Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދ. މީދޫ

މީދޫ ވޮލީކޯޓު ތަރައްގީކުރުމުގައި ފަންނީ ލަފަޔަށް ނުބެލުމުގެ ނަތީޖާ ހިތި، ވާރޭވެހޭނަމަ ކޯޓު ބޭނުން ނުކުރެވޭ!

9 އޮކްޓޯބަރު 2026 | ހުކުރު 09:22

މީދޫ ވޮލީ ކޯޓު ތަރައްގީކުރުމުގައި ފަންނީ ލަފަޔަށް ނުބަލައި، އިންތިޚާބާ ދިމާކޮށް އަވަސްއަރުވާލައިގެން މަސައްކަތް ނިންމުމުގެ ސަބަބުން އެތަން ބޭނުންނުކުރެވޭ ވަރަށް ހަލާކުވަމުންދާ ކަމަށް އެ ރަށު ކައުންސިލްގެ ކުރީގެ ރައީސް ޝާހިދު ވިދާޅުވި. އަދި ކޯޓުގެ ބެޑް ތިރިކޮށް ހެދުމުން ވާރޭވެހޭ ވަގުތުތަކުގައި ފެންބޮޑުވެ، މުޅި ތަން ބޭނުންނުކުރެވޭ ހާލަތަށް ގޮސްފައިވާތީ އާންމު ރައްޔިތުން ކަންބޮޑުވުންފާޅު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު | 9 އޮކްޓޯބަރު 2026 | ހުކުރު 09:22

މީދޫ ވޮލީކޯޓު ތަރައްގީކުރުމުގައި ފަންނީ ލަފަޔަށް ނުބަލައި ތަރައްގީ ކޮށްފައިވާތީ، އެ ރަށު ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައި ރާއްޖެޓީވީއަށް އިންޓަވިއު ދެއްވަނީ | ރާއްޖެއެމްވީ

ދ. މީދޫގައި ތަރައްގީކުރި ވޮލީ ކޯޓުގެ މަސައްކަތް އަވަސްއަރުވާލައިގެން ނިންމުމުގެ ސަބަބުން، ވާރޭ ވެހޭ ވަގުތުތަކުގައި ފެންބޮޑުވެ އެތަން ބޭނުންނުކުރެވޭ ހާލަތަށް ގޮސްފައިވާ ކަމަށް އެ ރަށު ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ޝާހިދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ، މީދޫ ވޮލީ ކޯޓު ތަރައްގީކުރުމުގެ މަޝްރޫއަކީ ލޯކަލް އިންތިޚާބާ ދިމާކޮށް އެ ރަށުގައި އޭރު ތިބި އާރްޑީސީގެ މުވައްޒަފުން ބޭނުންކޮށްގެން ސަރުކާރުން ހިންގި މަޝްރޫއެއް ކަމަށެވެ. އަދި މި މަސައްކަތް ރެޔާއި ދުވާލު ކުރުވައިގެން އަވަހަށް ނިންމާލަން މަސައްކަތް ކުރީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެ ރަށަށް ވަޑައިގަންނަވާތީ އެކަމަނާ ލައްވައި އެތަން ހުޅުވައި، އިންތިޚާބުގެ ނާޖާއިޒު ފައިދާ ނެގުމަށް ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ޝާހިދު ވިދާޅުވީ، ވޮލީ ކޯޓުގައި ކާޕެޓް އެޅުމަށް ހެދި ބެޑް ރަށުގެ ފަސްގަނޑަށްވުރެ ތިރިކޮށް ހެދުމުން ވާރޭ ވެހޭ ދުވަސްވަރު ފެން ޖަމާވާނެ ކަމަށް ބުނެ، ރަށުގެ ފަންނީ އެތައް ބަޔަކު އޭރުވެސް ދިޔައީ ކަންބޮޑުވުން ފާޅުކުރި ކަމަށެވެ. ނަމަވެސް މަސައްކަތް ކުރި ފަރާތްތަކުން އެ އިރުޝާދުތަކަށް އެއްވެސް ވަރަކަށް ބަލާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ، ފަންނީ މީހުން އޭރު ދިން ލަފައަށް ނުބަލައި މަސައްކަތް ނިންމުމުގެ ނަތީޖާއަކަށް ވީ، މިހާރު ވާރޭ ވެހޭ ކޮންމެ ފަހަރަކު އެ ސަރަހައްދުގައި ފެންބޮޑުވެ، މުޅި ތަން ހަލާކުވެ ބޭނުންނުކުރެވޭ ގޮތް ވުން ކަމަށެވެ. އަދި މާގިނަ ދުވަހެއް މިކޯޓު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެދާނެކަމުގެ ބިރު އެބައޮތް ކަމަށް ޝާހިދު ވިދާޅުވި އެވެ. 

 މި ކޯޓު ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، 12 ފެބްރުއަރީ 2026 ގަ އެވެ.

ދ. މީދޫމުހައްމަދު ޝާހިދުއާރްޑީސީވޮލީކޯޓު

އެންމެ ހިނގާ

1

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާނު ކުރައްވައިފި، ރަނިންމޭޓަކަށް މޭޔަރު އާޒިމް

2

ހުޅުމާލޭ އެކްސިޑެންޓު: 4 މީހެއްގެ ހާލު ސީރިއަސް، 3 މީހުން އެއް ސައިކަލަށް އަރައިގެން ދުއްވީ ވަންވޭއާ ޚިލާފަށް، އަދި ލައިސަންސެއްވެސް ނެތް!

3

ބާރު ސްޕީޑުގައި 3 މީހުން އަރައިގެން ދުއްވި ސައިކަލެއް ކޮންޓްރޯލުން ނެއްޓި، އެހެން ސައިކަލެއްގައި ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް!

4

މިނިސްޓަރު އިހުސާން ސާފުކޮށް އެ ވިދާޅުވީ ސަރުކާރު ޤާނޫނަށްވުރެ މަތިކަން!

5

މާލެއާއި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ދުވާ މީހުން އިތުރުވެ އާންމުންގެ ކަންބޮޑުވުން

އިތުރަށް ކިޔާލަން

08 އޮކްޓޯބަރު 2026

މީދޫގެ މަސް ޖެޓީ: މިސަރުކާރުން ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރާ ދިމާކޮށްވީ ވައުދެއް، މިހާތަނަށް އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައިނުވޭ!

08 އޮކްޓޯބަރު 2026
މީދޫގެ މަސް ޖެޓީ: މިސަރުކާރުން ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރާ ދިމާކޮށްވީ ވައުދެއް، މިހާތަނަށް އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައިނުވޭ!
07 އޮކްޓޯބަރު 2026

މީދޫގެ ޕޮލިސް ސްޓޭޝަން: ކައުންސިލް އިންތިޚާބާ ދިމާކޮށް އަމަލީ މަސައްކަތް ފެށި ނަމަވެސް އިންތިޚާބުގެ ފަހުން މަސައްކަތް އޮތީ ހުއްޓިފައި!

07 އޮކްޓޯބަރު 2026
މީދޫގެ ޕޮލިސް ސްޓޭޝަން: ކައުންސިލް އިންތިޚާބާ ދިމާކޮށް އަމަލީ މަސައްކަތް ފެށި ނަމަވެސް އިންތިޚާބުގެ ފަހުން މަސައްކަތް އޮތީ ހުއްޓިފައި!
05 އޮކްޓޯބަރު 2026

ދ. މީދޫ ބަނދަރު މަޝްރޫއު: މިސަރުކާރު އައިއިރު ނުނިމި ހުރީ ހަމައެކަނި ބޭރު ތޮށިލުމުގެ މަސައްކަތް، ސަރުކާރަށް 3 އަހަރު ވާންދާއިރު އަދިވެސް މަސައްކަތް ނިންމާ ނުލެވޭ!

05 އޮކްޓޯބަރު 2026
ދ. މީދޫ ބަނދަރު މަޝްރޫއު: މިސަރުކާރު އައިއިރު ނުނިމި ހުރީ ހަމައެކަނި ބޭރު ތޮށިލުމުގެ މަސައްކަތް، ސަރުކާރަށް 3 އަހަރު ވާންދާއިރު އަދިވެސް މަސައްކަތް ނިންމާ ނުލެވޭ!
04 އޮކްޓޯބަރު 2026

މީދޫގައި ތަރައްގީ ކުރާ މޫދަށް އެރޭ ސަރަހައްދު: އިންތިޚާބުގެ ފަހުން އަމަލީ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށްނުދޭ، މިހާރު ހައިމާކު އެއޮތީ ރާއްޖެޓީވީގެ ޓީމު އެ ރަށަށް އަންނަ ޚަބަރު ލިބުމާ ގުޅިގެން!

03 އޮކްޓޯބަރު 2026

ދ. މީދޫގެ ހާލަތު: ކަރަންޓު ބިލާއި ތަކެތީގެ އަގުބޮޑުވުމާއި މަސްވެރިކަމުގެ ދަތިތަކާއެކު ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް!

03 އޮކްޓޯބަރު 2026
ދ. މީދޫގެ ހާލަތު: ކަރަންޓު ބިލާއި ތަކެތީގެ އަގުބޮޑުވުމާއި މަސްވެރިކަމުގެ ދަތިތަކާއެކު ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް!
03 އޮކްޓޯބަރު 2026

ދ. މީދޫގައި ހުންނަ ވެމްކޯ ސައިޓްގެ އެއްވެސް ބޭނުމެއް ނުކުރެވި، ގޮނޑެއްގެ ގޮތުގައި އޮންނަތާ އެއް އަހަރަށްވުރެ ގިނަ ދުވަސް!

03 އޮކްޓޯބަރު 2026
ދ. މީދޫގައި ހުންނަ ވެމްކޯ ސައިޓްގެ އެއްވެސް ބޭނުމެއް ނުކުރެވި، ގޮނޑެއްގެ ގޮތުގައި އޮންނަތާ އެއް އަހަރަށްވުރެ ގިނަ ދުވަސް!
03 އޮކްޓޯބަރު 2026

ދ.މީދޫގައި ރާއްޖެޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ބޮޑު ސްކްރީންގައި ދެއްކުމަށް ކުރި މަސައްކަތަށް ހުރަސްއަޅައިފި، ޕީއެންސީ ޓިކެޓުގައި އިންތިޚާބުވި ކައުންސިލު ރައީސް އެންގެވީ ޕްރޮގްރާމް ދެއްކުމަކީ މަސްލަހަތު ނަގާލުންކަމަށް!

02 އޮކްޓޯބަރު 2026

މިހާރު ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ގަބޫލުކުރަނީ ރައީސް މުއިއްޒު ވައުދުވާ ކަންކަން ނުވާނެ ކަމަށް: ޝާހިދު

02 އޮކްޓޯބަރު 2026
މިހާރު ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ގަބޫލުކުރަނީ ރައީސް މުއިއްޒު ވައުދުވާ ކަންކަން ނުވާނެ ކަމަށް: ޝާހިދު
02 އޮކްޓޯބަރު 2026

ދ. މީދޫ މަގު ހެދުމުގެ މަޝްރޫއު: 3 އަހަރު ފުރިގެންދާއިރު މަގުތަކުގައި ބަހައްޓާފައިވަނީ ހަމައެކަނި މަދު ޖަންކްޝަންތަކެއް!

02 އޮކްޓޯބަރު 2026
ދ. މީދޫ މަގު ހެދުމުގެ މަޝްރޫއު: 3 އަހަރު ފުރިގެންދާއިރު މަގުތަކުގައި ބަހައްޓާފައިވަނީ ހަމައެކަނި މަދު ޖަންކްޝަންތަކެއް!
01 އޮކްޓޯބަރު 2026

ދ. މީދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް: ވަށާ ފާރު ތަޅާލުން ނޫން އިތުރު ކަމެއް އަދި މިސަރުކާރަށް ނުވޭ!

01 އޮކްޓޯބަރު 2026
ދ. މީދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް: ވަށާ ފާރު ތަޅާލުން ނޫން އިތުރު ކަމެއް އަދި މިސަރުކާރަށް ނުވޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް