Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާނުން 24 ގަޑިއިރުތެރޭ އެމެރިކާގެ ތިން ޑްރޯން ވައްޓާލައިފި

15 ސެޕްޓެމްބަރު 2026 | އަންގާރަ 16:00

ހުރްމުޒް ކަނޑުއޮޅި މަތިން ދަތުރުކުރި އެމެރިކާގެ ތިންވަނަ ޑްރޯން އީރާނުން ވައްޓާލާފައިވާއިރު، ފާއިތުވި މަދު ދުވަސްކޮޅެއްގެ ތެރޭގައި އެމެރިކާގެ އަސްކަރީ އުޅަނދުތަކަށް ދަނީ ބޮޑެތި ގެއްލުންތަކެއް ވަމުން. މި ހަމަލާތަކާ ގުޅިގެން އެމެރިކާގެ ވައިގެ ބާރުގެ އޮޕަރޭޝަނަލް ގާބިލުކަން ދަށްވެ، ބޭނުންކުރެވޭ ހާލަތުގައި ހުރި ޑްރޯންތަކުގެ އަދަދު ވަނީ ކަނޑައަޅާފައިވާ މިންގަނޑަށްވުރެ ބޮޑުތަން މަދުވެފަ

ރާއްޖެ އެމްވީ | 15 ސެޕްޓެމްބަރު 2026 | އަންގާރަ 16:00
2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު، ޕާޝިއަން ގަލްފް ސަރަހައްދުގައި ހުންނަ ސިއްރު އެއާ ބޭހެއްގައި، އެމެރިކާގެ އެއާ ފޯސްގެ އެމް.ކިއު-1ބީ ޕްރެޑޭޓާ މަރުކާގެ އިންސާނަކާ ނުލައި ދުއްވާ ބޯޓެއް (ޔޫ.އޭ.ވީ) އުދުއްސާލުމުގެ ކުރިން ޕައިލެޓަކު އެ ބޯޓުގެ ޗެކްތައް ފުރިހަމަކުރަނީ.

2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު، ޕާޝިއަން ގަލްފް ސަރަހައްދުގައި ހުންނަ ސިއްރު އެއާ ބޭހެއްގައި، އެމެރިކާގެ އެއާ ފޯސްގެ އެމް.ކިއު-1ބީ ޕްރެޑޭޓާ މަރުކާގެ އިންސާނަކާ ނުލައި ދުއްވާ ބޯޓެއް (ޔޫ.އޭ.ވީ) އުދުއްސާލުމުގެ ކުރިން ޕައިލެޓަކު އެ ބޯޓުގެ ޗެކްތައް ފުރިހަމަކުރަނީ. | ގެޓީ އިމޭޖަސް

ވޮޝިންގޓަނުން އީރާނުގެ ވައިގެ ދިފާއީ ނިޒާމުތައް ހަލާކުކޮށްލާފައިވާ ކަމަށް ތަކުރާރުކޮށް ބުނަމުންދިޔަ ނަމަވެސް، 24 ގަޑިއިރު ނުވަނީސް އެމެރިކާގެ ތިންވަނަ އެމް.ކިއު-1 ޕްރިޑޭޓަރ ޑްރޯންއެއް ހުރްމުޒް ކަނޑުއޮޅި މަތިން އީރާނުގެ އަސްކަރިއްޔާއިން ބަޑިޖަހައި ވައްޓާލައިފި އެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން އަންގާރަ ދުވަހުގެ އިރުއޮއްސުނު ވަގުތު ހާމަކުރި ގޮތުގައި، އެ ޖަމާއަތުގެ އެއަރޯސްޕޭސް ފޯސްއިން ވަނީ އަލަށް އުފެއްދި ކުރިއަރާފައިވާ ވައިގެ ދިފާއީ ނިޒާމެއް ބޭނުންކޮށްގެން، އިސްތިރާތީޖީ ގޮތުން މުހިންމު އެ ކަނޑުއޮޅި މަތިން ދަތުރުކުރި އެމެރިކާގެ އިންސާނަކާ ނުލައި ދުއްވާ ބޯޓު ހުއްޓުވައި ހަލާކުކޮށްލާފަ އެވެ.

Advertisement - worldAdvertisement

އައި.އާރް.ޖީ.ސީ އިން ބުނި ގޮތުގައި، އެމެރިކާގެ އެ ޑްރޯން ވައްޓާލާފައިވަނީ އީރާނުގެ ގުޅިފައިވާ ވައިގެ ދިފާއީ ނެޓްވޯކުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުންނެވެ.

އެންމެ ފަހުން މި ވައްޓާލި ޑްރޯން ވައްޓާލާފައިވަނީ، ހުރްމުޒް ކަނޑުއޮޅި މަތިން އެމެރިކާގެ އެހެން އެމް.ކިއު-1 ޑްރޯންއެއް ހުއްޓުވައި ހަލާކުކޮށްލިކަން އައި.އާރް.ޖީ.ސީ އިން އިއުލާންކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގަ އެވެ.

އައި.އާރް.ޖީ.ސީ ގެ ޕަބްލިކް ރިލޭޝަންސް ޑިޕާޓްމަންޓުން ބުނި ގޮތުގައި، ގިނަ ބޭނުންތަކަކަށް ބޭނުންކުރާ އަދި ގިނަ ވަގުތު އުދުހުމުގެ ގާބިލުކަން ލިބިފައިވާ މި ޑްރޯން، އެއްވެސް އުދުވާނީ އަމަލެއް ހިންގުމުގެ ކުރިން އައި.އާރް.ޖީ.ސީ ގެ ވައިގެ ދިފާއީ ނިޒާމުތަކަށް ވަނީ ފާހަގަކުރެވިފަ އެވެ. އަދި އެ ނިޒާމުތަކުން ޑްރޯން ދަތުރުކުރި މަގު ބަލަމުން ގޮސް، ބިމުން ވައިގެ ތެރެއަށް ފޮނުވާލާ ކުރިއަރާފައިވާ މިސައިލް ބޭނުންކޮށްގެން ވަނީ އަމާޒަށް ހަމަލާދީފަ އެވެ.

މި ހަމަލާއާއެކު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އީރާނުން ހުއްޓުވައި ހަލާކުކޮށްލި އެމެރިކާގެ އެމް.ކިއު-1 ޑްރޯންގެ އަދަދު ވަނީ ތިނަކަށް އަރާފަ އެވެ.

މީގެ އިތުރުން، މިދިޔަ ހަފުތާގައި ވެސް ހުރްމުޒް ކަނޑުއޮޅި މަތިން އެމެރިކާގެ އެމް.ކިއު-1 ޑްރޯންއެއް ވައްޓާލާފައިވާ ކަމަށް އީރާނުގެ އަސްކަރިއްޔާގެ ވައިގެ ދިފާއީ ބާރުން ވަނީ ރިޕޯޓުކޮށްފަ އެވެ. އަސްކަރިއްޔާއިން ބުނި ގޮތުގައި އީރާނުގެ އިރުދެކުނު ސަރަހައްދުން އެ ޑްރޯން ފާހަގަކުރެވި، އޭގެ ހަރަކާތްތަކަށް ފާރަވެރިވުމަށްފަހު ވަނީ ހަމަލާދީ ހަލާކުކޮށްލާފަ އެވެ.

އީރާނާ ދެކޮޅަށް އެމެރިކާއިން ހިންގާ ހަރަކާތްތަކުގައި ހުރްމުޒް ކަނޑުއޮޅިއަކީ މުހިންމު މައިދާނަކަށް ވެފައިވާއިރު، ހަކަތަ އުފުލުމުގައި މުހިންމު ދައުރެއް އަދާކުރާ މި ސަރަހައްދުގެ ކަނޑުގެ އޮޕަރޭޝަންތަކުގެ ކޮންޓްރޯލް ތެހެރާނުން ވަނީ ކުރިއަށްވުރެ ވަރުގަދަކޮށްފަ އެވެ.

އެމެރިކާގެ ވިޔަފާރި ޚަބަރުތައް ގެނެސްދޭ ބްލޫމްބާގް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިސްރާއީލުން ފެށި ހަނގުރާމައަށްފަހު އީރާނުން ވަނީ އެމެރިކާގެ 24 އަށްވުރެ ގިނަ އެމް.ކިއު-9 ރީޕަރ ޑްރޯން ނައްތާލާފަ އެވެ. މިއީ މި ހަނގުރާމަ ފެށުމުގެ ކުރިން ޕެންޓަގަންގެ އަތުގައި ހުރި މިފަދަ ޑްރޯންތަކުގެ ގާތްގަނޑަކަށް 20 އިންސައްތަ އެވެ. ކޮންމެ ޑްރޯންއެއްގެ އަގަކީ 30 މިލިއަން ޑޮލަރު ކަމަށްވާއިރު، ލިބުނު ގެއްލުމުގެ ޖުމްލަ އަގު ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.

ބްލޫމްބާގް އަދި ޓީ.ޑަބްލިއު.ޒެޑް ވެބްސައިޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާގެ ކޮންގްރެސްއަށް ދީފައިވާ ބަޔާންތަކުން އެނގޭ ގޮތުގައި އެމެރިކާގެ ވައިގެ ސިފައިންގެ އަތުގައި މިހާރު އޮޕަރޭޝަންތަކުގައި ބޭނުންކުރެވޭ ހާލަތުގައި ހުރީ ގާތްގަނޑަކަށް 135 އެމް.ކިއު-9 ރީޕަރ ޑްރޯން އެވެ. މިއީ އެމެރިކާއިން ކަނޑައަޅާފައިވާ އެންމެ މަދު މިންގަނޑު ކަމަށްވާ 189 ޑްރޯންއަށްވުރެ މާ ބޮޑުތަން މަދު އަދަދެކެވެ.

އިންސާނަކާ ނުލައި ދުއްވާ މި ހަނގުރާމަމަތީ އުޅަނދުތައް އުފައްދާ، ސެން ޑިއޭގޯގައި މަރުކަޒުވެފައިވާ ޖެނެރަލް އެޓޮމިކްސް އެއިރޮނޮޓިކަލް ސިސްޓަމްސް އިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، އަލަށް ގަންނަން ލިބެން ހުރީ 10 އަށްވުރެ މަދު ޑްރޯންއެވެ. އަދި އެމް.ކިއު-9އޭ މޮޑެލް އުފައްދާ ލައިން މިހާރު ވަނީ ބަންދުކޮށްފަ އެވެ.

އަސްކަރީ މާހިރުން ފާހަގަކުރާ ގޮތުގައި، އެމް.ކިއު-9 ޑްރޯންތައް ގެއްލޭ މިންވަރު އިތުރުވުމާ ގުޅިގެން، އެމެރިކާގެ އަސްކަރިއްޔާއިން އީރާނާ ދެކޮޅަށް ހިންގާ އުދުވާންތަކުގައި މިހާރު ބޭނުންކުރަން ފަށާފައިވަނީ ކުރީގެ މޮޑެލްއެއް ކަމަށްވާ އެމް.ކިއު-1 ގެ ޑްރޯންތަކެވެ.

އީރާން-އެމެރިކާއެމް.ކިއު-9 ރީޕަރ ޑްރޯންއީރާން ހަނގުރާމަ

އެންމެ ހިނގާ

1

އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަހުގެ ހާމަނުކުރާ ވާހަކަތައް: އެމެރިކާގެ ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން އެފް-35 މަރުކާގެ ބޯޓެއްގެ މިޝަން ހުއްޓުވައި އެމެރިކާ ސިއްސުވާލި

2

އާދަޔާޚިލާފު ބާރުގަދަ "އެލް ނީނޯ" ގެ ނުރައްކާ ބޮޑުވަނީ، ވަގުތު ނަގާލެވޭކަށް ނެތް: އދ

3

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ: ނާޒިމް

4

އީރާނުން ބަޑިޖަހައި ވައްޓާލި އެމެރިކާގެ އަސްކަރީ ބޯޓުގައި އިން އެއާމަން ސަލާމަތްކުރުމަށް ހިންގި ނުރައްކާތެރި އޮޕަރޭޝަނުގެ ވާހަކަ

5

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

އިތުރަށް ކިޔާލަން

14 ސެޕްޓެމްބަރު 2026

ހުރްމުޒް ކަނޑުއޮޅި މަތިން އެމެރިކާގެ އެންމެ ޒަމާނީ އެމް.ކިއު-1 މަރުކާގެ ޑްރޯނެއް އީރާނުން ވައްޓާލައިފި

14 ސެޕްޓެމްބަރު 2026
ހުރްމުޒް ކަނޑުއޮޅި މަތިން އެމެރިކާގެ އެންމެ ޒަމާނީ އެމް.ކިއު-1 މަރުކާގެ ޑްރޯނެއް އީރާނުން ވައްޓާލައިފި
14 ސެޕްޓެމްބަރު 2026

އީރާނުން ބަޑިޖަހައި ވައްޓާލި އެމެރިކާގެ އަސްކަރީ ބޯޓުގައި އިން އެއާމަން ސަލާމަތްކުރުމަށް ހިންގި ނުރައްކާތެރި އޮޕަރޭޝަނުގެ ވާހަކަ

14 ސެޕްޓެމްބަރު 2026
އީރާނުން ބަޑިޖަހައި ވައްޓާލި އެމެރިކާގެ އަސްކަރީ ބޯޓުގައި އިން އެއާމަން ސަލާމަތްކުރުމަށް ހިންގި ނުރައްކާތެރި އޮޕަރޭޝަނުގެ ވާހަކަ
14 ސެޕްޓެމްބަރު 2026

ހުރްމުޒް ކަނޑުއޮޅީގައި އާ މަގެއް ކަނޑައެޅުމާ ގުޅޭ ސަރަހައްދީ ބައްދަލުވުން އޮމާނުން ފަސްކޮށްފި

14 ސެޕްޓެމްބަރު 2026
ހުރްމުޒް ކަނޑުއޮޅީގައި އާ މަގެއް ކަނޑައެޅުމާ ގުޅޭ ސަރަހައްދީ ބައްދަލުވުން އޮމާނުން ފަސްކޮށްފި
13 ސެޕްޓެމްބަރު 2026

އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަހުގެ ހާމަނުކުރާ ވާހަކަތައް: އެމެރިކާގެ ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން އެފް-35 މަރުކާގެ ބޯޓެއްގެ މިޝަން ހުއްޓުވައި އެމެރިކާ ސިއްސުވާލި

13 ސެޕްޓެމްބަރު 2026
އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަހުގެ ހާމަނުކުރާ ވާހަކަތައް: އެމެރިކާގެ ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން އެފް-35 މަރުކާގެ ބޯޓެއްގެ މިޝަން ހުއްޓުވައި އެމެރިކާ ސިއްސުވާލި
13 ސެޕްޓެމްބަރު 2026

އީރާނުގެ ވިޔަފާރި އުޅަނދަކަށް މިސައިލް ހަމަލާއެއް، އެކަކު މަރު

13 ސެޕްޓެމްބަރު 2026
އީރާނުގެ ވިޔަފާރި އުޅަނދަކަށް މިސައިލް ހަމަލާއެއް، އެކަކު މަރު
12 ސެޕްޓެމްބަރު 2026

އީރާނުގެ މަދަދުލިބޭ ހޫޘީން ބާބުލް މަންދަބު ކަނޑުއޮޅީގައި އޮންނަ އިސްތިރާތީޖީ ގޮތުން މުހިންމު މަޔޫން ޖަޒީރާ ހިފުން: އެ ރަށް އެމީހުންގެ ބާރުގެ ދަށުގައި ބޭއްވިދާނެތަ؟

ދުނިޔޭގެ އިގްތިސާދުގެ މައިނާރެއްގެ ގޮތުގައި ބެލެވޭ ބާބުލް މަންދަބު ކަނޑުއޮޅި ނުރައްކަލުގެ ތެރެއަށް!

12 ސެޕްޓެމްބަރު 2026
ދުނިޔޭގެ އިގްތިސާދުގެ މައިނާރެއްގެ ގޮތުގައި ބެލެވޭ ބާބުލް މަންދަބު ކަނޑުއޮޅި ނުރައްކަލުގެ ތެރެއަށް!
11 ސެޕްޓެމްބަރު 2026

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

11 ސެޕްޓެމްބަރު 2026
އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ
11 ސެޕްޓެމްބަރު 2026

އީރާނުގެ ރައީސް: އެމެރިކާއިން އީރާނަށް ކުރިމަތިކުރަމުންދާ ފިއްތުންތައް ނުރައްކާތެރި އަދި ނާޒުކު މަރުހަލާއަކަށް ހިނގައްޖެ

11 ސެޕްޓެމްބަރު 2026
އީރާނުގެ ރައީސް: އެމެރިކާއިން އީރާނަށް ކުރިމަތިކުރަމުންދާ ފިއްތުންތައް ނުރައްކާތެރި އަދި ނާޒުކު މަރުހަލާއަކަށް ހިނގައްޖެ
10 ސެޕްޓެމްބަރު 2026

ރަޝިޔާ އާއި ޗައިނާއިން އީރާނާ ދެކޮޅަށް އައިއޭއީއޭ އިން ހުށަހަޅަން އުޅުނު ގަރާރު ފެއިލްކޮށްލައިފި

10 ސެޕްޓެމްބަރު 2026
ރަޝިޔާ އާއި ޗައިނާއިން އީރާނާ ދެކޮޅަށް އައިއޭއީއޭ އިން ހުށަހަޅަން އުޅުނު ގަރާރު ފެއިލްކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް