Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުބޭންކް އޮފް މޯލްޑިވްސް

ފޯބްސް އާއި ސްޓެޓިސްޓާ އިން ހޮވި 2026 ވަނަ އަހަރުގެ ދުނިޔޭގެ އެންމެ ހިންގުންތެރި ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސްއަށް ޖާގަ ލިބިއްޖެ

12 އޮކްޓޯބަރު 2026 | ހޯމަ 13:58

ފޯބްސް އާއި ސްޓެޓިސްޓާ ގުޅިގެން ހޮވި 2026 ވަނަ އަހަރުގެ ދުނިޔޭގެ އެންމެ ހިންގުންތެރި ބޭންކުތަކުގެ ލިސްޓުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެ. މާލީ ވަރުގަދަކަމާއި ހިންގުންތެރިކަމަށް ބަލައި ތައްޔާރުކުރި މި ރޭންކިންގައި ބީއެމްއެލް ހިމެނުމަކީ ރާއްޖޭގެ ބޭންކިން ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އެ ބޭންކުން ބުނޭ

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 12 އޮކްޓޯބަރު 2026 | ހޯމަ 13:58
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) | ބީއެމްއެލް

ފޯބްސް އާއި މާކެޓް ރިސާޗް ފާމް 'ސްޓެޓިސްޓާ' އިން ހޮވި 2026 ވަނަ އަހަރުގެ ދުނިޔޭގެ އެންމެ ހިންގުންތެރި ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސްއަށް ޖާގަ ލިބިއްޖެ އެވެ. 

ދުނިޔޭގެ ފެންވަރުގައި ދެވުނު މި މިނިވަން ރޭންކިންއާއެކު، ބީއެމްއެލްގެ މާލީ ވަރުގަދަކަމާއި، ހަރުދަނާ ރިސްކް މެނޭޖްމަންޓްގެ އިތުރުން ދިވެހި އިގްތިސާދުގެ މައި ތަނބެއްގެ ގޮތުގައި އެ ބޭންކުން އަދާކުރާ މުހިންމު ދައުރު ވަނީ ކަށަވަރުވެފަ އެވެ.

މި ރޭންކިންގެ ފުރަތަމަ އެޑިޝަންގައި 89 ގައުމަކުން ހޮވުނު 500 ބޭންކުގެ ތެރޭގައި ވެސް ބީއެމްއެލް ހިމެނެ އެވެ. މިއީ ރާއްޖޭގެ ބޭންކިން ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއްގެ އިތުރުން، ދުނިޔޭގެ ނަން މަޝްހޫރު ބޭންކުތަކާ އެއް ސަފެއްގައި ރާއްޖޭގެ މާލީ އިދާރާއެއް ހިމެނިގެންދިޔަ ތާރީޚީ ކާމިޔާބީއެއް ކަމަށް ބީއެމްއެލް އިން ސިފަކުރެ އެވެ.

ފޯބްސް އާއި ސްޓެޓިސްޓާ ގުޅިގެން އެކުލަވައިލި "ވޯލްޑްސް ޓޮޕް ޕާފޯމިން ބޭންކްސް 2026" ރޭންކިންގައި ބޭންކުތައް ވަޒަންކޮށްފައިވަނީ މާލީ އަދި ހިންގުމުގެ ދާއިރާގެ މުހިންމު ހަތަރު މިންގަނޑަކަށް ބަލައިގެންނެވެ. އެއީ ފައިދާލިބޭ މިންވަރު، ކުރިއެރުމާއި އާމްދަނީގެ ފެންވަރު، ރައުސްމާލާއި ފަންޑިންގެ ވަރުގަދަކަން، އަދި އެސެޓްގެ ފެންވަރާއި ހިންގުންތެރިކަމެވެ. މި ރޭންކިން އެކުލަވައިލުމުގައި އެސް އެންޑް ޕީ ކެޕިޓަލް އައިކިއު ފަދަ އިތުބާރު ހުރި މާލީ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުގެ ތަފާސްހިސާބުތަކާއި، ބޭންކުތަކުން އާންމުކޮށްފައިވާ ރިޕޯޓުތަކުގެ އިތުރުން މިނިވަން ދިރާސާތަކަށް ރިއާޔަތްކޮށްފައިވެ އެވެ. މި ލިސްޓު ހަ ގިންތިއަކަށް ބަހާލެވިފައިވާއިރު، ޓިއަރ 1 ގައި ޖޭޕީ މޯގަން ޗޭސް، ޑީބީއެސް، އޯސީބީސީ އަދި އެޗްޑީއެފްސީ ބޭންކް ފަދަ ދުނިޔޭގެ ބޮޑެތި ބޭންކުތައް ހިމެނެ އެވެ.

ބީއެމްއެލް ހިމެނިފައިވަނީ ޖުމްލަ އެސެޓް، 3 ބިލިއަން ޑޮލަރާއި 10 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް ހުރި ބޭންކުތައް ހިމެނޭ ހަވަނަ ޓިއަރގަ އެވެ. މި ޓިއަރގައި ބީއެމްއެލް ވަޒަންކޮށްފައިވަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ހުރި އެ ބޭންކާ އެއްވަރުގެ މާލީ އިދާރާތަކާ އަޅައިކިޔައިގެންނެވެ.

މި ކާމިޔާބީން ދޭހަކޮށްދެނީ މިއަދުގެ ބަދަލުވަމުންދާ ދުނިޔޭގެ ބޭންކިން މާހައުލުގައި ބީއެމްއެލްގެ މާލީ ނަތީޖާގެ ވަރުގަދަކަމާއި، ހަރުދަނާ ރިސްކް މެނޭޖްމަންޓާއި ލޯނު ދޫކުރުމުގެ އުސޫލުތަކުގެ އިތުރުން، ދެމެހެއްޓެނިވި ކުރިއެރުމާއި ބޭންކުގެ ބެލެންސް ޝީޓުގެ ހަރުދަނާކަން ކަމުގައި ބީއެމްއެލް އިން ބުނެ އެވެ.

ރާއްޖޭގެ ގައުމީ ބޭންކުގެ ހައިސިއްޔަތުން، ބީއެމްއެލް އިން އަންނަނީ އާންމު ފަރުދުންނާއި ވިޔަފާރިތަކުގެ އިތުރުން މުޅި މުޖުތަމައަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ. ބޭންކުގެ ފުޅާ ނެޓްވޯކާއި، ލޯނާއި ފައިނޭންސިންގެ ޚިދުމަތްތަކުގެ އިތުރުން، ޑިޖިޓަލް ބޭންކިންއަށް ކުރަމުންދާ އިންވެސްޓްމަންޓްތަކާއެކު، އެ ބޭންކުގެ އަމާޒަކީ އިގްތިސާދީ ހަރަކާތްތަކަށް މަގުފަހިކޮށްދީ، މާލީ ޚިދުމަތްތައް ފުޅާކޮށް، ދިވެހިންގެ އުންމީދުތައް ހާސިލްކޮށްދިނުން ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

މި ކާމިޔާބީއާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވެސް ވަނީ ވާހަކަ ދައްކަވާފަ އެވެ. 

މި އެވޯޑަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި އަޅުގަނޑުމެންގެ ސައިޒުގެ ބޭންކުތަކާ އަޅާކިޔައި، މާލީ ތަފާސްހިސާބުތަކަށް ބަލައިގެން ދީފައިވާ ރޭންކެއް. މިއީ ބޭންކުގެ ނަތީޖާތަކުން އަބަދުވެސް ފެންނަމުންދާ ހަގީގަތާ އެއްގޮތަށް ބީއެމްއެލް އަކީ ވަރުގަދަ، ފުދުންތެރި ރައުސްމާލެއް ހުރި އަދި ހަރުދަނާ ހިންގުމެއްގެ މައްޗަށް ބިނާވެފައިވާ މުއައްސަސާއެއްކަން ހާމަކޮށްދޭ ލިސްޓިންގއެއް ވެސް މެ. އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ފުރިހަމަ އިތުބާރާއެކު ބޭންކިން ޚިދުމަތް ހޯދޭނެ އަދި ހިއްސާދާރުންނަށް ބޭންކުން ހޯދައިދޭ ކުރިއެރުން މިވަނީ ސާބިތުވެފައި. ގައުމީ ބޭންކުގެ ހައިސިއްޔަތުން، ރާއްޖޭގެ އިގްތިސާދަށްޓަކައި އަޅުގަނޑުމެން އަދާކުރަންޖެހޭ ޒިންމާ ފުރިހަމައަށް އުފުލައި، ބޭންކުގެ ބިންގާ ވަރުގަދަކޮށް، މުވައްޒަފުންނާއި ޓެކްނޮލޮޖީއަށް އިންވެސްޓްކޮށް، ވިޔަފާރިތަކާއި މުޖުތަމައުގެ ކުރިއެރުމަށް މަސައްކަތްކުރުމުގައި ދެމިތިބޭނަން
މުހައްމަދު ޝަރީފް

ބޭންކުން ދެކޭގޮތުގައި މި ކާމިޔާބީއަކީ ކަސްޓަމަރުންނާއި، ހިއްސާދާރުން އަދި މުޅި ގައުމުގެ ލާބައަށްޓަކައި މާލީ ޚިދުމަތުގެ ފެންވަރު އިތުރަށް މަތިކުރުމަށް ލިބުނު ބޮޑު ހިތްވަރެކެވެ.

ބޭންކް އޮފް މޯލްޑިވްސް

އެންމެ ހިނގާ

1

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

4

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

5

ގަލޮޅު ގެއަކަށް ބަޔަކު ވަދެ ފޭރުނު މައްސަލައެއް!

އިތުރަށް ކިޔާލަން

21 ޖުލައި 2026

ބީއެމްއެލްއިން ބޭންކިން ނިޒާމު ޒަމާނީކުރަން ފިނާސްޓްރާ އެސެންސް އިޚްތިޔާރުކޮށްފި

21 ޖުލައި 2026
ބީއެމްއެލްއިން ބޭންކިން ނިޒާމު ޒަމާނީކުރަން ފިނާސްޓްރާ އެސެންސް އިޚްތިޔާރުކޮށްފި
19 ޖުލައި 2026

ބީއެމްއެލް އިން ރަހުނަކާ ނުލައި ޑޮލަރުން ފައިނޭންސް ދޫކުރާ ކިޔަވާ ލޯން ތައާރަފްކޮށްފި

19 ޖުލައި 2026
ބީއެމްއެލް އިން ރަހުނަކާ ނުލައި ޑޮލަރުން ފައިނޭންސް ދޫކުރާ ކިޔަވާ ލޯން ތައާރަފްކޮށްފި
15 ޖުލައި 2026

ރަހުނަކާ ނުލައި 150،000 ރުފިޔާއާ ހަމައަށް ފައިސާ ލިބޭ ފެސިލިޓީއެއް ބީއެމްއެލް އިން ތައާރަފް ކޮށްފި

15 ޖުލައި 2026
ރަހުނަކާ ނުލައި 150،000 ރުފިޔާއާ ހަމައަށް ފައިސާ ލިބޭ ފެސިލިޓީއެއް ބީއެމްއެލް އިން ތައާރަފް ކޮށްފި
08 ޖޫން 2026

ބީއެމްއެލްއަށް ފިޗްއިން 'ސީސީސީ މައިނަސް' ރޭޓިންގް ދީފި

08 ޖޫން 2026
ބީއެމްއެލްއަށް ފިޗްއިން 'ސީސީސީ މައިނަސް' ރޭޓިންގް ދީފި
23 އެޕްރީލު 2026

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޚާއްސަކޮށްގެން ބޭންކް އޮފް މޯލްޑިވްސް އިން އައު ހޯމް ފައިނޭންސިންގ އެއް ތަޢާރަފުކޮށްފި.

23 އެޕްރީލު 2026
ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޚާއްސަކޮށްގެން ބޭންކް އޮފް މޯލްޑިވްސް އިން އައު ހޯމް ފައިނޭންސިންގ އެއް ތަޢާރަފުކޮށްފި.
11 މާރިޗު 2026

ވެލާނާ އެއަރޕޯޓުން ބީއެމްއެލްގެ ފައިސާ ފޭރުނު މައްސަލައިގައި 8 މީހުންނަށް ދައުވާ ކުރަން ހުށަހަޅައިފި

11 މާރިޗު 2026
ވެލާނާ އެއަރޕޯޓުން ބީއެމްއެލްގެ ފައިސާ ފޭރުނު މައްސަލައިގައި 8 މީހުންނަށް ދައުވާ ކުރަން ހުށަހަޅައިފި
30 ޑިސެމްބަރު 2025

ބޭންކް އޮފް މޯލްޑިވްސް އިން ސްވައިޕް ގެ ބީޓާ ޓެސްޓިންގ ފަށައިފި

30 ޑިސެމްބަރު 2025
ބޭންކް އޮފް މޯލްޑިވްސް އިން ސްވައިޕް ގެ ބީޓާ ޓެސްޓިންގ ފަށައިފި
23 ޑިސެމްބަރު 2025

ގައުމީ ފުޓްބޯޅަ ޓީމުތަކު ގެ ސްޕޮންސަރަކަށް ބީއެމްއެލް

23 ޑިސެމްބަރު 2025
ގައުމީ ފުޓްބޯޅަ ޓީމުތަކު ގެ ސްޕޮންސަރަކަށް ބީއެމްއެލް
19 ޑިސެމްބަރު 2025

ބޭންކް އޮފް މޯލްޑިވްސް އިން ހުޅުމާލެ ފޭސް 2 ގައި ރުފިޔާ އަދި ޑޮލަރު އޭޓީއެމް ސެންޓަރު ހުޅުވައިފި

19 ޑިސެމްބަރު 2025
ބޭންކް އޮފް މޯލްޑިވްސް އިން ހުޅުމާލެ ފޭސް 2 ގައި ރުފިޔާ އަދި ޑޮލަރު އޭޓީއެމް ސެންޓަރު ހުޅުވައިފި
10 ޑިސެމްބަރު 2025

ވިސާ އިންފިނިޓް ކްރެޑިޓް ކާޑު ރާއްޖެއަށް ތައާރަފްކޮށްފި

10 ޑިސެމްބަރު 2025
ވިސާ އިންފިނިޓް ކްރެޑިޓް ކާޑު ރާއްޖެއަށް ތައާރަފްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް