Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

އީރާން ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ހަތިޔާރު ރިޒާވް ހުސްވެ، ތަކެތީގެ އަގު އިންތިހާއަށް!

16 ސެޕްޓެމްބަރު 2026 | ބުދަ 07:05

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ފާއިތުވި ހަ މަސްދުވަހު 38 ބިލިއަން ޑޮލަރު ހޭދަވެ، އެމެރިކާގެ އިންފްލޭޝަން މަތިވަމުންދާކަން ކޮންގްރެޝަނަލް ބަޖެޓް އޮފީހުގެ ރިޕޯޓުން ހާމަވެއްޖެ. މި ހަނގުރާމައިގެ ސަބަބުން ހަތިޔާރުގެ ރިޒާވް ހުސްވެ، އިގްތިސާދީ އަދި އިންސާނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ ޓްރަމްޕްގެ ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި

ނިއުސް ޓީމް
ނިއުސް ޓީމް | 16 ސެޕްޓެމްބަރު 2026 | ބުދަ 07:05
އެމެރިކާގެ ވެރިރަށް ވޮޝިންގޓަން ޑީސީގައި ހުންނަ އެ ޤައުމުގެ ދިފާއީ އިދާރާ، ޕެންޓެގަންގެ އިމާރާތް

އެމެރިކާގެ ވެރިރަށް ވޮޝިންގޓަން ޑީސީގައި ހުންނަ އެ ޤައުމުގެ ދިފާއީ އިދާރާ، ޕެންޓެގަންގެ އިމާރާތް | އޭޕީ

އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އެމެރިކާގައި ތަކެތީގެ އަގުތައް އުފުލި އިންފްލޭޝަން ބޮޑުވަމުންދާ ކަމަށާއި، އަސްކަރިއްޔާގެ ހަތިޔާރުގެ ރަސްމީ ރިޒާވް ހުސްވަމުންދާ ކަމަށް އެމެރިކާގެ މިނިވަން މުއައްސަސާއެއް ކަމަށްވާ ކޮންގްރެޝަނަލް ބަޖެޓް އޮފީހުން (ސީބީއޯ) ހާމަކޮށްފަ އެވެ.

އަންގާރަ ދުވަހު ސީބީއޯއިން އާންމުކުރި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައި އެކަނިވެސް މި ހަނގުރާމައަށް ކުރި ޚަރަދު ވަނީ 38 ބިލިއަން ޑޮލަރަށް އަރާފަ އެވެ. އަދި، ކުރިއަށް އޮތް ތަނުގައި މި ހަނގުރާމައަށް ކޮންމެ މަހަކު އިތުރު 3 ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާކުރެވޭއިރު، 2027 ވަނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި އިންފްލޭޝަން 0.5 އިންސައްތަ އިތުރުވާނެ ކަމަށް ވެސް ސީބީއޯއިން ވަނީ އަންދާޒާކޮށްފަ އެވެ.

Advertisement - worldAdvertisement

ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް ފެށްޓެވި ނާކާމިޔާބު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ސިފައިންގެ ފުރާނަ ގެއްލި، ގިނަ ބަޔަކު ޒަޚަމްވެފައިވާ ކަމަށް، މި ދިރާސާ ހެދުމަށް އެދިވަޑައިގެންނެވި ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ބަޖެޓް ކޮމިޓީގެ އިސް ޑިމޮކްރެޓިކް މެންބަރު ބްރެންޑަން ބޮއިލް ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ. އަދި، އިންސާނީ މި ބޮޑު ގެއްލުމުގެ އިތުރުން، އެމެރިކާގެ ޓެކްސް ދައްކާ ރައްޔިތުންގެ އަތުން އެތައް ބިލިއަން ޑޮލަރެއް މިހާރުވެސް ޚަރަދުވެފައިވާ ކަމަށާއި، ތަކެތީގެ އަގުތައް އިންތިހާއަށް އުފުލެމުންދާކަން ސީބީއޯގެ މިނިވަން ރިޕޯޓުން ސާފުވާ ކަމަށް ވެސް ބޮއިލް ފާހަގަކުރެއްވި އެވެ.

ފެބުރުވަރީ މަހު އެމެރިކާއާއި އިސްރާއީލް ގުޅިގެން ފެށި މި ހަނގުރާމައާ މެދު އާންމުންގެ މެދުގައި ނުރުހުން އުފެދިފައިވާ ދަނޑިވަޅެއްގައި، ޓްރަމްޕްގެ ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބުރޫއަރައި، ތަކެތީގެ އަގުތައް އުފުލެމުންދާތީ، ނޮވެންބަރު މަހު ބާއްވާ މިޑްޓާމް އިންތިޚާބާ ދިމާކޮށް ދިރިއުޅުމުގެ ޚަރަދުތަކާ މެދު ވޯޓުލާ މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ސީބީއޯގެ މި އަންދާޒާތަކަކީ، ޖުލައި މަހު ކޮންގްރެސްގައި ދެއްވި ބަޔާނެއްގައި އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު ދެއްވި ހިސާބުތަކާ އެއްގޮތް އަންދާޒާތަކެކެވެ. ހަނގުރާމައިގެ ޚަރަދު 37.5 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް އެ ފަހަރު ހެގްސެތު ވިދާޅުވި އެވެ. އަދި، މިހާރުވެސް ދުނިޔޭގެ އެންމެ ބޮޑު އަސްކަރީ ބަޖެޓް އޮންނަ އެމެރިކާގެ އަސްކަރީ ބަޖެޓް، ބޮޑުތަނުން އިތުރުކޮށްދިނުމަށް ކޮންގްރެސްގައި އޭނާ ވަނީ އެދިވަޑައިގަންނަވާފަ އެވެ.

ކޮންގްރެސްގައި ކުރިއަށްދިޔަ ހޫނު ބަހުސްތަކުގައި، ހަނގުރާމައަށް ފާޑުކިޔާ ފަރާތްތަކަށް ޕެންޓަގަންގެ ވެރިޔާ ވަނީ ރައްދު ދެއްވާފަ އެވެ. އަދި، މަދު ހަފުތާތަކެއްގެ ތެރޭގައި ނިމޭނެ ކަމަށް ޓްރަމްޕް ކުރިން ލަފާކުރެއްވި މި ހަނގުރާމައަކީ، ސަލާމަތްނުވެވޭ ފަދަ ނުރައްކާތެރި ދަލެއް ނުވަތަ "ކުއެގްމަޔާ" އެއް ނޫން ކަމަށް ވިދާޅުވެ އޭނާ ވަނީ އެ ވާހަކަތައް ދޮގުކުރައްވާފަ އެވެ.

މި ހަނގުރާމައިގެ ސަބަބުން އެމެރިކާގެ މުހިންމު ހަތިޔާރުގެ ރިޒާވް ހުސްވެ، ދުނިޔޭގެ އެހެން ސަރަހައްދުތަކުގައި އެ ގައުމުން ވެފައިވާ އަސްކަރީ ވައުދުތައް ފުއްދުމަށް ހުރަސް އެޅެމުންދާ ކަމަށް ރިޕޯޓުތަކުން ހާމަވެ އެވެ. އަދި، އެމެރިކާގެ ހަތިޔާރުގެ ރިޒާވް ކުރިން ހުރި މިންވަރަށް އިއާދަކުރުމަށް ފަސް އަހަރު ދުވަސް ނަގާނެ ކަމަށް ސީބީއޯގެ ރިޕޯޓުގައި ވަނީ ލަފާކޮށްފަ އެވެ. މި ރިޕޯޓުގައި، ހަނގުރާމައަށް ފައިސާ ހޯދުމަށް ނަގާފައިވާ ލޯނުތަކުގެ އިންޓްރެސްޓް ޚަރަދުތަކާއި، މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ދެމުންދާ ހަމަލާތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ޚަރަދު ހިމަނާފައެއް ނުވެ އެވެ.

ހަތިޔާރުގެ ރިޒާވް ހުސްވަމުންދާ ކަމަށް ބުނާ ރިޕޯޓުތައް ޓްރަމްޕްގެ ސަރުކާރުން ވަނީ  ދޮގުކޮށްފަ އެވެ. އަދި، މި ހަނގުރާމައަކީ އޭގެ ޚަރަދާ އަޅާބަލާއިރު ކޮންމެހެން ކުރަން ޖެހޭ މުހިންމު ކަމެއް ކަމަށް އެ ސަރުކާރުން އަދިވެސް ބުނެ އެވެ. "ތެލުގެ އަގު ފިޔަވައި އެހެން ހުރިހާ އެއްޗެއްގެ އަގުތައް ދަނީ ވަރަށް ބޮޑަށް ދަށަށް. އީރާނާއެކު ކުރާ އަސްކަރީ ކުރިމަތިލުން ނިމުމާއެކު ތެލުގެ އަގުވެސް ވަރަށް ބޮޑަށް ވެއްޓޭނެ. އަދި އެ ދުވަސް މާލަހެއް ނުވެ އަންނާނެ،" ހޯމަ ދުވަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވި އެވެ.

ސީބީއޯގެ ރިޕޯޓު ނެރެފައި މި ވަނީ، ޕެންޓަގަންގެ އިންސްޕެކްޓާ ޖެނެރަލުން އެކުލަވާލި ރިޕޯޓެއް އާންމުވިތާ އެއްދުވަސް ފަހުންނެވެ. އެ ރިޕޯޓުގައި ހަތިޔާރުގެ ދަތިކަމާއި، ހަތިޔާރު އުފެއްދުމުގައި ހުރި ހުރަސްތަކުގެ އިތުރުން، ހަނގުރާމައިގައި އެމެރިކާގެ އެތައް އަސްކަރީ މަތިންދާބޯޓެއް ގެއްލިފައިވާ ކަމުގެ ތަފްސީލުތައް ވަނީ ހިމަނާފަ އެވެ. ޓްރަމްޕް ބޭނުންފުޅުވާ ވަގުތެއްގައި އަދި ބޭނުންފުޅުވާ ތަނަކަށް ހަމަލާދިނުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް އެމެރިކާގެ އަސްކަރިއްޔާގައި އެބަހުރި ކަމަށް، ހަތިޔާރުގެ ދަތިކަން ހުރި ކަމަށް ބުނާ ރިޕޯޓުތަކާ ގުޅިގެން ޕެންޓަގަންގެ ތަރުޖަމާނު ޝޯން ޕާނެލް ވިދާޅުވި އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާޑޮނަލްޑް ޓްރަމްޕްޕީޓް ހެގްސެތްއިންފްލޭޝަން

އެންމެ ހިނގާ

1

އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަހުގެ ހާމަނުކުރާ ވާހަކަތައް: އެމެރިކާގެ ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން އެފް-35 މަރުކާގެ ބޯޓެއްގެ މިޝަން ހުއްޓުވައި އެމެރިކާ ސިއްސުވާލި

2

އާދަޔާޚިލާފު ބާރުގަދަ "އެލް ނީނޯ" ގެ ނުރައްކާ ބޮޑުވަނީ، ވަގުތު ނަގާލެވޭކަށް ނެތް: އދ

3

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ: ނާޒިމް

4

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

5

އީރާނުން ބަޑިޖަހައި ވައްޓާލި އެމެރިކާގެ އަސްކަރީ ބޯޓުގައި އިން އެއާމަން ސަލާމަތްކުރުމަށް ހިންގި ނުރައްކާތެރި އޮޕަރޭޝަނުގެ ވާހަކަ

އިތުރަށް ކިޔާލަން

15 ސެޕްޓެމްބަރު 2026

އީރާނުގެ ހަމަލާތަކުން އެމެރިކާ އަސްކަރިއްޔާ "ހުއްޓުމަކަށް" އައުމުގެ ނުރައްކަލުގައި

15 ސެޕްޓެމްބަރު 2026
އީރާނުގެ ހަމަލާތަކުން އެމެރިކާ އަސްކަރިއްޔާ "ހުއްޓުމަކަށް" އައުމުގެ ނުރައްކަލުގައި
15 ސެޕްޓެމްބަރު 2026

އީރާނުން 24 ގަޑިއިރުތެރޭ އެމެރިކާގެ ތިން ޑްރޯން ވައްޓާލައިފި

15 ސެޕްޓެމްބަރު 2026
އީރާނުން 24 ގަޑިއިރުތެރޭ އެމެރިކާގެ ތިން ޑްރޯން ވައްޓާލައިފި
15 ސެޕްޓެމްބަރު 2026

އައިއޭއީއޭގެ ބައްދަލުވުމަށް އީރާނުގެ ނިއުކްލިއާ އިދާރާގެ ވެރިޔާ ކުރައްވަން އުޅުއްވި ދަތުރުފުޅަށް އެމެރިކާއިން ހުރަސްއަޅައިފި

15 ސެޕްޓެމްބަރު 2026
އައިއޭއީއޭގެ ބައްދަލުވުމަށް އީރާނުގެ ނިއުކްލިއާ އިދާރާގެ ވެރިޔާ ކުރައްވަން އުޅުއްވި ދަތުރުފުޅަށް އެމެރިކާއިން ހުރަސްއަޅައިފި
15 ސެޕްޓެމްބަރު 2026

ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދިނުން ހުއްޓާލުމުގެ އެއްބަސްވުމަކަށް ރަޝިޔާއިން އިހުތިރާމްކުރާނެ ކަމުގެ ޔަގީންކަމެއް ނެތް: ޒެލެންސްކީ

15 ސެޕްޓެމްބަރު 2026
ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދިނުން ހުއްޓާލުމުގެ އެއްބަސްވުމަކަށް ރަޝިޔާއިން އިހުތިރާމްކުރާނެ ކަމުގެ ޔަގީންކަމެއް ނެތް: ޒެލެންސްކީ
14 ސެޕްޓެމްބަރު 2026

ހުރްމުޒް ކަނޑުއޮޅި މަތިން އެމެރިކާގެ އެންމެ ޒަމާނީ އެމް.ކިއު-1 މަރުކާގެ ޑްރޯނެއް އީރާނުން ވައްޓާލައިފި

14 ސެޕްޓެމްބަރު 2026
ހުރްމުޒް ކަނޑުއޮޅި މަތިން އެމެރިކާގެ އެންމެ ޒަމާނީ އެމް.ކިއު-1 މަރުކާގެ ޑްރޯނެއް އީރާނުން ވައްޓާލައިފި
14 ސެޕްޓެމްބަރު 2026

ޕޮލެންޑް ބޯޑަރު ކައިރީގައި އޮތް ރޭލަކަށް ރަޝިޔާއިން ހަމަލާދީފި: މަސްރަހު އިތުރަށް ގޯސްކުރާ ކަމުގެ ތުހުމަތު ދެ ގައުމުން ރަޝިޔާއަށް

14 ސެޕްޓެމްބަރު 2026
ޕޮލެންޑް ބޯޑަރު ކައިރީގައި އޮތް ރޭލަކަށް ރަޝިޔާއިން ހަމަލާދީފި: މަސްރަހު އިތުރަށް ގޯސްކުރާ ކަމުގެ ތުހުމަތު ދެ ގައުމުން ރަޝިޔާއަށް
14 ސެޕްޓެމްބަރު 2026

އީރާނުން ބަޑިޖަހައި ވައްޓާލި އެމެރިކާގެ އަސްކަރީ ބޯޓުގައި އިން އެއާމަން ސަލާމަތްކުރުމަށް ހިންގި ނުރައްކާތެރި އޮޕަރޭޝަނުގެ ވާހަކަ

14 ސެޕްޓެމްބަރު 2026
އީރާނުން ބަޑިޖަހައި ވައްޓާލި އެމެރިކާގެ އަސްކަރީ ބޯޓުގައި އިން އެއާމަން ސަލާމަތްކުރުމަށް ހިންގި ނުރައްކާތެރި އޮޕަރޭޝަނުގެ ވާހަކަ
14 ސެޕްޓެމްބަރު 2026

އުމުރުފުޅުން ހަތަރު އަހަރު ވަންދެން ޓްރަމްޕް ދިރިއުޅުއްވި ގެކޮޅު ދެ މިލިއަން ޑޮލަރަށް ވިއްކާލައިފި

14 ސެޕްޓެމްބަރު 2026
އުމުރުފުޅުން ހަތަރު އަހަރު ވަންދެން ޓްރަމްޕް ދިރިއުޅުއްވި ގެކޮޅު ދެ މިލިއަން ޑޮލަރަށް ވިއްކާލައިފި
14 ސެޕްޓެމްބަރު 2026

ހުރްމުޒް ކަނޑުއޮޅީގައި އާ މަގެއް ކަނޑައެޅުމާ ގުޅޭ ސަރަހައްދީ ބައްދަލުވުން އޮމާނުން ފަސްކޮށްފި

14 ސެޕްޓެމްބަރު 2026
ހުރްމުޒް ކަނޑުއޮޅީގައި އާ މަގެއް ކަނޑައެޅުމާ ގުޅޭ ސަރަހައްދީ ބައްދަލުވުން އޮމާނުން ފަސްކޮށްފި
13 ސެޕްޓެމްބަރު 2026

އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަހުގެ ހާމަނުކުރާ ވާހަކަތައް: އެމެރިކާގެ ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން އެފް-35 މަރުކާގެ ބޯޓެއްގެ މިޝަން ހުއްޓުވައި އެމެރިކާ ސިއްސުވާލި

13 ސެޕްޓެމްބަރު 2026
އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަހުގެ ހާމަނުކުރާ ވާހަކަތައް: އެމެރިކާގެ ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން އެފް-35 މަރުކާގެ ބޯޓެއްގެ މިޝަން ހުއްޓުވައި އެމެރިކާ ސިއްސުވާލި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް