Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔަމަނުގެ އަހުލީހަނގުރާމަ

ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން 137،000 އަށްވުރެ ގިނަ ކުދިންގެ ތައުލީމަށް ބޮޑެތި ހުރަސްތަކެއް

15 ސެޕްޓެމްބަރު 2026 | އަންގާރަ 05:09

ޔަމަނުގައި އަލުން ފެށުނު ހަމަނުޖެހުންތަކާ ގުޅިގެން ގެދޮރު ގެއްލުނު 14،000 އަށްވުރެ ގިނަ މީހުންނަށް އދ. ގެ އިދާރާތަކުން އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި. ސަރުކާރުގެ ފައުޖުތަކާއި ހޫޘީންނާ ދެމެދު ކުރިމަތިލުންތައް ވަރުގަދަވެފައިވާއިރު، ކުޑަކުދިންގެ މުސްތަގުބަލު ރައްކާތެރިކުރުމަށް ޔުނިސެފުން ދަނީ ވަގުތީ ކްލާސްރޫމްތައް ފަދަ އިންތިޒާމުތައް ހަމަޖައްސަމުން

ނިއުސް ޓީމް
ނިއުސް ޓީމް | 15 ސެޕްޓެމްބަރު 2026 | އަންގާރަ 05:09

ޔަމަނުގައި ހަރަކާތްތެރިވާ ހޫޘީންގެ މަގާމުތަކަށް ހަމަލާދިނުމަށް ސައުދީ އަރަބިއްޔާގެ އަސްކަރިއްޔާއިން ބޭނުންކުރި ކަމަށް ބެލެވޭ މިސައިލެއްގެ ބައިތައް ކައިރިއަށް، އާންމުންނާއި ކުޑަކުދިން އެއްވެފައި | އެކްސް

ޔަމަނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ސަބަބުން، ތަޢުލީމު ހާސިލުކުރާ އުމުރުގެ 137،000 އަށްވުރެ ގިނަ ކުދިންގެ ކިޔެވުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށް، އދ. ގެ ކުޑަކުދިންނާ ބެހޭ ފަންޑުން (ޔުނިސެފް) ހޯމަ ދުވަހު ބުނެފި އެވެ.

ހަނގުރާމައިގެ އަސަރުކޮށްފައިވާ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ކުޑަކުދިންނާ ރަހުމަތްތެރި 20 މާހައުލަކާއި ވަގުތީ ކްލާސްރޫމްތައް ޤާއިމުކުރުމުގެ މަސައްކަތް އެ ޖަމުއިއްޔާގެ ރެސްޕޮންސް ޓީމުތަކުން ކުރަމުންދާ ކަމަށް ޔުނިސެފުން ހާމަކުރި އެވެ. "ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ކުޑަކުދިންގެ މުސްތަގުބަލު ގެއްލިގެން ގޮސްގެން ނުވާނެ،" ޔުނިސެފުން ބުނެފައިވެ އެވެ.

Advertisement - worldAdvertisement

އަލުން ފެށުނު ހަނގުރާމައިގެ ސަބަބުން ޔަމަނުގެ ހުޅަނގު ތާއިޒް ޕްރޮވިންސާއި ހުޅަނގު އައްސޭރީގެ ސަރަހައްދުތަކުގައި ދިރިއުޅޭ ގިނަ އާއިލާތަކަކަށް މަޖުބޫރުވެގެން ގެދޮރު ދޫކޮށް ދާންޖެހިފައިވާ ކަމަށް، މިދިޔަ ހުކުރު ދުވަހު އެ ޖަމުއިއްޔާއިން ވަނީ ބުނެފަ އެވެ. މި ގޮތުން، އަލަށް ގެދޮރު ގެއްލުނު 14،000 އަށްވުރެ ގިނަ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ޔުނިސެފާއި، އދ. ގެ އާބާދީއާ ބެހޭ ފަންޑާއި (ޔޫއެންއެފްޕީއޭ) އަދި ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޕްރޮގްރާމް (ޑަބްލިއުއެފްޕީ) ގުޅިގެން ދަނީ ފޯރުކޮށްދެމުންނެވެ.

ޔަމަނުގެ އަހުލީހަނގުރާމައިގެ ދަށުން ބަދަލުކުރަމުންދިޔަ ހަމަލާތައް އަހަރުތަކަކަށް މަޑުޖެހިފައި އޮތުމަށްފަހު، ބައިނަލްއަގުވާމީ ގޮތުން ޤަބޫލުކުރާ ޔަމަނުގެ ސަރުކާރުގެ ފައުޖުތަކާއި ހަތިޔާރު އެޅި ހޫޘީންނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތައް، ޖުލައި މަހުގެ ކުރީކޮޅުން ފެށިގެން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ޔަމަނުގެ ދާޚިލީ ހަނގުރާމަ ފެށުނީ 2014 ވަނަ އަހަރު ހޫޘީން އެ ޤައުމުގެ ވެރިރަށް ސަންޢާއާއި ބައެއް ޕްރޮވިންސްތައް ހިފުމާ ގުޅިގެންނެވެ. އޭގެ ފަހުން 2015 ވަނަ އަހަރު، ސައުދީ އަރަބިއްޔާ އިސްވެ އޮންނަ އަރަބި ކޯލިޝަނުން ވަނީ ބައިނަލްއަގުވާމީ ގޮތުން ޤަބޫލުކުރާ ޔަމަނުގެ ސަރުކާރަށް އެހީތެރިވުމަށް އެ ޤައުމުގެ ހަނގުރާމައިގެ ތެރެއަށް ވަދެފަ އެވެ.

މަސްދަރު: އަނަދޯލް އޭޖެންސީ

ޔަމަންޔުނިސެފްހޫޡީތާއިފް

އެންމެ ހިނގާ

1

އެމްއޭސީއެލް މުވައްޒަފުންގެ ބޯނަސްއަކީ ކޮންމެހެން ދޭން ޖެހޭ އެއްޗެއް ނޫން، މިއަހަރު ބޯނަސް ދޭން އަދި ނުނިންމާ: އެމްއޭސީއެލް

2

ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުުރުމުގެ ތެރޭގައި "ޕްރްކެޓިކަލް އަދަދަކަށް" މުވައްޒަފުން ނެގުމަށްފަހު ބާކީ ތިބި މުވައްޒަފުން ވަކިކުުރުމަށް ރައީސް އޮފީހުން އަންގައިފި

3

ހުޅުމާލޭ އެކްސިޑެންޓު: 4 މީހެއްގެ ހާލު ސީރިއަސް، 3 މީހުން އެއް ސައިކަލަށް އަރައިގެން ދުއްވީ ވަންވޭއާ ޚިލާފަށް، އަދި ލައިސަންސެއްވެސް ނެތް!

4

ވިއެޓްނާމަށް ގަވާއިދާ ހިލާފަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި، ރާއްޖޭގެ ރައްޔިތަކު 20 އަހަރަށް ޖަލަށް!

5

އެމެރިކާއިން އެއްގަމު މަގުން އަރައިފިނަމަ އަސްކަރީ މަރުކަޒުތަކާއި އާގުބޯޓުފަހަރަށް ހަމަލާދޭނަން: އީރާން

އިތުރަށް ކިޔާލަން

15 ސެޕްޓެމްބަރު 2026

ހޫޘީން ސައުދީ އަރަބިއްޔާގެ ތިން ރަށަކަށް ދިން ހަމަލާތަކެއްގައި 13 މީހަކު ޒަޚަމްވެއްޖެ

15 ސެޕްޓެމްބަރު 2026
ހޫޘީން ސައުދީ އަރަބިއްޔާގެ ތިން ރަށަކަށް ދިން ހަމަލާތަކެއްގައި 13 މީހަކު ޒަޚަމްވެއްޖެ
14 ސެޕްޓެމްބަރު 2026

ސައުދީގެ އީސްޓް-ވެސްޓް ތެޔޮހޮޅިއަށް ލިބުނު ގެއްލުމާއެކު ދުނިޔޭގެ ތެލުގެ ސަޕްލައިއަށް ކުރާނީ ކޮން އަސަރެއް؟

14 ސެޕްޓެމްބަރު 2026
ސައުދީގެ އީސްޓް-ވެސްޓް ތެޔޮހޮޅިއަށް ލިބުނު ގެއްލުމާއެކު ދުނިޔޭގެ ތެލުގެ ސަޕްލައިއަށް ކުރާނީ ކޮން އަސަރެއް؟
14 ސެޕްޓެމްބަރު 2026

ޔަމަނުގެ ހޫޘީން ސައުދީގެ ކިންގް ޚާލިދު އެއާބޭހަށް ހަމަލާދީފި

14 ސެޕްޓެމްބަރު 2026
ޔަމަނުގެ ހޫޘީން ސައުދީގެ ކިންގް ޚާލިދު އެއާބޭހަށް ހަމަލާދީފި
14 ސެޕްޓެމްބަރު 2026

ޑްރޯން ހަމަލާއާ ގުޅިގެން ސައުދީގެ މުހިންމު ތެޔޮ ހޮޅިއަކަށް ލިބުނު ބޮޑެތި ގެއްލުންތައް ސެޓެލައިޓް ފޮޓޯއިން ހާމަވެއްޖެ

14 ސެޕްޓެމްބަރު 2026
ޑްރޯން ހަމަލާއާ ގުޅިގެން ސައުދީގެ މުހިންމު ތެޔޮ ހޮޅިއަކަށް ލިބުނު ބޮޑެތި ގެއްލުންތައް ސެޓެލައިޓް ފޮޓޯއިން ހާމަވެއްޖެ
14 ސެޕްޓެމްބަރު 2026

ޔަމަނު ހަނގުރާމަ ވަރުގަދަވެ 82،000 އަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށްފި, އެތައް ހާސް ބަޔަކު ޖިބޫޓީއަށް

14 ސެޕްޓެމްބަރު 2026
ޔަމަނު ހަނގުރާމަ ވަރުގަދަވެ 82،000 އަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށްފި, އެތައް ހާސް ބަޔަކު ޖިބޫޓީއަށް
13 ސެޕްޓެމްބަރު 2026

ޔަމަނުގެ ސަރުކާރުގެ ފައުޖުތަކާއި ހޫޘީންނާ ދެމެދު ކުރިއަށްދާ ހަނގުރާމަ: އެންމެ ފަހުގެ ޚަބަރަކީ ކޮބާ؟

13 ސެޕްޓެމްބަރު 2026
ޔަމަނުގެ ސަރުކާރުގެ ފައުޖުތަކާއި ހޫޘީންނާ ދެމެދު ކުރިއަށްދާ ހަނގުރާމަ: އެންމެ ފަހުގެ ޚަބަރަކީ ކޮބާ؟
13 ސެޕްޓެމްބަރު 2026

ހޫޘީންނަށް ރައްދުދިނުމުގައި ސައުދީއަށް ހުރި ގޮތްތަކަކީ ކޮބާ؟

13 ސެޕްޓެމްބަރު 2026
ހޫޘީންނަށް ރައްދުދިނުމުގައި ސައުދީއަށް ހުރި ގޮތްތަކަކީ ކޮބާ؟
13 ސެޕްޓެމްބަރު 2026

ހޫޘީންގެ އަލަށް ހިފި ސަރަހައްދުތަކަށް ސައުދީ އަރަބިއްޔާ އިން ބޮން އަޅައިފި

13 ސެޕްޓެމްބަރު 2026
 ހޫޘީންގެ އަލަށް ހިފި ސަރަހައްދުތަކަށް ސައުދީ އަރަބިއްޔާ އިން ބޮން އަޅައިފި
13 ސެޕްޓެމްބަރު 2026

ހޫޘީންގެ ހަމަލާއެއްގައި ސައުދީ އަރަބިއްޔާގެ މިސްކިތަކަށް ގެއްލުންވެ، ދެ މީހުން ޒަޚަމްވެއްޖެ

13 ސެޕްޓެމްބަރު 2026
ހޫޘީންގެ ހަމަލާއެއްގައި ސައުދީ އަރަބިއްޔާގެ މިސްކިތަކަށް ގެއްލުންވެ، ދެ މީހުން ޒަޚަމްވެއްޖެ
13 ސެޕްޓެމްބަރު 2026

އިރާގުން ސައުދީ ތެޔޮ ހޮޅިއަށް ހަމަލާދިން ޑްރޯން ލޯންޗަރ ހޯދައިފި

13 ސެޕްޓެމްބަރު 2026
އިރާގުން ސައުދީ ތެޔޮ ހޮޅިއަށް ހަމަލާދިން ޑްރޯން ލޯންޗަރ ހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް