Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ އަރަބިއްޔާ

މައްކާއާއި މަދީނާ ސަރަހައްދަށް ހޫޘީން ދިން "ނުރައްކާތެރި" ހަމަލާތައް އޯއައިސީން ކުށްވެރިކޮށްފި

16 ސެޕްޓެމްބަރު 2026 | ބުދަ 06:08

ޔަމަނުގެ ހޫޘީން މައްކާއާއި މަދީނާ ސަރަހައްދަށް އަމާޒުކޮށް ދޭ ހަމަލާތަކަކީ މުސްލިމުންގެ މުގައްދަސް ބިނާތަކުގެ ހުރުމަތް ކެނޑުން ކަމަށް ބުނެ އޯއައިސީން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި. މި ފަދަ ޓެރަރިޒަމްގެ އަމަލުތަކާ ދެކޮޅަށް ސައުދީ އަރަބިއްޔާއިން އަޅާ ފިޔަވަޅުތަކަށް ފުރިހަމައަށް ތާއީދުކުރާނެ ކަމުގެ ޔަގީންކަން އެ ޖަމުއިއްޔާއިންދޭ

ނިއުސް ޓީމް
ނިއުސް ޓީމް | 16 ސެޕްޓެމްބަރު 2026 | ބުދަ 06:08
އޯއައިސީގެ ސެކްރެޓަރީ-ޖެނެރަލް އިސްލާއީލް ވަލަދު އަލް-ޝައިޚް އަހްމަދު

އޯއައިސީގެ ސެކްރެޓަރީ-ޖެނެރަލް އިސްލާއީލް ވަލަދު އަލް-ޝައިޚް އަހްމަދު | އެކްސް

ޔަމަނުގެ ހޫޘީ ޖަމާއަތުން އިސްލާމްދީނުގެ އެންމެ މުގައްދަސް ދެ ބިނާ ހުރި މައްކާއާއި މަދީނާ ސަރަހައްދަށް އަމާޒުކޮށް ދިން "ނުރައްކާތެރި" ހަމަލާތައް، އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަނުން (އޯއައިސީ) އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.

އިސްލާމީ ގައުމުތައް ތަމްސީލުކުރާ އެންމެ ބޮޑު ޖަމުއިއްޔާ ކަމަށްވާ އޯއައިސީގެ ޖެނެރަލް ސެކްރެޓޭރިއަޓުން ނެރުނު ރަސްމީ ބަޔާނެއްގައި، ސައުދީ އަރަބިއްޔާގެ ރަސްކަމަށް އަމާޒުކޮށް ހޫޘީން މެދުނުކެނޑި ދެމުންދާ ހަމަލާތަކާއި އުދުވާންތައް ވަނީ ކުށްވެރިކޮށްފަ އެވެ. އޯއައިސީގެ ބަޔާނުގައި ފާހަގަކޮށްފައިވަނީ، ހޫޘީ ޖަމާއަތުން މައްކާއާއި މަދީނާ ސަރަހައްދަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާތަކާއި، ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް މެދުނުކެނޑި ދެމުންދާ އުދުވާނީ އަމަލުތައް އެ ޖަމިއްޔާއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

Advertisement - worldAdvertisement

މުގައްދަސް ބިނާތަކުގެ ހުރުމަތް ކެނޑުން

މި ފަދަ ހަމަލާތަކުގެ ސަބަބުން އާންމު ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދި، މުގައްދަސް ބިނާތަކާއި މިސްކިތްތަކުގެ ހުރުމަތް ކެނޑިގެންދާ ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރި އެވެ. ހަމަމިއާއެކު، މިއީ މުޅި ދުނިޔޭގެ މުސްލިމުންގެ ޝުއޫރުތަކާ ކުޅެލުން ކަމަށް ވެސް އޯއައިސީން ބުނެފައިވެ އެވެ.

މުގައްދަސް ބިނާތަކާއި، އަޅުކަންކުރާ ތަންތަނުގެ އިތުރުން އާންމު އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ހިންގާ މިފަދަ އަމަލުތަކަކީ އިސްލާމީ އަގުތަކާއި، ބައިނަލްއަގުވާމީ އުސޫލުތަކާއި ގާނޫނުތަކާ މުޅިން ހިލާފު "ޓެރަރިޒަމްގެ އަމަލުތަކެއް" ކަމަށް ޖެނެރަލް ސެކްރެޓޭރިއަޓުގެ ބަޔާނުގައި ބުނެފައިވެ އެވެ.

އޯއައިސީން ބުނީ، މުގައްދަސް ބިނާތަކުގެ ހުރުމަތް ކެނޑުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި، މި ފަދަ އަމަލުތައް ހިންގާ ފަރާތްތައް ހުއްޓުވައި، އެ ފަދަ ތަންތަނަށް ގެއްލުންދޭން މަސައްކަތްކުރާ ކޮންމެ ފަރާތަކަށް ހުރަސްއެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވެސް އެ ޖަމުއިއްޔާއިން ފާހަގަކުރި އެވެ.

ސައުދީ އަރަބިއްޔާއާއެކު ފުރިހަމައަށް ސާބިތުވެ އޮތްކަން ހާމަކުރަމުން، އެ ގައުމަށް ދޭ ހަމަލާތައް ހުއްޓުވުމަށާއި، ގައުމީ ސަލާމަތާއި ސިޔާދަތު ރައްކާތެރިކުރުމަށާއި، މުގައްދަސް ބިނާތަކުގެ ހުރުމަތް ހިމާޔަތްކުރުމަށް ރިޔާޟުން އަޅާ ކޮންމެ ފިޔަވަޅަކަށް ތާއީދުކުރާނެ ކަމުގެ ޔަގީންކަން އޯއައިސީން ވަނީ ދީފަ އެވެ.

އަންގާރަ ދުވަހު މައްކާ ކައިރިއަށް ހޫޘީން ފޮނުވާލި ޑްރޯނެއް ސައުދީ އަރަބިއްޔާގެ ވައިގެ ދިފާއީ ނިޒާމުން ހުއްޓުވައި ވައްޓައިލާފައިވާ ކަމަށް ސައުދީ އަރަބިއްޔާއިން އިސްވެ އޮންނަ އަސްކަރީ އިއްތިހާދުންވަނީ ހާމަކޮށްފަ އެވެ.

އެ އިއްތިހާދުގެ ތަރުޖަމާނު ތުރުކީ އަލް-މާލިކީ ވިދާޅުވީ، އެ ޑްރޯން ހުއްޓުވާފައިވަނީ ސައުދީ އަރަބިއްޔާ ގަޑިން އިރުއޮއްސި 6:50 ހާއިރު، މަނާ ސަރަހައްދަކަށް ވަނުމުގެ ކުރިން ކަމަށެވެ. އަދި، އެ ޑްރޯންގެ ބައިތައް ވެއްޓިފައިވަނީ މައްކާގެ ދެކުނު ސަރަހައްދަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއީ މައްކާއަށް އަމާޒުކޮށް ހޫޘީން ހަމަލާދޭން މަސައްކަތްކުރި ދެވަނަ ފަހަރު ކަން އަލް-މާލިކީ ފާހަގަކުރެއްވި އެވެ. މީގެ ކުރިން 2017 ޖުލައި 27 ވަނަ ދުވަހު ވެސް ހޫޘީން ވަނީ މައްކާއަށް އަމާޒުކޮށް ބެލިސްޓިކް މިސައިލެއް ފޮނުވާލާފަ އެވެ.

މަސްދަރު: އޯއައިސީ

ހޫޘީން-ސައުދީ އަރަބިއްޔާއޯއައިސީމައްކާމަދީނާތުރްކީ އަލް-މާލިކީ

އެންމެ ހިނގާ

1

އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަހުގެ ހާމަނުކުރާ ވާހަކަތައް: އެމެރިކާގެ ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން އެފް-35 މަރުކާގެ ބޯޓެއްގެ މިޝަން ހުއްޓުވައި އެމެރިކާ ސިއްސުވާލި

2

އާދަޔާޚިލާފު ބާރުގަދަ "އެލް ނީނޯ" ގެ ނުރައްކާ ބޮޑުވަނީ، ވަގުތު ނަގާލެވޭކަށް ނެތް: އދ

3

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ: ނާޒިމް

4

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

5

އީރާނުން ބަޑިޖަހައި ވައްޓާލި އެމެރިކާގެ އަސްކަރީ ބޯޓުގައި އިން އެއާމަން ސަލާމަތްކުރުމަށް ހިންގި ނުރައްކާތެރި އޮޕަރޭޝަނުގެ ވާހަކަ

އިތުރަށް ކިޔާލަން

16 ސެޕްޓެމްބަރު 2026

މައްކާއަށް އަމާޒުކޮށް ހޫޘީން ފޮނުވި ޑްރޯނެއް ސައުދީ އިއްތިހާދުން ވައްޓާލައިފި

16 ސެޕްޓެމްބަރު 2026
މައްކާއަށް އަމާޒުކޮށް ހޫޘީން ފޮނުވި ޑްރޯނެއް ސައުދީ އިއްތިހާދުން ވައްޓާލައިފި
14 ސެޕްޓެމްބަރު 2026

ތެލުގެ އަގު ފީފާއަކަށް 107 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ

14 ސެޕްޓެމްބަރު 2026
ތެލުގެ އަގު ފީފާއަކަށް 107 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ
28 އޯގަސްޓު 2026

އޯއައިސީގެ ޤައުމުތަކުން ފަލަސްތީނުގެ މައްސަލައަށް ހައްލު ހޯދުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާކުރަން ޖެހޭ: އިރުތިޝާމް

28 އޯގަސްޓު 2026
އޯއައިސީގެ ޤައުމުތަކުން ފަލަސްތީނުގެ މައްސަލައަށް ހައްލު ހޯދުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާކުރަން ޖެހޭ: އިރުތިޝާމް
04 ޖުލައި 2026

ސައުދީން ހޫޘީންނަށް ވަރުގަދަ އިންޒާރެއް ދީފި

04 ޖުލައި 2026
ސައުދީން ހޫޘީންނަށް ވަރުގަދަ އިންޒާރެއް ދީފި
02 ޖުލައި 2026

އިސްރާއީލުގެ މިސްކިތްތަކުގައި އަޑުގަދަކުރާ ބޭނުންކޮށްގެން ބަންގިގޮވުން މަނާކުރުމަށް ކްނެސެޓް އިން ފާސްކުރި ބިލް، އޯއައިސީ އިން ކުށްވެރިކޮށްފި

02 ޖުލައި 2026
އިސްރާއީލުގެ މިސްކިތްތަކުގައި އަޑުގަދަކުރާ ބޭނުންކޮށްގެން ބަންގިގޮވުން މަނާކުރުމަށް ކްނެސެޓް އިން ފާސްކުރި ބިލް، އޯއައިސީ އިން ކުށްވެރިކޮށްފި
23 ޖޫން 2026

ޙިޖްރު އިސްމާޢީލަށް ޒިޔާރަތް ކުރުމަށް ފިރިހެނުންނާއި އަންހެނުންނަށް ވަކި ވަގުތުތަކެއް ކަނޑައަޅައިފި

23 ޖޫން 2026
ޙިޖްރު އިސްމާޢީލަށް ޒިޔާރަތް ކުރުމަށް ފިރިހެނުންނާއި އަންހެނުންނަށް ވަކި ވަގުތުތަކެއް ކަނޑައަޅައިފި
01 ޖޫން 2026

އައު ސީޒަނަށް ސައުދީން އުމްރާ ވިސާ ދޫކުރަން ފަށައިފި

01 ޖޫން 2026
އައު ސީޒަނަށް ސައުދީން އުމްރާ ވިސާ ދޫކުރަން ފަށައިފި
27 މެއި 2026

ޙައްޖުވެރިން ބުދަ ދުވަހު ޖަމްރާ އަށް ހިލައުކުން ކުރިއަށް ގެންގޮސްފި

27 މެއި 2026
ޙައްޖުވެރިން ބުދަ ދުވަހު ޖަމްރާ އަށް ހިލައުކުން ކުރިއަށް ގެންގޮސްފި
27 މެއި 2026

މައްކާގެ ބިމުގައި އެތައް މިލިއަން މުސްލިމުން އެއްވެ އިބާދަތް ކުރާ މަންޒަރު ޤިޔާމަތް ދުވަހުގެ ހަގީގަތް ހަނދާން ކޮށްދޭ: އީދު ޚުތުބާ

27 މެއި 2026
މައްކާގެ ބިމުގައި އެތައް މިލިއަން މުސްލިމުން އެއްވެ އިބާދަތް ކުރާ މަންޒަރު ޤިޔާމަތް ދުވަހުގެ ހަގީގަތް ހަނދާން ކޮށްދޭ: އީދު ޚުތުބާ
26 މެއި 2026

ހުރިހާ ޙާޖީން މިހާރު ތިބީ އަރަފާތު ބިމުގައި

26 މެއި 2026
ހުރިހާ ޙާޖީން މިހާރު ތިބީ އަރަފާތު ބިމުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް