Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުފިނާސްޓްރާ

ބީއެމްއެލްއިން ބޭންކިން ނިޒާމު ޒަމާނީކުރަން ފިނާސްޓްރާ އެސެންސް އިޚްތިޔާރުކޮށްފި

ބޭންކް އޮފް މޯލްޑިވްސްގެ ކޯ ބޭންކިން ނިޒާމު ޒަމާނީކޮށް ޑިޖިޓަލް ޚިދުމަތްތައް ފުޅާކުރުމަށް ދުނިޔޭގެ މަޝްހޫރު 'ފިނާސްޓްރާ އެސެންސް' ސޮފްޓްވެއާ ބޭނުންކުރަން ނިންމައިފި. މި ބަދަލާއެކު ބޭންކުގެ ހިންގުން ހަރުދަނާވެ، އާންމު އަދި އިސްލާމިކް ބޭންކިންގެ އައު އީޖާދުތައް މުޅި ރާއްޖެއަށް އިތުބާރާއެކު އަވަހަށް ފޯރުކޮށްދިނުމަށް މަގުފަހިވާނެ.

ރާއްޖެ އެމްވީ | 21 ޖުލައި 2026 | އަންގާރަ 04:50
ފިނާސްޓްރާގެ ލަންޑަން އޮފީހުގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިން، އެ ކުންފުނީގެ ޔުނިވާސަލް ބޭންކިންގެ ޗީފް ޕްރޮޑަކްޓް އޮފިސަރު (ސީޕީއޯ) ނަރެންދުރަ މިސްޓްރީ (ވ) އަދި ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ޝަރީފް އާ އެކުގައި

ފިނާސްޓްރާގެ ލަންޑަން އޮފީހުގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިން، އެ ކުންފުނީގެ ޔުނިވާސަލް ބޭންކިންގެ ޗީފް ޕްރޮޑަކްޓް އޮފިސަރު (ސީޕީއޯ) ނަރެންދުރަ މިސްޓްރީ (ވ) އަދި ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ޝަރީފް އާ އެކުގައި | ފިނާސްޓްރާ

މާލީ ޚިދުމަތްތަކަށް ބޭނުންވާ ސޮފްޓްވެއާ އުފެއްދުމުގައި ދުނިޔޭގައި ފާހަގަކުރެވޭ ފިނާސްޓްރާގެ 'ފިނާސްޓްރާ އެސެންސް' (Finastra Essence) ސޮފްޓްވެއާ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޯ ބޭންކިން ނިޒާމު ޒަމާނީކުރުމަށާއި އެ ބޭންކުގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން  ބޭނުންކުރުމަށް ނިންމައިފި އެވެ.

މި އެއްބަސްވުމުގެ ސަބަބުން ބޭންކުން އަލަށް ތައާރަފުކުރާ ޚިދުމަތްތައް އަވަސްކުރުމަށާއި، ހިންގުމުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމުގެ އިތުރުން، އާންމު ބޭންކިން އަދި އިސްލާމިކް ބޭންކިންގެ ޚިދުމަތްތައް އިތުބާރުހުރި ގޮތެއްގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް ފިނާސްޓްރާ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެ އެވެ.

ފިނާސްޓްރާ އެސެންސް ބޭނުންކުރަން ފެށުމުން، ބޭންކް އޮފް މޯލްޑިވްސްއަށް ޒަމާނީ، ހުޅުވާލެވިފައިވާ އަދި ފަސޭހައިން ބަދަލުތައް ގެނެވޭނެ ފަދަ ޕްލެޓްފޯމެއް ލިބިގެންދާނެ އެވެ.

މި ނިޒާމުގެ ސަބަބުން ތިރީގައިވާ ކަންކަމަށް އެހީތެރިވެދޭނެއެވެ:

  • އަލަށް ތައާރަފުކުރާ އުފެއްދުންތަކާއި ޚިދުމަތްތައް މާކެޓަށް ނެރުމަށް ހޭދަވާ ވަގުތު ކުޑަވުން.
  • އޮޓޮމޭޝަންގެ އެހީގައި މަސައްކަތްތައް އަވަސްވެ، މެދުކެނޑުމެއް ނެތް ޚިދުމަތްތަކާއި 'ސްޓްރެއިޓް-ތްރޫ ޕްރޮސެސިން' މެދުވެރިކޮށް ހިންގުމުގެ ދާއިރާ ހަރުދަނާވުން.
  • ކަސްޓަމަރުންގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް، އައު އުފެއްދުންތަކާއެކު ރިލޭޝަންޝިޕް މެނޭޖަރުންނަށް ޚިދުމަތް ދިނުމަށް ފަސޭހަވުން.
  • އާންމު ބޭންކިން އަދި އިސްލާމިކް ބޭންކިންގެ އުފެއްދުންތައް މެދުކެނޑުމެއް ނެތް ގޮތެއްގައި ފޯރުކޮށްދިނުމަށް މަގުފަހިވުން.

"ބޭންކް އޮފް މޯލްޑިވްސްގެ އިސްތިރާތީޖީ ބިނާވެފައިވަނީ މެދުކެނޑުމެއް ނެތް އައު އީޖާދުތަކަށާއި، އަޅުގަނޑުމެން ޚިދުމަތްދޭ ކަސްޓަމަރުންނާއި މުޖުތަމައުތަކަށް ދެމެހެއްޓެނިވި މަންފާ ހޯދައިދިނުމުގެ މައްޗަށް،" ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި އެވެ.

"ފިނާސްޓްރާ އެސެންސްއާއެކު އަޅުގަނޑުމެން މި ފެށި ބައިވެރިވުމަކީ ބޭންކުގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ދަތުރުގައި އެޅުނު މުހިންމު ފިޔަވަޅެއް. މީގެ ސަބަބުން އައު އީޖާދުތައް އަވަސްކުރުމަށާއި، ހިންގުމުގެ ދާއިރާގެ ފުރިހަމަކަން ދެމެހެއްޓުމުގެ އިތުރުން، މުޅި ރާއްޖޭގެ ކަސްޓަމަރުންނަށް ދުނިޔޭގެ ފެންވަރުގެ މާލީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ވަރުގަދަ އަދި ޒަމާނީ ބިންގަލެއް ލިބިގެންދާނެ." ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

"ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ މާލީ ދާއިރާގެ އެންމެ މުހިންމު އެއް ތަނބު. އެ ބޭންކުގެ ޚިދުމަތްތައް ޒަމާނީކުރުމުގެ ދަތުރުގައި އެހީތެރިވެދެވޭތީ އަޅުގަނޑުމެން ނުހަނު އުފާކުރަން،" ފިނާސްޓްރާގެ ޔުނިވާސަލް ބޭންކިންގެ އީވީޕީ ސިއޯބަން ވިދާޅުވި އެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ފިނާސްޓްރާ އެސެންސް އިޚްތިޔާރުކުރީ އެ ސޮފްޓްވެއާގެ ފުރިހަމަ މަސައްކަތްތަކާއި، ކުރިއަރާފައިވާ ޓެކްނޮލޮޖީއާއި، ހުޅުވާލެވިފައިވާ ޕްލެޓްފޯމުގެ ފަސޭހަކަމުގެ އިތުރުން، ފިނާސްޓްރާގެ މަސައްކަތްތަކަށް ބާޒާރުގައި އޮތް އިތުބާރާއި، މިކަން ވަޒަންކުރުމުގެ މަރުހަލާގައި އެ ކުންފުނިން ދެއްކި ހަރަކާތްތެރިކަމަށް ބެލުމަށްފަހުގައި ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

މީގެ އިތުރުން، ފިނާސްޓްރާއިން 28 ޖޫން 2026 ގައި އިއުލާނުކޮށްފައިވާ ގޮތުގައި، މޯލްޑިވްސް ޕްރިމިއާ ބޭންކް (އެމްޕީބީ) އިން ވަނީ އެ ބޭންކުގެ ބައިނަލްއަގުވާމީ ބޭންކިން މަސައްކަތްތައް ޒަމާނީ ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރުމަށްޓަކައި ފިނާސްޓްރާގެ 'ފައިނޭންޝަލް މެސެޖިން އޭޕީއައި' (Financial Messaging API) ސޮލިއުޝަން ވަނީ އިޚުތިޔާރުކޮށްފަ އެވެ. 

ފިނާސްޓްރާބޭންކް އޮފް މޯލްޑިވްސްމުހައްމަދު ޝަރީފް

އިތުރަށް ކިޔާލަން

19 ޖުލައި 2026

ބީއެމްއެލް އިން ރަހުނަކާ ނުލައި ޑޮލަރުން ފައިނޭންސް ދޫކުރާ ކިޔަވާ ލޯން ތައާރަފްކޮށްފި

19 ޖުލައި 2026
ބީއެމްއެލް އިން ރަހުނަކާ ނުލައި ޑޮލަރުން ފައިނޭންސް ދޫކުރާ ކިޔަވާ ލޯން ތައާރަފްކޮށްފި
15 ޖުލައި 2026

ރަހުނަކާ ނުލައި 150،000 ރުފިޔާއާ ހަމައަށް ފައިސާ ލިބޭ ފެސިލިޓީއެއް ބީއެމްއެލް އިން ތައާރަފް ކޮށްފި

15 ޖުލައި 2026
ރަހުނަކާ ނުލައި 150،000 ރުފިޔާއާ ހަމައަށް ފައިސާ ލިބޭ ފެސިލިޓީއެއް ބީއެމްއެލް އިން ތައާރަފް ކޮށްފި
30 ޖޫން 2026

ޑޮލަރުން އިންވެސްޓްކޮށްގެން 25 އިންސައްތައާ ހަމައަށް ފައިދާ ހޯދުމުގެ ފުރުސަތެއް ބީއެމްއެލް އިން ހުޅުވާލައިފި

30 ޖޫން 2026
ޑޮލަރުން އިންވެސްޓްކޮށްގެން 25 އިންސައްތައާ ހަމައަށް ފައިދާ ހޯދުމުގެ ފުރުސަތެއް ބީއެމްއެލް އިން ހުޅުވާލައިފި
29 ޖޫން 2026

މޯލްޑިވްސް ޕްރިމިއާ ބޭންކުގެ ބައިނަލްއަގުވާމީ މުއާމަލާތްތަކަށް ފިނާސްޓްރާ ކުންފުނީގެ އެހީ ހޯދަނީ

29 ޖޫން 2026
މޯލްޑިވްސް ޕްރިމިއާ ބޭންކުގެ ބައިނަލްއަގުވާމީ މުއާމަލާތްތަކަށް ފިނާސްޓްރާ ކުންފުނީގެ އެހީ ހޯދަނީ
08 ޖޫން 2026

ބީއެމްއެލްއަށް ފިޗްއިން 'ސީސީސީ މައިނަސް' ރޭޓިންގް ދީފި

08 ޖޫން 2026
ބީއެމްއެލްއަށް ފިޗްއިން 'ސީސީސީ މައިނަސް' ރޭޓިންގް ދީފި
18 މެއި 2026

މައިންޑްކޯ އާއި ބޭންކް އޮފް މޯލްޑިވްސް އިން މޯލްޑިވްސް އޭއައި ލެބް އިފްތިތާހުކޮށްފި

18 މެއި 2026
 މައިންޑްކޯ އާއި ބޭންކް އޮފް މޯލްޑިވްސް އިން މޯލްޑިވްސް އޭއައި ލެބް އިފްތިތާހުކޮށްފި
08 މެއި 2026

ބޭންކް އޮފް މޯލްޑިވްސް އިން މާލީ ބާޒާރުތަކުގެ އިންވެސްޓަރުންނާ ބައްދަލުކުރުމަށް ކުރިއަށްގެންދިޔަ "ނޮން-ޑީލް ރޯޑްޝޯ" ކާމިޔާބު ކަމާއެކު ނިންމާލައިފި

08 މެއި 2026
ބޭންކް އޮފް މޯލްޑިވްސް އިން މާލީ ބާޒާރުތަކުގެ އިންވެސްޓަރުންނާ ބައްދަލުކުރުމަށް ކުރިއަށްގެންދިޔަ "ނޮން-ޑީލް ރޯޑްޝޯ" ކާމިޔާބު ކަމާއެކު ނިންމާލައިފި
02 މެއި 2026

ޓީމޫ ފަދަ އީކޮމާސްގައި ބީއެމްއެލްގެ ކަސްޓަމަރުންނަށް ހެދޭ ޓްރާންސެކްޝަންގެ އަދަދު 30 އަށް ހަދައިފި

02 މެއި 2026
ޓީމޫ ފަދަ އީކޮމާސްގައި ބީއެމްއެލްގެ ކަސްޓަމަރުންނަށް ހެދޭ ޓްރާންސެކްޝަންގެ އަދަދު 30 އަށް ހަދައިފި
23 އެޕްރީލު 2026

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޚާއްސަކޮށްގެން ބޭންކް އޮފް މޯލްޑިވްސް އިން އައު ހޯމް ފައިނޭންސިންގ އެއް ތަޢާރަފުކޮށްފި.

23 އެޕްރީލު 2026
ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޚާއްސަކޮށްގެން ބޭންކް އޮފް މޯލްޑިވްސް އިން އައު ހޯމް ފައިނޭންސިންގ އެއް ތަޢާރަފުކޮށްފި.
21 އެޕްރީލު 2026

ބީއެމްއެލް އިން ލޯނާއި ފައިނޭންސިންގ ދޫކުރާ އެންމެ މަތީ އުމުރުފުރާ 60 އަހަރުން 75 އަހަރަށް މަތިކޮށްފި

21 އެޕްރީލު 2026
ބީއެމްއެލް އިން ލޯނާއި ފައިނޭންސިންގ ދޫކުރާ އެންމެ މަތީ އުމުރުފުރާ 60 އަހަރުން 75 އަހަރަށް މަތިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު