Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ރަޝިޔާ-ޔޫކްރެއިން ހަމަލާތަކުގައި ދިހަ މީހަކު ޒަޚަމުވެ، އާންމު އަދި ސިނާއީ ވަސީލަތްތަކަށް ގެއްލުން ލިބިއްޖެ

16 އޮކްޓޯބަރު 2026 | ހުކުރު 10:45

ރަޝިޔާއިން ޔޫކްރެއިންގެ އުމާންއާއި އޮދެއްސާގެ އާންމުން ދިރިއުޅޭ އިމާރާތްތަކަށާއި އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ވަރުގަދަ ޑްރޯން ހަމަލާތަކެއް ދީފި. މީގެ ރައްދުގައި ޔޫކްރެއިނުން ރަޝިޔާގެ ރަސްތޯފާއި ވްލަދީމިއާ ސަރަހައްދުގެ ސިނާއީ ބިނާތަކަށް ދިން ހަމަލާތަކާއެކު، ދެ ފަރާތުން ފޮނުވާލި ގިނަ އަދަދެއްގެ ޑްރޯންތައް ވައިގެ ދިފާޢީ ނިޒާމުތަކުން ވަނީ ވައްޓާލާފައi. މި ހަމަލާތަކުގައި ދެ ޤައުމުން 10 މީހަކު ޒަޚަމުވެ، މުދަލާއި ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވE

ނިއުސް ޓީމް
ނިއުސް ޓީމް | 16 އޮކްޓޯބަރު 2026 | ހުކުރު 10:45
ރަޝިޔާގެ ވިޔަފާރި ކުންފުންޏެއް ކަމަށްވާ ވައިލްޑްބެރީސްގެ ފިހާރައަކަށް ޔޫކްރެއިނުން ދިން ހަމަލާއެއްގައި އެ އިމާރާތުގައި ރޯވެ، އަނދަނީ

ރަޝިޔާގެ ވިޔަފާރި ކުންފުންޏެއް ކަމަށްވާ ވައިލްޑްބެރީސްގެ ފިހާރައަކަށް ޔޫކްރެއިނުން ދިން ހަމަލާއެއްގައި އެ އިމާރާތުގައި ރޯވެ، އަނދަނީ | އަނަދޮލު އޭޖެންސީ

ހުކުރު ދުވަހުގެ ފަތިހުގެ ވަގުތުތަކުގައި ރަޝިޔާއާއި ޔޫކްރެއިނުން ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފިއެވެ. މި ހަމަލާތަކުގެ ސަބަބުން 10 މީހަކު ޒަޚަމުވެ، އިމާރާތްތަކަށާއި އުމްރާނީ ވަސީލަތްތަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް ދެ ޤައުމުގެ އޮފިޝަލުން ވިދާޅުވި އެވެ.

ޔޫކްރެއިންގެ އުމާން ސިޓީއަށް ރަޝިޔާއިން ދިން ހަމަލާއެއްގައި ފަސް މީހަކު ޒަޚަމުވެފައިވެ އެވެ. އަދި، މި ހަމަލާގެ ސަބަބުން 10 ފަންގިފިލާގެ މީހުން ދިރިއުޅޭ އިމާރާތެއްގައާއި އެއްގަމު އުޅަނދެއްގައި އަލިފާން ރޯވިކަމަށް، ޔޫކްރެއިންގެ ސްޓޭޓް އިމަޖެންސީ ސާވިސްއިން ބުންޏެވެ. މީގެއިތުރުން، އައްސޭރިފަށުގެ އޮދެއްސާ ސަރަހައްދަށް ރަޝިޔާއިން ދިން ހަމަލާތަކުގައި ހަތަރު މީހަކު ޒަޚަމުވެފައިވާ ކަމަށް، އެ ސަރަހައްދުގެ ގަވަރުނަރު އޮލެހް ކިޕަރް ވިދާޅުވި އެވެ. މި ހަމަލާތަކުގައި އާންމުން ދިރިއުޅޭ ހަތް ގެޔަކަށާއި، ހަކަތަ ފޯރުކޮށްދޭ މަރުކަޒަކަށާއި، ގޭތެރޭ ސާމާނު އުފައްދާ ކާރުޚާނާއަކަށް ގެއްލުން ލިބުނު ކަމަށާއި، ހަމަލާތަކުގެ ސަބަބުން ރޯވި އަލިފާންގަނޑު މިހާރު ނިއްވާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement - worldAdvertisement

ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނީ، އެ ޤައުމުގެ ސިފައިން އޮދެއްސާ ސަރަހައްދުގެ ޓެޕްލޮދަރްގައި ހުންނަ ބްލޫމް ލޮޖިސްޓިކްސް ސެންޓަރަށް ހަމަލާދީފައިވާ ކަމަށެވެ. އެ ސެންޓަރަކީ ޔޫކްރެއިންގެ އަސްކަރިއްޔާއަށް ބޭނުންވާ އަސްކަރީ އަދި މަދަނީ ބޭނުންތަކަށް ބޭނުންކުރާ ސާމާނު ރައްކާކޮށްފައި ހުރި ތަނެއް ކަމަށް ރަޝިޔާއިން ތުހުމަތުކުރެ އެވެ. އަދި، އޮދެއްސާގެ ބަނދަރަށް އަސްކަރީ ސާމާނު އުފުލި މުދާ އުފުލާ ބޯޓަކަށް ވެސް ހަމަލާދީފައިވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ. ރޭގަނޑުގެ ވަގުތުތަކުގައި ރަޝިޔާއިން ފޮނުވާލި 149 ޑްރޯންގެ ތެރެއިން 114 ޑްރޯން ވައިގެ ދިފާޢީ ނިޒާމުތަކުން ވައްޓާލައި ނުވަތަ ހުއްޓުވާފައިވާ ކަމަށް، ޔޫކްރެއިންގެ ވައިގެ ސިފައިން ހާމަކުރި އެވެ. ނަމަވެސް، 27 ޑްރޯނެއް 24 ތަނަކަށް އަމާޒުވެފައިވާ ކަމަށާއި، ވައްޓާލި ޑްރޯންތަކުގެ ބައިތައް 14 ސަރަހައްދަކަށް ވެއްޓިފައިވާ ކަމަށް ވެސް އެ ފަރާތުން ބުންޏެވެ.

ރަޝިޔާގެ ރަސްތޯފް ސަރަހައްދަށް ޔޫކްރެއިނުން ދިން ޑްރޯން ހަމަލާއެއްގައި އަކްސައި ޑިސްޓްރިކްޓުން މީހަކު ޒަޚަމުވެފައިވާ ކަމަށް، އެ ސަރަޙައްދުގެ ގަވަރުނަރު ޔޫރީ ސިލުސައި ވިދާޅުވި އެވެ. އަދި، ވެއްޓުނު ޑްރޯންގެ ބައިތަކުގެ ސަބަބުން ސިނާއީ އިމާރާތަކާއި ގުދަނަކަށް ގެއްލުންވެ އަލިފާން ރޯވި ކަމަށާއި، ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޚިދުމަތްތަކުން އެ ސަރަހައްދުގައި މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން، ވްލަދީމިއާ ސަރަހައްދުގެ ވެރިރަށުގެ ތަރމަލް ބިނާރަށް އަމާޒުކޮށް ޔޫކްރެއިނުން ދިން ޑްރޯން ހަމަލާއެއް ރަޝިޔާގެ ވައިގެ ދިފާޢީ ބާރުތަކުން ހުއްޓުވާފައިވާ ކަމަށް، ގަވަރުނަރު އަލެކްސާންދްރަ އަވްދޭޔެވް ވިދާޅުވި އެވެ. މި ހަމަލާގެ ސަބަބުން ކުދިކުދި ގެއްލުންތައް ލިބުނު ނަމަވެސް، އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރަޝިޔާގެ އެކި ސަރަހައްދުތަކާއި، 2014 ވަނަ އަހަރު މޮސްކޯއިން އަތްގަދަކޮށްފައިވާ ކްރައިމިޔާގެ އިތުރުން ކަޅު ކަނޑުގެ މަތިން ޔޫކްރެއިންގެ ފިކްސްޑް-ވިންގ 644 ޑްރޯން ހުއްޓުވައި ހަލާކުކޮށްލާފައިވާ ކަމަށް، ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުންޏެވެ. ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، ދެ ފަރާތުން ދައްކަމުންދާ މި ވާހަކަތަކުގެ ތެދުދޮގު މިނިވަންކަމާއެކު ކަށަވަރުކުރުން އަދިވެސް އޮތީ ދަތި ކަމެއްގެ ގޮތުގައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ރަޝިޔާ-ޔޫކްރެއިންކްރައިމިއާ

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

4

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

5

"ދަ އައިލެންޑް ފެކްޓްރީ" އިން އުފައްދާ ޓޫނާ ޖާރކީ، ރާއްޖޭގެ އެކި ރަށްރަށުގެ ބާޒާރުތަކަށް ނެރެފި

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2026

އިތުރު އެފް-16 ޖެޓު ހޯދަން ޒެލެންސްކީ ބެލްޖިޔަމްގެ އެހީތެރިކަމަށް އެދިވަޑައިގަންނަވައިފި

16 އޮކްޓޯބަރު 2026
އިތުރު އެފް-16 ޖެޓު ހޯދަން ޒެލެންސްކީ ބެލްޖިޔަމްގެ އެހީތެރިކަމަށް އެދިވަޑައިގަންނަވައިފި
15 އޮކްޓޯބަރު 2026

ފިނިމޫސުމުގެ ކުރިން ޔޫކްރެއިންގެ ދިފާޢީ ބާރު ވަރުގަދަކުރަން އާ މިސައިލް ޕެކޭޖެއް އިނގިރޭސިވިލާތުން ފޮނުވަނީ

15 އޮކްޓޯބަރު 2026
ފިނިމޫސުމުގެ ކުރިން ޔޫކްރެއިންގެ ދިފާޢީ ބާރު ވަރުގަދަކުރަން އާ މިސައިލް ޕެކޭޖެއް އިނގިރޭސިވިލާތުން ފޮނުވަނީ
14 އޮކްޓޯބަރު 2026

ރަޝިޔާގެ ހަމަލާތަކާ ގުޅިގެން ޔޫކްރެއިންގެ 600،000 އަށްވުރެ ގިނަ މީހުން ކަރަންޓުގެ ޚިދުމަތުން މަހްރޫމުވެއްޖެ

14 އޮކްޓޯބަރު 2026
ރަޝިޔާގެ ހަމަލާތަކާ ގުޅިގެން ޔޫކްރެއިންގެ 600،000 އަށްވުރެ ގިނަ މީހުން ކަރަންޓުގެ ޚިދުމަތުން މަހްރޫމުވެއްޖެ
13 އޮކްޓޯބަރު 2026

"މޮޔަ ހަނގުރާމަ" ނިންމަން ރަޝިޔާއާއި ޔޫކްރެއިންގެ ލީޑަރުން ބައްދަލުކުރަންޖެހޭ: ޓްރަމްޕް

13 އޮކްޓޯބަރު 2026
"މޮޔަ ހަނގުރާމަ" ނިންމަން ރަޝިޔާއާއި ޔޫކްރެއިންގެ ލީޑަރުން ބައްދަލުކުރަންޖެހޭ: ޓްރަމްޕް
12 އޮކްޓޯބަރު 2026

ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކުރަން އެމެރިކާގެ އެއްބާރުލުން މުހިންމު: އީޔޫ

12 އޮކްޓޯބަރު 2026
ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކުރަން އެމެރިކާގެ އެއްބާރުލުން މުހިންމު: އީޔޫ
11 އޮކްޓޯބަރު 2026

ޒެލެންސްކީ ވެރިކަމުން ދުރުކޮށް ޔޫކްރެއިނަށް އާ ރައީސަކު އިންތިޚާބުކުރަން ޖެހޭ: ޓްރަމްޕް

11 އޮކްޓޯބަރު 2026
ޒެލެންސްކީ ވެރިކަމުން ދުރުކޮށް ޔޫކްރެއިނަށް އާ ރައީސަކު އިންތިޚާބުކުރަން ޖެހޭ: ޓްރަމްޕް
10 އޮކްޓޯބަރު 2026

އިންތިޚާބާ ދިމާކޮށް ދިން ހަމަލާތަކާއެކު ސުލްހައިގެ ވާހަކަތައް ފެށުމުގެ ފުރުސަތު ހަނިވެއްޖެ: ޕުޓިން

10 އޮކްޓޯބަރު 2026
އިންތިޚާބާ ދިމާކޮށް ދިން ހަމަލާތަކާއެކު ސުލްހައިގެ ވާހަކަތައް ފެށުމުގެ ފުރުސަތު ހަނިވެއްޖެ: ޕުޓިން
10 އޮކްޓޯބަރު 2026

ޔޫކްރެއިންގެ އާންމުންނަށް ދެމުންދާ ހަމަލާތައް އިތުރުވާތީ އދ. އިން ކަންބޮޑުވެއްޖެ

10 އޮކްޓޯބަރު 2026
ޔޫކްރެއިންގެ އާންމުންނަށް ދެމުންދާ ހަމަލާތައް އިތުރުވާތީ އދ. އިން ކަންބޮޑުވެއްޖެ
09 އޮކްޓޯބަރު 2026

ސެޕްޓެންބަރަށް ފަހު ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފުޅާވެގެން މި އުޅެނީ ކީއްވެ؟

09 އޮކްޓޯބަރު 2026
ސެޕްޓެންބަރަށް ފަހު ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފުޅާވެގެން މި އުޅެނީ ކީއްވެ؟
08 އޮކްޓޯބަރު 2026

އެއްކޮޅުން ޔޫކްރެއިނަށް ހަތިޔާރު ވިއްކަނީ، އަނެއްކޮޅުން ރަޝިޔާއާއެކު ގޭސް ޑީލެއް ހަދަން މަޝްވަރާކުރަނީ!

08 އޮކްޓޯބަރު 2026
އެއްކޮޅުން ޔޫކްރެއިނަށް ހަތިޔާރު ވިއްކަނީ، އަނެއްކޮޅުން ރަޝިޔާއާއެކު ގޭސް ޑީލެއް ހަދަން މަޝްވަރާކުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް