Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔަމަނުގެ އަހުލީހަނގުރާމަ

ހޫޘީން ބަލިކުރެވެންދެން ޔަމަނުގެ ސަރުކާރަށް ތާއީދުކުރުމުގައި ދެމިއޮންނާނަން: ސައުދީ އަސްކަރީ އިއްތިހާދު

5 އޮކްޓޯބަރު 2026 | ހޯމަ 07:49

ހޫޘީންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތައް މިނިވަންކުރުމަށް ޔަމަނުގެ އަސްކަރިއްޔާއިން "މިނިވަންކަމުގެ ހަނގުރާމަ" ފެށުމާއެކު، ސައުދީ އިސްވެ އޮންނަ އިއްތިހާދުން އެ ގައުމަށް ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފި. މި ހަނގުރާމައިގައި ހޫޘީންގެ ނުރައްކާ ނިމުމަކަށް ގެނެސް، ކަނޑުދަތުރުފަތުރުގެ ސަލާމަތާއި ދައުލަތުގެ މުއައްސަސާތައް އިއާދަކުރުމަށް ކުރާ މަސައްކަތުގައި ސައުދީން ސާބިތުކަމާއެކު ދެމިއޮންނާނެކަން އެ އިއްތިހާދުން ވަނީ ހާމަކޮށްފައި

ނިއުސް ޓީމް
ނިއުސް ޓީމް | 5 އޮކްޓޯބަރު 2026 | ހޯމަ 07:49
ޔަމަނުގެ ސަރުކާރު ސިފައިން އެއްގަމު އުޅަނދެއްގައި ފަރުބަދަމަތީ ސަރަހައްދެއްގައި ހަރަކާތްތެރި ވަނީ

ޔަމަނުގެ ސަރުކާރު ސިފައިން އެއްގަމު އުޅަނދެއްގައި ފަރުބަދަމަތީ ސަރަހައްދެއްގައި ހަރަކާތްތެރި ވަނީ | އަނަދޮލު އޭޖެންސީ

ޔަމަނުގެ ދައުލަތުގެ މުއައްސަސާތައް އަލުން އިއާދަކޮށް، ހަތިޔާރުއެޅި ހޫޘީ ޖަމާއަތުން އަތްގަދަކޮށްފައިވާ ބިންތައް މިނިވަންކޮށްދިނުމަށް ޔަމަނުގެ ސަރުކާރާއި އަސްކަރިއްޔާއިން ކުރަމުންދާ މަސައްކަތްތަކަށް، ސައުދީ އަރަބިއްޔާ އިސްވެ އޮންނަ އަސްކަރީ އިއްތިހާދުން ދެމުންގެންދާ އެހީތެރިކަން މެދުކެނޑުމެއްނެތި ކުރިއަށް ގެންދާނެ ކަން އެ އިއްތިހާދުން ޔަގީންކޮށްދީފި އެވެ.

އެ އިއްތިހާދުގެ ތަރުޖަމާނު ތުރުކީ އަލް-މާލިކީ ވިދާޅުވީ، ހޫޘީން ޔަމަނުގެ ރައްޔިތުންނަށް ދެމުންގެންދާ ހަމަލާތަކަކީ "އެތައް އަހަރެއް ވަންދެން ޔަމަނުގެ ރައްޔިތުންނަށް މުސީބާތާއި ވޭން ގެނުވި، ކަނޑައެޅިގެންވާ ހައްގުތަކަށް އަރައިގަތުމުގެ" އަމަލުތަކެއް ކަމަށެވެ.

Advertisement - worldAdvertisement

މި ގޮތުން، އެ ޖަމާއަތުން އެތެރޭގެ ހިސާރުތައް ގާއިމުކޮށް، ގަދަކަމުން ރައްޔިތުންގެ ގެދޮރުން ނެރެ، ވަސީލަތްތައް ފޭރި، އެ ތަކެތި "ހަނގުރާމައިގެ މަސައްކަތްތަކަށް" ބޭނުންކުރަމުންދާ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ. މީގެ އިތުރުން ކުޑަކުދިން ހަނގުރާމައަށް ނެރެ، ޔަމަނުގެ "އިޖުތިމާއީ ފޭރާން" ހަލާކުކުރަމުންދާ ކަމަށް ވެސް މާލިކީ ތުހުމަތުކުރެއްވި އެވެ.

މައްކާއާއި މަދީނާއަށް އަމާޒުކޮށްގެން ދިން ހަމަލާތައް ހިމެނޭގޮތަށް، ހޫޘީން ސައުދީ އަރަބިއްޔާއަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން އެ ޖަމާއަތް ހުއްޓުވުމަށް މެދުކެނޑުމެއްނެތި ފިޔަވަޅުތައް އަޅަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ރިޔާޟު، އަބްހާ، ޚަމީސް މުޝައިތު، ޖީޒާން، ނަޖްރާން، ތާއިފް އަދި ޔަންބުޢުއަށް ދީފައިވާ ހަމަލާތަކުގެ ވާހަކަ ވެސް މާލިކީ ފާހަގަކުރެއްވި އެވެ.

ދެކުނު ރަތް ކަނޑާއި ބާބް އަލް-މަންދަބް ކަނޑުއޮޅިން ދަތުރުކުރާ ސައުދީގެ އުޅަނދުތަކަށް އަމާޒުކޮށް ހިންގާފައިވާ އަމަލުތަކަށް އަލިއަޅުވާލައްވަމުން، އެއީ "ސަރަހައްދީ އަދި ބައިނަލްއަގުވާމީ ސަލާމަތާއި، ދަތުރުފަތުރުގެ މިނިވަންކަމާއި އަދި ބައިނަލްއަގުވާމީ ވިޔަފާރިއަށް އޮތް ނުރައްކަލެއް" ކަމުގައި އޭނާ ސިފަކުރެއްވި އެވެ.

ސައުދީ އަރަބިއްޔާގެ ސިޔާދަތު ދިފާއުކޮށް، ރައްކާތެރިކަން ކަށަވަރުކޮށް، ހޫޘީން ހުއްޓުވައި އެ ޖަމާއަތުގެ އަސްކަރީ ހަރަކާތްތަކަށް ނިމުމެއް ގެނައުމަށް އަމަލީ ފިޔަވަޅުތައް އެޅުމަކީ ސައުދީގެ "އުފެދުމުގައިވާ ހައްގެއް" ކަމަށް ވެސް މާލިކީ ވިދާޅުވި އެވެ.

ދައުލަތުގެ މުއައްސަސާތައް އަލުން އިއާދަކުރެވެންދެން ސައުދީ އަރަބިއްޔާއާއި އަސްކަރީ އިއްތިހާދުން ޔަމަނާއެކު ސާބިތުވެ ތިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި، ދެކުނު ރަތް ކަނޑާއި ބާބް އަލް-މަންދަބްގައި ކަނޑު ދަތުރުފަތުރަށް ހޫޘީންގެ ފަރާތުން އޮތް ނުރައްކާ ނިމުމަކަށް އަންނަންދެން އިއްތިހާދުގެ އެހީތެރިކަން ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އާދީއްތަ ދުވަހުގެ ކުރީކޮޅު، ޔަމަނުގެ ޕްރެސިޑެންޝަލް ލީޑަޝިޕް ކައުންސިލްގެ ޗެއާމަން ރަޝާދު އަލް-ޢަލީމީ ވަނީ، ހޫޘީންގެ ބާރުގެ ދަށުގައި އޮތް ސަރަހައްދުތައް މިނިވަންކުރުމަށް އެ ޖަމާއަތާ ދެކޮޅަށް ފުޅާ އަސްކަރީ އޮޕަރޭޝަންތަކެއް ފެށުމަށް ނިންމާފައިވާ ކަން އިއުލާނުކުރައްވާފަ އެވެ. ދައުލަތުގެ މުއައްސަސާތައް އަލުން އިއާދަކޮށް، ހޫޘީންގެ ބާރުވެރިކަން ނިމުމަކަށް ގެނައުމަށް ޓަކައި "މިނިވަންކަމުގެ ހަނގުރާމަ" ގެ ނަމުގައި ހަރަކާތްތަކެއް ފެށިކަން ޔަމަނުގެ އަސްކަރިއްޔާއިން ވެސް ވަނީ އިއުލާނުކޮށްފަ އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ޔަމަންހޫޡީއެމެރިކާ-ސައުދީ އަރަބިއްޔާތުރްކީ އަލް-މާލިކީރަޝާދު އަލް-އަލީމީބާބުލް މަންދަބު

އެންމެ ހިނގާ

1

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

2

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

3

"ވައިޓް ހައުސް ހީވަނީ ޞައްދާމް ހުސައިން ހުޅުއްވި ޗީޒްކޭކް ފެކްޓަރީއެއް ހެން": އޮބާމާގެ ފާޑުކިޔުން ޓްރަމްޕަށް!

4

ޕާކިސްތާނާއި ރާއްޖެއާ ދެމެދު ގާއިމުކުރި އެއްބަސްވުންތައް ވަރަށް ގާތުން ބަލައި، އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެކަމަށް އިންޑިއާއިން ބުނެފި

5

އެއް މައްސަލައެއްގައި އަހަރެއް ފަހުން ކުށް ސާބިތުވިއިރު، އެކިއެކި ބަހަނާތަކުގައި ހުކުމްކުރުން ލަސްވަނީ، މިއީތޯ ގާއިމުކުރުމަށް ވައުދުވީ އިންސާފު؟

އިތުރަށް ކިޔާލަން

04 އޮކްޓޯބަރު 2026

އަރަމްކޯގެ ތެޔޮ ކާރުޚާނާއަކަށް ހަމަލާދީފައިވާނެ ކަމަށް ހޫޘީން ބުނެފި، ނަމަވެސް ސައުދީ އަރަބިއްޔާއިން އެ ކަން ދޮގުކުރޭ

04 އޮކްޓޯބަރު 2026
އަރަމްކޯގެ ތެޔޮ ކާރުޚާނާއަކަށް ހަމަލާދީފައިވާނެ ކަމަށް ހޫޘީން ބުނެފި، ނަމަވެސް ސައުދީ އަރަބިއްޔާއިން އެ ކަން ދޮގުކުރޭ
03 އޮކްޓޯބަރު 2026

ޔަމަނުގެ އަހުލީހަނގުރާމައާއެކު ބަނޑުހައިހޫނުކަމުގެ ކާރިސާއެއް: ކޮންމެ 4 އާއިލާއަކުން 3 އާއިލާއަކަށް ކާބޯތަކެތީގެ ދަތިކަން

03 އޮކްޓޯބަރު 2026
ޔަމަނުގެ އަހުލީހަނގުރާމައާއެކު ބަނޑުހައިހޫނުކަމުގެ ކާރިސާއެއް: ކޮންމެ 4 އާއިލާއަކުން 3 އާއިލާއަކަށް ކާބޯތަކެތީގެ ދަތިކަން
03 އޮކްޓޯބަރު 2026

ޔަމަނުގެ ހޫޘީންނާ މަޝްވަރާކުރަން އީރާނުން 'މައްކާ ދިފާއީ އިއްތިހާދަށް' ހުށަހަޅައިފި

03 އޮކްޓޯބަރު 2026
ޔަމަނުގެ ހޫޘީންނާ މަޝްވަރާކުރަން އީރާނުން 'މައްކާ ދިފާއީ އިއްތިހާދަށް' ހުށަހަޅައިފި
03 އޮކްޓޯބަރު 2026

ސައުދީ އަރަބިއްޔާގެ ސްކޫލަކަށް ހޫޘީންގެ ހަމަލާއެއް، ޔަމަނު ސިފައިން ހޫޘީންނާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަންތަކެއް

03 އޮކްޓޯބަރު 2026
ސައުދީ އަރަބިއްޔާގެ ސްކޫލަކަށް ހޫޘީންގެ ހަމަލާއެއް، ޔަމަނު ސިފައިން ހޫޘީންނާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަންތަކެއް
02 އޮކްޓޯބަރު 2026

ތިން ފަހަރެއްގެ މަތިން މައްކާއާއި މަދީނާއަށް ހަމަލާދޭން ހޫޘީން މަސައްކަތްކުރި ކަމުގެ ތުހުމަތު

02 އޮކްޓޯބަރު 2026
ތިން ފަހަރެއްގެ މަތިން މައްކާއާއި މަދީނާއަށް ހަމަލާދޭން ހޫޘީން މަސައްކަތްކުރި ކަމުގެ ތުހުމަތު
02 އޮކްޓޯބަރު 2026

ސައުދީ ފައުޖުތަކުން ޔަމަނުގެ ވެރިރަށާއި ހޫޘީންގެ މަގާމުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި

02 އޮކްޓޯބަރު 2026
ސައުދީ ފައުޖުތަކުން ޔަމަނުގެ ވެރިރަށާއި ހޫޘީންގެ މަގާމުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި
01 އޮކްޓޯބަރު 2026

ފްލައިދުބާއީއިން އިސްރާއީލަށް ކުރާ ދަތުރުތައް މެދުކަނޑާލައިފި

01 އޮކްޓޯބަރު 2026
ފްލައިދުބާއީއިން އިސްރާއީލަށް ކުރާ ދަތުރުތައް މެދުކަނޑާލައިފި
01 އޮކްޓޯބަރު 2026

'މައްކާ ދިފާއީ އިއްތިހާދު' ގެ މަގުސަދަކީ ސަރަހައްދީ ހަމަޖެހުން ގާއިމުކުރުން: ސައުދީ ވަލީއަހުދު

01 އޮކްޓޯބަރު 2026
'މައްކާ ދިފާއީ އިއްތިހާދު' ގެ މަގުސަދަކީ ސަރަހައްދީ ހަމަޖެހުން ގާއިމުކުރުން: ސައުދީ ވަލީއަހުދު
01 އޮކްޓޯބަރު 2026

ހަމަނުޖެހުމަކާ ގުޅިގެން ކުއްލި ހާލަތުގައި ފްލައިދުބާއީގެ ބޯޓެއް ސައޫދީ އަރަބިއްޔާއަށް ޖެއްސި ހާދިސާ ތަހުގީގުކުރަނީ

01 އޮކްޓޯބަރު 2026
ހަމަނުޖެހުމަކާ ގުޅިގެން ކުއްލި ހާލަތުގައި ފްލައިދުބާއީގެ ބޯޓެއް ސައޫދީ އަރަބިއްޔާއަށް ޖެއްސި ހާދިސާ ތަހުގީގުކުރަނީ
30 ސެޕްޓެމްބަރު 2026

ދެ ޕައިލެޓުންގެ މެދުގައި ހަމަނުޖެހުމެއް ހިނގުމުން އިސްރާއީލަށް ދަތުރުކުރި ފުލައިދުބާއީގެ ފްލައިޓެއް ޑައިވާޓުކޮށްފި

30 ސެޕްޓެމްބަރު 2026
ދެ ޕައިލެޓުންގެ މެދުގައި ހަމަނުޖެހުމެއް ހިނގުމުން އިސްރާއީލަށް ދަތުރުކުރި ފުލައިދުބާއީގެ ފްލައިޓެއް ޑައިވާޓުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް