Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑްރަގް މައްސަލަތައް

މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ރަސްދޫއިން ބަޔަކު ހައްޔަރުކޮށްފި

18 އޮކްޓޯބަރު 2026 | އާދީއްތަ 07:28

މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅެ، އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އއ. ރަސްދޫގައި ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި 9 މީހަކު ހައްޔަރުކޮށްފި. މި އޮޕަރޭޝަންގައި އެ ރަށުގެ 10 ގެއެއް ބަލައިފާސްކޮށް، މަސްތުވާތަކެއްޗާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ސާމާނުތަކެއް ފެނިފައިވާއިރު، ހައްޔަރުކުރި މީހުންގެ ބަންދަށް ކޯޓުން ވަނީ އެކި މުއްދަތު ދީފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 18 އޮކްޓޯބަރު 2026 | އާދީއްތަ 07:28
މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ރަސްދޫއިން ބަޔަކު ހައްޔަރުކުރުން

މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ރަސްދޫއިން ބަޔަކު ހައްޔަރުކުރުން | ޕޮލިސް

މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އއ. ރަސްދޫގައި ހިންގި އޮޕަރޭޝަންގައި ބަޔަކު ހައްޔަރުކޮށްފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދޭ ގޮތުގައި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ލިލީމީޑް / އއ. ރަސްދޫ، މުޙައްމަދު ޢުލްވާން ރަޝީދު (21އ) އާއި، ގުލްދަސްތާގެ / އއ. ރަސްދޫ، އަޙްމަދު ޢަރީފު (37އ) އާއި، ހަވާމަންޒިލް / އއ. ރަސްދޫ، އިބްރާހީމް ދިނާން (30އ) އާއި، ފެހިވިނަ / އއ. ރަސްދޫ، އަޙްމަދު އިކުލީލް (37އ) އާއި، ކާރނޭޝަންމާގެ / އއ. ރަސްދޫ، އަޙްމަދު މުޙައްމަދު (44އ) އަދި ކާރނޭޝަންމާގެ / އއ. ރަސްދޫ، ޢަލީ ވަސީމް (44އ) އާއި، ވިދުވަރުގެ / ހދ. ކުމުންދޫ، ލީނާ މޫސާ (23އ) އާއި، ހިކިފިނިފެންމާގެ / އއ. ތޮއްޑޫ، ރިމާޒު މުޙައްމަދު (29އ) ގެ އިތުރުން ބަންގްލަދޭޝް، މެހެދީ ހަސަން (27އ) އެވެ.

Advertisement - newsAdvertisement

މި މީހުން ހައްޔަރުކޮށްފައި ވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި އއ. އަތޮޅު ފުލުހުން ގުޅިގެން މި މަހު 17 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގަ އެވެ.

މި އޮޕަރޭޝަންގައި ރަސްދޫއިން 10 ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެއްޗާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނު ފެނިފައިވެ އެވެ.

ކޯޓު އަމުރެއްގެ ދަށުން މި އެންމެން ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އިބްރާހީމް ދިނާންއާއި، ރިމާޒު މުޙައްމަދުއާއި، ޢަލީ ވަސީމް އަދި މެހެދީ ހަސަން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.

އަދި މުޙައްމަދު ޢުލްވާން ރަޝީދުއާއި، އަޙްމަދު ޢަރީފު އަދި އަޙްމަދު މުޙައްމަދު ފަސްދުވަހަށް އަދި އަޙްމަދު އިކުލީލް ހަތްދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު، ލީނާ މޫސާ ތިން ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ. 

އއ. ރަސްދޫމަސްތުވާތަކެތިޑްރަގް އެންފޯސްމަންޓް ވިންގުކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

4

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

5

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

އިތުރަށް ކިޔާލަން

13 އޮކްޓޯބަރު 2026

މާލޭގައި ހިންގި އޮޕަރޭޝަންގައި އަތުލައިގަތް ބަނގުރަލާއެކު ހައްޔަރުކުރި މީހުން ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފި

13 އޮކްޓޯބަރު 2026
މާލޭގައި ހިންގި އޮޕަރޭޝަންގައި އަތުލައިގަތް ބަނގުރަލާއެކު ހައްޔަރުކުރި މީހުން ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފި
05 އޮކްޓޯބަރު 2026

ވިއެޓްނާމަށް ގަވާއިދާ ހިލާފަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި، ރާއްޖޭގެ ރައްޔިތަކު 20 އަހަރަށް ޖަލަށް!

05 އޮކްޓޯބަރު 2026
ވިއެޓްނާމަށް ގަވާއިދާ ހިލާފަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި، ރާއްޖޭގެ ރައްޔިތަކު 20 އަހަރަށް ޖަލަށް!
04 އޮކްޓޯބަރު 2026

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ އިން ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް

04 އޮކްޓޯބަރު 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ އިން ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް
30 ސެޕްޓެމްބަރު 2026

ރާއްޖެއަށް ފޮނުވަން އުޅުނު 33 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއެކު އިންޑިއާއިން ބަޔަކު ހައްޔަރުކޮށްފި

30 ސެޕްޓެމްބަރު 2026
ރާއްޖެއަށް ފޮނުވަން އުޅުނު 33 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއެކު އިންޑިއާއިން ބަޔަކު ހައްޔަރުކޮށްފި
26 ސެޕްޓެމްބަރު 2026

މަސްތުވާތަކެތީގެ މައްސަލައެއްގައި ދެއްވަދޫއިން މީހަކު ހައްޔަރުކޮށްފި

26 ސެޕްޓެމްބަރު 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ދެއްވަދޫއިން މީހަކު ހައްޔަރުކޮށްފި
07 ސެޕްޓެމްބަރު 2026

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ފޭސް 1 އިން ދެމީހުން ހައްޔަރުކޮށްފި

07 ސެޕްޓެމްބަރު 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ފޭސް 1 އިން ދެމީހުން ހައްޔަރުކޮށްފި
04 ސެޕްޓެމްބަރު 2026

މާލޭގައި މަސްތުވާތަކެތި ވިއްކާ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ބަޔަކު ހައްޔަރުކޮށްފި

04 ސެޕްޓެމްބަރު 2026
މާލޭގައި މަސްތުވާތަކެތި ވިއްކާ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ބަޔަކު ހައްޔަރުކޮށްފި
04 ސެޕްޓެމްބަރު 2026

މާމެންދޫ އިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައި ދެ މީހަކު ހައްޔަރުކޮށްފި

04 ސެޕްޓެމްބަރު 2026
މާމެންދޫ އިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައި ދެ މީހަކު ހައްޔަރުކޮށްފި
19 އޯގަސްޓު 2026

ޑްރޯންގެ އެހީގައި މާފުށީ ޖަލަށް ޑްރަގު ވައްދަން އުޅުނުކަމަށް ތުހުމަތު ކުރެވޭ މީހާ ދޫކޮށްލުމުން ދައުލަތުން ހައިކޯޓަށް!

19 އޯގަސްޓު 2026
ޑްރޯންގެ އެހީގައި މާފުށީ ޖަލަށް ޑްރަގު ވައްދަން އުޅުނުކަމަށް ތުހުމަތު ކުރެވޭ މީހާ ދޫކޮށްލުމުން ދައުލަތުން ހައިކޯޓަށް!
17 އޯގަސްޓު 2026

ޕޯސްޓް މެދުވެރިކޮށް އެތެރެކުރަން އުޅުނު 3.2 ކިލޯއަށް ވުުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފި

17 އޯގަސްޓު 2026
ޕޯސްޓް މެދުވެރިކޮށް އެތެރެކުރަން އުޅުނު 3.2 ކިލޯއަށް ވުުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް