Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިވެހިރާއްޖެ-ބަންގްލަދޭޝް

ދިވެހިރާއްޖެއާއި ބަންގްލަދޭޝް ދިފާއީ ގުޅުން ވަރުގަދަކުރަނީ

23 ޖުލައި 2026 | ބުރާސްފަތި 17:16

ބަންގްލަދޭޝްގެ ހައިކޮމިޝަނަރު ރާއްޖޭގެ ޑިފެންސް މިނިސްޓަރާ ބައްދަލުކުރައްވައި، އަސްކަރީ ތަމްރީނުތަކާއި ކަނޑުގެ ސަލާމަތް ކަށަވަރުކުރުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކުރައްވައިފި. މި ބައްދަލުވުމުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ކާރިސާތަކުން އަރައިގަތުމުގެ ގާބިލުކަން އިތުރުކުރުމަށް ދެ ގައުމުން އެއްބަސްވި. މީގެ އިތުރުން އިންޑިއާ ކަނޑުގެ ސަލާމަތާއި ހަމަޖެހުމަށްޓަކައި ދިފާއީ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މުހިންމުކަން ދެ ބޭފުޅުން ފާހަގަކުރެއްވި.

ރާއްޖެ އެމްވީ | 23 ޖުލައި 2026 | ބުރާސްފަތި 17:16
ބަންގްލަދޭޝްއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު އެމްޑީ ނަޒްމުލް އިސްލާމް، ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް ޙަސަން ރަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވަނީ

ބަންގްލަދޭޝްއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު އެމްޑީ ނަޒްމުލް އިސްލާމް، ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް ޙަސަން ރަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވަނީ | ޔޫއެންބީ

ދިފާއީ ދާއިރާއިން އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، އަސްކަރީ އެއްބާރުލުން އިތުރުކުރުމުގެ އިތުރުން، މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުމާއި ސްޓްރެޓީޖިކް ޕާޓްނަޝިޕް ވަރުގަދަކުރުމަށް ދިވެހިރާއްޖެއާއި ބަންގްލަދޭޝްއިން މަޝްވަރާ ކޮށްފި އެވެ.

ބުރާސްފަތި ދުވަހު މިކަމަށް އެއްބަސްވެފައިވަނީ، ބަންގްލަދޭޝްއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު އެމްޑީ ނަޒްމުލް އިސްލާމް، ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް ހަސަން ރަޝީދުގެ އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތެއްގަ އެވެ. މި ބައްދަލުވުމާ ގުޅޭގޮތުން ބަންގްލަދޭޝް ހައިކޮމިޝަނުން ވަނީ މައުލޫމާތު ބަންގްލަދޭޝްގެ މީޑިއާތަކާ ހިއްސާކޮށްފަ އެވެ.

މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އަސްކަރީ ތައުލީމާއި ތަމްރީނުތައް ފުޅާކުރުމާއި، ދިފާއީ މުއައްސަސާތަކުގެ މެދުގައި މައުލޫމާތާއި ތަޖުރިބާ ބަދަލުކުރުމާ ގުޅޭގޮތުން ދެ ފަރާތުން މަޝްވަރާކުރިކަމަށް ބަންގްލަދޭޝްގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ. މީގެ އިތުރުން އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކާރިސާތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާއި، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން ގާބިލުކަން އިތުރުކުރުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުންވެސް ދެ ބޭފުޅުން ވާހަކަދެއްކެވި އެވެ.

ހަމައެއާއެކު، އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސުލްހަ މަސަލަސްކަމާއި، ހަމަޖެހުމާއި، ސަލާމަތަށްޓަކައި ކުރިމަގުގައި ދިފާއީ ދާއިރާއިން އޮންނަ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމުގެ އުންމީދު އޮތްކަން ދެ ފަރާތުންވެސް ވަނީ ފާހަގަކުރައްވާފަ އެވެ.

ދިވެހިރާއްޖެ-ބަންގްލަދޭޝްމުހައްމަދު ނަހީދުލް އިސްލާމްޙަސަން ރަޝީދުމިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް

އިތުރަށް ކިޔާލަން

11 ޖުލައި 2026

ބަންގްލަދޭޝް އާއި ރާއްޖެ އިން ކުށްވެރިން ބަދަލުކުރުމަށް އެއްބަސްވަނީ

11 ޖުލައި 2026
ބަންގްލަދޭޝް އާއި ރާއްޖެ އިން ކުށްވެރިން ބަދަލުކުރުމަށް އެއްބަސްވަނީ
10 ޖުލައި 2026

ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވަނީ

10 ޖުލައި 2026
ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވަނީ
01 ޖުލައި 2026

ރާއްޖެ އާއި ސައުދީގެ ޑިފެންސް މިނިސްޓަރުން ބައްދަލުކުރައްވައި ދިފާއީ ގުޅުން ވަރުގަދަކުރަން މަޝްވަރާކުރައްވައިފި

01 ޖުލައި 2026
ރާއްޖެ އާއި ސައުދީގެ ޑިފެންސް މިނިސްޓަރުން ބައްދަލުކުރައްވައި ދިފާއީ ގުޅުން ވަރުގަދަކުރަން މަޝްވަރާކުރައްވައިފި
05 ޖޫން 2026

ބިދޭސީއަކު ރާއްޖޭގައި، އޭނާ ގެ އަނބިމީހާ ބަންދުކޮށް ހަށިވިއްކުމުގެ ވިޔަފާރި ކުރުވުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފި

05 ޖޫން 2026
ބިދޭސީއަކު ރާއްޖޭގައި، އޭނާ ގެ އަނބިމީހާ ބަންދުކޮށް ހަށިވިއްކުމުގެ ވިޔަފާރި ކުރުވުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފި
18 މެއި 2026

ޑިފެންސް މިނިސްޓަރު ކޮބާ؟ ކީއްވެ އިޙުސާން؟

18 މެއި 2026
ޑިފެންސް މިނިސްޓަރު ކޮބާ؟ ކީއްވެ އިޙުސާން؟
15 އެޕްރީލު 2026

ޑިފެންސް މިނިސްޓަރުގެ މަގާމަށް ހަސަން ރަޝީދު އައްޔަންކުރައްވައިފި

15 އެޕްރީލު 2026
ޑިފެންސް މިނިސްޓަރުގެ މަގާމަށް ހަސަން ރަޝީދު އައްޔަންކުރައްވައިފި
17 ފެބުރުއަރީ 2026

ރައީސް މުއިއްޒު، ބަންގްލަދޭޝްގެ ބޮޑުވަޒީރު ތޯރިގް ރަހްމާން އާ ބައްދަލުކުރައްވައިފި

17 ފެބުރުއަރީ 2026
ރައީސް މުއިއްޒު، ބަންގްލަދޭޝްގެ ބޮޑުވަޒީރު ތޯރިގް ރަހްމާން އާ ބައްދަލުކުރައްވައިފި
16 ފެބުރުއަރީ 2026

ރައީސުލްޖުމްހޫރިއްޔާ، ރަސްމީ ދަތުރުފުޅެއްގައި ބަނގްލަދޭޝްއަށް ފުރާވަޑައިގެންފި

16 ފެބުރުއަރީ 2026
ރައީސުލްޖުމްހޫރިއްޔާ، ރަސްމީ ދަތުރުފުޅެއްގައި ބަނގްލަދޭޝްއަށް ފުރާވަޑައިގެންފި
16 ފެބުރުއަރީ 2026

ރައީސް މުޢިއްޒު ބަންގްލަދޭޝް އަށް ވަޑައިގަންނަވަނީ

16 ފެބުރުއަރީ 2026
ރައީސް މުޢިއްޒު ބަންގްލަދޭޝް އަށް ވަޑައިގަންނަވަނީ
13 ޖެނުއަރީ 2026

ބަންގްލަދޭޝް އަށް ދަތުރުކުރާ ދިވެހިން ވިސާ ނަގައިގެން ދަތުރުު ކުރުމަށް އިލްތިމާސް ކޮށްފި

13 ޖެނުއަރީ 2026
ބަންގްލަދޭޝް އަށް ދަތުރުކުރާ ދިވެހިން ވިސާ ނަގައިގެން ދަތުރުު ކުރުމަށް އިލްތިމާސް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް