Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދަ ގްރޭޓް ޓޫނާ ގާލާ

ބަންގްލަދޭޝްގައި އޮތް ޓޫނާ ގާލާގައި ދިވެހި ރަހަތައް ޝެފް މަހާ ނަސީރު ހުށަހަޅައިދީފި

7 އޮކްޓޯބަރު 2026 | ބުދަ 06:30

ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން އިންތިޒާމުކުރި "ދަ ގްރޭޓް ޓޫނާ ގާލާ" މެދުވެރިކޮށް، ރާއްޖޭގެ ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން އެ ގައުމުގައި އިޝްތިހާރުކޮށްފި. ދެ ގައުމުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި މި ހަފުލާގައި، ބަންގްލަދޭޝްގެ މާކެޓަށް ދިވެހި ކަނޑުމަހުގެ އުފެއްދުންތައް ފުޅާކުރުމާއި ވިޔަފާރީގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވާހަކަ ދެކެވުނު

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 7 އޮކްޓޯބަރު 2026 | ބުދަ 06:30
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވި "ދަ ގްރޭޓް ޓޫނާ ގާލާ" ގައި، ދިވެހިރާއްޖޭގެ މަޝްހޫރު ޝެފް މަހާ ނަސީރު ދިވެހި ކަނޑުމަސް ބޭނުންކޮށްގެން ތައްޔާރުކުރި ހާއްސަ ކެއުންތަކެއް ވަނީ ލައިވްކޮށް ހުށަހަޅައިދީފައި

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވި "ދަ ގްރޭޓް ޓޫނާ ގާލާ" ގައި، ދިވެހިރާއްޖޭގެ މަޝްހޫރު ޝެފް މަހާ ނަސީރު ދިވެހި ކަނޑުމަސް ބޭނުންކޮށްގެން ތައްޔާރުކުރި ހާއްސަ ކެއުންތަކެއް ވަނީ ލައިވްކޮށް ހުށަހަޅައިދީފައި | ރާއްޖެ އެމްވީ

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވި "ދަ ގްރޭޓް ޓޫނާ ގާލާ" ގައި، ދިވެހިރާއްޖޭގެ މަޝްހޫރު ޝެފް މަހާ ނަސީރު ދިވެހި ކަނޑުމަސް ބޭނުންކޮށްގެން ތައްޔާރުކުރި ހާއްސަ ކެއުންތަކެއް ލައިވްކޮށް ހުށަހަޅައިދީ، ރާއްޖޭގެ މުއްސަނދި ކާބޯތަކެތީގެ ސަގާފަތް ދައްކާލައިފި އެވެ.

ރާއްޖެ އިސްތިހާރުކޮށް ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރިއާއި ފަތުރުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަގުސަދުގައި ބޭއްވި މި ހަފުލާ ކުރިއަށްދިޔައީ "ދަ ގްރޭޓް ޓޫނާ ގާލާ – ފްލޭވާސް ފްރޮމް ދަ ސަނީ ސައިޑް" ގެ ނަމުގަ އެވެ. މިއީ ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން އިންތިޒާމުކޮށްގެން ޝެރަޓަން ޑާކާގައި ބޭއްވި ހާއްސަ ހަފުލާއެކެވެ.

Advertisement - newsAdvertisement

މި ހަފުލާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުން ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން އެންޑް ޓޫރިޒަމް އެމް. ރަޝީދުއްޒަމާން މިއްލަތު ބައިވެރިވެވަޑައިގެންނެވި އެވެ. މީގެއިތުރުން އެ ގައުމުގެ ސަރުކާރުގެ އިސްވެރިންނާއި، ޑިޕްލޮމެޓުންނާއި ވިޔަފާރިވެރިން ހިމެނޭހެން ގާތްގަނޑަކަށް 250 މެހެމާނުން މި ހަފުލާގައި ބައިވެރިވެވަޑައިގެންނެވި އެވެ.

"ދަ ގްރޭޓް ޓޫނާ ގާލާ – ފްލޭވާސް ފްރޮމް ދަ ސަނީ ސައިޑް" ގެ ނަމުގައި ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ޝެރަޓަން ޑާކާގައި އިންތިޒާމުކޮށްގެން ބޭއްވި ހަފުލާގެ ތެރެއިން

"ދަ ގްރޭޓް ޓޫނާ ގާލާ – ފްލޭވާސް ފްރޮމް ދަ ސަނީ ސައިޑް" ގެ ނަމުގައި ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ޝެރަޓަން ޑާކާގައި އިންތިޒާމުކޮށްގެން ބޭއްވި ހަފުލާގެ ތެރެއިން | ރާއްޖެ އެމްވީ

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ ޝިއުނީން ރަޝީދު ވަނީ، ރާއްޖޭގެ ދެމެހެއްޓެނިވި ދޮށީގެ މަސްވެރިކަމުގެ މައްޗަށާއި، ބަންގްލަދޭޝްގެ މާކެޓަށް ދިވެހި ކަނޑުމަހުގެ އުފެއްދުންތައް ފުޅާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ. އަދި ބަންގްލަދޭޝްގެ މިނިސްޓަރު މިއްލަތުގެ ވާހަކަފުޅުގައި، ދެ ގައުމުގެ ދެމެދުގައި މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާއިން އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ގުޅިގެން މަސައްކަތްކުރުމަށް ވަނީ ގޮވާލައްވާފަ އެވެ.

"ދަ ގްރޭޓް ޓޫނާ ގާލާ – ފްލޭވާސް ފްރޮމް ދަ ސަނީ ސައިޑް" ގެ ނަމުގައި ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ޝެރަޓަން ޑާކާގައި އިންތިޒާމުކޮށްގެން ބޭއްވި ހަފުލާގެ ތެރެއިން

"ދަ ގްރޭޓް ޓޫނާ ގާލާ – ފްލޭވާސް ފްރޮމް ދަ ސަނީ ސައިޑް" ގެ ނަމުގައި ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ޝެރަޓަން ޑާކާގައި އިންތިޒާމުކޮށްގެން ބޭއްވި ހަފުލާގެ ތެރެއިން | ރާއްޖެއެމްވީ

ދިވެހިރާއްޖޭގެ ފަތުރުވެރިކަން ވެސް އިސްތިހާރުކުރެވިގެންދިޔަ މި ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި އެޕިޓީކިއާ ހޯލްޑިންގްސް، ވަރު ބައި އެޓްމޮސްފިއަރ، މިފްކޯ، މޯލްޑިވިއަން، ޝެރަޓަން ޑާކާ، ދަ ވޭ ޑާކާ އަދި އިންޒާ ކުންފުނިން ވަނީ  އެހީތެރި ފޯރުކޮށްދީފަ އެވެ.

މަހާ ނަސީރުދިވެހިރާއްޖެ-ބަންގްލަދޭޝް

އެންމެ ހިނގާ

1

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ

2

އެމްއޭސީއެލް މުވައްޒަފުންގެ ބޯނަސްއަކީ ކޮންމެހެން ދޭން ޖެހޭ އެއްޗެއް ނޫން، މިއަހަރު ބޯނަސް ދޭން އަދި ނުނިންމާ: އެމްއޭސީއެލް

3

ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!

4

މުއިއްޒުގެ ހެޔޮފުޅުކަން ދައްކަން އަނެއްކާވެސް އުނބަށް

5

ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުުރުމުގެ ތެރޭގައި "ޕްރްކެޓިކަލް އަދަދަކަށް" މުވައްޒަފުން ނެގުމަށްފަހު ބާކީ ތިބި މުވައްޒަފުން ވަކިކުުރުމަށް ރައީސް އޮފީހުން އަންގައިފި

އިތުރަށް ކިޔާލަން

12 އޯގަސްޓު 2026

ބަންގްލަދޭޝުން ރާއްޖެއަށް އިތުރު މަސައްކަތްތެރިން ގެނައުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެދިއްޖެ

12 އޯގަސްޓު 2026
ބަންގްލަދޭޝުން ރާއްޖެއަށް އިތުރު މަސައްކަތްތެރިން ގެނައުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެދިއްޖެ
25 ޖުލައި 2026

ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރައީސް މުއިއްޒު އާ ބައްދަލު ކުރައްވައިފި

25 ޖުލައި 2026
ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރައީސް މުއިއްޒު އާ ބައްދަލު ކުރައްވައިފި
23 ޖުލައި 2026

ދިވެހިރާއްޖެއާއި ބަންގްލަދޭޝް ދިފާއީ ގުޅުން ވަރުގަދަކުރަނީ

23 ޖުލައި 2026
ދިވެހިރާއްޖެއާއި ބަންގްލަދޭޝް ދިފާއީ ގުޅުން ވަރުގަދަކުރަނީ
10 ޖުލައި 2026

ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވަނީ

10 ޖުލައި 2026
ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވަނީ
17 ފެބުރުއަރީ 2026

ރައީސް މުއިއްޒު، ބަންގްލަދޭޝްގެ ބޮޑުވަޒީރު ތޯރިގް ރަހްމާން އާ ބައްދަލުކުރައްވައިފި

17 ފެބުރުއަރީ 2026
ރައީސް މުއިއްޒު، ބަންގްލަދޭޝްގެ ބޮޑުވަޒީރު ތޯރިގް ރަހްމާން އާ ބައްދަލުކުރައްވައިފި
16 ފެބުރުއަރީ 2026

ރައީސުލްޖުމްހޫރިއްޔާ، ރަސްމީ ދަތުރުފުޅެއްގައި ބަނގްލަދޭޝްއަށް ފުރާވަޑައިގެންފި

16 ފެބުރުއަރީ 2026
ރައީސުލްޖުމްހޫރިއްޔާ، ރަސްމީ ދަތުރުފުޅެއްގައި ބަނގްލަދޭޝްއަށް ފުރާވަޑައިގެންފި
16 ފެބުރުއަރީ 2026

ރައީސް މުޢިއްޒު ބަންގްލަދޭޝް އަށް ވަޑައިގަންނަވަނީ

16 ފެބުރުއަރީ 2026
ރައީސް މުޢިއްޒު ބަންގްލަދޭޝް އަށް ވަޑައިގަންނަވަނީ
13 ޖެނުއަރީ 2026

ބަންގްލަދޭޝް އަށް ދަތުރުކުރާ ދިވެހިން ވިސާ ނަގައިގެން ދަތުރުު ކުރުމަށް އިލްތިމާސް ކޮށްފި

13 ޖެނުއަރީ 2026
ބަންގްލަދޭޝް އަށް ދަތުރުކުރާ ދިވެހިން ވިސާ ނަގައިގެން ދަތުރުު ކުރުމަށް އިލްތިމާސް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް