Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

އީރާނުގެ ހަމަލާތަކުގައި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް!

16 ސެޕްޓެމްބަރު 2026 | ބުދަ 08:35

މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ދިން ހަމަލާތަކުގައި ލިބުނު ބޮޑެތި ގެއްލުންތައް ހާމަވާ ފޮޓޯތަކެއް އާންމުވެފައިވާއިރު، މި ހަމަލާތަކުގައި 60 އަށްވުރެ ގިނަ މަތިންދާބޯޓަށާއި އިމާރާތްތަކަށް ގެއްލުންވެ 3.7 ބިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާ ކަމަށް ރިޕޯޓުތައް ބުނޭ. މި ހަމަލާތަކުން ދިފާއުވުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ ކަމަށް އެ ސަރަހައްދުގައި ތިބި ސިފައިން ބުނަމުންދާއިރު، ޕެންޓަގަނުން މިކަމާ ގުޅޭގޮތުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވޭ

ނިއުސް ޓީމް
ނިއުސް ޓީމް | 16 ސެޕްޓެމްބަރު 2026 | ބުދަ 08:35

އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ ޑްރޯންތަކާއި މިސައިލްތައް ރައްކާކޮށްފައި ހުރި ބިންގަަރާހެއް ކަމަށް ބުނާ ވީޑިއޯއަކާއި، ގަލްފުގެ އަރަބި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް މިސައިލް ހަމަލާތަކެއް އަރާ ކަމަށް ބުނާ މަންޒަރު ފެންނަ ވީޑިއޯއެއް | އެކްސް

އީރާނުން ދިން މިސައިލް އަދި ޑްރޯން ހަމަލާތަކުގައި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ހާމަވާ ފޮޓޯތަކެއް ސީބީއޭސް ނޫހުން އަންގާރަ ދުވަހު އާންމުކޮށްފި އެވެ. އަލަށް ލިބިފައިވާ ކަމަށް ބުނާ މި ފޮޓޯތަކުން ފެންނަ ގޮތުގައި، އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ އިމާރާތްތަކާއި އުޅަނދުފަހަރުގެ އިތުރުން މަތިންދާބޯޓުތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

މި ފޮޓޯތަކަކީ އަސްކަރިއްޔާގެ މީޑިއާ އުސޫލުތައް ހުންނަ ގޮތުން ނަން ހާމަނުކުރުމަށް ޝަރުތުކޮށް، އެ ސަރަހައްދުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިން ސީބީއޭސް ނޫހަށް ފޯރުކޮށްދީފައިވާ ފޮޓޯތަކެއް ކަމަށް އެ ނޫހުން ބުނެ އެވެ. މެދުއިރުމަތީގެ އެކި ސަރަހައްދުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ލިބިފައިވާ ގެއްލުންތައް މި ފޮޓޯތަކުން ސާފުކޮށް ފެންނަން ހުރި ކަމަށް ވެސް ވަނީ ރިޕޯޓުކޮށްފަ އެވެ.

Advertisement - worldAdvertisement

"މިއީ އަޅުގަނޑުމެންގެ މަރުކަޒުތަކަށް ލިބިފައިވާ ވަރަށް ބޮޑެތި ގެއްލުންތަކެއް، ނަމަވެސް، މި ވާހަކަތައް އެމެރިކާގެ ރައްޔިތުންނާ ހަމައަކަށް ނުގެނެސްދޭ،" އެ ސަރަހައްދުގައި ތިބި ސިފައިންގެ މީހަކު އެ ނެޓްވޯކަށް ކިޔައިދީފައިވެ އެވެ. އޭނާ ބުނީ، އެ މީހުން ތިބީ "ލޯ މަރާލައިގެން މޫނުމަތީގައި ތަޅަން ދޫކޮށްލައިގެން" ތިބޭ ފަދަ ހާލަތެއްގައި ކަމަށެވެ.

ސައުދީ އަރަބިއްޔާގައި ހުންނަ ޕްރިންސް ސުލްތާން އެއާ ބޭހަށް ދިން ހަމަލާތަކާ ގުޅޭގޮތުން ސީބީއޭސް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެއް ފޮޓޯއަކުން ފެންނަނީ ބޯއިންގ އީ-3 ސެންޓްރީ މަރުކާގެ މަތިންދާބޯޓެއްގެ ފަހަތު ބަޔަށް ސީދާ ހަމަލާއެއް އަރާފައިވާ މަންޒަރެވެ. މި ހަމަލާގައި އެ ބޯޓުގެ ފަހަތު ބައި ވަނީ ބޯޓުގެ މައިގަނޑުން ވަކިވެ، އަނދައިގެން ގޮސްފަ އެވެ. އެ މަރުކަޒުން ލިބިފައިވާ އެހެން ފޮޓޯތަކުން ފެންނަ ގޮތުގައި، ގްރިނޭޑް އަދި މޯޓަރު ހަމަލާތަކުން ރައްކާތެރިވުމަށް ޖަހާފައިވާ ކޮންކްރީޓް 'ޓީ-ވޯލް' ހުރަސްތަކުގެ ކައިރީގައި ހުރި އިމާރާތްތަކާއި ސިފައިން ތިބޭ ބެރެކްސްތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

ކުވެއިތުގައި ހުންނަ ކޭމްޕް ބޫރިންގއަކީ އެމެރިކާ ސިފައިންނާއި، ހަނގުރާމަމަތީ އުޅަނދުތަކާއި ބައެއް މަތިންދާބޯޓުތައް ބޭނުންކުރާ މައި މަރުކަޒަކަށް ވާއިރު، އެ ތަނަށް ވެސް އީރާނުގެ ހަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. މި ފޮޓޯތައް އާންމުވެފައި މި ވަނީ، އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެމެރިކާގެ އަސްކަރީ ސާމާނަށް ލިބުނު ގެއްލުން 3.7 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކޮށް، އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުގެ އިންސްޕެކްޓަރ ޖެނެރަލް ރިޕޯޓެއް ނެރުއްވާފައިވާ ދަނޑިވަޅެއްގަ އެވެ. މި ގެއްލުންތަކުގެ ތެރޭގައި ގާތްގަނޑަކަށް 60 އަސްކަރީ މަތިންދާބޯޓު ހިމެނެ އެވެ.

އެމެރިކާގެ ކޮންގްރެސް އަށް ހުށަހެޅުއްވި ރިޕޯޓެއްގައި އިންސްޕެކްޓަރ ޖެނެރަލް ވިދާޅުވީ، ކުވެއިތާއި ބަހްރެއިން، ގަތަރު، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ސައުދީ އަރަބިއްޔާ، އިރާގު، އޮމާން އަދި އުރުދުންގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް އީރާނުން ހަމަލާދީފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި ކަމާ ގުޅޭގޮތުން މައުލޫމާތު ހޯދުމަށް ސީބީއޭސް ނޫހުން އެދުމުން ޕެންޓަގަނުން އެއްވެސް ޖަވާބެއް ދީފައެއް ނުވާ ކަމަށް އެ ނޫހުން ރިޕޯޓުކުރެ އެވެ.

މާރިޗު މަހުގެ 1 ވަނަ ދުވަހު ކުވެއިތުގެ ޝުއައިބާ ބަނދަރަށް ދިން ހަމަލާގައި އެމެރިކާގެ ހަ ސިފައިން މަރުވުމާ ގުޅިގެން، ދިފާއީ ވަޒީރު ޕީޓް ހެގްސެތު ބޭނުންކުރެއްވި ބަސްމަގަށް އިޝާރާތްކޮށް، އެ ސަރަހައްދުގައި ހުރި ސިފައިންގެ މީހާ ބުނީ، މިއީ ދިފާއީ ނިޒާމުން ރައްކާތެރިނުވެވިގެން ދޫވި ކުދި ހަމަލާތަކެއް ނޫން ކަމަށެވެ. "އަޅުގަނޑުމެން މި މަރުކަޒުތަކެއް ދިފާއެއް ނުކުރަން. އަޅުގަނޑުމެން މިތިބީ މި ތަންތަން ސުންނާފަތިވަމުންދާ މަންޒަރު ބަލަން،" އެ ސިފައިންގެ މީހާ ބުނެފައިވެ އެވެ.

މަސްދަރު: އަނަދޯލް އޭޖެންސީ

އީރާން-އެމެރިކާޕްރިންސް ސުލްޠާން އެއާބޭސްކޭމްޕް ބޫރިންގޕީޓް ހެގްސެތްކުވައިތު

އެންމެ ހިނގާ

1

އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަހުގެ ހާމަނުކުރާ ވާހަކަތައް: އެމެރިކާގެ ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން އެފް-35 މަރުކާގެ ބޯޓެއްގެ މިޝަން ހުއްޓުވައި އެމެރިކާ ސިއްސުވާލި

2

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ: ނާޒިމް

3

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

4

އީރާނުން ބަޑިޖަހައި ވައްޓާލި އެމެރިކާގެ އަސްކަރީ ބޯޓުގައި އިން އެއާމަން ސަލާމަތްކުރުމަށް ހިންގި ނުރައްކާތެރި އޮޕަރޭޝަނުގެ ވާހަކަ

5

ޕީއެންސީ ކޮންގްރެސްގެ ބެކްޑްރޮޕް އާއި ޤައުމީ ދިދައިގެ ހުރުމަތް

އިތުރަށް ކިޔާލަން

16 ސެޕްޓެމްބަރު 2026

އީރާން ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ހަތިޔާރު ރިޒާވް ހުސްވެ، ތަކެތީގެ އަގު އިންތިހާއަށް!

16 ސެޕްޓެމްބަރު 2026
އީރާން ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ހަތިޔާރު ރިޒާވް ހުސްވެ، ތަކެތީގެ އަގު އިންތިހާއަށް!
15 ސެޕްޓެމްބަރު 2026

އީރާނުގެ ހަމަލާތަކުން އެމެރިކާ އަސްކަރިއްޔާ "ހުއްޓުމަކަށް" އައުމުގެ ނުރައްކަލުގައި

15 ސެޕްޓެމްބަރު 2026
އީރާނުގެ ހަމަލާތަކުން އެމެރިކާ އަސްކަރިއްޔާ "ހުއްޓުމަކަށް" އައުމުގެ ނުރައްކަލުގައި
15 ސެޕްޓެމްބަރު 2026

އީރާނުން 24 ގަޑިއިރުތެރޭ އެމެރިކާގެ ތިން ޑްރޯން ވައްޓާލައިފި

15 ސެޕްޓެމްބަރު 2026
އީރާނުން 24 ގަޑިއިރުތެރޭ އެމެރިކާގެ ތިން ޑްރޯން ވައްޓާލައިފި
14 ސެޕްޓެމްބަރު 2026

ހުރްމުޒް ކަނޑުއޮޅި މަތިން އެމެރިކާގެ އެންމެ ޒަމާނީ އެމް.ކިއު-1 މަރުކާގެ ޑްރޯނެއް އީރާނުން ވައްޓާލައިފި

14 ސެޕްޓެމްބަރު 2026
ހުރްމުޒް ކަނޑުއޮޅި މަތިން އެމެރިކާގެ އެންމެ ޒަމާނީ އެމް.ކިއު-1 މަރުކާގެ ޑްރޯނެއް އީރާނުން ވައްޓާލައިފި
14 ސެޕްޓެމްބަރު 2026

އީރާނުން ބަޑިޖަހައި ވައްޓާލި އެމެރިކާގެ އަސްކަރީ ބޯޓުގައި އިން އެއާމަން ސަލާމަތްކުރުމަށް ހިންގި ނުރައްކާތެރި އޮޕަރޭޝަނުގެ ވާހަކަ

14 ސެޕްޓެމްބަރު 2026
އީރާނުން ބަޑިޖަހައި ވައްޓާލި އެމެރިކާގެ އަސްކަރީ ބޯޓުގައި އިން އެއާމަން ސަލާމަތްކުރުމަށް ހިންގި ނުރައްކާތެރި އޮޕަރޭޝަނުގެ ވާހަކަ
14 ސެޕްޓެމްބަރު 2026

ހުރްމުޒް ކަނޑުއޮޅީގައި އާ މަގެއް ކަނޑައެޅުމާ ގުޅޭ ސަރަހައްދީ ބައްދަލުވުން އޮމާނުން ފަސްކޮށްފި

14 ސެޕްޓެމްބަރު 2026
ހުރްމުޒް ކަނޑުއޮޅީގައި އާ މަގެއް ކަނޑައެޅުމާ ގުޅޭ ސަރަހައްދީ ބައްދަލުވުން އޮމާނުން ފަސްކޮށްފި
13 ސެޕްޓެމްބަރު 2026

އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަހުގެ ހާމަނުކުރާ ވާހަކަތައް: އެމެރިކާގެ ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން އެފް-35 މަރުކާގެ ބޯޓެއްގެ މިޝަން ހުއްޓުވައި އެމެރިކާ ސިއްސުވާލި

13 ސެޕްޓެމްބަރު 2026
އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަހުގެ ހާމަނުކުރާ ވާހަކަތައް: އެމެރިކާގެ ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން އެފް-35 މަރުކާގެ ބޯޓެއްގެ މިޝަން ހުއްޓުވައި އެމެރިކާ ސިއްސުވާލި
13 ސެޕްޓެމްބަރު 2026

އީރާނުގެ ވިޔަފާރި އުޅަނދަކަށް މިސައިލް ހަމަލާއެއް، އެކަކު މަރު

13 ސެޕްޓެމްބަރު 2026
އީރާނުގެ ވިޔަފާރި އުޅަނދަކަށް މިސައިލް ހަމަލާއެއް، އެކަކު މަރު
12 ސެޕްޓެމްބަރު 2026

އީރާނުގެ މަދަދުލިބޭ ހޫޘީން ބާބުލް މަންދަބު ކަނޑުއޮޅީގައި އޮންނަ އިސްތިރާތީޖީ ގޮތުން މުހިންމު މަޔޫން ޖަޒީރާ ހިފުން: އެ ރަށް އެމީހުންގެ ބާރުގެ ދަށުގައި ބޭއްވިދާނެތަ؟

ދުނިޔޭގެ އިގްތިސާދުގެ މައިނާރެއްގެ ގޮތުގައި ބެލެވޭ ބާބުލް މަންދަބު ކަނޑުއޮޅި ނުރައްކަލުގެ ތެރެއަށް!

12 ސެޕްޓެމްބަރު 2026
ދުނިޔޭގެ އިގްތިސާދުގެ މައިނާރެއްގެ ގޮތުގައި ބެލެވޭ ބާބުލް މަންދަބު ކަނޑުއޮޅި ނުރައްކަލުގެ ތެރެއަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް