Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސުޕްރީމް ކޯޓު

ޑރ. އަޒްމިރާލްދާ އާއި މަހާޒުގެ މައްޗަށް ކުރީ ސިޔާސީ ތުހުމަތުތަކެއް، ބަދަލު ދޭންޖެހޭ: އަލީ ހުސެއިން

10 އޮކްޓޯބަރު 2026 | ހޮނިހިރު 06:54

ސުޕްރީމް ކޯޓުގެ ކުރީގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ އާއި މަހާޒްގެ މައްޗަށް ކުރި ތުހުމަތުތަކުގައި ޖިނާއީ ކުށެއް ނެތް ކަމަށް ނިންމައި ފުލުހުން މައްސަލަ ފައިލްކުރުމާ ގުޅިގެން، އެ ބޭފުޅުންނަށް ލިބުނު ގެއްލުމުގެ ބަދަލު ދައުލަތުން ދޭންޖެހޭނެ ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. މިއީ ސިޔާސީ ނުފޫޒުން ހިންގާފައިވާ ކަމެއްކަން ފާހަގަކުރައްވައި، އެ ފަނޑިޔާރުންގެ މަގާމު އިޔާދަކޮށްދޭން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު | 10 އޮކްޓޯބަރު 2026 | ހޮނިހިރު 06:54
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ވާހަކަ ދައްކަވަނީ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ސުޕްރީމް ކޯޓުގެ ކުރީގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރު އަދި މަހާޒް އަލީ ޒާހިރަށް ކުރީ ސިޔާސީ ތުހުމަތުތަކެއް ކަމަށާއި، ދައުލަތުން އެ ދެ ބޭފުޅުންނަށް ގެއްލުމުގެ ބަދަލު ދޭންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

ދެ ފަނޑިޔާރުން މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރެއްވި ކަމަށް ތުހުމަތުކޮށް ހުށަހެޅުނު މައްސަލައިގައި ޖިނާއީ ކުށުގެ އަމަލެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތް ކަމަށް ނިންމައި، މި މަހުގެ 8 ވަނަ ދުވަހު ފުލުހުން ވަނީ އެ މައްސަލަ ފައިލްކޮށްފަ އެވެ. 

Advertisement - newsAdvertisement

މިމައްސަލަ އަށް އިޝާރާތް ކުރައްވައި ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ، ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު ކުޑަ ނަމަވެސް ހެއްކެއް އޮތް ނަމަ ދައުލަތުން ދައުވާ ކުރާނެ ކަމަށާއި، މި މައްސަލަ ފައިލްކުރަން ޖެހުމުން ސިޔާސީ ނުފޫޒު ފޯރާފައިވާ މިންވަރު ސާފުވާ ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކުގެ މަގާމުތަކަކީ ސިޔާސީ މީހުންނަށް ދަންނަވައިގެން ހޯދާ މަގާމުތަކަކަށް ވެފައިވާތީ، ސިޔާސީ މީހުން ބުނާ ގޮތަށް ދައުވާކުރުން ފަދަ ކަންކަން ހިނގަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން އަލީ ހުސެއިން ވިދާޅުވީ ކޮންމެ ސަރުކާރަކުން ވެސް ސުޕްރީމް ކޯޓުގެ ބާރު ކަނޑުވާލަން މަސައްކަތްކުރާ ކަމަށާއި، މި ސަރުކާރުން އެކަން އެހެން ހަރުފަތަކަށް ގެންގޮސްފައިވާ ކަމަށެވެ.

އެގޮތުން މައްސަލައެއް ނިންމަން ތާވަލުކޮށްފައި އޮއްވައި، މައްސަލައިގެ މެދުތެރެއިން ފަނޑިޔާރުން ސަސްޕެންޑު ކުރި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މި މައްސަލައާ ގުޅިގެން ދެ ފަނޑިޔާރުންގެ އަބުރު ކިލަނބުކޮށް، ފަޟީހަތްކޮށްފައިވާތީ ދައުލަތުން ގެއްލުމުގެ ބަދަލު ދޭންޖެހޭނެ ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ. އަދި އެ ބޭފުޅުންނާ ދެކޮޅަށް ދައުވާ ކުރެވޭ މިންވަރުގެ ހެއްކެއް ނެތް ކަމަށް ދައުލަތުން ބުނާއިރު، އެ ބޭފުޅުންގެ މަގާމު ވެސް އަނބުރާ އިޔާދަކޮށްދޭން ޖެހޭނެ ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.

އެހެންވީމަ އަޅުގަނޑުމެންނަށް މިފެނުނީ ސުޕްރީމް ކޯޓަކީ އެ ކޮންމެ ސަރުކާރެއް ވެސް ކޮށާލަންޖެހޭ ތަނެއް. ކޮށާލާ ހަމަ ތިރިކޮށްލާނެ. ދެން މި ސަރުކާރުން އެހެން ލެވެލްއަކަށް ކޮށާލީ އެނގޭތޯ. އެއީ މައްސަލައެއް ބަލަބަލަ ތިއްބަ މައްސަލައެއްގެ މެދުތެރޭ މައްސަލަ ނިންމަން ނިންމަ އޮއްވައި އެނގޭތޯ. ހެނދުނު 10:30 އަށް ތާވަލުކޮށްފައި އޮއްވާ 10 އެއް، 9:30 ހާއިރު ، 10:00 ހާއިރު އެންމެން ސަސްޕެންޑް ކުރީ. އެހެންވީމާ އައު ލެވެލްއަކަށް
އަލީ ހުސެއިން

މި މައްސަލައަކީ ސުޕްރީމް ކޯޓުގެ ކުރީގެ ތިން ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު އަދި ހުސްނުއްސުއޫދުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގާ ކަމަށް ބުނެ އޭސީސީ އިން ޖޭއެސްސީ އަށް އެންގުމާ ގުޅިގެން ބަލަން ފެށުނު މައްސަލައެކެވެ. ސަރުކާރުގެ މަސްލަހަތު އޮތް މުހިންމު ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށް، މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ލިބުނު އެ އެންގުމާ ގުޅިގެން ޖޭއެސްސީން ވަގުތުން އެ ތިން ފަނޑިޔާރުން ސަސްޕެނޑު ކުރި އެވެ.

އޭގެ ފަހުން، މާރިޗު މަހުގެ 6 ވަނަ ދުވަހު ފަނޑިޔާރު ސުއޫދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވިއިރު، އަޒްމިރާލްދާ އާއި މަހާޒު ވަކިކޮށްފައި ވަނީ 2026 ވަނަ އަހަރު މެއި މަހުގެ 14 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެންނެވެ. ދެ ބޭފުޅުން ވެސް ވަކިކޮށްފައި ވަނީ ޖަވާބުދާރީވާން އެކަށީގެންވާ ފުރުސަތު ނުދީ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.

ފާހަގަ ކޮށްލެވޭ ގޮތުގައި މިއީ އޭސީސީ އިން ހިންގި ތަހުގީގެކެވެ. އެހެން ނަމަވެސް މައްސަލަ ބަލާފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުންނެވެ. މައުލޫމާތު ލިބޭ ގޮތުގައި 2026 ވަނަ އަހަރު އޭސީސީ އާއި ފުލުހުން ގުޅިގެން މި މައްސަލައިގައި ޖޮއިންޓް އޮޕަރޭޝަނެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މި ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ، މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ދެކޮޅަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބައްލަވަމުން ގެންދަވަނިކޮށެވެ. މިކަމާ ގުޅިގެން ސުއޫދު އާއި އަޒްމިރާލްދާ ވަނީ، ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވައިގެން އެ ދުސްތޫރީ މައްސަލަ ހުއްޓުވުމަށް މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރައްވާފަ އެވެ. ނަމަވެސް، ސަރުކާރުން ވަނީ އެ ހުރިހާ ތުހުމަތުތަކެއް ދޮގުކޮށްފަ އެވެ.

އަޒްމިރަލްދާ ޒާހިރުމަހާޒް އަލީ ޒާހިރުއަލީ ހުސެއިންޖޭއެސްސީއޭސީސީސުޕްރީމް ކޯޓު

އެންމެ ހިނގާ

1

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

2

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާނު ކުރައްވައިފި، ރަނިންމޭޓަކަށް މޭޔަރު އާޒިމް

3

ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު ޔަހޫދީންގެ ކައިވެނީގެ ހަފުލާއެއްގައި ދުޢާކުރި މަައްސަލަ، މިއީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ކުރެވޭ ފުރައްސާރައެއް!

4

މާލެއާއި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ދުވާ މީހުން އިތުރުވެ އާންމުންގެ ކަންބޮޑުވުން

5

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގައި ކާފަރުން ދާއިމީކޮށް ވަޒަންވެރިވެ، އެހެން ދީންތަކަށް އުޅުމުގެ މިނިވަންކަން ހޯދުމަށް ހުޅުވޭ ދޮރަކަށް ވެގެން ހިނގައިދާނެ: ޝެއިހް ނިޝާން

އިތުރަށް ކިޔާލަން

08 އޮކްޓޯބަރު 2026

ފަނޑިޔާރު މަހާޒުގެ މައްސަލަ ވެސް ފައިލްކޮށްފި، ބުނީ މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރައްވާފައިވާ ކަމަށް ބެލެވެން ނެތް ކަމަށް

08 އޮކްޓޯބަރު 2026
ފަނޑިޔާރު މަހާޒުގެ މައްސަލަ ވެސް ފައިލްކޮށްފި، ބުނީ މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރައްވާފައިވާ ކަމަށް ބެލެވެން ނެތް ކަމަށް
08 އޮކްޓޯބަރު 2026

ޑރ. އަޒްމިރާލްދާ، މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރައްވާފައިވާ ކަމަށް ބެލެވެން ނެތް ކަމަށް ބުނެ މައްސަލަ ފައިލްކޮށްފި

08 އޮކްޓޯބަރު 2026
ޑރ. އަޒްމިރާލްދާ، މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރައްވާފައިވާ ކަމަށް ބެލެވެން ނެތް ކަމަށް ބުނެ މައްސަލަ ފައިލްކޮށްފި
03 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއު: މިވަރުގެ ބޮޑު ޖަރީމާއެއްގެ ފަހަތުގައި ގިނަ ސިއްރުތަކެއް އޮންނާނެކަމަަށް އަލީ ހުސެއިން ވިދާޅުވެއްޖެ

03 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއު: މިވަރުގެ ބޮޑު ޖަރީމާއެއްގެ ފަހަތުގައި ގިނަ ސިއްރުތަކެއް އޮންނާނެކަމަަށް އަލީ ހުސެއިން ވިދާޅުވެއްޖެ
01 އޮކްޓޯބަރު 2026

ބިން އޮތީ ރާއްޖޭގައި، އިންވެސްޓްކުރަނީ ރާއްޖޭގައި، އެކަމަކު ސޮއިކުރީ ދުބާއީގައި، ބޭނުމަކީ ރާއްޖޭގެ ޤާނޫނު ނުހިނގާ ގޮތް ހެދުން: އަލީ ހުސެއިން

01 އޮކްޓޯބަރު 2026
ބިން އޮތީ ރާއްޖޭގައި، އިންވެސްޓްކުރަނީ ރާއްޖޭގައި، އެކަމަކު ސޮއިކުރީ ދުބާއީގައި، ބޭނުމަކީ ރާއްޖޭގެ ޤާނޫނު ނުހިނގާ ގޮތް ހެދުން: އަލީ ހުސެއިން
29 ސެޕްޓެމްބަރު 2026

މުއިއްޒުގެ ސަރުކާރުން އީގަލް ހިލްސްއާއެކު ހިންގަން އުޅޭ މަޝްރޫއުގެ ފަހަތުގައި ޚިޔާނާތާއި ކޮރަޕްޝަން އެކުލެވޭކަމަށް ތުހުމަތު ކުރެވޭތީ، މައްސަލަ އޭސީސީއަށް!

29 ސެޕްޓެމްބަރު 2026
މުއިއްޒުގެ ސަރުކާރުން އީގަލް ހިލްސްއާއެކު ހިންގަން އުޅޭ މަޝްރޫއުގެ ފަހަތުގައި ޚިޔާނާތާއި ކޮރަޕްޝަން އެކުލެވޭކަމަށް ތުހުމަތު ކުރެވޭތީ، މައްސަލަ އޭސީސީއަށް!
28 ސެޕްޓެމްބަރު 2026

މުއިއްޒު ސަރުކާރުން އީގަލްސް ހިލްސްއާއެކު ހެދި ރަސްމާލެ އެއްބަސްވުން ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

28 ސެޕްޓެމްބަރު 2026
މުއިއްޒު ސަރުކާރުން އީގަލްސް ހިލްސްއާއެކު ހެދި ރަސްމާލެ އެއްބަސްވުން ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
26 ސެޕްޓެމްބަރު 2026

ސުޕްރީމް ކޯޓަށް ޚާއްސަ އަމިއްލަ އިމާރާތެއް ބިނާކުރުމަށް މާލެއިން ބިމެއް ހަމަޖެހިއްޖެ: އުއްތަމަފަނޑިޔާރު

26 ސެޕްޓެމްބަރު 2026
ސުޕްރީމް ކޯޓަށް ޚާއްސަ އަމިއްލަ އިމާރާތެއް ބިނާކުރުމަށް މާލެއިން ބިމެއް ހަމަޖެހިއްޖެ: އުއްތަމަފަނޑިޔާރު
20 ސެޕްޓެމްބަރު 2026

ގަވާއިދާ ޚިލާފަށް ބިންތަކެއް ދިން މައްސަލައިގައި ތިނަދޫ ސިޓީގެ މޭޔަރާއި 3 ކައުންސިލަރަކަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފި

20 ސެޕްޓެމްބަރު 2026
ގަވާއިދާ ޚިލާފަށް ބިންތަކެއް ދިން މައްސަލައިގައި ތިނަދޫ ސިޓީގެ މޭޔަރާއި 3 ކައުންސިލަރަކަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފި
20 ސެޕްޓެމްބަރު 2026

އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދު އަދި ކުރީގެ މުވައްޒަފެއްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވުމަށް ނިންމައިފި

20 ސެޕްޓެމްބަރު 2026
އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދު އަދި ކުރީގެ މުވައްޒަފެއްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވުމަށް ނިންމައިފި
12 ސެޕްޓެމްބަރު 2026

"އޭސީސީއަކީ ސަރުކާރަށް ޤާނޫނީ ލަފާދޭ ތަނެއް ނޫން، އެހިސާބުން އޭސީސީ ވަނީ ސަރުކާރުގެ އިދާރާއަކަށް"

12 ސެޕްޓެމްބަރު 2026
"އޭސީސީއަކީ ސަރުކާރަށް ޤާނޫނީ ލަފާދޭ ތަނެއް ނޫން، އެހިސާބުން އޭސީސީ ވަނީ ސަރުކާރުގެ އިދާރާއަކަށް"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް