Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެ އިސްލާމްވީ ދުވަސް

އިޖުތިމާއީ އަޚުލާޤު ފަސާދަވެއްޖެއްޔާ އެ ބައެއްގެ ނިމިދިޔުން މާ ދުރަކު ނޯންނާނެ: ރައީސް

13 ސެޕްޓެމްބަރު 2026 | އާދީއްތަ 05:04

ރާއްޖެ އިސްލާމްވި ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ވަނީ ދިވެހީންގެ ސަޤާފީ ސިޔާދަތުގެ އަސްލަކީ އިސްލާމްދީންކަން ފާހަގަކުރައްވައި، ރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދެމެހެއްޓުމަށް ގޮވާލައްވާފައި. މަސްތުވާތަކެއްޗާއި އިޖުތިމާއީ ނުބައި އާދަތަކުން މުޖުތަމަޢު ސަލާމަތްކުރުމަށް އިސްލާމީ ތަރުބިއްޔަތު މުހިންމުކަން ފާހަގަކުރައްވަމުން، ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި ޚާއްސަ ލޯގޯއާއި ޝިއާރު އެމަނިކުފާނު މިއަދު އިފްތިތާހުކޮށްދެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 13 ސެޕްޓެމްބަރު 2026 | އާދީއްތަ 05:04
ދިވެހިރާއްޖޭގެ ސަޤާފީ ސިޔާދަތާއި މިނިވަންކަމުގެ ފުރާނައަކީ މާތްވެގެންވާ އިސްލާމްދީން ކަމަށާއި، ޤައުމަށް އޮތް އެންމެ ރައްކާތެރި އައްޑަނައަކީ ސައްތަ އިންސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދެމިއޮތުން ކަމަށް ރައީސް ވިދާޅުވެއްޖެ

ދިވެހިރާއްޖޭގެ ސަޤާފީ ސިޔާދަތާއި މިނިވަންކަމުގެ ފުރާނައަކީ މާތްވެގެންވާ އިސްލާމްދީން ކަމަށާއި، ޤައުމަށް އޮތް އެންމެ ރައްކާތެރި އައްޑަނައަކީ ސައްތަ އިންސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދެމިއޮތުން ކަމަށް ރައީސް ވިދާޅުވެއްޖެ | ރައީސް އޮފީސް

އިންސާނީ ޖަމާޢަތެއްގެ ސަޤާފަތް ނުވަތަ އެބަޔަކު ވިސްނާ ގޮތާއި އިޖުތިމާއީ އަޚުލާޤު ފަސާދަވެއްޖެއްޔާ އެ ބައެއްގެ ނިމިދިޔުން މާ ދުރަކު ނޯންނާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ދިވެހީންގެ ސަޤާފީ ސިޔާދަތުގެ ފުރާނައަކީ މާތްވެގެންވާ އިސްލާމްދީން ކަމަށާއި ދިވެހިރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދެމެހެއްޓުން އިންތިހާޔަށް ބޭނުންތެރި ކަމަށެވެ.

Advertisement - newsAdvertisement

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިޖުތިމާއީ ބައެއް ޢިލްމުވެރީން ވިދާޅުވާ ގޮތުގައި އިންސާނީ ޖަމާއަތެއްގެ ސަޤާފަތް ނުވަތަ އެބަޔަކު ވިސްނާ ގޮތާއި އިޖުތިމާއީ އަޚުލާޤު ފަސާދަވެއްޖެއްޔާ އެ ބައެއްގެ ނިމިދިޔުން މާ ދުރަކު ނޯންނާނެ ކަމަށެވެ.

އިސްލާމްދީން އައުމުގެ ކުރިން ދިވެހި މުޖުތަމައުގައި އޮތް ޝިރުކުގެ އަނދިރިކަމާއި އިޖުތިމާއީ ނަހަމަކަން ނައްތާލައި، ހުރިހާ އިންސާނުންނަކީ މާތް ﷲގެ ޙަޟްރަތުގައި ހަމަހަމަ ބައެއްކަމުގެ ޙަޤީޤަތް ދިވެހީންގެ ހިތްތަކަށް ފޯރުވައިދިނީ އިސްލާމީ ހިދާޔަތުން ކަމަށާއި، އިންސާނީ ފުރާނައިގެ ހުރުމަތް ކަށަވަރުކޮށްދީ، އަބުރުވެރިކަމާއި މުދަލުގެ ރައްކާތެރިކަން ދިވެހީންނަށް ލިބިގެންދިޔައީ މި މާތް ދީނުގެ ސަބަބުންކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ޚާއްސަކޮށް ބުއްދި ރައްކާތެރިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މަސްތުވާތަކެއްޗަކީ މުޅި މުޖުތަމައާއި އާއިލާތައް ހަލާކުކޮށްލާ ބޮޑު މުސީބާތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ. އިސްލާމީ ތަރުބިއްޔަތުގައި ހިފަހައްޓައިގެން މެނުވީ އެފަދަ ނުރައްކާތަކުން ޤައުމު ސަލާމަތް ނުކުރެވޭނެ ކަމަށާއި، ބުއްދީގެ އިސްލާހާއެކު އުފެއްދުންތެރި، ހިކްމަތްތެރި ޖީލެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން، ތާރީޚަށް ނަޒަރު ހިންގަވަމުން ރައީސް ވިދާޅުވީ، ދިވެހީން ޤައުމުގެ ދިފާއުގައި ނިކުތް ކޮންމެ ފަހަރަކު އެކަން ފެށިފައިވަނީ ދީން ސަލާމަތްކުރުމުގެ ރޫޙާނީ ވިންދުތަކުގެ ތެރެއިން ކަމަށެވެ. އުތީމު މަހާރަދުން ޕޯޗުގީޒުންނާ ދެކޮޅަށް ކުރެއްވި ޖިހާދުން މިސާލު ނަންގަވަމުން، އެ ދުވަހު ދިވެހި މުޖުތަމައު ސަލާމަތްވީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި ދިވެހީން ތިބުމުންނާއި ދީނަށް ޣައްދާރުވާނެ ބަޔަކު ދިވެހީންގެ ތެރޭގައި ނުވުމުން ކަމުގައި ރައީސް ފާހަގަކުރެއްވި އެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން، ބަވަނަވެފައިވާ ދުނިޔޭގެ އޮއިވަރުގެ ތެރެއިން އަންނަ ގޮންޖެހުންތަކުން ދުރުވެ، އީމާންތެރިކަމުގެ ރޫޙު އާކުރުމަށް އިލްތިމާސްކުރެއްވި އެވެ. އަދި ދިވެހި ޤައުމީ ތަރައްޤީގެ ދީނީ މުސްތަގުބަލު ކޮންމެ ފަރުދެއްގެ ހިތުން ފެށިގެން މުޅި ޖަމާޢަތަށް ފެތުރިގެންދާ ގޮތަށް ބައްޓަންކުރުމަށާއި، ދިވެހިރާއްޖެ ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި އަބަދުމެ ދެމެހެއްޓެވުމަށް ދިވެހި އެންމެހާ ރައްޔިތުންނަށް އިލްތިމާސް ކުރެއްވި އެވެ.

ދިވެހީންގެ ސަޤާފީ ސިޔާދަތުގެ ފުރާނައަކީ، މާތްވެގެންވާ އިސްލާމްދީން. އެހެންވީމާ، ދިވެހީންގެ ސަޤާފީ ސިޔާދަތު ދިފާއުކުރުމަށްޓަކައި ވެސް، ދިވެހިރާއްޖެއަކީ  ސައްތައިންސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދެމެހެއްޓުން އިންތިހާޔަށް ބޭނުންތެރި. އިޖުތިމާއީ ބައެއް އިލްމުވެރީން ވިދާޅުވާ ގޮތުގައި، އިންސާނީ ޖަމާއަތެއްގެ ސަޤާފަތް ނުވަތަ އެބަޔަކު ވިސްނާ ގޮތާއި އިޖުތިމާއީ އަޚުލާޤު ފަސާދަވެއްޖެއްޔާ އެ ބައެއްގެ ނިމިދިޔުން މާ ދުރަކު ނޯންނާނެ
ރައީސް މުއިއްޒު

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި 1 އަހަރު ދުވަހުގެ މުއްދަތަށް ބޭނުންކުރެއްވުމަށް ހަމަޖެހިފައިވާ ލޯގޯއާއި ޝިއާރު ވެސް އިފްތިތާހުކޮށްދެއްވާފަ އެވެ.

ޑރ. މުހައްމަދު މުއިއްޒުއިސްލާމް ދީން ރާއްޖެ އިސްލާމްވި ދުވަސް

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

3

އީރާނުން ދިން ބަދަލު ހިފުމުގެ ހަމަލާގައި އެމެރިކާގެ ގިނަ އަދަދެއްގެ ފައިޓަރ ޖެޓް ތަކަށް ގެއްލުން ލިބިއްޖެ

4

ރަޝިޔާ އާއި ޗައިނާއިން އީރާނާ ދެކޮޅަށް އައިއޭއީއޭ އިން ހުށަހަޅަން އުޅުނު ގަރާރު ފެއިލްކޮށްލައިފި

5

ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް

އިތުރަށް ކިޔާލަން

12 ސެޕްޓެމްބަރު 2026

ކުންފުނިތައް އުވާލަނީ ޚަރަދުކުޑަކުރަން ކަމަށް ބުނުމަށްފަހު، ނަމަވެސް އަނެއްކާ ވެސް އައު ކުންފުންޏެއް!

12 ސެޕްޓެމްބަރު 2026
ކުންފުނިތައް އުވާލަނީ ޚަރަދުކުޑަކުރަން ކަމަށް ބުނުމަށްފަހު، ނަމަވެސް އަނެއްކާ ވެސް އައު ކުންފުންޏެއް!
09 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

09 ސެޕްޓެމްބަރު 2026
ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި
08 ސެޕްޓެމްބަރު 2026

އިހުތިރާމް އަދާކުރަން ދަސްކޮށްދޭ ޤައުމީ މަޝްރޫއެއް ސަރުކާރުން ހިންގަނީ: މި މަޝްރޫއު ފުރަތަމަ ރައީސްގެ އަމިއްލަފުޅު ޕާޓީން ފަށަން ފެނޭ!

08 ސެޕްޓެމްބަރު 2026
އިހުތިރާމް އަދާކުރަން ދަސްކޮށްދޭ ޤައުމީ މަޝްރޫއެއް ސަރުކާރުން ހިންގަނީ: މި މަޝްރޫއު ފުރަތަމަ ރައީސްގެ އަމިއްލަފުޅު ޕާޓީން ފަށަން ފެނޭ!
08 ސެޕްޓެމްބަރު 2026

"ހުރިހާ ދިވެހިންނަކީ ރިސޯޓު ޝެއަރހޯލްޑަރުން ނަށް ހެދުމުގެ މަޝްރޫއު ނޮވެމްބަރުގައި ފެށޭނެ، މަޝްރޫއު ނިމުމުން ކޮންމެ މީހެއްގެ އެކައުންޓަށް ފައިސާ ވަންނާނީ ޑޮލަރުން"

08 ސެޕްޓެމްބަރު 2026
"ހުރިހާ ދިވެހިންނަކީ ރިސޯޓު ޝެއަރހޯލްޑަރުން ނަށް ހެދުމުގެ މަޝްރޫއު ނޮވެމްބަރުގައި ފެށޭނެ، މަޝްރޫއު ނިމުމުން ކޮންމެ މީހެއްގެ އެކައުންޓަށް ފައިސާ ވަންނާނީ ޑޮލަރުން"
07 ސެޕްޓެމްބަރު 2026

8 މަސް ދުވަހުން ނިންމަވާނެކަމަށް ވިދާޅުވެ 2023 ވަނަ އަހަރު ފެށި ރަސްމާލެ މަޝްރޫއު މި އަހަރު ނިންމަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

07 ސެޕްޓެމްބަރު 2026
8 މަސް ދުވަހުން ނިންމަވާނެކަމަށް ވިދާޅުވެ 2023 ވަނަ އަހަރު ފެށި ރަސްމާލެ މަޝްރޫއު މި އަހަރު ނިންމަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
07 ސެޕްޓެމްބަރު 2026

ފެނަކަ އާއި އާރުޑީސީ އުވާލަން ނިންމައިފި

07 ސެޕްޓެމްބަރު 2026
ފެނަކަ އާއި އާރުޑީސީ އުވާލަން ނިންމައިފި
07 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒު އަކީ ރިޔާސީ ރޭހުގައި "ތްރެޓް" އަކަށް ވާނެ ބޭފުޅެއް ނޫން، މިހާރު ވެސް ރައްޔިތުން ވޯޓެއް ނުދޭ: ކުރީގެ ރައީސް ޔާމީން

07 ސެޕްޓެމްބަރު 2026
ރައީސް މުއިއްޒު އަކީ ރިޔާސީ ރޭހުގައި "ތްރެޓް" އަކަށް ވާނެ ބޭފުޅެއް ނޫން، މިހާރު ވެސް ރައްޔިތުން ވޯޓެއް ނުދޭ: ކުރީގެ ރައީސް ޔާމީން
06 ސެޕްޓެމްބަރު 2026

އެއްވެސް ބެލުމެއްނެތި ރައީސް މުއިއްޒުގެ ސަރުކާރުން ތަންފީޒުކުރި ދުންފަތުގެ ސިޔާސަތުގެ ނުބައި ނަތީޖާއިން އެހެން ގައުމުތަކުން ފިލާވަޅު ހޯދަނީ

06 ސެޕްޓެމްބަރު 2026
އެއްވެސް ބެލުމެއްނެތި ރައީސް މުއިއްޒުގެ ސަރުކާރުން ތަންފީޒުކުރި ދުންފަތުގެ ސިޔާސަތުގެ ނުބައި ނަތީޖާއިން އެހެން ގައުމުތަކުން ފިލާވަޅު ހޯދަނީ
06 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތަކީ ރާއްޖެ ކޮމިއުނިޒަމްއާ ދިމާއަށް ގެންދިއުން: މާޒް ސަލީމް

06 ސެޕްޓެމްބަރު 2026
ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތަކީ ރާއްޖެ ކޮމިއުނިޒަމްއާ ދިމާއަށް ގެންދިއުން: މާޒް ސަލީމް
06 ސެޕްޓެމްބަރު 2026

އުތުރު ކޮރެއާގެ ޚުދުމުހުތާރު ވެރިކަމުގެ ބިރުވެރިކަން "ރީތި، ލޯބި" ކަމަކަށް ހެދިދާނެ ހެއްޔެވެ؟

06 ސެޕްޓެމްބަރު 2026
އުތުރު ކޮރެއާގެ ޚުދުމުހުތާރު ވެރިކަމުގެ ބިރުވެރިކަން "ރީތި، ލޯބި" ކަމަކަށް ހެދިދާނެ ހެއްޔެވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް