Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސައުދީ އަސްކަރީ ކޯލިޝަން

ސައްހަ މައުލޫމާތު ހޯދުމުގައި އދ. ފެއިލްވެފައިވާ ކަމަށް ބުނެ ރާއްޖެއިން ސައުދީ ދިފާއުކޮށްފި

8 އޮކްޓޯބަރު 2017 | އާދީއްތަ 15:48

އދ. އިން ބަަރޯސާވަނީ ވަކި އަތަކަށް ޖެހިފައިވާ ފަރާތްތަކުން ދައްކާ ވާހަކައަށް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 8 އޮކްޓޯބަރު 2017 | އާދީއްތަ 15:48
ސައުދީ ރަސްގެފާނާއި ރައީސް އަބްދުﷲ ޔާމީން

ސައުދީ ރަސްގެފާނާއި ރައީސް އަބްދުﷲ ޔާމީން

ސައްހަ މައުލޫމާތު ހޯދުމުގައި އދ. ފެއިލްވެފައިވާ ކަމަށް ބުނެ ރާއްޖެއިން ސައުދީ އަރަބިއްޔާ ދިފާއު ކޮށްފި އެވެ.

ދިވެހި ސަރުކާރުން ސައުދީ އަރަބިއްޔާގެ ދިފާއުގައި ވާހަކަ ދައްކާފައި މިވަނީ ސައުދީ އަރަބިއްޔާއިން އިސްވެ ޔަމަނުގައި ކުރިއަށް ގެންދަނީ ގަތުލު އާންމެއް ކަމަށް ބުނެ ސައުދީ އަރަބިއްޔާއިން އެކުލަވާލާފައިވާ އަސްކަރީ ކޯލިޝަން އދ. އިން ބްލެކް ލިސްޓު ކޮށްފައިވަނިކޮށެވެ.

Advertisement - newsAdvertisement

"ނިއުސްއިން. އޭޝިއާ" އަށް ނަން ހާމަނުކޮށް މައުލޫމާތު ދެއްވި ދިވެހި ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ އަސްކަރީ ކޯލިޝަން ބްލެކް ލިސްޓް ކުރުމުގައި އދ. އިން އެއްކޮށްފައިވާ މައުލޫމާތުތައް ސައްހަ ނޫން ކަމަށެވެ. އަދި އދ. އިން ބަރޯސާ ވަނީ ވަކި އަތަކަށް ޖެހިފައިވާ މިނިވަން ނޫން ފަރާތްތަކަށް ކަމަށް ވެސް އޮފިޝަލް ވިދާޅުވެފައިވެއެވެ.

"އދ. އިން ގަބޫލުކުރަނީ ހަނގުރާމަވެރިން ދައްކާ ވާހަކަ، ސަރުކާރުން ދައްކާ ވާހަކަ ގަބޫލެއް ނުކުރޭ. ރާއްޖެއަށް ވެސް މިފަދަ ތަޖުރިބާތަކެއް ވަނީ ކުރެވިފަ، އދ. ގެ ނިންމުންތައް ބިނާވެފައި މިއޮންނަނީ ބަރޯސާނުވެވޭ ވަރުގެ ފަރާތްތަކުގެ ވާހަކަތަކަށާއި ވަކި އަތަކަށް ގޮސް ހުސްވެފައިވާ ފަރާތްތަކުގެ ވާހަކަތަކަށް، ރަސްމީ ފަރާތްތަކުން ދައްކާ ވާހަކަތަކަށާއި ވަކި އަތަކަށް ނުޖެހޭ މިނިވަން ފިކުރުގެ މީހުންގެ ވާހަކަތަކަށް ނުބަލާ،" ދިވެހި ސަރުކާރުގެ އޮފިޝަލް ވިދާޅުވެފައިވެއެވެ.

އޮފިޝަލް ވިދާޅުވީ، މެންބަރު ގައުމުތަކުގެ ފަރާތުން އދ. އަށް ބާރުތައް ލިބޭއިރު، އެ ގައުމުތަކުގެ ސަރުކާރުތަކުން ދައްކާ ވާހަކައަށް އދ. އިން ގޮތް ނިންމާއިރު ނުބަލާ ކަމަށެވެ.

ޔަމަނުގެ ވާހަކަ ދައްކަވަމުން އޮފިޝަލް ވިދާޅުވީ މަރުވެފައިވާ މީހުންގެ ތަފާސްހިސާބުތައް ނަގާފައިވާ ހޮސްޕިޓަލްތަކަކީ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި ހުރި ތަންތަން ކަމަށާއި ހޮސްޕިޓަލްގެ ރެކޯޑްތަކަށް ބަދަލު ގެނެސް އދ. އަށް ފޯރުކޮށްދެމުންދަނީ ސައްހަ ނޫން ތަފާސްހިސާބުތަކާއި މައުލޫމާތުތަކެއް ކަމަށެވެ. އެ ސަރަހައްދުތަކުގައި މޮނިޓަރިންގ ގްރޫޕްތައް ނެތް ކަން ފާހަގަކުރައްވައި އޮފިޝަލް ވިދާޅުވީ ހަނގުރާމަވެރިން ދަނީ ދޮގު މައުލޫމާތު ފަތުރައިގެން މުޅި ދުނިޔޭގައި ނުބައި ތަސައްވަރެއް އުފައްދަމުން ކަމަށެވެ.

އޮފިޝަލް ވިދާޅުވެފައިވާ ގޮތުގައި މަރުގެ ސެޓްފިކެޓްތަކަށް ބަދަލު ގެނެސް ދޮގު މައުލޫމާތު ފަތުރަމުންދާކަމުގެ ސާބިތު ހެކި ޔަމަނުގެ "ހަގީގީ" ސަރުކާރުގައި އެބަހުރި ކަމަށެވެ.

"ހޫތީ ހަނގުރާމަވެރިން ދަނީ ސިފައިންގެ ގޮތުގައި ކުޑަކުދިން ވެސް ބޭނުންކުރަމުން، ކުޑަކުދިން ޝީލްޑްތަކެއްގެ ގޮތުގައި ވެސް ބޭނުންކުރަމުން، ހަނގުރާމަވެރިން ގިނައިން އުޅޭ ސަރަހައްދުތަކަށް ހަމަލާދޭއިރު ދުނިޔޭގެ ސަމާލުކަން ހޯދަން އެތަންތަނަށް ކުޑަކުދިންނާއި އާންމުން ޖަމާކުރޭ،" އޮފިޝަލް ވިދާޅުވެފައިވެއެވެ.

ޔަމަނުގައި ސައުދީ ކޯލިޝަނުން ހިންގީ އަސްކަރީ ހަރަކާތްތަކާ ގުޅޭ ގޮތުން އދ. އިން ނެރުނު ރިޕޯޓަށް ދިވެހި ސަރުކާރުގެ އޮފިޝަލް ވަނީ ފާޑުވިދާޅުވެފަ އެވެ. އޮފިޝަލް ވިދާޅުވީ ނާޒުކު ސަރަހައްދުތަކަށް އެހީތެރިކަން ފޯރުކޮށްދީ، ސިފައިންގެ ގޮތުގައި ބޭނުންކޮށްފައިވާ ކުޑަކުދިން ރިހެބިލިޓޭޓް ކުރުމަށް ސައުދީ ކޯލިޝަނުން ކުރަމުންދާ މަސައްކަތްތައް ގަސްދުގައި ރިޕޯޓުގައި ހިމަނާފައިވެސް ނުވާ ކަމަށެވެ

ޔަމަނުގެ ދާޚިލީ ހަނގުރާމަ ދެ އަހަރަށް ދިގު ދެމިގެން ގޮސްފައިވާއިރު އެގައުމު އެއްކޮށް ކަހަލަ ގޮތަކަށް ވަނީ ސުންނާފަތި ވެފަ އެވެ. ސައުދީ ކޯލިޝަނުގެ އެހީތެރިކަމާއެކު ވެރިކަން ކުރަމުންދާ ޔަމަނުގެ ރައީސް އަބްދުއްރައްބު މަންސޫރް ހާދީގެ ސަރުކާރުން ދަނީ 2014 އާއި 2015 ވަނަ އަހަރުގެ ތެރޭގައު ހޫތީންގެ ބާރުގެ ދަށަށް ގެންދިޔަ އަވަށްތަކުން ހޫތީން ބޭރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އދ. އިން އާންމުކުރި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ސައުދީގެ ކޯލިޝަންގެ ރަހްމެއްނެތް އަނިޔާވެރި ހަމަލާތަކުގެ ސަބަބުން ގާތްގަނޑަކަށް 700 ކުޑަކުދިން މަރުވެ، 40 ސްކޫލާއި ހޮސްޕިޓަލު ބިމާ ހަމަވެފައިވެއެވެ.

ސައުދީ އަރަބިއްޔާއިން އެކުލަވާލާފައިވާ އަސްކަރީ ކޯލިޝަން އދ. އިން ބްލެކް ލިސްޓު ކުރުމާއެކު ދިވެހިރާއްޖެ ސައުދީ އަރަބިއްޔާގެ އަސްކަރީ ކޯލިޝަނުން މިހާރުން މިހާރަށް ވަކިވުމަށް އެމްޑީޕީން ވަނީ ގޮވާލާފަ އެވެ. އެ ޕާޓީން ބުނެފައިވަނީ އދ. ގެ "ލަދު ލިސްޓު“ގައި ސައުދީގެ ކޯލިޝަން ހިމެނިގެން ދިއުމާއެކު ރާއްޖެ ފެނިގެންދަނީ މުސްލިމް މައުސޫމް ތުއްތުކުދިންނާއި އަންހެނުންނަން އަނިޔާވެރި މަރަމުން ގެންދިއުމުގެ ލާއިންސާނީ ޖަރީމާތަކުގައި ބައިވެރިވާ ބައެއްގެ ގޮތުގައި ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
02 ފެބުރުއަރީ 2017

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް