Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއީރާން ހަނގުރާމަ

އީރާނުގެ ހަމަލާތަކުން އެމެރިކާ އަސްކަރިއްޔާ "ހުއްޓުމަކަށް" އައުމުގެ ނުރައްކަލުގައި

15 ސެޕްޓެމްބަރު 2026 | އަންގާރަ 16:29

އީރާނުން މެދުނުކެނޑި ދެމުންދާ ހަމަލާތަކުގެ ސަބަބުން ހުޅަނގު އޭޝިއާގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި މަނަވަރުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، އަސްކަރީ ގާބިލުކަން ހުއްޓުމަކަށް އައުމުގެ ބިރު ވަނީ ބޮޑުވެފައި. މި ހަމަލާތަކާ ގުޅިގެން ދިފާއީ ހަތިޔާރު ހުސްވުމާއި ލޮޖިސްޓިކްސްއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން، އީރާނާ ދެކޮޅަށް ދިގު މުއްދަތަކަށް ހަނގުރާމަ ކުރުމުގެ ގާބިލުކަން އެމެރިކާގައި ހުރިތޯ މިހާރު ވަނީ ސުވާލު އުފެދިފައި

ރާއްޖެ އެމްވީ | 15 ސެޕްޓެމްބަރު 2026 | އަންގާރަ 16:29
އެމެރިކާ އާއި އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، ބަހްރައިންގެ މަނާމާގައި ހުންނަ އެމެރިކާގެ ކަނޑުގެ ސިފައިންގެ ފަސްވަނަ ފްލީޓްގެ މައި މަރުކަޒަށް އީރާނުން މިސައިލް ހަމަލާތަކެއް ދިނުމާ ގުޅިގެން، އެ ސަރަހައްދުން ދުން އަރަމުންދަނީ. މި ހަމަލާ އީރާނުން ދީފައިވަނީ 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 28 ވާ ހޮނިހިރު ދުވަހު

އެމެރިކާ އާއި އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، ބަހްރައިންގެ މަނާމާގައި ހުންނަ އެމެރިކާގެ ކަނޑުގެ ސިފައިންގެ ފަސްވަނަ ފްލީޓްގެ މައި މަރުކަޒަށް އީރާނުން މިސައިލް ހަމަލާތަކެއް ދިނުމާ ގުޅިގެން، އެ ސަރަހައްދުން ދުން އަރަމުންދަނީ. މި ހަމަލާ އީރާނުން ދީފައިވަނީ 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 28 ވާ ހޮނިހިރު ދުވަހު | ގެޓީ އިމޭޖަސް

މި ސަރަހައްދުގައި ހިންގާ އަސްކަރީ އޮޕަރޭޝަންތަކާ ބެހޭ މައުލޫމާތު އެނގޭ އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ހުޅަނގު އޭޝިއާގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި މަނަވަރުތަކަށް އީރާނުން މެދުނުކެނޑި ދެމުންދާ ހަމަލާތަކުގެ ސަބަބުން، އެމެރިކާގެ އަސްކަރިއްޔާ ވަނީ "ހުއްޓުމަކަށް" މަގުމަތީގަ އެވެ.

އަސްކަރީ އޮޕަރޭޝަންތަކުގެ މައުލޫމާތު އެނގޭ އެމެރިކާގެ ދެ އޮފިޝަލަކާ ހަވާލާދީ "ދަ އިންޓަރސެޕްޓް" އިން އަންގާރަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުން ބަދަލުހިފުމުގެ ގޮތުން އެމެރިކާގެ މަރުކަޒުތަކަށާއި މަނަވަރުތަކަށް ދެމުންދާ ވަރުގަދަ ހަމަލާތަކުގެ ސަބަބުން، އެމެރިކާގެ އަސްކަރީ ވަސީލަތްތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ.

އެ އޮފިޝަލުންގެ ތެރެއިން އެކަކު އިންޒާރު ދެއްވި ގޮތުގައި، އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ދެމެހެއްޓުމަށް އެމެރިކާގެ އަސްކަރިއްޔާއަށް ކުރިމަތިވަމުންދާ ފިއްތުންތަކުގެ ސަބަބުން، އެ ގައުމުގެ އަސްކަރީ ގާބިލުކަން އެއްކޮށް ހުއްޓުމަކަށް އައުމަކީ އެކަށީގެންވާ ކަމެކެވެ.

އެމެރިކާގެ ސިފައިންނަށް ކުރިމަތިވަމުންދާ ފިއްތުންތަކުގެ ހެކިތަކުގެ ގޮތުގައި އޮފިޝަލުން ފާހަގަކުރެއްވީ، ދިފާއީ ހަތިޔާރުގެ ރިޒާވް ހުސްވަމުންދިއުމާއި، މަރުވާ އަދި ޒަޚަމްވާ ސިފައިންގެ އަދަދު އިތުރުވުމާއި، މަރާމާތުކުރުމުގެ މައްސަލަތަކާއި، ސިފައިން ގައުމުން ބޭރުގައި ތިބެންޖެހޭ މުއްދަތު އިތުރުވުމުގެ އިތުރުން މުދަލާއި ސާމާނު ފޯރުކޮށްދިނުމުގައި (ލޮޖިސްޓިކްސް) ކުރިމަތިވަމުންދާ ދަތިތަކެވެ.

މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، މި ފިއްތުންތަކުގެ ސަބަބުން ޕެންޓަގަންގެ ބަޖެޓަށް ވަނީ ބޮޑު ބުރައެއް އުފުލަން ޖެހިފަ އެވެ. މީގެ އިތުރުން، އެމެރިކާގެ އަސްކަރިއްޔާގެ ވަރުގަދަކަމާއި ތައްޔާރީތަކާ ގުޅޭގޮތުން ޓްރަމްޕް ސަރުކާރުން ތަކުރާރުކޮށް ދެމުންދާ ޔަގީންކަމާ މެދު ވެސް މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

އީރާނުގެ ޑްރޯންތަކާއި ކުރިއަރާފައިވާ ބެލިސްޓިކް މިސައިލްތައް ބޭނުންކޮށްގެން އެމެރިކާގެ ވައިގެ ދިފާއީ ނިޒާމުތައް ފޫއަޅުވާލުމުގެ ގާބިލުކަން ހުރުމުގެ ސަބަބުން، އެމެރިކާގެ އަސްކަރިއްޔާ މިހާރު އޮތީ ނުރައްކާތެރި ހާލަތެއްގައި ކަމަށް ވެސް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.

އެއް އޮފިޝަލަކު ވިދާޅުވި ގޮތުގައި ޓްރަމްޕް ސަރުކާރަށް އީރާނުގެ އަސްކަރީ ގާބިލުކަން ވަޒަންކުރެވިފައިވަނީ ނުބައިކޮށެވެ. އަދި އަނެއް އޮފިޝަލު ފާހަގަކުރެއްވި ގޮތުގައި ވޮޝިންގޓަނުން މި ހަނގުރާމައަށް އެއްވެސް ވަރަކަށް ތައްޔާރުވެފައެއް ނުވެ އެވެ.

އޮފިޝަލުންގެ ތެރެއިން އެކަކު ވިދާޅުވި ގޮތުގައި، އެމެރިކާގެ މަނަވަރުތަކަށް އީރާނުން ބެލިސްޓިކް މިސައިލުން ދޭން ފަށާފައިވާ ހަމަލާތަކަކީ، އެމެރިކާގެ މިޑްޓާމް އިންތިޚާބުގެ ކުރިން ވޮޝިންގޓަނަށް އިގްތިސާދީ ގޮތުން ބޮޑެތި ގެއްލުންތަކެއް ދިނުމަށް އަމާޒުކޮށްގެން ގެންގުޅޭ "ގޯ ފޯ ބްރޯކް" ސިޔާސަތެކެވެ.

މީގެ އިތުރުން، އެ ސަރަހައްދުގައި ހުރި އެމެރިކާގެ މުހިންމު އަސްކަރީ މަރުކަޒުތަކަށް ލިބިފައިވާ ގެއްލުންތަކަށް ވެސް އޮފިޝަލުން އަލިއަޅުވާލެއްވި އެވެ. އީރާނުގެ މިސައިލް އަދި ޑްރޯން ހަމަލާތަކުގައި ބަހްރައިންގެ މަނާމާގައި ހުންނަ އެމެރިކާގެ ކަނޑުގެ ސިފައިންގެ މަރުކަޒުތަކާއި، ފިފްތު ފްލީޓްގެ ހެޑްކުއާޓަރާއި، ލޮޖިސްޓިކްސް ފޯރުކޮށްދޭ މުހިންމު މަރުކަޒަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

މި ހަމަލާތަކަށް ހަ މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ބަހްރައިންގައި ހުންނަ އެމެރިކާގެ ނޭވަލް ސަޕޯޓް އެކްޓިވިޓީ މަރުކަޒަށް ލިބުނު ގެއްލުންތައް އަދިވެސް މަރާމާތު ނުކުރެވޭ ކަމަށް ރިޕޯޓުގައިވެ އެވެ.

ވޯލް ސްޓްރީޓް ޖާނަލްއިން ހިންގި ތަހުގީގަކުން އަންދާޒާކުރާ ގޮތުގައި، ފިފްތު ފްލީޓްގެ ހެޑްކުއާޓަރާއި، ސިފައިން ތިބޭ ތަންތަނާއި، މުވާސަލާތީ އިންފްރާސްޓްރަކްޗާ އަލުން ބިނާކުރުމަށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ހޭދަވާނެ އެވެ.

މި ރިޕޯޓުގައި އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރުތަކަށް ދިމާވެފައިވާ މައްސަލަތައް ވެސް ފާހަގަކޮށްފައިވެ އެވެ. އެގޮތުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ކުރީކޮޅު "ޔޫއެސްއެސް ޖެރަލްޑް އާރް ފޯޑް" ގެ ލޯންޑްރީ ރޫމެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެ މަނަވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، "ޔޫއެސްއެސް އަބްރަހަމް ލިންކަން" ނުވަ މަސް ދުވަހުގެ ތެރޭގައި ބަނދަރަކަށް ކައިރިނުކޮށް ކަނޑުމަތީގައި އުޅެންޖެހުމުން، އޭގެ ފަޅުވެރިންގެ ހިތްވަރު އެލި، ސާމާނު ހުސްވުމުގެ މައްސަލަތައް ކުރިމަތިވި ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

މަތިންދާބޯޓު އުފުލާ މަނަވަރުތަކަކީ ނިއުކްލިއާ ހަކަތައިން ދުއްވާ އެއްޗެހި ކަމުގައިވީ ނަމަވެސް، އޭގައި ހުންނަ މަތިންދާބޯޓުތަކާއި ހެލިކޮޕްޓަރުތަކުގެ އިތުރުން އެހެނިހެން މަނަވަރުތަކަށް ކޮންމެ ހަފުތާއަކު އެތައް މިލިއަން ގެލަންގެ ތެޔޮ ބޭނުންވެ އެވެ. އަދި އެ މަނަވަރުތަކުގައި ތިބޭ ސިފައިންނަށް ކޮންމެ ދުވަހަކު އެތައް ލައްކަ ކާނާ ބޭނުންވުމަކީ އެމެރިކާގެ ކަނޑުގެ ސިފައިންނަށް ކުރިމަތިވެފައިވާ ބޮޑު ލޮޖިސްޓިކް ބުރައެކެވެ.

މިހާރު އެމެރިކާގެ މަނަވަރުތަކަށް ބޭނުންވާ ސާމާނު އުފުލަން ޖެހެނީ އިންޑިއާ ކަނޑުގައި އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒު ކަމަށްވާ ޑިއޭގޯ ގާސިއާއިން 2،000 މޭލަށްވުރެ ދުރު ރާސްތާއަކުންނެވެ.

އެމެރިކާގެ ވޯ ޑިޕާޓްމަންޓްގެ އިންސްޕެކްޓަރ ޖެނެރަލް ހޯމަ ދުވަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، ކަނޑުގެ ސިފައިންގެ މަރުކަޒުތަކާއި ސަޕޯޓް ބަނދަރުތަކަށް ގެނައި ބަދަލުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. ވަކިން ހާއްސަކޮށް، ލޮޖިސްޓިކް ސަޕޯޓާއި އިންފްރާސްޓްރަކްޗާ ޑިއޭގޯ ގާސިއާއަށް ބަދަލުކުރުމާއި، 14 ދުވަހާއި 18 ދުވަހާ ދެމެދުގެ ދިގު ދަތުރުތައް ކުރަންޖެހުމަކީ ބޮޑު ތަކުލީފެއް ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

"މިއީ ވަރަށް އުނދަގޫ އަދި ދާއިމީކޮށް ކުރިއަށް ނުގެންދެވޭނެ ކަމެއް،" ދެވަނަ އޮފިޝަލު "ދަ އިންޓަރސެޕްޓް" އަށް ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، އެމެރިކާގެ ކަނޑުގެ ސިފައިންނަށްވުރެ ކުރިން އީރާނު "ބަލިވާނެ" ކަމަށް ވައިޓް ހައުސްއިން ކުރި އުންމީދުތައް އަދި ހަގީގަތަކަށް ނުވެ އެވެ.

މި ހުރިހާ ކަމެއް މިހެން ހުރިއިރު، ފެބްރުއަރީ މަހުގެ ފަހުކޮޅު ހަނގުރާމަ ފެށުނީއްސުރެ ބަހްރައިން، އުރުދުން، އިރާގު، ކުވެއިތު، ގަތަރު، ސައުދީ އަރަބިއްޔާ އަދި އެކުވެރި އަރަބި އިމާރާތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ދަނީ ހަމަލާދެމުންނެވެ.

މިދިޔަ ހަފުތާގައި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ބުނެފައިވަނީ، އުރުދުން، ބަހްރައިން އަދި އުރުބީލްގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް އެއްފަހަރާ ހަމަލާދީފައިވާ ކަމަށެވެ. މީގެ ތެރޭގައި އަލީ އަލް ސާލިމް އެއާ ބޭސްގައި ހުންނަ އެމެރިކާގެ ކޮމާންޑަރުގެ ހެޑްކުއާޓަރާއި އޭނާ ދިރިއުޅޭ ތަނަށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ދިން ވަރުގަދަ ހަމަލާއެއް ވެސް ހިމެނެ އެވެ.

ޕެންޓަގަންގެ އިންސްޕެކްޓަރ ޖެނެރަލްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، އީރާނުގެ ހަމަލާތަކުގައި އެ ސަރަހައްދުގައި ހުރި އެމެރިކާގެ މަރުކަޒުތަކުގެ އެތައް ސަތޭކަ އިމާރާތަކަށް ގެއްލުންވެ ނުވަތަ ސުންނާފަތިވެފައިވާއިރު، އެމެރިކާގެ އެތައް މަތިންދާބޯޓެއް ވެސް ވަނީ ހަލާކުވެފަ އެވެ.

މި ހަނގުރާމައިގެ ސަބަބުން ޕެޓްރިއޮޓް އަދި ތާޑް (THAAD) ފަދަ ކުރިއަރާފައިވާ ވައިގެ ދިފާއީ ނިޒާމުތަކުގެ މިސައިލްތައް ވެސް ހުސްވަމުންދާ ކަމަށް ރިޕޯޓުގައިވެ އެވެ. މިއާއެކު، މުޅި ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ބާރު ދަމަހައްޓަމުން، އީރާނާ ދެކޮޅަށް ދިގު މުއްދަތަކަށް ހަނގުރާމަ ކުރުމުގެ ގާބިލުކަން ވޮޝިންގޓަނުގައި ހުރިތޯ މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

އީރާން ހަނގުރާމައީރާން-އެމެރިކާ

އެންމެ ހިނގާ

1

އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަހުގެ ހާމަނުކުރާ ވާހަކަތައް: އެމެރިކާގެ ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން އެފް-35 މަރުކާގެ ބޯޓެއްގެ މިޝަން ހުއްޓުވައި އެމެރިކާ ސިއްސުވާލި

2

އާދަޔާޚިލާފު ބާރުގަދަ "އެލް ނީނޯ" ގެ ނުރައްކާ ބޮޑުވަނީ، ވަގުތު ނަގާލެވޭކަށް ނެތް: އދ

3

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ: ނާޒިމް

4

އީރާނުން ބަޑިޖަހައި ވައްޓާލި އެމެރިކާގެ އަސްކަރީ ބޯޓުގައި އިން އެއާމަން ސަލާމަތްކުރުމަށް ހިންގި ނުރައްކާތެރި އޮޕަރޭޝަނުގެ ވާހަކަ

5

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

އިތުރަށް ކިޔާލަން

15 ސެޕްޓެމްބަރު 2026

އީރާނުން 24 ގަޑިއިރުތެރޭ އެމެރިކާގެ ތިން ޑްރޯން ވައްޓާލައިފި

15 ސެޕްޓެމްބަރު 2026
އީރާނުން 24 ގަޑިއިރުތެރޭ އެމެރިކާގެ ތިން ޑްރޯން ވައްޓާލައިފި
14 ސެޕްޓެމްބަރު 2026

ހުރްމުޒް ކަނޑުއޮޅި މަތިން އެމެރިކާގެ އެންމެ ޒަމާނީ އެމް.ކިއު-1 މަރުކާގެ ޑްރޯނެއް އީރާނުން ވައްޓާލައިފި

14 ސެޕްޓެމްބަރު 2026
ހުރްމުޒް ކަނޑުއޮޅި މަތިން އެމެރިކާގެ އެންމެ ޒަމާނީ އެމް.ކިއު-1 މަރުކާގެ ޑްރޯނެއް އީރާނުން ވައްޓާލައިފި
14 ސެޕްޓެމްބަރު 2026

އީރާނުން ބަޑިޖަހައި ވައްޓާލި އެމެރިކާގެ އަސްކަރީ ބޯޓުގައި އިން އެއާމަން ސަލާމަތްކުރުމަށް ހިންގި ނުރައްކާތެރި އޮޕަރޭޝަނުގެ ވާހަކަ

14 ސެޕްޓެމްބަރު 2026
އީރާނުން ބަޑިޖަހައި ވައްޓާލި އެމެރިކާގެ އަސްކަރީ ބޯޓުގައި އިން އެއާމަން ސަލާމަތްކުރުމަށް ހިންގި ނުރައްކާތެރި އޮޕަރޭޝަނުގެ ވާހަކަ
14 ސެޕްޓެމްބަރު 2026

ހުރްމުޒް ކަނޑުއޮޅީގައި އާ މަގެއް ކަނޑައެޅުމާ ގުޅޭ ސަރަހައްދީ ބައްދަލުވުން އޮމާނުން ފަސްކޮށްފި

14 ސެޕްޓެމްބަރު 2026
ހުރްމުޒް ކަނޑުއޮޅީގައި އާ މަގެއް ކަނޑައެޅުމާ ގުޅޭ ސަރަހައްދީ ބައްދަލުވުން އޮމާނުން ފަސްކޮށްފި
13 ސެޕްޓެމްބަރު 2026

އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަހުގެ ހާމަނުކުރާ ވާހަކަތައް: އެމެރިކާގެ ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން އެފް-35 މަރުކާގެ ބޯޓެއްގެ މިޝަން ހުއްޓުވައި އެމެރިކާ ސިއްސުވާލި

13 ސެޕްޓެމްބަރު 2026
އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަހުގެ ހާމަނުކުރާ ވާހަކަތައް: އެމެރިކާގެ ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން އެފް-35 މަރުކާގެ ބޯޓެއްގެ މިޝަން ހުއްޓުވައި އެމެރިކާ ސިއްސުވާލި
13 ސެޕްޓެމްބަރު 2026

އީރާނުގެ ވިޔަފާރި އުޅަނދަކަށް މިސައިލް ހަމަލާއެއް، އެކަކު މަރު

13 ސެޕްޓެމްބަރު 2026
އީރާނުގެ ވިޔަފާރި އުޅަނދަކަށް މިސައިލް ހަމަލާއެއް، އެކަކު މަރު
12 ސެޕްޓެމްބަރު 2026

އީރާނުގެ މަދަދުލިބޭ ހޫޘީން ބާބުލް މަންދަބު ކަނޑުއޮޅީގައި އޮންނަ އިސްތިރާތީޖީ ގޮތުން މުހިންމު މަޔޫން ޖަޒީރާ ހިފުން: އެ ރަށް އެމީހުންގެ ބާރުގެ ދަށުގައި ބޭއްވިދާނެތަ؟

12 ސެޕްޓެމްބަރު 2026
އީރާނުގެ މަދަދުލިބޭ ހޫޘީން ބާބުލް މަންދަބު ކަނޑުއޮޅީގައި އޮންނަ އިސްތިރާތީޖީ ގޮތުން މުހިންމު މަޔޫން ޖަޒީރާ ހިފުން: އެ ރަށް އެމީހުންގެ ބާރުގެ ދަށުގައި ބޭއްވިދާނެތަ؟
12 ސެޕްޓެމްބަރު 2026

ދުނިޔޭގެ އިގްތިސާދުގެ މައިނާރެއްގެ ގޮތުގައި ބެލެވޭ ބާބުލް މަންދަބު ކަނޑުއޮޅި ނުރައްކަލުގެ ތެރެއަށް!

12 ސެޕްޓެމްބަރު 2026
ދުނިޔޭގެ އިގްތިސާދުގެ މައިނާރެއްގެ ގޮތުގައި ބެލެވޭ ބާބުލް މަންދަބު ކަނޑުއޮޅި ނުރައްކަލުގެ ތެރެއަށް!
11 ސެޕްޓެމްބަރު 2026

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

11 ސެޕްޓެމްބަރު 2026
އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ
11 ސެޕްޓެމްބަރު 2026

އީރާނުގެ ރައީސް: އެމެރިކާއިން އީރާނަށް ކުރިމަތިކުރަމުންދާ ފިއްތުންތައް ނުރައްކާތެރި އަދި ނާޒުކު މަރުހަލާއަކަށް ހިނގައްޖެ

11 ސެޕްޓެމްބަރު 2026
އީރާނުގެ ރައީސް: އެމެރިކާއިން އީރާނަށް ކުރިމަތިކުރަމުންދާ ފިއްތުންތައް ނުރައްކާތެރި އަދި ނާޒުކު މަރުހަލާއަކަށް ހިނގައްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް