Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔަމަން

ސައުދީން ހޫޘީންނަށް ވަރުގަދަ އިންޒާރެއް ދީފި

4 ޖުލައި 2026 | ހޮނިހިރު 09:21

ޔަމަނުގެ ހޫޘީން ސައުދީ އަރަބިއްޔާއާ ދެކޮޅަށް ދިން ބަޔާންތަކަކީ ހަގީގަތް އޮޅުވާލުމަށް ދައްކާ ވާހަކަތަކެއް ކަމަށް ބުނެ ސައުދީން އެކަން ކުށްވެރިކޮށްފި. ސައުދީ ކޯލިޝަނުން ބުނި ގޮތުގައި މިއީ ޔަމަނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކުގެ ޒިންމާއިން ރެކުމަށް ހޫޘީން ކުރާ މަސައްކަތެއް. އަދި ސައުދީގެ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންމެ އަމަލަކަށް މީގެ ކުރިން ނުދޭ ފަދަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރުވެސް އެ ގައުމުން ވަނީ ދީފައި.

ރާއްޖެ އެމްވީ | 4 ޖުލައި 2026 | ހޮނިހިރު 09:21
ޔަމަނުގެ ހޫޘީ ހަރަކާތަށް ތާއީދުކުރާ ބަޔަކު ހަތިޔާރާ އެކު

ޔަމަނުގެ ހޫޘީ ހަރަކާތަށް ތާއީދުކުރާ ބަޔަކު ހަތިޔާރާ އެކު | ގެޓީ އިމޭޖަސް

ޔަމަނުގެ ހޫޘީން ސައުދީ އަރަބިއްޔާއާ ދެކޮޅަށް އެންމެ ފަހުން ދީފައިވާ ބަޔާންތައް ސައުދީން ހޮނިހިރު ދުވަހު ވަރުގަދަ ރައްދެއް ދީފި އެވެ. ސައުދީން ބުނެފައިވަނީ އެ ބަޔާނަކީ ހަގީގަތް އޮޅުވާލުމަށްޓަކައި ދައްކާ ވާހަކަތަކެއް ކަމަށެވެ.

ޔަމަނުގެ ގާނޫނީ ސަރުކާރަށް އެހީތެރިވުމަށް ސައުދީ އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަންގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރުކީ އަލް މާލިކީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ހުކުރު ދުވަހު ހޫޘީން ސައުދީއާ ދެކޮޅަށް ދިން ބަޔާންތަކަކީ، ޔަމަނުގެ އަޚުވަންތަ ރައްޔިތުންނާ ދެކޮޅަށް އެ ޖަމާއަތުން ހިންގަމުންދާ ބޮޑެތި ޖަރީމާތަކުން މީހުންގެ ސަމާލުކަން އަނބުރާލުމަށް ކުރި މަސައްކަތެއް ކަމަށެވެ. އަދި އެއީ ހޫޘީންގެ ސަބަބުން ޔަމަނުގެ ރައްޔިތުން އުފުލަމުންދާ އިގްތިސާދީ ތަދާއި ތަކުލީފުތަކުގެ ޒިންމާއިން ރެކުމަށް ކުރާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އަލް މާލިކީ އިތުރަށް ވިދާޅުވީ، ހޫޘީންގެ މި ބަޔާންތަކަކީ އެ ޖަމާއަތުން ސަރަހައްދީ އަދި ބައިނަލްއަގުވާމީ ސަލާމަތާއި ރައްކާތެރިކަން ނަގާލުމަށް ކުރަމުންދާ މަސައްކަތްތަކާއި، ދެމުންދާ ހަމަލާތަކުގެ އިތުރު ބޮޅެއް ކަމަށެވެ.

މީގެ އިތުރުން، ސައުދީ އަރަބިއްޔާއަށާއި، އެ ގައުމުގެ ރައްޔިތުންނާއި، އެ ގައުމުގައި ދިރިއުޅޭ މީހުންނާއި، ގައުމީ މުދަލަށް އަމާޒުކޮށްދޭ ކޮންމެ ހަމަލާއަކަށް ނުވަތަ ޔަމަނުގެ ސިޔާދަތަށް އަރައިގަތުމަށް ކުރާ ކޮންމެ މަސައްކަތަކަށް، މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ފަދަ ވަރުގަދަ އަދި ހަރުކަށި ރައްދެއް ދޭނެ ކަމުގެ އިންޒާރުވެސް އޭނާ ވަނީ ދެއްވާފަ އެވެ.

މަސްދަރު: އަލް އަރަބިއްޔާ

ޔަމަން-ސައުދީ އަރަބިއްޔާހޫޡީތުރްކީ އަލް-މާލިކީ

އިތުރަށް ކިޔާލަން

08 ޖޫން 2026

އިޒްރޭލުގެ އުޅަނދުފަހަރު ރަތްކަނޑުން ދަތުރު ކުރުން ހޫޘީން މަނާކޮށްފި

08 ޖޫން 2026
އިޒްރޭލުގެ އުޅަނދުފަހަރު ރަތްކަނޑުން ދަތުރު ކުރުން ހޫޘީން މަނާކޮށްފި
28 މެއި 2026

ޔަމަނުގެ ކުރީގެ ރައީސް ހާދީ އަވަހާރަވެއްޖެ

28 މެއި 2026
ޔަމަނުގެ ކުރީގެ ރައީސް ހާދީ އަވަހާރަވެއްޖެ
28 މާރިޗު 2026

ހަނގުރާމައިގެ ތެރެއަށް ވަދެ، ހޫޘީން އިޒްރޭލަށް ފުރަތަމަ ފަހަރަށް ހަމަލާ ދީފި

28 މާރިޗު 2026
ހަނގުރާމައިގެ ތެރެއަށް ވަދެ، ހޫޘީން އިޒްރޭލަށް ފުރަތަމަ ފަހަރަށް ހަމަލާ ދީފި
28 ފެބުރުއަރީ 2026

ހޫޘީ ލީޑަރު އީރާނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުމަކީ އީރާނަށް ލިބިގެންވާ ގާނޫނީ ހައްގެއް ކަމަށް ބުނެފި

28 ފެބުރުއަރީ 2026
ހޫޘީ ލީޑަރު އީރާނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުމަކީ އީރާނަށް ލިބިގެންވާ ގާނޫނީ ހައްގެއް ކަމަށް ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް