވާ އައިއޭއީއޭގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އީރާނުގެ ނިއުކްލިއާ އިދާރާގެ ވެރިޔާ މުޙައްމަދު އިސްލާމީ ކުރައްވަން އުޅުއްވި ދަތުރުފުޅަށް އެމެރިކާއިން ހުރަސްއަޅައިފި. އެމެރިކާގެ އިއުތިރާޒާ ގުޅިގެން އޮސްޓްރިޔާއިން އޭނާގެ ވިސާ ބާތިލުކުރުމަކީ ސިޔާސީ ނިންމުމެއް ކަމަށް ބުނެ އީރާނުން ވަނީ އެކަން ކުށްވެރިކޮށްފައި

ނިއުސް ޓީމް
ނިއުސް ޓީމް | 15 ސެޕްޓެމްބަރު 2026 | އަންގާރަ 04:33
ވިއެނާގައި ކުރިއަށްދިޔަ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީގެ (އައިއޭއީއޭ) 69 ވަނަ އަހަރީ އާންމު ޖަލްސާގައި، އީރާނުގެ އެޓޮމިކް އެނާޖީ އޯގަނައިޒޭޝަންގެ ވެރިޔާ މުޙައްމަދު އިސްލާމީ ވާހަކަދައްކަވަނީ.

ވިއެނާގައި ކުރިއަށްދިޔަ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީގެ (އައިއޭއީއޭ) 69 ވަނަ އަހަރީ އާންމު ޖަލްސާގައި، އީރާނުގެ އެޓޮމިކް އެނާޖީ އޯގަނައިޒޭޝަންގެ ވެރިޔާ މުޙައްމަދު އިސްލާމީ ވާހަކަދައްކަވަނީ. | ގެޓީ އިމޭޖަސް

އޮސްޓްރިޔާގެ ވިއެނާގައި ހުންނަ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީގެ (އައިއޭއީއޭ) މައި މަރުކަޒުގައި މި ހަފުތާގައި ބާއްވާ އެ އޭޖެންސީގެ އަހަރީ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް، އީރާނުގެ ނިއުކްލިއާ ހަކަތައާ ބެހޭ އިދާރާގެ ވެރިޔާ މުޙައްމަދު އިސްލާމީ ކުރައްވަން އުޅުއްވި ދަތުރުފުޅަށް އެމެރިކާއިން ހުރަސްއަޅައިފި އެވެ. އެމެރިކާއިން މި ފިޔަވަޅު އެޅީ، އީރާނާ ދެކޮޅަށް އަލުން އިއާދަކޮށްފައިވާ 'ސްނެޕްބެކް' ދަތިކުރުމުގެ ފިޔަވަޅުތަކުން އިސްލާމީ އިސްތިސްނާކުރުމަށް އދ. ގެ ސަލާމަތީ މަޖިލީހުން ދެކޮޅު ހެދުމާ ގުޅިގެންނެވެ.

ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ބައްދަލުވުމަށް އިސްލާމީއާއި އޭނާގެ ވަފުދުން ކުރަން އޮތް ދަތުރު ކެންސަލް ކުރަން ޖެހުނީ، އޮސްޓްރިޔާއިން އޭނާގެ ވިސާ ބާތިލުކުރުމާ ގުޅިގެން ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ވަނީ ރިޕޯޓްކޮށްފަ އެވެ.

Advertisement - worldAdvertisement

އީރާނުގެ އެޓޮމިކް އެނާޖީ އޯގަނައިޒޭޝަންގެ ވެރިޔާ މުޙައްމަދު އިސްލާމީއަކީ، 2015 ވަނަ އަހަރުގެ ކުރިން އަމަލުކުރަމުންދިޔަ 'ސްނެޕްބެކް' އުސޫލުގެ ދަށުން އދ. ގެ ސަލާމަތީ މަޖިލީހުން ދަތުރުފަތުރުކުރުން މަނާކޮށްފައިވާ ބޭފުޅެކެވެ. ވިލާތުގެ ގައުމުތަކުން މިދިޔަ އަހަރު އަލުން އިއާދަކުރި މި އުސޫލުގެ ދަށުން، އީރާނުގެ ނިއުކްލިއާ އަދި ބެލިސްޓިކް މިސައިލް ޕްރޮގްރާމާ ގުޅުންހުރި އޮފިޝަލުން އެހެން ގައުމުތަކަށް އެތެރެވުމާއި އެ ގައުމުތައް ހުރަސްކޮށް ދަތުރުކުރުން މަނާކުރުން މެންބަރު ގައުމުތަކަށް ލާޒިމުވެ އެވެ.

ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އިސްލާމީގެ ވިސާ ކުރިން އޮތީ ފާސްކޮށްފައި ކަމަށް އައިއޭއީއޭއަށް އީރާނުން ކަނޑައަޅާފައި ހުންނަވާ ސަފީރު ރިޒާ ނަޖަފީ ވިދާޅުވި އެވެ. އަދި، އޮސްޓްރިޔާގެ މި ނިންމުމަކީ އައިއޭއީއޭގެ މެންބަރު ގައުމެއްގެ ހައިސިއްޔަތުން އީރާނަށް ލިބިގެންވާ ހައްގުތަކަށް އަރައިގަތުން ކަމަށް އޭނާ ސިފަކުރެއްވި އެވެ. އީރާނުގެ ފުރިހަމަ ބައިވެރިވުމަށް ހުރަސްއަޅައި، އިސްލާމީއަށް ވިސާ ނުދިނުމަކީ އައިއޭއީއޭގެ ބައްދަލުވުންތަކާ ގުޅޭ ގާނޫނީ އުސޫލުތަކާ ޚިލާފު ކަމެއް ކަމަށް ނަޖަފީ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، ވިސާ ނުދިނުމަށް ވިއެނާއިން ނިންމި ނިންމުމަކީ ބައްދަލުވުން ބާއްވާ ގައުމުގެ ހައިސިއްޔަތުން އޮސްޓްރިޔާއިން އަދާކުރަންޖެހޭ ޒިންމާތަކާ ޚިލާފުވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ދަތުރު ކެންސަލްކުރުމާއި އެ ކަމަށް ދައްކާ ގާނޫނީ އުޒުރުތަކަކީ ސިޔާސީ މަގުސަދެއްގައި ކޮށްފައިވާ ކަމެއް ކަމަށާއި، މިއީ އެ ޖަމުއިއްޔާ ސިޔާސީ ކުރަމުންދާ ކަމުގެ ހެއްކެއް ކަމަށް ވެސް ނަޖަފީ ވިދާޅުވި އެވެ.

އޮސްޓްރިޔާއަށް މި ނިންމުން ނިންމަން މަޖުބޫރުކުރުވީ އެމެރިކާއިން ކަމަށް އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ތުހުމަތުކުރެއްވި އެވެ. އެޓޮމިކް އެނާޖީ އޯގަނައިޒޭޝަންގެ ވެރިޔާގެ މަގާމާ 2021 ވަނަ އަހަރު ހަވާލުވެވަޑައިގަތުމަށްފަހު، ވިއެނާގައި ބާއްވާ އައިއޭއީއޭގެ އަހަރީ ބައްދަލުވުންތަކުގައި އިސްލާމީ ގަވާއިދުން ބައިވެރިވެވަޑައިގަންނަވައި ވާހަކަފުޅު ދައްކަވަމުން ގެންދަވާކަން އޭނާ ހަނދާންކޮށްދެއްވި އެވެ. މިއީ، އީރާނުގެ އޮފިޝަލުންނަށް ބައިނަލްއަގުވާމީ ދަތުރުފަތުރުގެ ވިސާ ލިބުމަށް ހުރަސްއެޅުމަށް ރޭވިގެން ހިންގާ ހަރަކާތެއް ކަމަށް އީރާނާއި ރަޝިޔާއިން ވެސް ދެކެ އެވެ.

ފަރަންސޭސިވިލާތާއި، ޖަރުމަނުވިލާތް އަދި އިނގިރޭސިވިލާތުން މިދިޔަ އަހަރު ވަނީ އީރާނުގެ ނިއުކްލިއާ އެއްބަސްވުމުގެ (ޖޭސީޕީއޯއޭ) ދަށުން 'ސްނެޕްބެކް' އުސޫލު ހިންގަން ފަށައިފަ އެވެ. މީގެ ބޭނުމަކީ 2015 ވަނަ އަހަރުގެ އެއްބަސްވުމާއެކު އދ. ގެ ސަލާމަތީ މަޖިލީހުގެ  2231 ނަންބަރު ގަރާރުގެ ދަށުން މެދުކަނޑާލާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އޮޓޮމެޓިކުން އަލުން އިއާދަކުރުމެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މީގެ ތިން އަހަރު ކުރިން މި އެއްބަސްވުމުން ވަކިވެވަޑައިގެންފަ އެވެ. 'ސްނެޕްބެކް' ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ދަތުރުފަތުރުކުރުން މަނާކުރުމާއި، ހަތިޔާރުގެ މުއާމަލާތްކުރުން މަނާކުރުމާއި، ބެލިސްޓިކް މިސައިލް އުފެއްދުމާ ގުޅޭ ހަރަކާތްތައް ހުއްޓުވުމާއި، މުދަލާއި ފައިސާ ހިފެހެއްޓުމުގެ އިތުރުން ނިއުކްލިއާ ޓެކްނޮލޮޖީ އުފެއްދުން މަނާކުރުން ހިމެނެ އެވެ. ނަމަވެސް، އީރާނާއި އެ ގައުމުގެ ބައިވެރިއެއް ކަމަށްވާ ރަޝިޔާއިން، އަލުން އިއާދަކޮށްފައިވާ މި ފިޔަވަޅުތައް ގަބޫލެއް ނުކުރެ އެވެ.

އިސްލާމީއަށް ހުރަސްއަޅާފައި ވަނީ އެމެރިކާއިން ބާރުއަޅައިގެން

އދ. ގެ އިދާރާތައް ގާއިމުވެފައިވާ ގައުމުގެ ހައިސިއްޔަތުން، ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އޮފިޝަލުން ބައިނަލްއަގުވާމީ ކޮންފަރެންސްތަކަށް ވަޑައިގަތުމަށް ވިސާ ދިނުމުގެ ހުއްދައަށް އެދުމުގެ ފުރުސަތު އޮސްޓްރިޔާއަށް އޮވެ އެވެ. މި ގޮތުން އޮސްޓްރިޔާއިން ފުރަތަމަ މަސައްކަތްކުރީ އިސްލާމީއަށް ލުޔެއް ހޯދައިދިނުމަށެވެ. ނަމަވެސް، އެމެރިކާއިން ވަނީ އެ ކަމަށް އިއުތިރާޒުކޮށްފަ އެވެ. އދ. ގެ ކޮމިޓީގެ އުސޫލުތައް އޮންނަ ގޮތުން، އެއްވެސް ގައުމަކުން އިއުތިރާޒުކޮށްފިނަމަ އެ ހުއްދައެއް ނުލިބޭނެ އެވެ. އެމެރިކާގެ އިއުތިރާޒާ ގުޅިގެން އީރާނުގެ ވަފުދުގެ އެއް މެންބަރަކަށް އެ ގައުމަށް އެތެރެވުމުގެ ހުއްދަ ނުދިނުމަށް އޮސްޓްރިޔާއަށް މަޖުބޫރުވީ ކަމަށް، އައިއޭއީއޭއަށް އޮސްޓްރިޔާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކްރިސްޓިއަން އެބްނާ ވިދާޅުވި އެވެ.

އިސްލާމީއަށް ލުއި ދިނުމަށް ނިއު ޔޯކުގައި ހުންނަ އދ. ގެ މަރުކަޒުގައި އެމެރިކާއިން ދެކޮޅު ހެދި ކަމަށާއި، އެހެންކަމުން އެ ހުއްދަ ދެވެން ނެތް ކަމަށް އެމެރިކާގެ ސަފީރު ޕްރެސްޓަން ވެލްސް ގްރިފިތު ވިދާޅުވި އެވެ. އިސްލާމީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ނަމަ، އީރާނުން އައިއޭއީއޭގެ މި ފޯރަމް ބޭނުންކުރާނީ ޕްރޮޕެގެންޑާ ފެތުރުމަށް ކަމަށް ގްރިފިތު ތުހުމަތުކުރެއްވި އެވެ. އަދި، އީރާނުގެ ނިއުކްލިއާ ވައުދުތައް ކަށަވަރުކުރުމުގެ ޒިންމާ އޮތް އިދާރާއަށް އެއްބާރުލުން ދިނުމުގެ ބަދަލުގައި، އެ އިދާރާގެ އަގު ވައްޓާލުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނިއުކްލިއާ މަރުކަޒުތައް ބަލައި ފާސްކުރުމާ ގުޅޭގޮތުން އުފެދިފައިވާ މައްސަލަތަކަށް އިޝާރާތްކުރައްވަމުން ގްރިފިތު ވިދާޅުވީ، މިދިޔަ އަހަރުގެ ޖޫން މަހު ހިނގި 12 ދުވަހުގެ ހަނގުރާމައިގައި އެމެރިކާއާއި އިސްރާއީލުން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ދިން ހަމަލާތަކަށްފަހު، އެ ތަންތަން ބަލައި ފާސްކުރުމުގެ ފުރުސަތު އައިއޭއީއޭގެ އިންސްޕެކްޓަރުންނަށް ދިނުމަށް ތެހެރާނުން ދެކޮޅު ހަދާފައިވާތީ އެވެ. މިއީ، ނިއުކްލިއާ ހަތިޔާރު ފެތުރުން ހުއްޓުވުމާ ބެހޭ މުއާހަދާގެ ދަށުން އީރާނުން އަދާކުރަންޖެހޭ ގާނޫނީ ޒިންމާތަކާ ޚިލާފު ކަމެކެވެ. ނަމަވެސް، އެ ގައުމުން ނިއުކްލިއާ ހަތިޔާރު އުފައްދަން މަސައްކަތް ނުކުރާ ކަމަށާއި، އެ ޕްރޮގްރާމަކީ ސުލްހަވެރި ބޭނުންތަކަށް ހިންގާ ޕްރޮގްރާމެއް ކަމަށް އީރާނުން ބުނެ އެވެ.

އީރާނުން ބޭނުންވަނީ ވޮޝިންގޓަނާއެކު އެއްބަސްވުމަކަށް އަންނަން ކަމަށް ހޯމަ ދުވަހު ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. ހުރްމުޒް ކަނޑުއޮޅީގެ މައްސަލައާއި ސަރަހައްދީ ހަމަނުޖެހުންތައް އިތުރުވަމުންދިޔަ ނަމަވެސް، މިއީ ޑިޕްލޮމެޓިކް މަޝްވަރާތަކަށް ހުޅުވިގެންދާ ފުރުސަތެއް ކަމަށް ބެލެވެ އެވެ.

"ނާކާމިޔާބުވެފައިވާ އީރާނުން ބޭނުން ވަނީ ވަރަށް އަވަހަށް އެއްބަސްވުމަކަށް އަންނަން. އެމެރިކާއިން އެ ކަމުގައި ބައިވެރިވާނެތޯ ނިންމާނީ އަހަރެން. އެ ފަދަ މަޝްވަރާތަކަކަށް އަހަރެމެން މިތިބީ ތައްޔާރަށް،" ޓްރަމްޕް ވިދާޅުވި އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާންއެމެރިކާއައިއީއޭމުޙައްމަދު އިސްލާމީއޮސްޓްރިއާޑޮނަލްޑް ޓްރަމްޕް

އެންމެ ހިނގާ

1

އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަހުގެ ހާމަނުކުރާ ވާހަކަތައް: އެމެރިކާގެ ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން އެފް-35 މަރުކާގެ ބޯޓެއްގެ މިޝަން ހުއްޓުވައި އެމެރިކާ ސިއްސުވާލި

2

އާދަޔާޚިލާފު ބާރުގަދަ "އެލް ނީނޯ" ގެ ނުރައްކާ ބޮޑުވަނީ، ވަގުތު ނަގާލެވޭކަށް ނެތް: އދ

3

އީރާނުން ބަޑިޖަހައި ވައްޓާލި އެމެރިކާގެ އަސްކަރީ ބޯޓުގައި އިން އެއާމަން ސަލާމަތްކުރުމަށް ހިންގި ނުރައްކާތެރި އޮޕަރޭޝަނުގެ ވާހަކަ

4

"ސުޕަރޖަމްބޯ" ގެ ނަމުން މަޝްހޫރުވެފައިވާ ބިޔަ އޭ380 މަތިންދާބޯޓުތަކުގެ ޒަމާން ނިމުމަކަށް އަންނަނީބާ؟

5

އިރާގުން ސައުދީ ތެޔޮ ހޮޅިއަށް ހަމަލާދިން ޑްރޯން ލޯންޗަރ ހޯދައިފި

އިތުރަށް ކިޔާލަން

15 ސެޕްޓެމްބަރު 2026

ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދިނުން ހުއްޓާލުމުގެ އެއްބަސްވުމަކަށް ރަޝިޔާއިން އިހުތިރާމްކުރާނެ ކަމުގެ ޔަގީންކަމެއް ނެތް: ޒެލެންސްކީ

15 ސެޕްޓެމްބަރު 2026
ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދިނުން ހުއްޓާލުމުގެ އެއްބަސްވުމަކަށް ރަޝިޔާއިން އިހުތިރާމްކުރާނެ ކަމުގެ ޔަގީންކަމެއް ނެތް: ޒެލެންސްކީ
14 ސެޕްޓެމްބަރު 2026

ހުރްމުޒް ކަނޑުއޮޅީގެ ނުރައްކަލާއި ސައުދީއަށް ދިން ހަމަލާތައް: މެދުއިރުމަތީގެ ހަނގުރާމަ ވަރުގަދަވެ، ހަކަތައިގެ ރައްކާތެރިކަން ނާޒުކު ފައްތަރަކަށް

14 ސެޕްޓެމްބަރު 2026
ހުރްމުޒް ކަނޑުއޮޅީގެ ނުރައްކަލާއި ސައުދީއަށް ދިން ހަމަލާތައް: މެދުއިރުމަތީގެ ހަނގުރާމަ ވަރުގަދަވެ، ހަކަތައިގެ ރައްކާތެރިކަން ނާޒުކު ފައްތަރަކަށް
14 ސެޕްޓެމްބަރު 2026

ޕޮލެންޑް ބޯޑަރު ކައިރީގައި އޮތް ރޭލަކަށް ރަޝިޔާއިން ހަމަލާދީފި: މަސްރަހު އިތުރަށް ގޯސްކުރާ ކަމުގެ ތުހުމަތު ދެ ގައުމުން ރަޝިޔާއަށް

14 ސެޕްޓެމްބަރު 2026
ޕޮލެންޑް ބޯޑަރު ކައިރީގައި އޮތް ރޭލަކަށް ރަޝިޔާއިން ހަމަލާދީފި: މަސްރަހު އިތުރަށް ގޯސްކުރާ ކަމުގެ ތުހުމަތު ދެ ގައުމުން ރަޝިޔާއަށް
14 ސެޕްޓެމްބަރު 2026

އުމުރުފުޅުން ހަތަރު އަހަރު ވަންދެން ޓްރަމްޕް ދިރިއުޅުއްވި ގެކޮޅު ދެ މިލިއަން ޑޮލަރަށް ވިއްކާލައިފި

14 ސެޕްޓެމްބަރު 2026
އުމުރުފުޅުން ހަތަރު އަހަރު ވަންދެން ޓްރަމްޕް ދިރިއުޅުއްވި ގެކޮޅު ދެ މިލިއަން ޑޮލަރަށް ވިއްކާލައިފި
13 ސެޕްޓެމްބަރު 2026

ހޫޘީންނަށް ރައްދުދިނުމުގައި ސައުދީއަށް ހުރި ގޮތްތަކަކީ ކޮބާ؟

13 ސެޕްޓެމްބަރު 2026
ހޫޘީންނަށް ރައްދުދިނުމުގައި ސައުދީއަށް ހުރި ގޮތްތަކަކީ ކޮބާ؟
13 ސެޕްޓެމްބަރު 2026

ހުރްމުޒުން ދަތުރުކުރި އުޅަނދަކަށް ހަމަލާދިންކަމުގެ ރިޕޯޓާއެކު ތެލުގެ އަގު ބޮޑުވާނެކަމުގެ ބިރު

13 ސެޕްޓެމްބަރު 2026
ހުރްމުޒުން ދަތުރުކުރި އުޅަނދަކަށް ހަމަލާދިންކަމުގެ ރިޕޯޓާއެކު ތެލުގެ އަގު ބޮޑުވާނެކަމުގެ ބިރު
13 ސެޕްޓެމްބަރު 2026

އިރާގުން އީރާނާއެކު އޮންނަ ބައެއް ބޯޑަރުތައް ބަންދުކޮށްފި

13 ސެޕްޓެމްބަރު 2026
އިރާގުން އީރާނާއެކު އޮންނަ ބައެއް ބޯޑަރުތައް ބަންދުކޮށްފި
12 ސެޕްޓެމްބަރު 2026

ޓްރަމްޕް އަޔަލޭންޑަށް ވަޑައިގެން ރަސްމީ ބައްދަލުވުންތައް ބާއްވަވަނީ

12 ސެޕްޓެމްބަރު 2026
ޓްރަމްޕް އަޔަލޭންޑަށް ވަޑައިގެން ރަސްމީ ބައްދަލުވުންތައް ބާއްވަވަނީ
12 ސެޕްޓެމްބަރު 2026

ހަނގުރާމައާއި ނުތަނަވަސްކަން އަދި އެމެރިކާގެ ޓެރިފްތަކުގެ ތެރެއިން ބްރިކްސް ސަމިޓު ފަށައިފި

12 ސެޕްޓެމްބަރު 2026
ހަނގުރާމައާއި ނުތަނަވަސްކަން އަދި އެމެރިކާގެ ޓެރިފްތަކުގެ ތެރެއިން ބްރިކްސް ސަމިޓު ފަށައިފި
12 ސެޕްޓެމްބަރު 2026

ހޮޅިލައިނަށް ޑްރޯން ހަމަލާދިނީ އިރާގުގައި ތިބި ހަނގުރާމަވެރިން: ސައުދީ އަރަބިއްޔާ

12 ސެޕްޓެމްބަރު 2026
ހޮޅިލައިނަށް ޑްރޯން ހަމަލާދިނީ އިރާގުގައި ތިބި ހަނގުރާމަވެރިން: ސައުދީ އަރަބިއްޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް