Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިވެހިރާއްޖެ-ބަންގްލަދޭޝް

ބަންގްލަދޭޝުން ރާއްޖެއަށް އިތުރު މަސައްކަތްތެރިން ގެނައުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެދިއްޖެ

12 އޯގަސްޓު 2026 | ބުދަ 14:03

ބަންގްލަދޭޝްގައި ހުންނަވާ ރާއްޖޭގެ ހައިކޮމިޝަނަރު ޝިއުނީން ރަޝީދު، އެ ގައުމުގެ ބޮޑުވަޒީރުގެ ފޮރިން އެފެއާޒް އެޑްވައިޒަރު ހުމާޔޫން ކަބީރާ ބައްދަލުކުރައްވައި ފަތުރުވެރިކަމާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައިފި. މި ބައްދަލުވުމުގައި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ބަންގްލަދޭޝްގެ ރައްޔިތުންނަށް ރާއްޖެއިން އިތުރު ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ބަންގްލަދޭޝް ސަރުކާރުން ވަނީ އެދިފައި

ރާއްޖެ އެމްވީ | 12 އޯގަސްޓު 2026 | ބުދަ 14:03
ބަންގްލަދޭޝްގައި ހުންނަވާ ދިވެހިރާއްޖޭގެ ހައިކޮމިޝަނަރު ޝިއުނީން ރަޝީދު، އެ ގައުމުގެ ބޮޑުވަޒީރުގެ ފޮރިން އެފެއާޒް އެޑްވައިޒަރު ހުމާޔޫން ކަބީރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވަނީ

ބަންގްލަދޭޝްގައި ހުންނަވާ ދިވެހިރާއްޖޭގެ ހައިކޮމިޝަނަރު ޝިއުނީން ރަޝީދު، އެ ގައުމުގެ ބޮޑުވަޒީރުގެ ފޮރިން އެފެއާޒް އެޑްވައިޒަރު ހުމާޔޫން ކަބީރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވަނީ | މިނިސްޓްރީ އޮފް ފޮރިން އެފެއާޒް/ބަންގްލަދޭޝް

ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންނަށް ވަޒީފާގެ އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ދިވެހި ސަރުކާރުގެ ކިބައިން ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ ފޮރިން އެފެއާޒް އެޑްވައިޒަރު ހުމާޔޫން ކަބީރު އެދިވަޑައިގެންފި އެވެ.

ހުމާޔޫން ކަބީރު މިކަމަށް އެދިވަޑައިގަތީ، ބަންގްލަދޭޝްގައި ހުންނަވާ ދިވެހިރާއްޖޭގެ ހައިކޮމިޝަނަރު ޝިއުނީން ރަޝީދު، ބުދަ ދުވަހު މެންދުރުފަހު ތޭޖްގާއޮންގައި ހުންނަ ބޮޑުވަޒީރުގެ އޮފީހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތެއްގަ އެވެ.

Advertisement - newsAdvertisement

މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ބައިލެޓަރަލް ނުވަތަ ދޭދޭ ގުޅުންތަކާ ބެހޭގޮތުންނާއި، ދެ ގައުމުގެ މަސްލަހަތު ހިމެނޭ އެކި ދާއިރާތަކާ ގުޅޭގޮތުން ދެ ބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށް ބަންގްލަދޭޝްގެ މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

ޚާއްސަގޮތެއްގައި ފަތުރުވެރިކަމާއި، އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާއި، އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް ދެ ބޭފުޅުން އަލިއަޅުއްވާލެއްވި ކަމަށް ވެސް ބުނެފައިވެ އެވެ. އަދި މި ދާއިރާތަކުން ދެ ގައުމަށް ވެސް ފައިދާކުރަނިވި ގޮތެއްގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ދެ ބޭފުޅުން ޚިޔާލު ބަދަލުކުރެއްވި އެވެ.

އިންސާނީ ވަސީލަތްތަކުގެ ދާއިރާއިން ގުޅުން ވަރުގަދަކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ބަންގްލަދޭޝްގެ ރައްޔިތުންނަށް ރާއްޖެއިން އިތުރު ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް ކަބީރު މި ބައްދަލުވުމުގައި އެދިވަޑައިގަތް ކަމަށް ވެސް ރިޕޯޓުކޮށްފައިވެ އެވެ.

ދިވެހިރާއްޖެ-ބަންގްލަދޭޝްހުމާޔޫން ކަބީރުޝިއުނީން ރަޝީދު

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

25 ޖުލައި 2026

ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރައީސް މުއިއްޒު އާ ބައްދަލު ކުރައްވައިފި

25 ޖުލައި 2026
ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރައީސް މުއިއްޒު އާ ބައްދަލު ކުރައްވައިފި
23 ޖުލައި 2026

ދިވެހިރާއްޖެއާއި ބަންގްލަދޭޝް ދިފާއީ ގުޅުން ވަރުގަދަކުރަނީ

23 ޖުލައި 2026
ދިވެހިރާއްޖެއާއި ބަންގްލަދޭޝް ދިފާއީ ގުޅުން ވަރުގަދަކުރަނީ
10 ޖުލައި 2026

ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވަނީ

10 ޖުލައި 2026
ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވަނީ
17 ފެބުރުއަރީ 2026

ރައީސް މުއިއްޒު، ބަންގްލަދޭޝްގެ ބޮޑުވަޒީރު ތޯރިގް ރަހްމާން އާ ބައްދަލުކުރައްވައިފި

17 ފެބުރުއަރީ 2026
ރައީސް މުއިއްޒު، ބަންގްލަދޭޝްގެ ބޮޑުވަޒީރު ތޯރިގް ރަހްމާން އާ ބައްދަލުކުރައްވައިފި
16 ފެބުރުއަރީ 2026

ރައީސުލްޖުމްހޫރިއްޔާ، ރަސްމީ ދަތުރުފުޅެއްގައި ބަނގްލަދޭޝްއަށް ފުރާވަޑައިގެންފި

16 ފެބުރުއަރީ 2026
ރައީސުލްޖުމްހޫރިއްޔާ، ރަސްމީ ދަތުރުފުޅެއްގައި ބަނގްލަދޭޝްއަށް ފުރާވަޑައިގެންފި
16 ފެބުރުއަރީ 2026

ރައީސް މުޢިއްޒު ބަންގްލަދޭޝް އަށް ވަޑައިގަންނަވަނީ

16 ފެބުރުއަރީ 2026
ރައީސް މުޢިއްޒު ބަންގްލަދޭޝް އަށް ވަޑައިގަންނަވަނީ
13 ޖެނުއަރީ 2026

ބަންގްލަދޭޝް އަށް ދަތުރުކުރާ ދިވެހިން ވިސާ ނަގައިގެން ދަތުރުު ކުރުމަށް އިލްތިމާސް ކޮށްފި

13 ޖެނުއަރީ 2026
ބަންގްލަދޭޝް އަށް ދަތުރުކުރާ ދިވެހިން ވިސާ ނަގައިގެން ދަތުރުު ކުރުމަށް އިލްތިމާސް ކޮށްފި
09 އޮކްޓޯބަރު 2025

ރަހީނުކޮށް ބިރުދައްކައި ބަރަހަނާކޮށް ފައިސާ ހޯދުމުގެ ތުހުމަތުގައި ދެ ދިވެހި ޒުވާނުން ހައްޔަރުކޮށްފި

09 އޮކްޓޯބަރު 2025
ރަހީނުކޮށް ބިރުދައްކައި ބަރަހަނާކޮށް ފައިސާ ހޯދުމުގެ ތުހުމަތުގައި ދެ ދިވެހި ޒުވާނުން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް