Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުބާބުލް މަންދަބު

ދުނިޔޭގެ އިގްތިސާދުގެ މައިނާރެއްގެ ގޮތުގައި ބެލެވޭ ބާބުލް މަންދަބު ކަނޑުއޮޅި ނުރައްކަލުގެ ތެރެއަށް!

12 ސެޕްޓެމްބަރު 2026 | ހޮނިހިރު 12:12

ޔަމަނުގެ ހޫޘީން ބާބުލް މަންދަބު ކަނޑުއޮޅީގެ ބާރުގަދަކޮށް، ދަތުރުކުރާ އުޅަނދުތަކަށް ހަމަލާދެމުންދާތީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައި. މި ނުރައްކަލާ ގުޅިގެން ސައުދީ އަރަބިއްޔާއިން ބޭރުކުރާ ތެލުގެ މިންވަރު މަދުވެ، މުދާ އުފުލުމުގެ ޚަރަދު ބޮޑުވުމަކީ ދުނިޔޭގެ އިގްތިސާދަށް އޮތް ބޮޑު ގޮންޖެހުމެއް

ރާއްޖެ އެމްވީ | 12 ސެޕްޓެމްބަރު 2026 | ހޮނިހިރު 12:12
ޔަމަނުގެ އައްސޭރިފަށުން ހޫޘީން ދިން އެތައް ހަމަލާތަކެއްގައި ބޮޑެތި ގެއްލުންތަކެއް ލިބުނު 'ސޫނިއަން' ނަމަކަށް ކިޔާ ތެޔޮ ޓޭންކަރަށް، 2024 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓުނު

ޔަމަނުގެ އައްސޭރިފަށުން ހޫޘީން ދިން އެތައް ހަމަލާތަކެއްގައި ބޮޑެތި ގެއްލުންތަކެއް ލިބުނު 'ސޫނިއަން' ނަމަކަށް ކިޔާ ތެޔޮ ޓޭންކަރަށް، 2024 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓުނު | ގެޓީ އިމޭޖަސް

ދުނިޔޭގެ އިގްތިސާދުގެ މައިނާރެއްގެ ގޮތުގައި ބެލެވޭ ބާބުލް މަންދަބު ކަނޑުއޮޅީގެ ސަލާމަތާއި ރައްކާތެރިކަން މިހާރު ވަނީ ބޮޑު ސުވާލެެއްގެ ތެރޭގަ އެވެ.

ޔަމަނާއި ޖިބޫޓީއާ ދެމެދު ރަތްކަނޑުގެ ދޮރުމަތީގައި އޮންނަ ހަނި ކަނޑުއޮޅިއަކީ މެދުއިރުމަތީގެ ތެލުގެ ބޮޑު ބައެއް ބޭރުކުރުމަށް ބޭނުންކުރާ މުހިންމު މަގެކެވެ. ނަމަވެސް، މި މުހިންމު މަގުގެ ރައްކާތެރިކަމާ މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

ބާބުލް މަންދަބު ކަނޑުއޮޅީގެ ޗާޓު

ބާބުލް މަންދަބު ކަނޑުއޮޅީގެ ޗާޓު | އެލަމީ

އީރާނުގެ މަދަދުލިބޭ ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ބާބުލް މަންދަބު ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އިންޒާރު ދެމުން އަންނަތާ މިހާރު ހަފުތާތަކެއް ވެއްޖެ އެވެ. މިއީ ތެހެރާނާއި ވޮޝިންޓަނާ ދެމެދު ހިނގަމުންދާ، އަދި މިހާރު ހަތްވަނަ މަހަށް އަޅާފައިވާ ހަނގުރާމައިގެ އާ ކުރިމަތިލުމެއް ފެށުމަށް ހޫޘީން ކުރަމުންދާ މަސައްކަތެއްގެ ގޮތުގައި ބެލެވެ އެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ނުވަނީސް، ހޫޘީން ވަނީ މި ކަނޑުއޮޅީގެ މައްޗަށް އޮތް ބާރުވެރިކަން ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ. އެގޮތުން ބަނދަރު ސިޓީއެއް ކަމަށްވާ މުޚާގެ އިތުރުން، ޔަމަނު ސަރުކާރުގެ މަސްދަރުތަކުން ބުނާ ގޮތުގައި، ކަނޑުއޮޅީގެ މެދުގައި އޮންނަ އިސްތިރާތީޖީ ގޮތުން މުހިންމު ޕެރިމް އައިލެންޑް ވެސް މިހާރު ވަނީ ހޫޘީންގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ.

ބާބުލް މަންދަބަކީ ޒަމާނުއްސުރެ ބައިނަލްއަގުވާމީ ވިޔަފާރީގެ މުހިންމު ނާރެހެކެވެ. ނަމަވެސް، އެމެރިކާއާއި އީރާނުގެ ހަނގުރާމައާ ގުޅިގެން ކައިރީގައި އޮންނަ ހުރްމުޒް ކަނޑުއޮޅި ބަންދުވުމާ އެކު، ބާބުލް މަންދަބުގެ މުހިންމުކަން ކުރިއަށްވުރެ ބޮޑުވެގެން ދިޔަ އެވެ.

ފާއިތުވި މަސްތަކުގައި ސައުދީ އަރަބިއްޔާއިން ވަނީ މިލިއަނުން ތެޔޮ ބޭރުކުރުމަށް މި މަގު ބޭނުންކޮށްފަ އެވެ. ބާބުލް މަންދަބު ކަނޑުއޮޅި ބަންދުވެއްޖެ ނަމަ، އެ ސަރަހައްދުން ތެޔޮ ބޭރުކުރެވޭ މިންވަރު މަދުވާނެ އެވެ. އަދި ތެޔޮ އުފުލުމަށް މާ ދިގު މަގުތަކެއް އިޚްތިޔާރުކުރަން ޖެހުމުގެ ސަބަބުން، މުދާ އުފުލުމުގެ އަގުތައް އިންތިހާއަށް އުފުލި، އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު ބޮޑުވުމަށް މަގުފަހިވާނެ އެވެ.

"ބާބުލް މަންދަބަކީ އިގްތިސާދީ މައިނާރެއް. އެ މަގު ގެއްލުމަކީ މިހާރު އޮތް ހާލަތަކީ ދެމެހެއްޓެނިވި ހާލަތެއް ނޫންކަން ތެލުގެ ބާޒާރަށް ވިސްނައިދިން ކަމެއް،" އެނާޖީ އެސްޕެކްޓްސްގެ ކޯ-ފައުންޑަރ ރިޗަޑް ބްރޮންޒް ސީ.އެން.އެން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.

ތެޔޮ ބޭރުކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައި

ހަނގުރާމަ ފެށުމުގެ ކުރިން، ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި، ނުވަތަ ދުވާލަކު 20 މިލިއަން ފީފާ ތެޔޮ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރެ އެވެ. އެ މަގު ބަންދުވުމާ އެކު، ސައުދީ އަރަބިއްޔާއިން ވަނީ އެ ގައުމުގެ އިރުމަތިން ހުޅަނގަށް އަޅާފައިވާ ހޮޅިލައިން މެދުވެރިކޮށް ރަތްކަނޑުގެ ބަނދަރެއް ކަމަށްވާ ޔަންބޫއަށް ތެޔޮ ފޮނުވަން ފަށާފަ އެވެ.

ބްރޮންޒް ވިދާޅުވި ގޮތުގައި، އެންމެ ގިނައިން ތެޔޮ ބޭރުކުރި ދުވަސްވަރު ޔަންބޫ ބަނދަރުން ދުވާލަކު 4.5 މިލިއަން ފީފާ ތެޔޮ ބޭރުކުރި އެވެ. އޭގެ ތެރެއިން ބޮޑު ބައެއް، ނުވަތަ ދުވާލަކު 3 މިލިއަން ފީފާ ތެޔޮ ބޭރުކުރީ ބާބުލް މަންދަބު ކަނޑުއޮޅި މެދުވެރިކޮށެވެ.

ނަމަވެސް، ހޫޘީންގެ ނުރައްކަލާ ގުޅިގެން އޮގަސްޓް މަހު ބާބުލް މަންދަބުން ދަތުރުކުރި ސައުދީ ތެލުގެ މިންވަރު ދުވާލަކު 400،000 ފީފާއަށް ވަނީ ދަށަށް ގޮސްފަ އެވެ. އަދި މިހާރު އެ އަދަދު އެއަށްވުރެ ވެސް ދަށްވެފައިވާ ކަމަށް ބްރޮންޒް ފާހަގަކުރެއްވި އެވެ.

މި ކަނޑުއޮޅިން ދަތުރުކުރުން ހުއްޓާލުމަށްފަހު، އޭޝިއާއަށް ތެޔޮ ފޮނުވުމަށްޓަކައި ސުއޭޒް ކެނަލް ހުރަސްކޮށް މެޑިޓެރޭނިއަން ކަނޑަށް ވަދެ، އެފްރިކާގެ ހުޅަނގު އައްސޭރިން ދަތުރުކޮށް، މުޅި އެފްރިކާ ބައްރު ވަށާލައި އިންޑިއާ ކަނޑަށް ވަންނަން ޖެހެ އެވެ. މި ދިގު ދަތުރުގެ ސަބަބުން ދަތުރުގެ މުއްދަތަށް ގާތްގަނޑަކަށް މަހެއްހާ ދުވަސް އިތުރުވެ، މުދާ އުފުލުމުގެ ޚަރަދު ބޮޑުވެގެންދެ އެވެ.

"އޭޝިއާގެ ގިނަ ރިފައިނަރީތަކުން މިހާރު ދަނީ ތެޔޮ ހޯދާނެ އެހެން ގޮތްތައް ބަލަމުން. މީގެ ސަބަބުން އެހެން ސަރަހައްދުތަކުގެ ތެލުގެ އަގު އުފުލި، މުޅި ދުނިޔޭގައި ތެލުގެ އަގު މިހާ ބޮޑަށް މައްޗަށް ދިއުމަށް މެދުވެރިވަނީ،" ބްރޮންޒް ވިދާޅުވި އެވެ.

އިސްތިރާތީޖީ ގޮތުން މުހިންމު ބާބުލް މަންދަބު ކަނޑުއޮޅި ހޫޘީންގެ ބާރުގެ ދަށަށް ދިޔަ ޚަބަރާއެކު، ބުރާސްފަތި ދުވަހު ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބަލާ މިންގަނޑު ކަމަށްވާ ބްރެންޓް ކްރޫޑް އަދި އެމެރިކާގެ މިންގަނޑު ކަމަށްވާ ޑަބްލިއު.ޓީ.އައި ގެ އަގު 7 އިންސައްތައަށް ވުރެ މައްޗަށް ގޮސް، ފީފާއެއްގެ އަގު ވަނީ 108 ޑޮލަރާއި 103 ޑޮލަރަށް އަރާފަ އެވެ. މިއީ މެއި މަހަށްފަހު ތެލުގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.

ކެޕްލަރގެ ސީނިއާ އެނަލިސްޓް ޔޯހަނަސް ރައުބަލް ވިދާޅުވި ގޮތުގައި، ރަތްކަނޑުގެ ދަތުރުފަތުރަށް ހުރަސް އެޅުމާއި، ސައުދީން ތެޔޮ އުފައްދާ މިންވަރު މަދުކުރުމާއި، ޔޫކްރެއިނުން ރަޝިއާގެ ހަކަތައިގެ ވަސީލަތްތަކަށް ދޭ ހަމަލާތަކާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ފީފާއެއް 100 ޑޮލަރަށްވުރެ މައްޗަށް ގޮސްފަ އެވެ.

"މި މައްސަލައަށް އަވަސް ހައްލެއް ފެންނަން ނެތުމާއި، ދަތުރުފަތުރަށް ހުރި ހުރަސްތައް ދެމިއޮތުމުން، ރިފައިނަރީތަކަށް ވަނީ އިތުރަށް ތެޔޮ ހޯދަން މަޖުބޫރުވެފައި. މީގެ ސަބަބުން ތެލުގެ އަގު ދަނީ މައްޗަށް،" އޭނާ ސީ.އެން.އެން އަށް ވިދާޅުވި އެވެ.

ސާފުނުކުރާ ތެޔޮ ބޭނުންކޮށްގެން އުފައްދާ ޑީސަލަކީ ދުނިޔޭގެ އިގްތިސާދު ހިންގުމަށް ބޭނުންކުރާ އެންމެ މުހިންމު ހަކަތަ އެވެ. މިއީ ލޮރީތަކާއި، ޓްރެކްޓަރުތަކާއި، މުދާ އުފުލާ ރޭލުތަކާއި އެހެނިހެން ވިޔަފާރި އުޅަނދުތައް ދުއްވުމަށް ބޭނުންކުރާ ތެލެވެ. އޭ.އޭ.އޭ ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ހަނގުރާމަ ފެށުނު ފަހުން އެމެރިކާގައި ޑީސަލްގެ އަގު ވަނީ 50 އިންސައްތައަށް ވުރެ މައްޗަށް ގޮސްފަ އެވެ. އަދި ހުކުރު ދުވަހު ޑީސަލް ގެލަނެއްގެ އަގު ވަނީ ފުރަތަމަ ފަހަރަށް 6 ޑޮލަރަށް ވުރެ މައްޗަށް އަރާފަ އެވެ.

ހަކަތައިގެ އަގު ބޮޑުވުމަކީ އާންމު އިންފްލޭޝަން މައްޗަށް ދިއުމަށް ދިމާވާ މައިގަނޑު ސަބަބެވެ. މީގެ ސަބަބުން ބޭންކުތަކުގެ އިންޓްރެސްޓް ރޭޓް މަތިކުރަން ޖެހި، އާންމު ރައްޔިތުން ލޯނު ނެގުމަށް ކުރަންޖެހޭ ޚަރަދު ވެސް ބޮޑުވެގެންދާނެ އެވެ.

ކޮންމެ އުޅަނދަކީ ވެސް "ހަމަލާއެއް އަމާޒުވެދާނެ އުޅަނދެއް"

ކަނޑު ދަތުރުފަތުރުކުރާ ކުންފުނިތަކަކީ ރަތްކަނޑުގެ މަގު ދޫކޮށް އެހެން މަގުތަކުން ދަތުރުކުރުމަށް މިހާރު އާދަވެފައިވާ ކުންފުނިތަކެކެވެ.

ޔަމަނުގެ ހޫތީންގެ މީޑިއާ ސެންޓަރުން އާންމުކޮށްފައިވާ ވީޑިއޯއަކުން ނަގާފައިވާ މި ފޮޓޯއިން ފެންނަނީ، 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހު ރަތްކަނޑުގައި ދިން ހަމަލާއަކަށްފަހު، "ދަ މެޖިކް ސީސް" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓު ހޫތީ ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ގެނެސްފައިވާ މަންޒަރު

ޔަމަނުގެ ހޫތީންގެ މީޑިއާ ސެންޓަރުން އާންމުކޮށްފައިވާ ވީޑިއޯއަކުން ނަގާފައިވާ މި ފޮޓޯއިން ފެންނަނީ، 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހު ރަތްކަނޑުގައި ދިން ހަމަލާއަކަށްފަހު، "ދަ މެޖިކް ސީސް" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓު ހޫތީ ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ގެނެސްފައިވާ މަންޒަރު | ގެޓީ އިމޭޖަސް

ޣައްޒާގައި އިސްރާއީލުން ކުރަމުންދާ ހަނގުރާމައާ ގުޅިގެން، 2023 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ހޫޘީން ވަނީ ބާބުލް މަންދަބު ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ހަމަލާދޭން ފަށާފަ އެވެ. މި ހަމަލާތަކުގެ ސަބަބުން ކުންފުނިތަކުން ދަނީ ދިގު މަގުތައް އިޚްތިޔާރުކުރަމުންނެވެ. މީގެ ސަބަބުން ދަތުރުތަކަށް ހޭދަވާ ވަގުތު އިތުރުވެ، ތެލާއި، އިންޝުއަރެންސާއި، ފަޅުވެރިންގެ މުސާރައަށް ކުރަންޖެހޭ ހޭދަ ވަނީ ބޮޑުވެފަ އެވެ.

ޒެނެޓާގެ ޗީފް އެނަލިސްޓް ޕީޓަރ ސޭންޑް އަންދާޒާކުރާ ގޮތުގައި، ހޫޘީންގެ ހަމަލާތަކާ ގުޅިގެން ބާބުލް މަންދަބުން ދަތުރުކުރާ އުޅަނދުފަހަރުގެ އަދަދު ވަނީ 60 އިންސައްތައާއި 70 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށަށް ގޮސްފަ އެވެ. އަދި ފާއިތުވި ދެތިން ދުވަހު ހަނގުރާމަ ވަރުގަދަވުމާ ގުޅިގެން، ދަތުރުތައް ވަނީ އިތުރު 46 އިންސައްތައަށް ދަށަށް ގޮސްފަ އެވެ.

ނަމަވެސް، މި މަގުން ދަތުރުކުރުން މުޅިން ހުއްޓޭނެ ކަމަކަށް އޭނާ ގަބޫލެއް ނުކުރެ އެވެ. ސަބަބަކީ ނުރައްކާތެރި ސަރަހައްދުތަކުގައި ދަތުރުފަތުރު ކުރުމަކީ ކުންފުނިތަކަށް އާ ކަމަކަށް ނުވާތީ އެވެ.

އެހެންނަމަވެސް، އޭނާ ވިދާޅުވީ "މިހާރު އެ ސަރަހައްދުން ދަތުރުކުރާ ކޮންމެ އުޅަނދަކީ ވެސް ހަމަލާއެއް އަމާޒުވެދާނެ އުޅަނދެއް" ކަމަށެވެ.

ބާބުލް މަންދަބުހޫޡީޔަމަންއީރާން-އެމެރިކާހުރްމުޒް ކަނޑުއޮޅި

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

3

އިރާން: އެމެރިކާ މަނަވަރުތައް ހުރްމޫޒުން 400 ކިލޯމީޓަރު ފަހަތަށް ޖައްސާފައި

4

އީރާނުން ދިން ބަދަލު ހިފުމުގެ ހަމަލާގައި އެމެރިކާގެ ގިނަ އަދަދެއްގެ ފައިޓަރ ޖެޓް ތަކަށް ގެއްލުން ލިބިއްޖެ

5

ރަޝިޔާ އާއި ޗައިނާއިން އީރާނާ ދެކޮޅަށް އައިއޭއީއޭ އިން ހުށަހަޅަން އުޅުނު ގަރާރު ފެއިލްކޮށްލައިފި

އިތުރަށް ކިޔާލަން

12 ސެޕްޓެމްބަރު 2026

ހޮޅިލައިނަށް ޑްރޯން ހަމަލާދިނީ އިރާގުގައި ތިބި ހަނގުރާމަވެރިން: ސައުދީ އަރަބިއްޔާ

12 ސެޕްޓެމްބަރު 2026
ހޮޅިލައިނަށް ޑްރޯން ހަމަލާދިނީ އިރާގުގައި ތިބި ހަނގުރާމަވެރިން: ސައުދީ އަރަބިއްޔާ
12 ސެޕްޓެމްބަރު 2026

ހޫޘީންގެ ބާރުގެ ދަށުގައި އޮތް މުޚާ އެއާޕޯޓަށް ސައުދީ އަރަބިއްޔާގެ ވައިގެ ހަމަލާތަކެއް

12 ސެޕްޓެމްބަރު 2026
ހޫޘީންގެ ބާރުގެ ދަށުގައި އޮތް މުޚާ އެއާޕޯޓަށް ސައުދީ އަރަބިއްޔާގެ ވައިގެ ހަމަލާތަކެއް
12 ސެޕްޓެމްބަރު 2026

ތެޔޮ އެކްސްޕޯޓުކުރަން ބޭނުންކުރާ މައި ހޮޅިތައް ސައުދީ އަރަބިއްޔާއިން ބަންދުކޮށްފި

12 ސެޕްޓެމްބަރު 2026
ތެޔޮ އެކްސްޕޯޓުކުރަން ބޭނުންކުރާ މައި ހޮޅިތައް ސައުދީ އަރަބިއްޔާއިން ބަންދުކޮށްފި
12 ސެޕްޓެމްބަރު 2026

ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް

12 ސެޕްޓެމްބަރު 2026
ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް
12 ސެޕްޓެމްބަރު 2026

ސައުދީން ވާގިވެރިވާ ފައުޖުތައް ބަލިކޮށް ހޫޘީން ރަތްކަނޑުގެ ސަރަހައްދުގެ ކޮންޓްރޯލު އަތުލައިފި

12 ސެޕްޓެމްބަރު 2026
ސައުދީން ވާގިވެރިވާ ފައުޖުތައް ބަލިކޮށް ހޫޘީން ރަތްކަނޑުގެ ސަރަހައްދުގެ ކޮންޓްރޯލު އަތުލައިފި
11 ސެޕްޓެމްބަރު 2026

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

11 ސެޕްޓެމްބަރު 2026
އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ
11 ސެޕްޓެމްބަރު 2026

އީރާނުގެ ރައީސް: އެމެރިކާއިން އީރާނަށް ކުރިމަތިކުރަމުންދާ ފިއްތުންތައް ނުރައްކާތެރި އަދި ނާޒުކު މަރުހަލާއަކަށް ހިނގައްޖެ

11 ސެޕްޓެމްބަރު 2026
އީރާނުގެ ރައީސް: އެމެރިކާއިން އީރާނަށް ކުރިމަތިކުރަމުންދާ ފިއްތުންތައް ނުރައްކާތެރި އަދި ނާޒުކު މަރުހަލާއަކަށް ހިނގައްޖެ
11 ސެޕްޓެމްބަރު 2026

ޔަމަނުގެ ހޫޘީންނަށް އަސްކަރީ ހަމަލާތަކެއް ދިނުމަށް ސައުދީ ވަލީއަހުދު ޓްރަމްޕަށް ދެ ފަހަރު ފޯނުން ގުޅުއްވައިފި

11 ސެޕްޓެމްބަރު 2026
ޔަމަނުގެ ހޫޘީންނަށް އަސްކަރީ ހަމަލާތަކެއް ދިނުމަށް ސައުދީ ވަލީއަހުދު ޓްރަމްޕަށް ދެ ފަހަރު ފޯނުން ގުޅުއްވައިފި
11 ސެޕްޓެމްބަރު 2026

ސައުދީން މަދަދުދޭ ޔަމަނުގެ ސިފައިން ފަހަތައް ޖައްސާ، އީރާނުގެ މަދަދު ލިބޭ ހޫޘީން ކުރިއެރުންތައް ހޯދާ ބާބުލް މަންދަބް ހިފުމާ ގާތައް

11 ސެޕްޓެމްބަރު 2026
ސައުދީން މަދަދުދޭ ޔަމަނުގެ ސިފައިން ފަހަތައް ޖައްސާ، އީރާނުގެ މަދަދު ލިބޭ ހޫޘީން ކުރިއެރުންތައް ހޯދާ ބާބުލް މަންދަބް ހިފުމާ ގާތައް
11 ސެޕްޓެމްބަރު 2026

މިިހާރު ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރެވެނީ ދުވާލަކު ހަތް ވަރަކަށް އުޅަނދަށް

11 ސެޕްޓެމްބަރު 2026
މިިހާރު ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރެވެނީ ދުވާލަކު ހަތް ވަރަކަށް އުޅަނދަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް