Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޖަޕާން

ރަސްމީ ގެކޮޅުގައި އުޅޭ ކުރަތްޕެއް ނައްތާލުމުން އެކަނިވެރިކަން އިހުސާސްވިކަމަށް ޖަޕާންގެ ބޮޑުވަޒީރު ވިދާޅުވެއްޖެ

26 އޯގަސްޓު 2026 | ބުދަ 03:54

ޖަޕާނުގެ ބޮޑުވަޒީރު ސަނައޭ ޓަކައިޗީ ރަސްމީ ގެކޮޅުގައި ގިނަ ވަގުތު ހޭދަކުރައްވާތީ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، އެކަމަނާ ވަނީ އެކަނިވެރިކަން އިހުސާސްވާ ކަމަށް އެއްބަސްވެވަޑައިގެންފައި. މި ދަނޑިވަޅަކީ ސަރުކާރުގެ ސިޔާސަތުތަކާ ގުޅިގެން އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުތަކުން އެކަމަނާއަށް އޮތް ތާއީދު 41 އިންސައްތައަށް ދަށްވެފައިވާ ވަގުތެއް

ރާއްޖެ އެމްވީ | 26 އޯގަސްޓު 2026 | ބުދަ 03:54
ޖަޕާނުގެ ބޮޑުވަޒީރު ސަނައޭ ޓަކައީޗީ

ޖަޕާނުގެ ބޮޑުވަޒީރު ސަނައޭ ޓަކައީޗީ | ގެޓީ އިމޭޖަސް

ރަސްމީ ގެކޮޅުގައި އުޅޭ ކުރަތްޕެއް ނައްތާލުމުން އެކަނިވެރިކަން އިހުސާސްވިކަމަށް ޖަޕާންގެ ބޮޑުވަޒީރު ސަނައޭ ޓަކައީޗީ ވިދާޅުވެއްޖެ އެވެ.

ބުރަ މަސައްކަތްތަކަށް ލޯބިކުރައްވާ ޖަޕާނުގެ ބޮޑުވަޒީރު ސަނައޭ ޓަކައީޗީ، މަގާމާ ހަވާލުވެވަޑައިގެންނެވިތާ އެންމެ 10 މަސްދުވަހުގެ ތެރޭގައި ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިން އަދި ރަޝިއާގެ ރައީސް ވުލަޑީމިއަރ ޕޫޓިންއާ ކުރިމަތިލައްވައި، ޑޮނަލްޑް ޓްރަމްޕާއި ޖިއޯޖިއާ މެލޯނީއާ ގާތް ގުޅުމެއް އުފައްދަވާފަ އެވެ. އަދި ރޭގަނޑު އެންމެ ތިން ގަޑިއިރުގެ ނިދިން ފުއްދާލައްވައިގެން މަސައްކަތް ކުރައްވާކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. 

މިކަންކަން މިހެން ހުރި ނަމަވެސް ދާދިފަހުން، ސޯޝަލް މީޑިއާގައި ކުރެއްވި ފާޅުކަން ބޮޑު ޕޯސްޓެއްގައި، ޖަޕާނުގެ ފުރަތަމަ އަންހެން ލީޑަރު ވަނީ ގައުމުގެ އެންމެ އިސް މަގާމުގައި ހުންނަވާއިރު އެކަނިވެރިކަން އިހުސާސްވާ ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ.

ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި ގިނަ ވަގުތު މަސައްކަތް ކުރެއްވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޓަކައީޗީ ވިދާޅުވީ، އެ ގޭގައި އުޅޭ ކަމަށް އަޑު ފެތުރިފައިވާ ފުރޭތައެއް ފެނިވަޑައިނުގެންނެވި ނަމަވެސް، ކުރަފި ފެނިވަޑައިގެންފައިވާ ކަމަށެވެ.

ޓަކައީޗީ ވިދާޅުވި ގޮތުގައި އޭނާ އެ ކުރަފި މަރައެއް ނުލައްވަ އެވެ. އެއީ އެ ސޫތްޕަކީވެސް "ދުނިޔެއަށް އަލުން އުފަންވުމުގެ ދިގު ސިލްސިލާގެ" ބައެއް ކަމަށް އޭނާ ގަބޫލުކުރައްވާތީ އެވެ.

އެންމެ ފަހުން އޭނާގެ މުވައްޒަފުންނަށް އެކަން އެނގިގެން އެ ސޫފި އެތަނުން ނެރުމުން، ހިތްހަމަޖެހުން ލިބުނު ނަމަވެސް، ކޮންމެވެސް ވަރެއްގެ އެކަނިވެރިކަމެއް ނުވަތަ ދެރަވުމެއް އިހުސާސްވި ކަމަށް ޓަކައީޗީ ވިދާޅުވި އެވެ.

ޖަޕާނުގެ ލިބަރަލް ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ އުމުރުން 65 އަހަރުގެ ޓަކައީޗީ، ޓޯކިޔޯގެ މެދުތެރޭގައި ހުންނަ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅަށް ބަދަލުވެވަޑައިގަތީ މިދިޔަ ޑިސެމްބަރު މަހު އެވެ.

އޭނާގެ "ވަރަށް ގާތް އެކުވެރިޔާ" ޓްރަމްޕްގެ އުސޫލުން ސޯޝަލް މީޑިއާ މެދުވެރިކޮށް ސީދާ ރައްޔިތުންނާ މުޚާތަބު ކުރައްވަމުން ޓަކައީޗީ ވަނީ ރަސްމީ ގެކޮޅުގައި ހިނގާ ބައެއް ކަންތައްތަކުގެ ވާހަކަ ރައްޔިތުންނާ ހިއްސާކުރައްވާފަ އެވެ.

"އަޅުގަނޑަށް ދުވަހަކުވެސް ފުރޭތައެއް ފެނިފައެއް ނުވޭ، އެކަމަކު މި ފަހަކާ ޖެހެންދެންވެސް ކުރަފި ފެނުމުން އަޅުގަނޑަށް ހަޅޭއްލެވޭ،" އޭނާ ލިޔުއްވާފައިވެ އެވެ.

"ރަސްމީ ގެއަށް ބަދަލުވުމަށްފަހުވެސް، ކާ މޭޒު ދަށުގެ ތަޅުންގަނޑު ރަނގަޅަށް ފޮޅާ ސާފުކޮށް، ކާބޯތަކެތީގެ ބާކީބައި ރަނގަޅަށް މަތިޖެހި ކުނިވަށިގަނޑަކަށް އަޅައި، ތަކެތި ދޮވެ ވަކިކޮށް ހެދިން. އެހެންނަމަވެސް އެއްދުވަހަކު ކުއްލިއަކަށް އަޅުގަނޑުގެ ފައިދަށުން ކުރަތްޕެއް ދުވެފައި ދިޔުމުން ވަރަށް ބޮޑު ހައިރާންކަމެއް ލިބުނު،" ބޮޑުވަޒީރު ވިދާޅުވި އެވެ.

"އެކަމަކު އަޅުގަނޑަކީ ކުޑައިރުއްސުރެ އޮސާމު ތެޒޫކާގެ 'ފަޔަރބާޑް' (މަންގާ ކޮމިކް ސީރީޒް) އަށް ވަރަށް ލޯބިކުރާ މީހެއް، އަދި އެ ފޮތްތައް ތަކުރާރުކޮށް ކިޔާފައިވާނެ."

"'ފަޔަރބާޑް' ގައި ދައްކުވައިދެނީ މަރުވުމަށްފަހު އެހެން ސޫރައެއްގައި އަލުން ދުނިޔެއަށް އައުން ނުވަތަ ރީއިންކާނޭޝަންގެ ޚިޔާލު. އެއީ 'ދިރުންތަކަކީ ގުޅިފައިވާ، ސިފަ ބަދަލުވާ އެއްޗެއް' ކަމަށް ބުނާ ވިސްނުން. އެކަމުގެ ނުފޫޒު ކުޑައިރުއްސުރެ އަޅުގަނޑަށް ވަރަށް ބޮޑަށް ކުރި."

"ބޮޑުވި ފަހުންވެސް، ކުރަފި ހިމެނޭހެން އެއްވެސް ސޫތްޕެއް މަރާލަން އަޅުގަނޑުގެ ހިތަށް ކެތްނުވަނީ އެހެންވެ ކަމަށް ވެދާނެ."

"ރަސްމީ ގޭގެ ތެރޭގައި ދުވި ކުރަތްޕާ މެދުވެސް އަޅުގަނޑަށް ވިސްނުނީ، 'މި ދިރުމަކީވެސް އެ ދިގު ސިލްސިލާގެ ބައެއް' ކަމަށް. އެހެންވެ އޭތި އަމިއްލައަށް އެތަނުން ދާނެ ކަމުގެ އުންމީދުގައި ކެތްކޮށްލައިގެން ހުރިން. އެކަމަކު އަޅުގަނޑުގެ ސެކްރެޓަރީން ގާތު އެވާހަކަ ބުނުމުން އެމީހުން ތިބީ ހައިރާންވެފައި."

"'މިއީ ސާފުތާހިރު ކަމެއް ނޫން. އަޅުގަނޑު އެކަން ހަމަޖައްސާނަން،' ސެކްރެޓަރީންގެ ތެރެއިން އެކަކު ވަރަށް ސާބިތުކަމާއެކު ބުނެ، 'އޮޕަރޭޝަން ކޮމްބެޓް' (ކުރަފި ނައްތާލުމުގެ މަސައްކަތް) ކުރިއަށް ގެންދިޔަ. އޭގެ ފަހުން ކުރަފި ފެނުން ހުއްޓިއްޖެ. އަޅުގަނޑަށް ހިތްހަމަޖެހުން ލިބުނު، އެކަމަކު ކޮންމެވެސް ވަރެއްގެ އެކަނިވެރިކަމެއް ނުވަތަ ދެރަވުމެއްވެސް އިހުސާސްވި،" ބޮޑުވަޒީރު ލިޔުއްވާފައިވެ އެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ދިގު ޕޯސްޓްތަކެއްގައި އެކަމަނާ އިތުރަށް ވިދާޅުވީ، ބޮޑުވަޒީރުގެ އޮފީހަށްވުރެ ރަސްމީ ގޭގައި މަސައްކަތް ކުރައްވަން ބޭނުންފުޅުވަނީ، އޭގެ ސަބަބުން "ރަސްމީ ގޭގެ މުވައްޒަފުންނަށް ލުއިވާތީ" ކަމަށެވެ.

"އަޅުގަނޑު އިސްކަންދެނީ ބޮޑުވަޒީރުގެ ރަސްމީ ގެ ބޭނުންކުރުމަށް. އޭރުން މަސައްކަތުގައި ބައިވެރިވާންޖެހޭ މުވައްޒަފުންނާއި، ޚާއްސަ ފުލުހުން ހިމެނޭހެން ސެކިއުރިޓީ ފަރާތްތަކުގެ އަދަދު މަދުކުރެވޭނެ،" އެކްސްގައި އޭނާ ލިޔުއްވާފައިވެ އެވެ.

ޓަކައީޗީއަކީ ހަފުތާ ބަންދުގައާއި ރޭގަނޑު ދަންވަރުގެ ވަގުތުތަކުގައިވެސް މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައި މަޝްހޫރު ބޭފުޅެކެވެ. އޭނާ ގިނަ ފަހަރަށް އަވަހާރަފުޅުލައްޕަވަނީ ރޭގަނޑު މަދު ގަޑިއިރުކޮޅަކު އެވެ.

މިދިޔަ ޖުލައި މަހު އޭނާ އެކްސްގައި އުފަލާއެކު ވިދާޅުވީ، މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އަވަހާރަފުޅުލައްޕަވަނީ ގިނަވަގެން ތިން ގަޑިއިރަށް ކަމަށްވީ ނަމަވެސް، އެންމެ ފަހުން "ފަސް ގަޑިއިރު ނިދާލުމުގެ ފުރުސަތު ލިބިއްޖެ" ކަމަށެވެ.

2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު ސްޓްރޯކެއް ޖެހިވަޑައިގެންފައިވާ އޭނާގެ ފިރިކަލުންނަކީ ކުރީގެ ސިޔާސީ ބޭފުޅެކެވެ. ގޭގެ ކަންތައްތައް ބަލަހައްޓަވައި ކައްކަނީ ފިރިކަލުންނެވެ.

އަދި ގިނަ އަދަދެއްގެ މުވައްޒަފުން ގޮވައިގެން އުޅުއްވުމުގެ ބަދަލުގައި، އެކަނި މަސައްކަތް ކުރައްވަން ބޭނުންފުޅުވާކަންވެސް އޭނާ ވަނީ ހާމަކުރައްވާފަ އެވެ.

އެންމެ ފަހުން ކުރެއްވި ޕޯސްޓްތަކުގައި އޭނާ ވިދާޅުވީ، އޭނާގެ ވަށައިގެން ތިބޭ މީހުންގެ އަދަދު ވީހާވެސް މަދުކުރަން ބޭނުންފުޅުވާ ކަމަށެވެ.

މީހަކާ ބައްދަލުކުރަން ޖެހިއްޖެނަމަ، "ހަމައެކަނި އެކަމާ ގުޅޭ ސެކްރެޓަރީ ނުވަތަ މުވައްޒަފަކު ރަސްމީ ގެއަށް ގެނެސްގެން" ކަންކަން ހަމަޖައްސަވާ ކަމަށް އޭނާ ލިޔުއްވާފައިވެ އެވެ.

ޓަކައީޗީ ސޯޝަލް މީޑިއާގައި މި ވާހަކަތައް ހިއްސާކުރައްވަން ފެއްޓެވީ، އޭނާ ޕާލަމެންޓްގެ ޖަލްސާތަކަށް ވަޑައިނުގެން، ހުރިހާ ވަގުތެއް ރަސްމީ ގެކޮޅުގައި ހޭދަކުރައްވާ ކަމަށް ބުނެ ފެތުރެމުންދާ ޚަބަރުތަކާ ގުޅިގެންނެވެ.

ނިކޭ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޓަކައީޗީ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ހަފުތާ ބަންދުތަކާއި ރަސްމީ ބަންދު ދުވަސްތަކުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ވަގުތު ހޭދަކުރައްވާފައިވަނީ އޭނާގެ ރަސްމީ ގެކޮޅުގަ އެވެ. ބްލޫމްބާގުން ހާމަކުރި ގޮތުގައި، 2012 ވަނަ އަހަރުގެ ފަހުން ޖަޕާނުގެ ބޮޑުވަޒީރަކު އެންމެ މަދުން ކެބިނެޓް ބައްދަލުވުންތައް ބޭއްވެވީވެސް އޭނާ އެވެ.

މިފަދަ ރިޕޯޓްތައް އާންމުވެފައި މިވަނީ، ތަކެތީގެ އަގު އުފުލުން ކުޑަކުރުމުގެ ސިޔާސަތުތައް ލަސްކުރައްވައި، ޖަޕާނުގެ ރަސްކަމުގެ ތަޚުތަށް ހަމައެކަނި ފިރިހެނުންނަށް އިސްވެވޭ ގޮތަށް އޮންނަ އުސޫލު ދެމެހެއްޓުމަށް އޭނާ މަސައްކަތް ކުރައްވަމުން ގެންދަވާތީ، އާންމުންގެ ތާއީދު ކުޑަވަމުންދާ ދަނޑިވަޅެއްގަ އެވެ.

މިދިޔަ މަހު ނެގި އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކުން ދެއްކި ގޮތުގައި، އޭނާއަށް އޮތް ތާއީދު ވަނީ 41 އިންސައްތައަށް ދަށްވެފަ އެވެ. މިއީ އެއް މަސްދުވަހުގެ ތެރޭގައި 10 އިންސައްތައިގެ ދަށްވުމެކެވެ. އަދި މިއީ ފެބްރުއަރީ މަހުގެ އާންމު އިންތިޚާބުގައި ބޮޑު ކާމިޔާބީއެއް ހޯއްދެވި ފަހުން، އޭނާގެ ތާއީދު 50 އިންސައްތައަށްވުރެ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

ސަނައޭ ޓަކައީޗީޖަޕާން

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

21 އޯގަސްޓު 2026

ޖަޕާނުން ނިއުކްލިއާ ހަތިޔާރު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަކީ "އަލިފާނާ ކުޅުން" ފަދަ ނުރައްކާތެރި ކަމެއްގެ ގޮތުގައި ސިފަކޮށް ޗައިނާއިން ވަރުގަދަ އިންޒާރެއް ދީފި

21 އޯގަސްޓު 2026
ޖަޕާނުން ނިއުކްލިއާ ހަތިޔާރު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަކީ "އަލިފާނާ ކުޅުން" ފަދަ ނުރައްކާތެރި ކަމެއްގެ ގޮތުގައި ސިފަކޮށް ޗައިނާއިން ވަރުގަދަ އިންޒާރެއް ދީފި
13 އޯގަސްޓު 2026

މެކްސިކޯގެ ފިރިހެނަކު އިސްޓާކީނުގައި ފޮރުވައިގެން 200 ބޮނޑު ޖަޕާނަށް ވަގަށް އެތެރެކުރަން އުޅެފި

13 އޯގަސްޓު 2026
މެކްސިކޯގެ ފިރިހެނަކު އިސްޓާކީނުގައި ފޮރުވައިގެން 200 ބޮނޑު ޖަޕާނަށް ވަގަށް އެތެރެކުރަން އުޅެފި
28 ޖުލައި 2026

ޖަޕާނުގެ ކުމަމޯޓޯއަށް އައި ބާރުގަދަ ބިންހެލުމުގައި އެތައް ބަޔަކު މަރުވެ، މޯލް އެއް ގޮވައިފި

28 ޖުލައި 2026
ޖަޕާނުގެ ކުމަމޯޓޯއަށް އައި ބާރުގަދަ ބިންހެލުމުގައި އެތައް ބަޔަކު މަރުވެ، މޯލް އެއް ގޮވައިފި
28 ޖުލައި 2026

ޖަޕާނުގެ ކިއުޝޫއަށް 7.1 ގެ ބާރުގަދަ ބިންހެލުމެއް، ސުނާމީގެ އިންޒާރު ނެރެފި

28 ޖުލައި 2026
ޖަޕާނުގެ ކިއުޝޫއަށް 7.1 ގެ ބާރުގަދަ ބިންހެލުމެއް، ސުނާމީގެ އިންޒާރު ނެރެފި
27 ޖުލައި 2026

އުމުރުން 59 އަހަރުގައި ވެސް ޖަޕާންގެ މިއުރާ ލަނޑު ޖެހުމުގައި

27 ޖުލައި 2026
އުމުރުން 59 އަހަރުގައި ވެސް ޖަޕާންގެ މިއުރާ ލަނޑު ޖެހުމުގައި
22 ޖުލައި 2026

ފިރިހެނުން ސޯޓުލައިގެން ވަޒީފާ އަށް އަންނަން ޓޯކިޔޯ ގައި ހުއްދަ ދީފި

22 ޖުލައި 2026
ފިރިހެނުން ސޯޓުލައިގެން ވަޒީފާ އަށް އަންނަން ޓޯކިޔޯ ގައި ހުއްދަ ދީފި
15 ޖުލައި 2026

ފްލައިޓް އެޓެންޑެންޓަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި، ޖަޕާނުގެ އެއާލައިން ޕައިލެޓަކު 20 މަސްދުވަހަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފި

15 ޖުލައި 2026
ފްލައިޓް އެޓެންޑެންޓަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި، ޖަޕާނުގެ އެއާލައިން ޕައިލެޓަކު 20 މަސްދުވަހަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފި
11 ޖުލައި 2026

ތޫފާން "ބާވީ"ގެ ނުރައްކަލުގެ ސަބަބުން ޗައިނާއިން 600،000 މީހުން ރައްކާތެރި ތަންތަނަށް ގެންގޮސްފި

11 ޖުލައި 2026
 ތޫފާން "ބާވީ"ގެ ނުރައްކަލުގެ ސަބަބުން ޗައިނާއިން 600،000 މީހުން ރައްކާތެރި ތަންތަނަށް ގެންގޮސްފި
08 ޖުލައި 2026

ޖަޕާނުގައި އަންހެނެއްގެ އަނގަ ފަހައި އަނގަބެއްދި މައްސަލައިގައި އަންހެނަކު ހައްޔަރުކޮށްފި

08 ޖުލައި 2026
ޖަޕާނުގައި އަންހެނެއްގެ އަނގަ ފަހައި އަނގަބެއްދި މައްސަލައިގައި އަންހެނަކު ހައްޔަރުކޮށްފި
06 ޖުލައި 2026

ޗައިނާގެ ނިއުކްލިއާ ސަބްމެރީނަކުން ޕެސިފިކް ކަނޑަށް މިސައިލެއް ފޮނުވާލާފައިފި، ޗައިނާގެ އަމަލު ގައުމުތަކުން ކުށްވެރިކޮށްފި

06 ޖުލައި 2026
ޗައިނާގެ ނިއުކްލިއާ ސަބްމެރީނަކުން ޕެސިފިކް ކަނޑަށް މިސައިލެއް ފޮނުވާލާފައިފި، ޗައިނާގެ އަމަލު ގައުމުތަކުން ކުށްވެރިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް