Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

ޖޫލިޔާނީއަކީ "މުސްލިމުންނާ ދެކޮޅު، ހަރުކަށި ފިކުރުގެ" މީހެއް!

11 ސެޕްޓެމްބަރު 2026 | ހުކުރު 07:15

ނިއު ޔޯކްގެ ކުރީގެ މޭޔަރު ރޫޑީ ޖޫލިޔާނީ މުސްލިމުންނާ ދެކޮޅަށް ދެއްކެވި ނަސްލީ ތަފާތުކުރުންތަކުގެ ވާހަކަތަކާ ގުޅިގެން، އޭނާއަކީ "އިސްލާމްދީނާ ދެކޮޅު ހަރުކަށި ފިކުރުގެ މީހެއްގެ" ގޮތުގައި ކައުންސިލް އޮން އިސްލާމިކް ރިލޭޝަންސްއިން ކަނޑައަޅައިފި. މުސްލިމުންނަކީ ގާތިލުންގެ ގޮތުގައި ސިފަކޮށް ޖޫލިޔާނީ ދެއްކެވި ވާހަކަތަކަށް މޭޔަރު މަމްދާނީ ސީދާ ރައްދެއް ނުދެއްވި ނަމަވެސް، މިއީ މުސްލިމުންގެ އަބުރަށް އަރައިގެންނެވުމަށް އޭނާ ކުރައްވާ މަސައްކަތެއް ކަމަށް އެ ޖަމުއިއްޔާއިން ބުނޭ

ނިއުސް ޓީމް
ނިއުސް ޓީމް | 11 ސެޕްޓެމްބަރު 2026 | ހުކުރު 07:15
ނިއުޔޯކް ސިޓީގެ ކުރީގެ މޭޔަރު ރޫޑީ ޖޫލިޔާނީ

ނިއުޔޯކް ސިޓީގެ ކުރީގެ މޭޔަރު ރޫޑީ ޖޫލިޔާނީ | އޭއެފްޕީ

އެމެރިކާގެ ނިއު ޔޯކް ސިޓީގެ ކުރީގެ މޭޔަރު ރޫޑީ ޖޫލިޔާނީއަކީ "މުސްލިމުންނާ ދެކޮޅު ހަރުކަށި ފިކުރުގެ މީހެއް" ގެ ގޮތުގައި ކައުންސިލް އޮން އިސްލާމިކް ރިލޭޝަންސްއިން ކަނޑައަޅައިފި އެވެ. އެ ޖަމުއިއްޔާއިން މި ގޮތަށް ނިންމީ، މި ހަފުތާގެ ކުރީކޮޅު ޓީވީ އިންޓަވިއުއެއްގައި އޭނާ ދެއްކެވި ވާހަކަތަކަކީ ނަސްލީ ތަފާތުކުރުންތަކުން ފުރިގެންވާ "ބިގޮޓެޑް" ވާހަކަތަކެއް ކަމަށް ބުނެ އެވެ.

ހުކުރު ދުވަހު ބާއްވާ ސެޕްޓެމްބަރު 11 ގެ ހަނދާނީ ރަސްމިއްޔާތުގައި މޭޔަރު ޒަހްރާން މަމްދާނީ ބައިވެރިވެވަޑައިގަތުމަކީ އޭނާ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށް، 'ނިއުސްމެކްސް' އަށް ދެއްވި އިންޓަވިއުގައި ޖޫލިޔާނީ ވިދާޅުވި އެވެ. އަދި، މަމްދާނީ އެ ރަސްމިއްޔާތަށް ވަޑައިގަތުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު އިހާނެތްތެރިކަމެއް ކަމަށް ވެސް މި ހަފުތާގެ ކުރީކޮޅު ޖޫލިޔާނީ ވިދާޅުވި އެވެ. އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފުރަތަމަ ދައުރުގައި އޭނާގެ އިސް މުޝީރެއްގެ ގޮތުގައި ޚިދުމަތް ކުރެއްވި ޖޫލިޔާނީ ވިދާޅުވީ، އެމެރިކާއާއި ވިލާތުގެ ގިނަ ގައުމުތަކެއް މުސްލިމުންގެ ބާރުގެ ދަށަށް ވެއްޓެމުންދާ ކަމަށެވެ.

މުސްލިމުން ބޭނުން ވަނީ އެމެރިކާގެ މައްޗަށް ގަދަވެގަންނަން ކަމަށާއި، އެއީ އެ މީހުންގެ "ހަރުކަށި" ދީނީ ތައުލީމު ފަށާ ދުވަހުން ފެށިގެން ދަސްކޮށްދޭ ކަމެއް ކަމަށް، ނަސްލީ ތަފާތުކުރުންތަކަށް ބާރުދޭ ފަދަ ވާހަކަތައް ކުރިއަށް ގެންދަވަމުން ޖޫލިޔާނީ ވިދާޅުވި އެވެ. އަދި، މަމްދާނީއަކީ އެ ކަމަށް ތާއީދުކުރައްވާ ބޭފުޅެއް ކަމަށާއި، އޭނާއަށް ތާއީދުކުރާ ހުރިހާ މުސްލިމުންނަކީ ގާތިލުން ކަމަށް ވެސް ޖޫލިޔާނީ ތުހުމަތު ކުރެއްވި އެވެ.

ޖޫލިޔާނީގެ މި ހަރުކަށި ބަސްތައް ކުށްވެރިކޮށް ކައުންސިލް އޮން އިސްލާމިކް ރިލޭޝަންސްއިން ނެރުނު ބަޔާނެއްގައި ބުނީ، ޖޫލިޔާނީއަކީ ދީނާ ގުޅުވައި މުސްލިމުންނަށް އަމާޒުކޮށް އަބަދު ވެސް ބަދުބަސް ވިދާޅަމުން ގެންދަވާ، ބަހުގެ ހަމަލާތައް އަމާޒު ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ. އެ ޖަމުއިއްޔާގެ ރިސާޗް އެންޑް އެޑްވޮކަސީ ޑިރެކްޓަރު ކޯރީ ސޭލާ ވިދާޅުވީ، ޖޫލިޔާނީއަކީ "މުސްލިމުންނާ ދެކޮޅު ހަރުކަށި ފިކުރުގެ މީހެއް" ކަމަށް ކަނޑައަޅާފައި ވަނީ، އޭނާ ގެންގުޅުއްވާ ނަފުރަތުން ފުރިގެންވާ ޚިޔާލުތަކުގެ ސަބަބުން ކަމަށެވެ.

ހޯމަ ދުވަހު ޖޫލިޔާނީ ދެއްކެވި ވާހަކަތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން، އޭނާގެ ފާޑުކިޔުންތަކަށް ސީދާ ރައްދު ދެއްވަން މަމްދާނީ ވަނީ ދެކޮޅު ހައްދަވާފަ އެވެ. އަދި، މި ހަފުތާގައި ބޭނުންވަނީ މީގެ 25 އަހަރު ކުރިން ސެޕްޓެމްބަރު 11 ގައި ދިން ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށާއި، އެ ހާދިސާގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވި ފަރާތްތަކަށް ސަމާލުކަން ދިނުމަށް ކަމަށް މަމްދާނީ ވިދާޅުވި އެވެ.

މަމްދާނީ އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަތުމަށް ގޮވާލައި 100،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވާ ޕެޓިޝަނެއްގައި ޖޫލިޔާނީ ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ. އެ ޕެޓިޝަނުގައި ބުނެފައި ވަނީ، މަމްދާނީ ކުރިން ދައްކަވާފައިވާ ވާހަކަތަކާއި އޭނާގެ ސިޔާސީ ގުޅުންތަކާއި ޚިޔާލުތައް އެ ހަނދާނީ ރަސްމިއްޔާތުގެ މަގުސަދާ ފުށުއަރާ ކަމަށެވެ.

މަސްދަރު: މިޑްލްއީސްޓް އައި

އެމެރިކާމުސްލިމުން ނިއުޔޯކްޒޮހްރާން މަމްދާނީ

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

10 ސެޕްޓެމްބަރު 2026

ރައީސް ޓްރަމްޕް ވިދާޅުވި ގޮތަށް އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5000 ޑޮލަރު ހަގީގަތުގައިވެސް ދެއްވިދާނެތަ؟

10 ސެޕްޓެމްބަރު 2026
ރައީސް ޓްރަމްޕް ވިދާޅުވި ގޮތަށް އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5000 ޑޮލަރު ހަގީގަތުގައިވެސް ދެއްވިދާނެތަ؟
09 ސެޕްޓެމްބަރު 2026

9/11ގެ ހަމަލާއަށްފަހު ވައިނުސާފުވެގެން 49,000 މީހުންނަށް ކެންސަރު ޖެހުނު

09 ސެޕްޓެމްބަރު 2026
9/11ގެ ހަމަލާއަށްފަހު ވައިނުސާފުވެގެން 49,000 މީހުންނަށް ކެންސަރު ޖެހުނު
06 ސެޕްޓެމްބަރު 2026

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ހިނގާ ގާނޫނެއް ނެތް!

06 ސެޕްޓެމްބަރު 2026
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ހިނގާ ގާނޫނެއް ނެތް!
01 ސެޕްޓެމްބަރު 2026

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތްއާ އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެން، އާމީ ސެކްރެޓަރީ ޑެން ޑްރިސްކޯލް މަގާމުން އިސްތިއުފާ ދެއްވައިފި

01 ސެޕްޓެމްބަރު 2026
އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތްއާ އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެން، އާމީ ސެކްރެޓަރީ ޑެން ޑްރިސްކޯލް މަގާމުން އިސްތިއުފާ ދެއްވައިފި
25 އޯގަސްޓު 2026

ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން އަޒުލުކުރުމަށް ގޮވާލި އެމެރިކާގެ އެއާ ފޯސް އޮފިސަރުގެ މައްޗަށް ޖިނާއީ ދައުވާ އުފުލައިފި

25 އޯގަސްޓު 2026
ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން އަޒުލުކުރުމަށް ގޮވާލި އެމެރިކާގެ އެއާ ފޯސް އޮފިސަރުގެ މައްޗަށް ޖިނާއީ ދައުވާ އުފުލައިފި
22 އޯގަސްޓު 2026

75 ގައުމަކަށް ވިސާ މަނާކުރި ޓްރަމްޕްގެ އަމުރު އެމެރިކާގެ ފަނޑިޔާރަކު ބާތިލްކޮށްފި

22 އޯގަސްޓު 2026
 75 ގައުމަކަށް ވިސާ މަނާކުރި ޓްރަމްޕްގެ އަމުރު އެމެރިކާގެ ފަނޑިޔާރަކު ބާތިލްކޮށްފި
21 އޯގަސްޓު 2026

ކެޕިޓަލް ބިލްޑިންގ އަށް ބޮމުގެ ހަމަލާއެއްދީ، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން މަރާލަން ރާވަމުންދިޔަ ކަމުގެ ތުހުމަތުގައި އެފްބީއައި އިން އަންހެނަކު ހައްޔަރުކޮށްފި

21 އޯގަސްޓު 2026
ކެޕިޓަލް ބިލްޑިންގ އަށް ބޮމުގެ ހަމަލާއެއްދީ، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން މަރާލަން ރާވަމުންދިޔަ ކަމުގެ ތުހުމަތުގައި އެފްބީއައި އިން އަންހެނަކު ހައްޔަރުކޮށްފި
19 އޯގަސްޓު 2026

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

19 އޯގަސްޓު 2026
ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ
13 އޯގަސްޓު 2026

އެމެރިކާގައި އެއް ދުވަހެއްގެ ތެރޭ ތިން މީހަކަށް މަރުގެ އަދަބު ތަންފީޒުކުރަނީ

13 އޯގަސްޓު 2026
އެމެރިކާގައި އެއް ދުވަހެއްގެ ތެރޭ ތިން މީހަކަށް މަރުގެ އަދަބު ތަންފީޒުކުރަނީ
08 އޯގަސްޓު 2026

އެމެރިކާގެ ކުރީގެ ރައީސް ބައިޑަންގެ ކެންސަރު ހަށިގަނޑުގެ އެހެން ބައިތަކަށް ފެތުރި ވަރަށް ވޭނުގައި އުޅުއްވަން ޖެހިފައިވާ ކަމަށް ދަރިކަލުން ވިދާޅުވެއްޖެ

08 އޯގަސްޓު 2026
އެމެރިކާގެ ކުރީގެ ރައީސް ބައިޑަންގެ ކެންސަރު ހަށިގަނޑުގެ އެހެން ބައިތަކަށް ފެތުރި ވަރަށް ވޭނުގައި އުޅުއްވަން ޖެހިފައިވާ ކަމަށް ދަރިކަލުން ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް