Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ އަރަބިއްޔާ-ހޫޘީންގެ ކުރިމަތިލުން

ސައުދީ އަރަބިއްޔާގެ ދެ އެއާޕޯޓަކަށް ހޫޘީން ދިން ހަމަލާތަކެއްގައި ތިން މީހުން ޒަޚަމްވެއްޖެ

6 އޮކްޓޯބަރު 2026 | އަންގާރަ 09:15

ސައުދީގެ ޖީޒާން އަދި ނަޖްރާން އެއާޕޯޓަށް އަމާޒުކޮށް ހޫޘީން ދިން ހަމަލާތަކުގައި ތިން މީހަކަށް އަނިޔާވެ، އެ ތަންތަނުގެ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މި ހަމަލާތަކާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާއިރު، މިއީ ސައުދީގެ އިގުތިސާދީ އަދި މަދަނީ މަރުކަޒުތަކަށް އަމާޒުކޮށް ހޫޘީން ދެމުންދާ ސިލްސިލާ ހަމަލާތަކެއް ކަމަށް އެ ގައުމުން ބުނޭ

ނިއުސް ޓީމް
ނިއުސް ޓީމް | 6 އޮކްޓޯބަރު 2026 | އަންގާރަ 09:15
ޔަމަނުގެ ދާޚިލީ ހަނގުރާމަ އަލުން ފެށުނު ފަހުން، ހޫޘީން ދަނީ އަވައްޓެރި ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ހަމަލާތައް ދެމުން

ޔަމަނުގެ ދާޚިލީ ހަނގުރާމަ އަލުން ފެށުނު ފަހުން، ހޫޘީން ދަނީ އަވައްޓެރި ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ހަމަލާތައް ދެމުން | އޭއެފްޕީ

ސައުދީ އަރަބިއްޔާގެ ދެކުނުގައިވާ ދެ އެއަރޕޯޓަކަށް އަމާޒުކޮށް ޔަމަނުގެ ހަތިޔާރުއެޅި ހޫޘީ ޖަމާއަތުން ދިން ހަމަލާތަކެއްގައި ތިން މީހަކަށް އަނިޔާވެ، މާއްދީ ގެއްލުންތަކެއް ލިބިފައިވާ ކަމަށް އަންގާރަ ދުވަހު އެ ގައުމުން ބުނެފި އެވެ.

ޖީޒާންގައި އޮންނަ ކިންގ ޢަބްދުﷲ ބިން ޢަބްދުލްޢަޒީޒް އިންޓަނޭޝަނަލް އެއާޕޯޓާއި ނަޖްރާން އިންޓަނޭޝަނަލް އެއާޕޯޓުގެ ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާތަކެއް ދީފައިވާ ކަމަށް، ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަން (ގާކާ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. އަދި, ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތަކާއި ކަމާބެހޭ ފަރާތްތަކުން ވަގުތުން ފިޔަވަޅުތައް އަޅާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

Advertisement - worldAdvertisement

މި ހަމަލާތަކުގައި ތިން މީހަކަށް ކުދި އަނިޔާތަކެއް ލިބިފައިވާއިރު، ފަރުވާދިނުމަށް ޓަކައި އެ މީހުން ވަނީ ހަސްފަތާލަށް ގެންގޮސްފަ އެވެ. ހަމަމިއާއެކު، އެއާޕޯޓުތަކަށް މާއްދީ ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް ރިޕޯޓުކޮށްފައިވެ އެވެ. ލިބުނު ގެއްލުންތައް ވަޒަންކުރުމަށާއި ފަސިންޖަރުންނާއި މުވައްޒަފުންގެ އިތުރުން ރަސްކަމުގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ނިޒާމުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ސަލާމަތީ އިދާރާތަކާ ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށް އޭވިއޭޝަން އޮތޯރިޓީން ބުނެފައިވެ އެވެ. މި ހަމަލާތައް ދިނީ ކޮން ބައެއްކަން މި ބަޔާނުގައި ހާމަކޮށްފައެއް ނުވެ އެވެ.

ނަމަވެސް، ޔަމަނުގެ ހޫޘީ ޖަމާއަތުން ހޯމަ ދުވަހު ބުނީ، ސައުދީ އަރަބިއްޔާގެ އެކި ކަންކޮޅުތަކަށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ސިލްސިލާ ހަމަލާތަކެއް ދީފައިވާ ކަމަށާއި، އޭގެ ތެރޭގައި ޖީޒާން އަދި ނަޖްރާންގައި ހުރި "ނާޒުކު މަގާމުތަކަށް" ދިން ހަމަލާތައް ހިމެނޭ ކަމަށެވެ. މީގެ އިތުރުން، ވެރިރަށް ރިޔާޟްގައި ހުންނަ ކިންގ ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށާއި، އަބްހާ އެއާޕޯޓަށާއި، ރާބިޣުގައި ހުންނަ އަރަމްކޯ ތެޔޮ ކުންފުނީގެ ތެޔޮ ސާފުކުރާ ކާރުޚާނާއެއްގެ އިތުރުން އަސްކަރީ މަރުކަޒުތަކަށް ހަމަލާދިން ކަމަށް ވެސް އެ ޖަމާއަތުން ވަނީ ދައުވާކޮށްފަ އެވެ.

އެ ގައުމުގެ އެކި ކަންކޮޅުތަކުގައިވާ މަދަނީ އަދި އިގުތިސާދީ ވަސީލަތްތަކަށް އަމާޒުކޮށް ހޫޘީ ޖަމާއަތުން ދިން ހަމަލާތައް ސައުދީ އަރަބިއްޔާ އިން ހޯމަ ދުވަހު ކުށްވެރިކޮށްފައިވާއިރު، އެ ޖަމާއަތުން އަސްކަރީ ކުރިމަތިލުންތައް އިތުރުކުރަން މަސައްކަތްކުރާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. މި ހަމަލާތައް ދީފައި ވަނީ ސައުދީ އަރަބިއްޔާއާއި ހޫޘީ ޖަމާއަތާ ދެމެދު އޮތް ނުތަނަވަސްކަން ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ. މި ގޮތުން، ފާއިތުވި ދުވަސްތަކުގައި އެ ގައުމަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލްތަކާއި ޑްރޯންތައް ވައިގެ ތެރޭގައި ހުއްޓުވާފައިވާ ކަމަށް ސައުދީން އިސްވެ އޮވެ ހިންގާ އަސްކަރީ އިއްތިހާދުން ވަނީ ރިޕޯޓުކޮށްފަ އެވެ.

ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ ޔަމަނުގެ ސަރުކާރަށް ތާއީދުކޮށް، ހޫޘީ ޖަމާއަތާ ދެކޮޅަށް ސައުދީ އަރަބިއްޔާއިން އިސްވެ އޮވެ އަސްކަރީ އިސްތިހާދެއް ހިންގަން ފެށީ 2015 ވަނަ އަހަރުގެ މާރިޗު މަހު އެވެ. 2014 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުން ފެށިގެން ޔަމަނުގެ ވެރިރަށް ޞަންޢާއާއި އެހެނިހެން ބައެއް ސަރަހައްދުތައް އޮތީ ހޫޘީ ޖަމާއަތުގެ ކޮންޓްރޯލްގެ ދަށުގަ އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ޔަމަންސައުދީ-ހޫޘީންސައުދީ އަރަބިއްޔާ-ހޫޘީންސައުދީ އަރަބިއްޔާ

އެންމެ ހިނގާ

1

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ

2

ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!

3

އެމްއޭސީއެލް މުވައްޒަފުންގެ ބޯނަސްއަކީ ކޮންމެހެން ދޭން ޖެހޭ އެއްޗެއް ނޫން، މިއަހަރު ބޯނަސް ދޭން އަދި ނުނިންމާ: އެމްއޭސީއެލް

4

މުއިއްޒުގެ ހެޔޮފުޅުކަން ދައްކަން އަނެއްކާވެސް އުނބަށް

5

ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުުރުމުގެ ތެރޭގައި "ޕްރްކެޓިކަލް އަދަދަކަށް" މުވައްޒަފުން ނެގުމަށްފަހު ބާކީ ތިބި މުވައްޒަފުން ވަކިކުުރުމަށް ރައީސް އޮފީހުން އަންގައިފި

އިތުރަށް ކިޔާލަން

06 އޮކްޓޯބަރު 2026

ގަތަރުގެ އަމީރު ވެސް ވިދާޅުވީ ޔަމަނުގެ ސަރުކާރަށް ތާއީދުކުރުގައި ދެމިހުންނަވާނެ ކަމަށް!

06 އޮކްޓޯބަރު 2026
ގަތަރުގެ އަމީރު ވެސް ވިދާޅުވީ ޔަމަނުގެ ސަރުކާރަށް ތާއީދުކުރުގައި ދެމިހުންނަވާނެ ކަމަށް!
05 އޮކްޓޯބަރު 2026

އިސްރާއީލަށް އެމެރިކާ ސިފައިން ޖަމާކުރަނީ ކީއްވެ؟ އަނެއްކާ ވެސް އީރާނަށް ހަމަލާދޭން ތައްޔާރުވަނީތަ؟

05 އޮކްޓޯބަރު 2026
އިސްރާއީލަށް އެމެރިކާ ސިފައިން ޖަމާކުރަނީ ކީއްވެ؟ އަނެއްކާ ވެސް އީރާނަށް ހަމަލާދޭން ތައްޔާރުވަނީތަ؟
05 އޮކްޓޯބަރު 2026

ހޫޘީން ބަލިކުރެވެންދެން ޔަމަނުގެ ސަރުކާރަށް ތާއީދުކުރުމުގައި ދެމިއޮންނާނަން: ސައުދީ އަސްކަރީ އިއްތިހާދު

05 އޮކްޓޯބަރު 2026
ހޫޘީން ބަލިކުރެވެންދެން ޔަމަނުގެ ސަރުކާރަށް ތާއީދުކުރުމުގައި ދެމިއޮންނާނަން: ސައުދީ އަސްކަރީ އިއްތިހާދު
04 އޮކްޓޯބަރު 2026

އަރަމްކޯގެ ތެޔޮ ކާރުޚާނާއަކަށް ހަމަލާދީފައިވާނެ ކަމަށް ހޫޘީން ބުނެފި، ނަމަވެސް ސައުދީ އަރަބިއްޔާއިން އެ ކަން ދޮގުކުރޭ

04 އޮކްޓޯބަރު 2026
އަރަމްކޯގެ ތެޔޮ ކާރުޚާނާއަކަށް ހަމަލާދީފައިވާނެ ކަމަށް ހޫޘީން ބުނެފި، ނަމަވެސް ސައުދީ އަރަބިއްޔާއިން އެ ކަން ދޮގުކުރޭ
03 އޮކްޓޯބަރު 2026

ޔަމަނުގެ އަހުލީހަނގުރާމައާއެކު ބަނޑުހައިހޫނުކަމުގެ ކާރިސާއެއް: ކޮންމެ 4 އާއިލާއަކުން 3 އާއިލާއަކަށް ކާބޯތަކެތީގެ ދަތިކަން

03 އޮކްޓޯބަރު 2026
ޔަމަނުގެ އަހުލީހަނގުރާމައާއެކު ބަނޑުހައިހޫނުކަމުގެ ކާރިސާއެއް: ކޮންމެ 4 އާއިލާއަކުން 3 އާއިލާއަކަށް ކާބޯތަކެތީގެ ދަތިކަން
03 އޮކްޓޯބަރު 2026

ޔަމަނުގެ ހޫޘީންނާ މަޝްވަރާކުރަން އީރާނުން 'މައްކާ ދިފާއީ އިއްތިހާދަށް' ހުށަހަޅައިފި

03 އޮކްޓޯބަރު 2026
ޔަމަނުގެ ހޫޘީންނާ މަޝްވަރާކުރަން އީރާނުން 'މައްކާ ދިފާއީ އިއްތިހާދަށް' ހުށަހަޅައިފި
02 އޮކްޓޯބަރު 2026

ތިން ފަހަރެއްގެ މަތިން މައްކާއާއި މަދީނާއަށް ހަމަލާދޭން ހޫޘީން މަސައްކަތްކުރި ކަމުގެ ތުހުމަތު

02 އޮކްޓޯބަރު 2026
ތިން ފަހަރެއްގެ މަތިން މައްކާއާއި މަދީނާއަށް ހަމަލާދޭން ހޫޘީން މަސައްކަތްކުރި ކަމުގެ ތުހުމަތު
02 އޮކްޓޯބަރު 2026

ސައުދީ ފައުޖުތަކުން ޔަމަނުގެ ވެރިރަށާއި ހޫޘީންގެ މަގާމުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި

02 އޮކްޓޯބަރު 2026
ސައުދީ ފައުޖުތަކުން ޔަމަނުގެ ވެރިރަށާއި ހޫޘީންގެ މަގާމުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި
01 އޮކްޓޯބަރު 2026

'މައްކާ ދިފާއީ އިއްތިހާދު' ގެ މަގުސަދަކީ ސަރަހައްދީ ހަމަޖެހުން ގާއިމުކުރުން: ސައުދީ ވަލީއަހުދު

01 އޮކްޓޯބަރު 2026
'މައްކާ ދިފާއީ އިއްތިހާދު' ގެ މަގުސަދަކީ ސަރަހައްދީ ހަމަޖެހުން ގާއިމުކުރުން: ސައުދީ ވަލީއަހުދު
30 ސެޕްޓެމްބަރު 2026

24 ގަޑިއިރު ތެރޭގައި ޔަމަނުގެ އަސްކަރިއްޔާއިން ހޫޘީންގެ އަމާޒުތަކަށް 414 ވަރުގަދަ ހަމަލާއެއް

30 ސެޕްޓެމްބަރު 2026
24 ގަޑިއިރު ތެރޭގައި ޔަމަނުގެ އަސްކަރިއްޔާއިން ހޫޘީންގެ އަމާޒުތަކަށް 414 ވަރުގަދަ ހަމަލާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް