Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ފަހު ވަގުތު އެލްޗޭ އަތުން ރެއާލް އަށް އުނދަގޫ މޮޅެއް

16 ސެޕްޓެމްބަރު 2026 | ބުދަ 04:06

މެޗުން މޮޅުވެ ރެއާލް ދެ ވަނައިގައި އޮތީ މިހާތަނަށް ކުޅެފައިވާ ހަ މެޗުން 15 ޕޮއިންޓާ އެކު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ސެޕްޓެމްބަރު 2026 | ބުދަ 04:06
މެޗުގައި ލަނޑު ޖެހުމަށް ފަހު ރެއާލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ރެއާލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ | ރޮއިޓާސް

ސްޕެނިޝް ލީގުގައި އެލްޗޭއާ ދެކޮޅަށް ކުޅުނު މެޗުން، ފަހު ވަގުތު ރެއާލް މެޑްރިޑަށް އުނދަގޫ މޮޅެއް ލިބިއްޖެ އެވެ.

އެލްޗޭގެ އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެރޭ ދަންވަރު ކުޅުނު މެޗު ރެއާލް އިން ކާމިޔާބު ކުރީ 3-2 އިންނެވެ. މެޗުގައި ރެއާލް އިން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް، އެލްޗޭ އިން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް، ފަހު ވަގުތު ލަނޑު ޖަހައިގެން ރެއާލް ވަނީ މެޗުން މޮޅުވެފަ އެވެ.

މެޗު ފަށައިގެން 25 ވަނަ މިނެޓުގައި ރެއާލް އަށް ލީޑު ލިބުނީ އެލްޗޭގެ މަތިއަސް ޑިޓޫރޯ އަތުން ބައި ކޮޅަށް ވަން ލަނޑުންނެވެ. އޭގެ އަށް މިނެޓު ފަހުން ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ވަނީ ރެއާލްގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފަ އެވެ.

މެޗުގެ ދެ ވަނަ ހާފުގެ 71 ވަނަ މިނެޓުގައި އަބިއެލް އޮސޯރިއޯ ވަނީ އެލްޗޭގެ ފުރަތަމަ ލަނޑު ޖަހައި ފަރަގު ކުޑަކޮށްފައި އެވެ. އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނެޓަށް ވެފައި ވަނިކޮށް، އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ފެނާންޑޯ ނީނޯ އެވެ. 

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ރެއާލް މޮޅުވީ ކާލޯސް އެސްޕީ ޖެހި ލަނޑުންނެވެ. މެޗުގައި އޭނާ ކުޅެން ނުކުތީ ވެސް ބަދަލު ކުޅުނތެރިޔެއްގެ ގޮތުގައި އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ އެމްބާޕޭ އެވެ. 

މެޗުން މޮޅުވެ ރެއާލް ދެ ވަނައިގައި އޮތީ މިހާތަނަށް ކުޅެފައިވާ ހަ މެޗުން 15 ޕޮއިންޓާ އެކު އެވެ. މި ފަހަރުގެ ލީގުގައި ރެއާލް ވަނީ އެއް މެޗުން ބަލިވެފަ އެވެ.

ސްޕެނިޝް ލީގުރެއާލް މެޑްރިޑް

އެންމެ ހިނގާ

1

އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަހުގެ ހާމަނުކުރާ ވާހަކަތައް: އެމެރިކާގެ ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން އެފް-35 މަރުކާގެ ބޯޓެއްގެ މިޝަން ހުއްޓުވައި އެމެރިކާ ސިއްސުވާލި

2

އާދަޔާޚިލާފު ބާރުގަދަ "އެލް ނީނޯ" ގެ ނުރައްކާ ބޮޑުވަނީ، ވަގުތު ނަގާލެވޭކަށް ނެތް: އދ

3

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ: ނާޒިމް

4

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

5

އީރާނުން ބަޑިޖަހައި ވައްޓާލި އެމެރިކާގެ އަސްކަރީ ބޯޓުގައި އިން އެއާމަން ސަލާމަތްކުރުމަށް ހިންގި ނުރައްކާތެރި އޮޕަރޭޝަނުގެ ވާހަކަ

އިތުރަށް ކިޔާލަން

14 ސެޕްޓެމްބަރު 2026

ޔަމާލްގެ ދެ ލަނޑުން މޮޅުވެ، ބާސެލޯނާ އަށް ތިން ޕޮއިންޓުގެ ލީޑެއް

14 ސެޕްޓެމްބަރު 2026
ޔަމާލްގެ ދެ ލަނޑުން މޮޅުވެ، ބާސެލޯނާ އަށް ތިން ޕޮއިންޓުގެ ލީޑެއް
13 ސެޕްޓެމްބަރު 2026

އެމްބާޕޭގެ ދެ ލަނޑުން މޮޅުވެ، ރެއާލް އަށް ހަމަޖެހުމެއް

13 ސެޕްޓެމްބަރު 2026
އެމްބާޕޭގެ ދެ ލަނޑުން މޮޅުވެ، ރެއާލް އަށް ހަމަޖެހުމެއް
09 ސެޕްޓެމްބަރު 2026

އިންޓަރ ބަލިކޮށް، ރެއާލްގެ ފެށުން ވެސް ރަނގަޅުކޮށްފި

09 ސެޕްޓެމްބަރު 2026
އިންޓަރ ބަލިކޮށް، ރެއާލްގެ ފެށުން ވެސް ރަނގަޅުކޮށްފި
07 ސެޕްޓެމްބަރު 2026

ބޮޑު މޮޅާ އެކު ބާާސެލޯނާ އަށް ދެ ޕޮއިންޓުގެ ލީޑެއް

07 ސެޕްޓެމްބަރު 2026
ބޮޑު މޮޅާ އެކު ބާާސެލޯނާ އަށް ދެ ޕޮއިންޓުގެ ލީޑެއް
05 ސެޕްޓެމްބަރު 2026

ބެޓިސް އިން ރެއާލް ބަލިކޮށްފި

05 ސެޕްޓެމްބަރު 2026
ބެޓިސް އިން ރެއާލް ބަލިކޮށްފި
01 ސެޕްޓެމްބަރު 2026

ފަހަތުން އަރައި ވަޔެކާނޯ ބަލިކޮށް، ބާސެލޯނާގެ މޮޅުވުމުގެ ސިލްސިލާ ކުރިއަށް

01 ސެޕްޓެމްބަރު 2026
ފަހަތުން އަރައި ވަޔެކާނޯ ބަލިކޮށް، ބާސެލޯނާގެ މޮޅުވުމުގެ ސިލްސިލާ ކުރިއަށް
31 އޯގަސްޓު 2026

މަލާގާ ބަލިކޮށް، ރެއާލްގެ މޮޅުވުން ކުރިއަށް

31 އޯގަސްޓު 2026
މަލާގާ ބަލިކޮށް، ރެއާލްގެ މޮޅުވުން ކުރިއަށް
31 އޯގަސްޓު 2026

ޕީއެސްޖީ މީހަކަށް ބެލެންޑިއޯ ދެންޏާ ދޭންވީ އެންރީކޭ އަށް، ސްޕެއިން މީހަކަށް ދެންޏާ ފުއެންޓޭ އަށް: މޮރީނިއޯ

31 އޯގަސްޓު 2026
ޕީއެސްޖީ މީހަކަށް ބެލެންޑިއޯ ދެންޏާ ދޭންވީ އެންރީކޭ އަށް، ސްޕެއިން މީހަކަށް ދެންޏާ ފުއެންޓޭ އަށް: މޮރީނިއޯ
27 އޯގަސްޓު 2026

އެމްބާޕޭގެ ހެޓްރިކާ އެކު ރެއާލް އަށް ދެވަނަ މޮޅު

27 އޯގަސްޓު 2026
އެމްބާޕޭގެ ހެޓްރިކާ އެކު ރެއާލް އަށް ދެވަނަ މޮޅު
24 އޯގަސްޓު 2026

ފަސް ލަނޑުގެ މޮޅާ އެކު، ޗެމްޕިއަން ބާސެލޯނާ އަށް ވަރުގަދަ ފެށުމެއް

24 އޯގަސްޓު 2026
ފަސް ލަނޑުގެ މޮޅާ އެކު، ޗެމްޕިއަން ބާސެލޯނާ އަށް ވަރުގަދަ ފެށުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް