އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަކުން އެ ތަކެތި ނަގާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
10 އޮކްޓޯބަރު 2026 | ހޮނިހިރު 05:54ހުޅުމާލެ ފޭސް 2 ގައި ހުރި ފިހާރައެއްގައި އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކާކަމުގެ މައުލޫމާތު ސޯޝަލް މީޑިއާގައި ފެތުރުމާ ގުޅިގެން، ފުލުހުން އެ ފިހާރަ ބަލައި ފާސްކޮށްފި. މި އޮޕަރޭޝަނުގައި އެހެން ދީންތައް ރަމްޒުކޮށްދޭ 6 ޕޮޓެއް ފެނިފައިވާތީ، އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި


އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަކުން އެ ތަކެތި ނަގާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި | ރާއްޖެއެމްވީ
ހުޅުމާލެ ފޭސް 2 ގައި އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައެއް ފުލުހުން ބަލައި ފާސްކޮށްފި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ހުޅުމާލެ ފޭސް 2 ގައި ހުންނަ ފިހާރައެއްގައި، އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރިކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވި މައުލޫމާތަކާ ގުޅިގެން، ފުލުހުން އެ ފިހާރަ ބަލައިފާސްކޮށްފައިވާ ކަމަށެވެ.
އަދި އެފަދަ ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
ފުލުހުން ބުނީ 2026 އޮކްޓޫބަރު 7 ވަނަ ދުވަހުގެ 18:15 ހާއިރު ފުލުހުން އެ ފިހާރައަށް ގޮސް ބެލިބެލުމުން، އެފަދަ 6 ޕޮޓެއް އެ ފިހާރައިގައި ވިއްކަން ބަހައްޓާފައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށް ވެސް ފުލުހުން ބުނި އެވެ.










