Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުއިއްޒު ސަރުކާރު

ރައްޔިތުންނަށް އިހުތިރާމް އަދާކުރުމުގެ ގޮތުން މިސަރުކާރުން އެންމެ ފުރަތަމަ ދޮގު ހެދުމާއި ރައްޔިތުންގެ ފައިސާ އިސްރާފުކުރުން ހުއްޓާލަން ޖެހޭ: މޭޔަރު އާޒިމް

21 ސެޕްޓެމްބަރު 2026 | ހޯމަ 09:53

ދައުލަތުގެ ފައިސާ އިސްރާފުކުރުން ހުއްޓާލައި، ރައްޔިތުންނަށް ތެދުބަހުން މުއާމަލާތްކުރުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ސަރުކާރަށް ވަނީ ގޮވާލައްވާފައި. ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާއިރު، ކައުންސިލްތަކުގެ ބަޖެޓު ކުޑަކުރާތީ އާޒިމް ކަންބޮޑުވުން ވެސް ފާޅުކުރެއްވި. އަދި ޓެކްސް ފައިސާ ޚަރަދުކުރަންވާނީ ސިޔާސީ ވަޒީފާތަކަށް ނޫން ކަމަށާއި، އޭގެ ފައިދާ ސީދާ ރައްޔިތުންނަށް ލިބެންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު | 21 ސެޕްޓެމްބަރު 2026 | ހޯމަ 09:53
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މާލެސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މާލެސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވާހަކަ ދައްކަވަނީ | ރާއްޖެ އެމްވީ

ރައްޔިތުންނަށް އިހުތިރާމް އަދާކުރުމަކީ އެންމެ ފުރަތަމަ ކަމަކަށް ދޮގު ނުހެދުން ކަމަށާއި، މިސަރުކާރުން ރައްޔިތުންނަށް ދޮގު ހެދުން ހުއްޓާލަން ޖެހޭ ކަމަށް މާލެސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މޭޔަރު އާޒިމް ވިދާޅުވީ، "އިހުތިރާމު ލިބޭނީ އިހުތިރާމު ދީގެން،" ކަމަށާއި، ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ރައްޔިތުންނަށް ތަކުރާރުކޮށް ދޮގުހައްދަވަމުން ކަމަށެވެ. އަދި ވިދާޅުވީ މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަފާތު އެކި ޕްރޮގްރާމްތަކާއި ނަސޭހަތުގެ ބަސްތައް ދައްކުވައިދޭ ބޯޑު ބެހެއްޓުމުގެ ނަމުގައި ބޭކާރު ޚަރަދުތައް ކުރުމުގެ ބަދަލުގައި، ސަރުކާރުން ރައްޔިތުންނަށް އިހުތިރާމްކޮށް ދޮގުހެދުން ހުއްޓާލަންޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން މޭޔަރު އާޒިމް ވިދާޅުވީ، ރައްޔިތުން ނިކަމެތި ހާލުގައި ތިއްބާ ދައުލަތުގެ ފައިސާ އަމިއްލަ އެއްޗެއްގެ ގޮތުގައި ބަލައިގެން އިސްރާފުކުރުން ހުއްޓާލަންޖެހޭ ކަމަށެވެ. 

ރަށްރަށުގެ ތަރައްޤީގެ މަޝްރޫއުތަކަށް އަލިއަޅުއްވާލައްވައި މޭޔަރު އާޒިމް ވިދާޅުވީ، އއ. ތޮއްޑޫގެ މަގުހެދުމުގެ މަސައްކަތް ހަވާލުކުރިތާ ތިން އަހަރު ވެގެންދިޔައިރު އަދިވެސް ގާބުރިއެއްހާ މިންވަރު ވެސް ނުބޭއްވޭ ކަމަށެވެ. އަދި މަސައްކަތް ފަށަނީއޭ ބުނެ ތަކުރާރުކޮށް ދޮގުހެދުމަކީ ރައްޔިތުންނަށް ކުރާ ކުޑައިމީސްކަމެއް ކަމަށް މޭޔަރު އާޒިމް ސިފަކުރެއްވި އެވެ.

މީގެއިތުރުން، އެއްވެސް ޒިންމާއެއް ނެތް ގޮތަށް ރަށްރަށުގައި ވަޒީފާތައް ދީގެން ރައްޔިތުންގެ ފައިސާ ބަހަމުންދާ ކަމަށް މޭޔަރު ވިދާޅުވި އެވެ. ނަމަވެސް ރައްޔިތުން ދައްކާ ޓެކްސް ފައިސާ ޚަރަދުކުރަންވާނީ ރައްޔިތުންނަށް އޭގެ ފައިދާއާއި އުފާވެރިކަން ލިބޭނެ ގޮތަށް ކަމަށް މޭޔަރު އާޒިމް ވިދާޅުވި އެވެ.

ރައްޔިތުންގެ ޓެކްސް ފައިސާ އެއްވެސް އިހުތިރާމެއް ނެތި ތަޅާ ބުރުވައި އިސްރާފުކުރަމުންދާ މަންޒަރު ފެނިގެން މި ދަނީ. މިއީ އަޅުގަނޑު ހިތާމަކުރަންޖެހޭ ކަންތައްތައް. މިއީ އަޅުގަނޑުމެންނަށް އެއްގޮތަށް ގަބޫލުކުރެވޭ ކަންތައްތަކެއް ނޫން. ރައްޔިތުންގެ ކޮންމެ ފައިސާ ފޮއްޗެއް ޚަރަދުކުރަންޖެހޭނީ ރައްޔިތުންނަށް އޭގެން ފައިދާއެއް ވާނެ ގޮތަކަށް ރައްޔިތުންނަށް އޭގެ އުފަލެއް ލިބޭ ގޮތަށް. އެހެންނަމަވެސް، މިއަދު ފެނިގެން މި ދަނީ އެ މަންޒަރެއް ނޫން
އާދަމް އާޒިމް

ނަމަވެސް، މިއަދު ރައްޔިތުންނަށް ސީދާ ޚިދުމަތް ލިބެމުންދާ ބަޖެޓުގެ 5 އިންސައްތަ ލިބޭ ކައުންސިލުތަކުގެ ބަޖެޓު ވެސް ކަނޑާލަން މަސައްކަތްކުރަމުންދާ ކަމަށާއި، ސަރުކާރުގެ އަތުގައި އޮތް 95 އިންސައްތައިން ރައްޔިތުންނަށް އެދެވޭ ޚިދުމަތެއް ކޮށްނުދެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

އާދަމް އާޒިމްމާލޭ ސިޓީ ކައުންސިލް

އެންމެ ހިނގާ

1

ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެ ސަރުކާރުން އެންމެ ފަހުން އަމިއްލަ ފަރާތަކުން އެތައް ލައްކަ ޑޮލަރެއް ދަރަންޏަށް ނަގައިފި

2

ޑިޖިޓަލް ވޯޓިން ނިޒާމުގެ ޑެމޯ އެއް: ޕީއެންސީ ކޮންގްރެސްގެ ވޯޓު އޮޅުވާލައިފި!

3

އިއްޔެ ސިއްރުކުރި ހަގީގަތްތައް މިއަދު އަމިއްލަ ދުލުން ބޭރުވަނީ، އޭރު އެ ވާހަކަތައް ނުދެއްކީ ކީއްވެ؟

4

އެމްޑީޕީ މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން މީހުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ވާހަކަދައްކާތީ: ދޮންބިލެތް

5

ރަޝިޔާގެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ކުރީގައި އުޅެނީ 'ޔުނައިޓެޑް ރަޝިޔާ'

އިތުރަށް ކިޔާލަން

21 ސެޕްޓެމްބަރު 2026

ހާބަރު ފުޑްކޯޓުތައް ހުސްކުރަން އެސްޓީއޯ އިން އެންގުމުން، ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކޮށް މޭޔަރަށް ޕެޓިޝަނެއް!

21 ސެޕްޓެމްބަރު 2026
ހާބަރު ފުޑްކޯޓުތައް ހުސްކުރަން އެސްޓީއޯ އިން އެންގުމުން، ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކޮށް މޭޔަރަށް ޕެޓިޝަނެއް!
20 ސެޕްޓެމްބަރު 2026

މާލެސިޓީގައި ދިރިއުޅޭ ރައްޔިތުން ސާފުތާހިރުކޮށް އުޅޭނަމަ، ކައުންސިލަށް އަހަރަކު 40 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ: މޭޔަރު އާޒިމް

20 ސެޕްޓެމްބަރު 2026
މާލެސިޓީގައި ދިރިއުޅޭ ރައްޔިތުން ސާފުތާހިރުކޮށް އުޅޭނަމަ، ކައުންސިލަށް އަހަރަކު 40 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ: މޭޔަރު އާޒިމް
17 ސެޕްޓެމްބަރު 2026

ބަޖެޓުގެ 5 އިންސައްތަ ލިބޭ ކައުންސިލުތަކަށް ކުރެވޭ ވަރުވެސް ސަރުކާރަށް ނުކޮށްދެވޭ: އާޒިމް

17 ސެޕްޓެމްބަރު 2026
ބަޖެޓުގެ 5 އިންސައްތަ ލިބޭ ކައުންސިލުތަކަށް ކުރެވޭ ވަރުވެސް ސަރުކާރަށް ނުކޮށްދެވޭ: އާޒިމް
15 ސެޕްޓެމްބަރު 2026

ގަވާއިދާ ޚިލާފަށް ވިލިމާލޭ ފަޅުގައި އަޅާފައި އޮތް 11 އުޅަނދަކަށް ސިޓީ ކައުންސިލުން ފިޔަވަޅު އަޅައި ޖޫރިމަނާކޮށްފި

15 ސެޕްޓެމްބަރު 2026
ގަވާއިދާ ޚިލާފަށް ވިލިމާލޭ ފަޅުގައި އަޅާފައި އޮތް 11 އުޅަނދަކަށް ސިޓީ ކައުންސިލުން ފިޔަވަޅު އަޅައި ޖޫރިމަނާކޮށްފި
14 ސެޕްޓެމްބަރު 2026

ބްރިޖުގެ ތަނބަށް ބޯޓު އުރުނު ހާދިސާ ތަހުގީގުކޮށް، ފަރަށާއި ބްރިޖަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން މާލެ ސިޓީ ކައުންސިލުން ގޮވާލައިފި

14 ސެޕްޓެމްބަރު 2026
ބްރިޖުގެ ތަނބަށް ބޯޓު އުރުނު ހާދިސާ ތަހުގީގުކޮށް، ފަރަށާއި ބްރިޖަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން މާލެ ސިޓީ ކައުންސިލުން ގޮވާލައިފި
09 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

09 ސެޕްޓެމްބަރު 2026
ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި
08 ސެޕްޓެމްބަރު 2026

ކައުންސިލުން ބާ ޖަމާލުއްދީނުގައި ކުރާ މަސައްކަތްތައް ހުއްޓާލަން އެންގީ ރައްޔިތުންނަށް ފަސޭހައެއް ވާން ސަރުކާރުން ބޭނުން ނުވާތީ: މޭޔަރު އާޒިމް

08 ސެޕްޓެމްބަރު 2026
ކައުންސިލުން ބާ ޖަމާލުއްދީނުގައި ކުރާ މަސައްކަތްތައް ހުއްޓާލަން އެންގީ ރައްޔިތުންނަށް ފަސޭހައެއް ވާން ސަރުކާރުން ބޭނުން ނުވާތީ: މޭޔަރު އާޒިމް
03 ސެޕްޓެމްބަރު 2026

ވެހިކަލް ފީގެ ގޮތުގައި ކައުންސިލަށް ލިބެމުން ދިޔަ އާމްދަނީ ކަނޑާލުމަކީ މާލެ ސިޓީގެ ލާމަރުކަޒީ ހިންގުމަށް އެޅުނު ވަރަށް ބޮޑު ހުރަހެެއް: މޭޔަރު އާޒިމް

03 ސެޕްޓެމްބަރު 2026
ވެހިކަލް ފީގެ ގޮތުގައި ކައުންސިލަށް ލިބެމުން ދިޔަ އާމްދަނީ ކަނޑާލުމަކީ މާލެ ސިޓީގެ ލާމަރުކަޒީ ހިންގުމަށް އެޅުނު ވަރަށް ބޮޑު ހުރަހެެއް: މޭޔަރު އާޒިމް
01 ސެޕްޓެމްބަރު 2026

ބުޅާތަކަށް ޚާއްސަ ރަށެއް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި

01 ސެޕްޓެމްބަރު 2026
ބުޅާތަކަށް ޚާއްސަ ރަށެއް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި
21 އޯގަސްޓު 2026

ވިލިމާލޭގައި ސަތަރި އަޅައިގެން ނުތާހިރުކޮށް މަސް ހިއްކި މައްސަލައެއް

21 އޯގަސްޓު 2026
ވިލިމާލޭގައި ސަތަރި އަޅައިގެން ނުތާހިރުކޮށް މަސް ހިއްކި މައްސަލައެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް