Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ގަތުލުއާންމު

އެއްބަސްވުމާ ޚިލާފުވެ އިސްރާއީލްގެ ސިފައިން ޣައްޒާއަށް ދިން އާ ހަމަލާތަކެއްގައި ދެ މީހުން ޝަހީދުކޮށްލައިފި

15 ސެޕްޓެމްބަރު 2026 | އަންގާރަ 02:13

ޣައްޒާގެ ޚާން ޔޫނިސްއާއި އެކި ސަރަހައްދުތަކުގައި ހުރި ރެފިއުޖީ ފޭލިގެތަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި ދެ މީހުން ޝަހީދުކޮށްލައި، ކުޑަކުދިން ހިމެނޭހެން ގިނަ ބަޔަކު ޒަޚަމްކޮށްލައިފި. މި އުދުވާނުގައި އާންމުން ދިރިއުޅޭ ގެދޮރަށާއި ހަސްފަތާލުތައް ކައިރިއަށް އަމާޒުކޮށް ހަމަލާދީފައިވާއިރު، 2023 އޮކްޓޫބަރުން ފެށިގެން އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ޝަހީދުކޮށްލާފައިވާ މީހުންގެ އަދަދު މިހާރު ވަނީ 73,000 އަށްވުރެ މައްޗަށް އުފުލިފައި

ނިއުސް ޓީމް
ނިއުސް ޓީމް | 15 ސެޕްޓެމްބަރު 2026 | އަންގާރަ 02:13
އިސްރާއީލު ސިފައިން ޣައްޒާއަށް ވައިގެ ހަމަލާތަކެއް ދިން ސަރަހައްދަށް މަދަނީ ސަލާމަތާ ބެހޭ އިދާރާގެ އޮފިޝަލުން ހާޒިރުވެ، ޒަޚަމްކޮށްލާފައިވާ މީހުން ހޯދައި، ފަރުވާދޭން މަސައްކަތް ކުރަނީ

އިސްރާއީލު ސިފައިން ޣައްޒާއަށް ވައިގެ ހަމަލާތަކެއް ދިން ސަރަހައްދަށް މަދަނީ ސަލާމަތާ ބެހޭ އިދާރާގެ އޮފިޝަލުން ހާޒިރުވެ، ޒަޚަމްކޮށްލާފައިވާ މީހުން ހޯދައި، ފަރުވާދޭން މަސައްކަތް ކުރަނީ | އަނަދޮލޫ

2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ޣައްޒާގައި ގާއިމުކޮށްފައިވާ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ އިސްރާއީލްގެ ސިފައިން ތަކުރާރުކޮށް ޚިލާފުވަމުންގޮސް، މި ހޯމަ ދުވަހު ދިން ހަމަލާތަކުގައި ފަލަސްތީނުގެ ދެ މީހަކު ޝަހީދުކޮށްލައި، ހަތަރު ކުޑަކުދިން ހިމެނޭހެން 28 މީހަކު ވަނީ ޒަޚަމްކޮށްލައިފި އެވެ. އިސްރާއީލްގެ މި ހަމަލާތައް ޣައްޒާ ސިޓީއާއި، ޚާން ޔޫނިސްގެ އިތުރުން އަލް-ޒަވައިދާއަށް ވަނީ އަމާޒުކޮށްފަ އެވެ. މި އުދުވާނުގައި ރެފިއުޖީން ދިރިއުޅޭ ފޭލިގެތަކަށާއި އާންމުން އެއްވެ އުޅޭ ތަންތަނަށް ވައިގެ މަގުން ހަމަލާދިނުމުގެ އިތުރުން، އަސްކަރީ އުޅަނދުތަކުން ބަޑީގެ ހަމަލާތައް ވެސް ވަނީ ދީފަ އެވެ.

ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގެ އަލް-މަވާސީ ސަރަހައްދުގައި ހުރި ރެފިއުޖީ ފޭލިގެއަކަށް އިސްރާއީލްގެ ޑްރޯންއަކުން ދިން ހަމަލާއެއްގައި ޝަހީދުވި މީހެއްގެ ހަށިގަނޑާއި ޒަޚަމްވި ހަތް މީހަކު ނާސިރު ހަސްފަތާލަށް ގެންގޮސްފައިވާ ކަމަށް، އެ ހަސްފަލާތުގެ ސިއްހީ މަސްދަރަކުން ވަނީ ކަށަވަރުކޮށްދީފަ އެވެ. އަލް-މަވާސީ ސަރަހައްދުގައި ހުރި ރެފިއުޖީ ފޭލިގެއަކަށް އިސްރާއީލްގެ ޑްރޯންއަކުން މިސައިލް ހަމަލާތަކެއް ދީފައިވާކަމަށާއި، މި ހަމަލާގައި ފަލަސްތީނުގެ މީހަކު ޝަހީދުވެ އިތުރު ބަޔަކު ޒަޚަމްވި ކަމަށް، އަނަދޯލް ނޫސް އޭޖެންސީއަށް މައުލޫމާތު ދިން މަންޒަރު ދުށް މީހުން ވަނީ ބުނެފަ އެވެ. މީގެ ކުރިން، ހަމަ އެ ސަރަހައްދުގައި ހުރި އެހެން ރެފިއުޖީ ފޭލިގެއަކަށް އިސްރާއީލްގެ ޑްރޯންއަކުން ދިން އެހެން ހަމަލާއެއްގައި ވެސް ފަލަސްތީނުގެ އަށް މީހަކު ވަނީ ޒަޚަމްކޮށްލާފަ އެވެ.

Advertisement - worldAdvertisement

އަލް-މަވާސީ ސަރަހައްދުގައި ރެފިއުޖީ ފޭލިގެއެއްގެ ކައިރިއަށް އެއްވެ ތިބި އާންމުންނަށް އަމާޒުކޮށް އިސްރާއީލްގެ ޑްރޯންއަކުން ދެ މިސައިލް ފޮނުވާލައިގެން ދިން ހަމަލާގައި، ހަތަރު ކުޑަކުދިން ހިމެނޭހެން އަށް މީހަކު ވަނީ ޒަޚަމްކޮށްލާފަ އެވެ. މި ހަމަލާގައި ޒަޚަމްވި މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ވަރަށް ސީރިޔަސް ކަމަށާއި، އެ މީހުންނަށް ނާސިރު ހަސްފަލާތުގެ އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށް ސިއްހީ މަސްދަރުތަކުން މައުލޫމާތު ދީފަ އެވެ. މީގެ އިތުރުން، ޚާން ޔޫނިސްގެ އިރުމަތީ ފަރާތުގައި ހަރަކާތްތެރިވަމުންދިޔަ އިސްރާއީލްގެ އަސްކަރީ އުޅަނދުތަކުން ދިން ބަޑީގެ ހަމަލާތަކެއްގައި ޒުވާނަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް އަލް-އަމަލް ހަސްފަލާތުގެ ސިއްހީ މަސްދަރަކުން ވަނީ ބުނެފަ އެވެ. އިސްރާއީލްގެ އަސްކަރީ އުޅަނދުތަކުން ވަނީ ޚާން ޔޫނިސްގެ އިރުމަތީ އަދި ދެކުނު ސަރަހައްދުތަކުގައި ހުރި އާންމުންގެ ގެދޮރަށާއި ރެފިއުޖީ ފޭލިގެތަކަށް އަމާޒުކޮށް ނުރައްކާތެރި ބަޑީގެ ހަމަލާތަކެއް ދީފައި ކަމަށް މަންޒަރު ދުށް މީހުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ޣައްޒާގެ އުތުރު ސަރަހައްދުގެ ހާލަތަށް ބަލާއިރު، ޣައްޒާ ސިޓީގެ ހުޅަނގު ފަރާތުގައި ހުރި ގެއެއްގެ ފުރާޅުމަތީގައި ޖަހާފައި ހުރި ފޭލިގެއަކަށް އިސްރާއީލްގެ ޑްރޯންއަކުން ދިން ހަމަލާއެއްގައި ލިބުނު ސީރިއަސް އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް، އުމުރުން 50 އަހަރުގެ މުހައްމަދު ޚަދަރު އަޖޫރު ޝަހީދުވެފައިވާ ކަމަށް އަލް-ޝިފާ ހަސްފަތާލުން ވަނީ ބުނެފަ އެވެ. އެ ސަރަހައްދުގެ މަސްދަރުތަކުން ވަނީ، އިސްރާއީލްގެ ޑްރޯންއަކުން އަލް-ޝިފާ ހަސްފަތާލް ކައިރީގައި ހުރި އަޖޫރު އާއިލާގެ ގޭގެ ފުރާޅުމަތީގައި ހުރި ފޭލިގެއަށް ދެ މިސައިލް ފޮނުވާލާފައިވާ ކަމަށް ބުނެފަ އެވެ. މި ހަމަލާގައި އޭނާއަށް ލިބުނު ފުރާނައަށް ނުރައްކާވާ ފަދަ އަނިޔާތަކުގެ ސަބަބުން ފަހުން ވަނީ ޝަހީދުވެފަ އެވެ.

މީގެ އިތުރުން، ޣައްޒާ ސިޓީގެ މެދުތެރޭގައި އޮންނަ އަލް-ވަހްދާ މަގުގައި ހުރި ފޭލިގެއަކަށް އިސްރާއީލްގެ ސިފައިން ދިން ހަމަލާއެއްގައި ފަލަސްތީނުގެ 10 މީހަކު ޒަޚަމްކޮށްލާފައިވާ ކަމަށް ސިއްހީ މަސްދަރުތަކުން ބުނެ އެވެ. މި ހަމަލާގައި ޒަޚަމްވި މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިޔަސް ކަމަށް މަސްދަރުތަކުން ބުނާއިރު، މި ހަމަލާ އަމާޒުކޮށްފައި ވަނީ އަލް-ވަފާ ހަސްފަތާލް ކައިރީގައި ގިނަ އަދަދެއްގެ ރެފިއުޖީން އެއްވެފައި އޮތް ސަރަހައްދަކަށް ކަމަށް މަންޒަރު ދުށް މީހުން ވަނީ ބުނެފަ އެވެ. އަނެއްކޮޅުން، ޣައްޒާގެ މެދުތެރޭ ސަރަހައްދުގައި، އަލް-ޒަވައިދާ އަވަށުގެ އިރުމަތީގައި އޮންނަ ސަލާހުއްދީން މަގުގައި އެއްވެ ތިބި އާންމުންނަށް އަމާޒުކޮށް ޑްރޯންއަކުން ދިން ހަމަލާއެއްގައި ޒަޚަމްވި ދެ މީހަކު އަލް-އަގްސާ މާޓިއާސް ހަސްފަތާލަށް ގެނެސްފައިވާ ކަމަށް އެ ހަސްފަތާލުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ އިސްރާއީލްގެ ފަރާތުން ޚިލާފުވެ މި ހޯމަ ދުވަހާ ހަމައަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 1,372 މީހުން ޝަހީދުކޮށްލައި، 4,659 މީހުން ޒަޚަމްކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. މީގެ އިތުރުން، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިސްރާއީލްގެ ސިފައިން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 73,000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށް، 174,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލާފަ އެވެ. އަދި، އިސްރާއީލްގެ އުދުވާނުގައި ޣައްޒާގެ އާންމު އުމްރާނީ ވަސީލަތްތަކުގެ ގާތްގަނޑަކަށް 90 އިންސައްތަ ވަނީ ބިމާ ހަމަކޮށްލައިފަ އެވެ.

މަސްދަރު: އަނަދޯލް އޭޖެންސީ

ޣައްޒާޚާން ޔޫނިސްއަލް-ޒަވައިދާއަލްމަވާސީއަލް ޝިފާ ހޮސްޕިޓަލް

އެންމެ ހިނގާ

1

އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަހުގެ ހާމަނުކުރާ ވާހަކަތައް: އެމެރިކާގެ ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން އެފް-35 މަރުކާގެ ބޯޓެއްގެ މިޝަން ހުއްޓުވައި އެމެރިކާ ސިއްސުވާލި

2

އާދަޔާޚިލާފު ބާރުގަދަ "އެލް ނީނޯ" ގެ ނުރައްކާ ބޮޑުވަނީ، ވަގުތު ނަގާލެވޭކަށް ނެތް: އދ

3

އީރާނުން ބަޑިޖަހައި ވައްޓާލި އެމެރިކާގެ އަސްކަރީ ބޯޓުގައި އިން އެއާމަން ސަލާމަތްކުރުމަށް ހިންގި ނުރައްކާތެރި އޮޕަރޭޝަނުގެ ވާހަކަ

4

ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް

5

"ސުޕަރޖަމްބޯ" ގެ ނަމުން މަޝްހޫރުވެފައިވާ ބިޔަ އޭ380 މަތިންދާބޯޓުތަކުގެ ޒަމާން ނިމުމަކަށް އަންނަނީބާ؟

އިތުރަށް ކިޔާލަން

09 ސެޕްޓެމްބަރު 2026

އިސްރާއީލުން ދަނީ ފަލަސްތީނުގެ ނަސްލު ނައްތާލަމުން: އިނގިރޭސިވިލާތް

09 ސެޕްޓެމްބަރު 2026
އިސްރާއީލުން ދަނީ ފަލަސްތީނުގެ ނަސްލު ނައްތާލަމުން: އިނގިރޭސިވިލާތް
08 ސެޕްޓެމްބަރު 2026

ފަލަސްތީނު ރައްޔިތުން ގަދަބާރުން ގައުމުން ބޭލުމާ އަރަބި ލީގުން ދެކޮޅު!

08 ސެޕްޓެމްބަރު 2026
ފަލަސްތީނު ރައްޔިތުން ގަދަބާރުން ގައުމުން ބޭލުމާ އަރަބި ލީގުން ދެކޮޅު!
08 ސެޕްޓެމްބަރު 2026

ހަމާސް: އިސްރާއީލުން ޣައްޒާ ގަތުލުއާންމުގެ ހެކި ނައްތާލަނީ

08 ސެޕްޓެމްބަރު 2026
ހަމާސް: އިސްރާއީލުން ޣައްޒާ ގަތުލުއާންމުގެ ހެކި ނައްތާލަނީ
07 ސެޕްޓެމްބަރު 2026

ޣައްޒާ ގަތުލުއާންމުގައި ޝަހީދުކޮށްލާފައިވާ 100 އެއްހާ މީހުންގެ ޖަނާޒާ ބާއްވައިފި

07 ސެޕްޓެމްބަރު 2026
ޣައްޒާ ގަތުލުއާންމުގައި ޝަހީދުކޮށްލާފައިވާ 100 އެއްހާ މީހުންގެ ޖަނާޒާ ބާއްވައިފި
06 ސެޕްޓެމްބަރު 2026

ގަތަރަށް ބޮން އެޅުމަކީ ފަޚުރުވެރިވާ ކަމެއްކަން ނަތަންޔާހޫ ހާމަކޮށްފި

06 ސެޕްޓެމްބަރު 2026
ގަތަރަށް ބޮން އެޅުމަކީ ފަޚުރުވެރިވާ ކަމެއްކަން ނަތަންޔާހޫ ހާމަކޮށްފި
05 ސެޕްޓެމްބަރު 2026

ގަތުލުއާންމާ ގުޅިގެން މެދުކަނޑާލުމަށްފަހު ފަލަސްތީނުގައި ފުޓުބޯޅަ މުބާރާތެއް ފަށައިފި

05 ސެޕްޓެމްބަރު 2026
ގަތުލުއާންމާ ގުޅިގެން މެދުކަނޑާލުމަށްފަހު ފަލަސްތީނުގައި ފުޓުބޯޅަ މުބާރާތެއް ފަށައިފި
04 ސެޕްޓެމްބަރު 2026

ހަތް އަހަރު ދުވަހުގެ ތެރޭގައި ޣައްޒާގެ ހުރިހާ ފަލަސްތީނު ރައްޔިތުން އެ ސަރަހައްދުން ބޭރުކޮށް، ނަސްލު ނައްތާލުމުގެ ނުރައްކާތެރި ރޭވުމެއް ހާމަކޮށްފި

04 ސެޕްޓެމްބަރު 2026
ހަތް އަހަރު ދުވަހުގެ ތެރޭގައި ޣައްޒާގެ ހުރިހާ ފަލަސްތީނު ރައްޔިތުން އެ ސަރަހައްދުން ބޭރުކޮށް، ނަސްލު ނައްތާލުމުގެ ނުރައްކާތެރި ރޭވުމެއް ހާމަކޮށްފި
03 ސެޕްޓެމްބަރު 2026

އިސްރާއީލުގެ ހަމަލާތަކުގައި ލުބުނާނުން ކޮންމެ ދުވަހަކު 7 ކުޑަކުދިން ޝަހީދުކޮށްލާ

03 ސެޕްޓެމްބަރު 2026
އިސްރާއީލުގެ ހަމަލާތަކުގައި ލުބުނާނުން ކޮންމެ ދުވަހަކު 7 ކުޑަކުދިން ޝަހީދުކޮށްލާ
02 ސެޕްޓެމްބަރު 2026

އޮގަސްޓްގައި އިސްރާއީލުގެ 5،209 ވަޒަންވެރިން އަލްއަޤްޞާ މިސްކިތަށް ވަދެގަތް

02 ސެޕްޓެމްބަރު 2026
އޮގަސްޓްގައި އިސްރާއީލުގެ 5،209 ވަޒަންވެރިން އަލްއަޤްޞާ މިސްކިތަށް ވަދެގަތް
02 ސެޕްޓެމްބަރު 2026

އެއްބަސްވުމަށް އިހުތިރާމްކުރަން އިސްރާއީލަށް ބާރުއަޅަން ހަމާސުން ގޮވާލައިފި

02 ސެޕްޓެމްބަރު 2026
އެއްބަސްވުމަށް އިހުތިރާމްކުރަން އިސްރާއީލަށް ބާރުއަޅަން ހަމާސުން ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް