Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން ގަތުލުއާންމު

އިސްރާއީލުގެ ސަރުކާރާ ދެކޮޅު ހަދާ ޑިމޮކްރެޓުންގެ އަދަދު ވަރަށް ބޮޑު: ނިއުސަމް

10 ސެޕްޓެމްބަރު 2026 | ބުރާސްފަތި 07:34

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ހިންގާ ލާއިންސާނީ ޖަރީމާތަކުގެ ސަބަބުން ބައިނަލްއަގުވާމީ މައިދާނުގައި އެ ގައުމު އެކަހެރިވަމުންދާ ކަމަށް އިސްރާއީލުގެ އިދިކޮޅު ސިޔާސީވެރިން ބުނަން ފަށައިފި. ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ ވަޒަންވެރިންނާ ދެކޮޅަށް އިނގިރޭސިވިލާތުން ފިޔަވަޅު އެޅުމާ ގުޅިގެން، މިއީ ނަތަންޔާހޫގެ ހަރުކަށި ސިޔާސަތުތަކުގެ ނަތީޖާ ކަމަށާއި މީގެ ސަބަބުން އިސްރާއީލުގެ ގާނޫނީ ސައްހަކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް އެ ފަރާތްތަކުން ފާހަގަކުރޭ

ނިއުސް ޓީމް
ނިއުސް ޓީމް | 10 ސެޕްޓެމްބަރު 2026 | ބުރާސްފަތި 07:34
ކެލިފޯނިއާގެ ގަވަރުނަރު ގެވިން ނިއުސަމް ރަސްމިއްޔާތެއްގެ ތެރެއިން ވާހަކަދައްކަވަނީ

ކެލިފޯނިއާގެ ގަވަރުނަރު ގެވިން ނިއުސަމް ރަސްމިއްޔާތެއްގެ ތެރެއިން ވާހަކަދައްކަވަނީ | އޭއެފްޕީ

އެމެރިކާގެ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ބޮޑު އަޣުލަބިއްޔަތަކުން އިސްރާއީލުގެ މިހާރުގެ ސަރުކާރާ "ވަރަށް ބޮޑަށް ދެކޮޅު" ކަމަށް 2028 ވަނަ އަހަރު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ބެލެވޭ ކެލިފޯނިއާގެ ގަވަރުނަރު ގެވިން ނިއުސަމް ވިދާޅުވެއްޖެ އެވެ. އަދި، "ޑިމޮކްރެޓިކް އަދި ރައްކާތެރި" އިސްރާއީލަކާ އިންވެގެން، "ރައްކާތެރި ޑިމޮކްރެޓިކް ފަލަސްތީނުގެ ދައުލަތެއް" އޮތުމަށް އެ ޕާޓީން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕީބީއެސް ނިއުސް އަވާގެ އަމްނާ ނަވާޒަށް ދެއްވި އިންޓަވިއުއެއްގައި، މީގެ ކުރިން އިސްރާއީލަކީ "އެޕާތައިޑް" ނުވަތަ ނަސްލީ ތަފާތުކުރުން ގެންގުޅޭ ދައުލަތެއްގެ ގޮތުގައި ސިފަކުރެއްވުމަށްފަހު ފަހުން އެ ވާހަކަ އަނބުރާ ގެންދެވި ނިއުސަމް ވިދާޅުވީ، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހިންގަމުންދާ ޖަރީމާތަކަށް މިއަދު މުޅި ދުނިޔެ ކަހަލަ ގޮތަކަށް ދެކޮޅު ހަދަމުންދާ ކަމަށާއި، އެއީ މިހާރު ބަހުސް ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި، ޑިމޮކްރެޓިކް ޕާޓީގެ ބައެއް މެންބަރުން ބޭނުންކުރައްވާ ބައެއް ބަސްމަގު ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުންދާ ކަން ފާހަގަކުރައްވަމުން ނިއުސަމް ވިދާޅުވީ، "އެ ކަމުގައި [އިސްރާއީލުގެ ސަރުކާރާ ދެކޮޅު ހެދުމުގައި] ޕާޓީގެ ތެރޭގައި އެއްވެސް ޚިޔާލުތަފާތުވުމެއް ނެތް،" ކަމަށެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިސްރާއީލަށް ޒިޔާރަތްކުރައްވައި، ހަމާސްގެ ޖިހާދީ ހަމަލާތަކުގައި އަސަރުކުރި އާއިލާތަކާ ބައްދަލުކުރެއްވި އެމެރިކާގެ ސިޔާސީ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ނިއުސަމް ވިދާޅުވީ، ބައެއް ކެންޑިޑޭޓުން ބޭނުންކުރައްވާ ބަސްމަގުގެ ބައެއް ކަންކަމަކީ ކަންބޮޑުވާންޖެހޭ ކަންތައްތަކެއް ކަމަށެވެ. އަދި، ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ނަސްލުހޭދައިގެ ގަތުލުއާންމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، މި މައްސަލައިގައި ޑިމޮކްރެޓިކް ޕާޓީ އޮތީ އެއްގަލަކަށް އަރާފައި ކަމަށް ފާހަގަކުރައްވައި އޭނާ ވިދާޅުވީ، "އެއީ ނަސްލު ނައްތާލުމުގެ ޖަރީމާތަކެއް ކަމަށް ގަބޫލުނުކުރާ މީހުންވެސް، އެއީ އަޚްލާގީ ގޮތުން ބޮޑު ކާރިސާއެއް ކަމަށް އެންމެންވެސް އެއްބަސްވޭ،" ކަމަށެވެ.

އިސްރާއީލުން އިސްތިއުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގައި އާބާދުކޮށްފައިވާ އިސްރާއީލުގެ ޔަހޫދީ ވަޒަންވެރިން ހިންގާ އަނިޔާވެރި ޖަރީމާތަކަށާއި، ދެ ދައުލަތުގެ ހައްލަށް ނަތަންޔާހޫ ދެކޮޅު ހަދާ މައްސަލައަށް އިޝާރާތް ކުރައްވަމުން ނިއުސަމް ވިދާޅުވީ، "އަޅުގަނޑުމެން ބޭނުންވަނީ ޑިމޮކްރެޓިކް އަދި ރައްކާތެރި އިސްރާއީލެއް، އަދި ހަމަމިއާއެކު އިންވެގެން އޮންނަ ރައްކާތެރި ޑިމޮކްރެޓިކް ފަލަސްތީނުގެ ދައުލަތެއް. މިއީ ބޮޑު ޚިޔާލުތަފާތުވުމެއް އޮތް ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެން،" ކަމަށެވެ.

މީގެ އިތުރުން، އިސްރާއީލާއި އިސްރާއީލުގެ ސިފައިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ތާއީދުކުރާ އެމެރިކާގެ ނުފޫޒުގަދަ ލޮބީ ގްރޫޕެއް ކަމަށްވާ އޭޕެކްއިން (AIPAC) އެހީ ގަބޫލުކުރާ ޑިމޮކްރެޓުންގެ އަދަދު މަދުވަމުންދާ ކަމަށް ވެސް ނިއުސަމް ޕީބީއެސްއަށް ވިދާޅުވި އެވެ. "އަޅުގަނޑު ވާހަކަދައްކާ ގިނަ ޑިމޮކްރެޓުން، ކުރިން އޭޕެކްގެ ފައިސާ ގަބޫލުކުރި މީހުންވެސް ހިމެނޭހެން، މިހާރު ވަނީ އެ ފައިސާ ނުނެގުމަށް ނިންމާފައި،" އޭނާ ވިދާޅުވިއެވެ. "މިއީ މިހާރު ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި އާންމުވަމުންދާ ވިސްނުމެއްކަން ފާހަގަކުރެވޭ."

އިސްރާއީލު ދަނީ ޚާރިޖީ މައިދާނުގައި އެކަހެރިވަމުން

އިސްތިއުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގައި ގަވާއިދާ ޚިލާފަށް ހަދާފައިވާ ޔަހޫދީ އާބާދީތަކާ ދެކޮޅަށް އިނގިރޭސިވިލާތުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާ ގުޅިގެން، މިއީ ބައިނަލްއަގުވާމީ މުޖުތަމައުން އިސްރާއީލު އެކަހެރިކޮށް ބާކީކުރަން ނަތަންޔާހޫ ހިންގަމުންދާ އަމަލުތަކުގެ ނަތީޖާކަމަށް އިސްރާއީލުގެ އިދިކޮޅު ސިޔާސީން ދަނީ ބުނަމުންނެވެ. އަދި، އެ ފަރާތްތަކުން ދަނީ ނަތަންޔާހޫގެ ސަރުކާރަށް އޮތް ނަފުރަތު ފާޅުކުރަމުންނެވެ.

އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު ޔައިރު ލަޕީދު ބުނީ، ވަޒަންވެރިންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމަކީ "ނުރަނގަޅު" ނިންމުމެއް ކަމަށެވެ. ނަމަވެސް، އޭނާގެ ފާޑުކިޔުން ނަތަންޔާހޫގެ ސަރުކާރަށް އަމާޒުކުރަމުން އޭނާ ބުނީ، "މީގެ ކުރިން ދުވަހަކުވެސް ކުރިމަތިނުވާ ފަދަ ޚާރިޖީ އެކަހެރިކަމަކަށް" އިސްރާއީލު ކުރިމަތިލާންޖެހިފައި ވަނީ ނަތަންޔާހޫގެ ސަބަބުން ކަމަށެވެ. އަދި، ނަތަންޔާހޫގެ ސަރުކާރުން އަމާޒުކުރަމުންދާ މަލާމާތްތައް ބައިނަލްއަގްވާމީ މުޖުތަމައުން ބަލައިނުގަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.

ހަމަމިއާއެކު، އިސްރާއީލުގެ ގާނޫނުހަދާ ކްނެސެޓުގައި ވާތުފިޔައިގެ ޑިމޮކްރެޓްސް ޕާޓީ ތަމްސީލުކުރާ ގިލާޑް ކަރީވް ވެސް ވަނީ އިސްތިއުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ބިންތައް އިސްރާއީލުން އަތުލަމުންދާ މައްސަލައަށް އިޝާރާތްކޮށް، މި ފިޔަވަޅުތަކުގެ ޒިންމާ އިސްރާއީލުގެ ހަރުކަށި ކަނާތުފިޔައިގެ ސަރުކާރުން އުފުލަންޖެހޭނެ ކަމަށް ބުނެފަ އެވެ. ކަރީވް ބުނީ، ނަތަންޔާހޫގެ ޖަރީމާތަކުގެ ސަބަބުން އިސްރާއީލު "ބައިނަލްއަގުވާމީ އެކަހެރިކަމަކަށް" މިސްރާބު ޖަހާފައިވާ ކަމަށާއި، ދުނިޔޭގެ މަސްރަހުގައި ނަތަންޔާހޫއަކީ މިހާރު އެކަކުވެސް ގާތްވާން ބޭނުންނުވާ "ޖުޒާމް ބަލިޖެހިފައިވާ" ފަދަ މީހަކަށް ވެފައިވާ ކަމަށެވެ. އަދި، ނަތަންޔާހޫގެ ހަރުކަށި އިއްތިހާދު ސަރުކާރަށް އިޝާރާތްކޮށް  ކަރީވް ބުނީ، "ގައުމީ ހަރުކަށި ފިކުރުގެ މީހުންނާއެކު ނަތަންޔާހޫ ހަދާފައިވާ ކޮރަޕްޓް އިއްތިހާދުގެ އަގު އިސްރާއީލުގެ ރައްޔިތުން ދައްކަންޖެހިގެން ނުވާނެ" ކަމަށެވެ.

އިސްރާއީލުގެ ކުރީގެ އެޓާނީ ޖެނެރަލް މައިކަލް ބެން-ޔައިރު ވެސް ވަނީ، އިނގިރޭސިވިލާތުން އިސްރާއީލާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް މަރުހަބާ ކިޔާފަ އެވެ. އޭނާ ބުނީ، އިސްރާއީލުގެ ބައިވެރިއަކު އަޅާ ފިޔަވަޅަކަށް އުފާނުވި ނަމަވެސް، މިއީ މުހިންމު ފިޔަވަޅެއް ކަމަށެވެ. "މެޑިޓެރޭނިއަން ކަނޑާއި އުރުދުން ކޯރާ ދެމެދު ދިރިއުޅޭ ހަތް މިލިއަން ޔަހޫދީންނާއި ހަތް މިލިއަން ފަލަސްތީނު މީހުންނަށް ސުލްހައާއި ރައްކާތެރިކަން" ލިބޭނެ ސިޔާސީ ހައްލެއް ދެމެހެއްޓުމަށް ޓަކައި، އިނގިރޭސިވިލާތުން އަޅާފައި ވަނީ ވަރަށް ބޭނުންތެރި ފިޔަވަޅުތަކެއް ކަމަށް އޭނާ ބުންޏެވެ. އަދި، މި ފިޔަވަޅުތަކުގެ ސަބަބުން ދައުލަތެއްގެ ގޮތުގައި އިސްރާއީލުގެ ގާނޫނީ ސައްހަކަމާއި، ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ އުޅުން ވަކިކޮށްދޭ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި، ފަލަސްތީނުގެ ބިންތައް އިސްތިއުމާރު ކުރުމަކީ "އަޚްލާގީ، ސިޔާސީ އަދި ގާނޫނީ ގޮތުން ބަލައިގަނެވޭނެ ކަމެއް ނޫން" ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ މިހެން ބުނެފައި މި ވަނީ، އިސްރާއީލުން އިސްތިއުމާރު ކޮށްފައިވާ ފަލަސްތީނުގެ ބިންތަކުގައި ދިރިއުޅޭ އިސްރާއީލުގެ ވަޒަންވެރިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަން އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު އެޑް މިލިބެންޑް އިއުލާން ކުރެއްވުމާ ގުޅިގެން، އިނގިރޭސިވިލާތާ ދެކޮޅަށް ބަދަލުހިފުމުގެ ފިޔަވަޅުތަކެއް އަޅާނެކަން އިސްރާއީލުން އިއުލާންކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. މިލިބެންޑް ވިދާޅުވީ، އިންސާފެއް ނެތް އަމަލުތަކާއި ފަލަސްތީނުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ އަނިޔާތަކާ ދެކޮޅަށް ހަމައެކަނި ބަހެއް ބުނެލައިގެން އިނގިރޭސިވިލާތުގެ ސަރުކާރަށް ދެން ނޯވެވޭނެ ކަމަށާއި، އިސްރާއީލުގެ އާބާދީތައް ފުޅާކުރުމާ ދެކޮޅަށް އަމަލީ ގޮތުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި "މިއަދު އަޅުގަނޑުމެން މި ނިންމީ، އިތުރު އަނިޔާތަކާއި ދެ ދައުލަތުގެ ހައްލު ހަލާކުވެގެންދާއިރު ބަލަން ނުތިބުމަށް،" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އިނގިރޭސިވިލާތުގެ ސަރުކާރުން ނިންމާފައި ވަނީ، އިސްރާއީލުން އިސްތިއުމާރު ކޮށްފައިވާ ފަލަސްތީނުގެ ބިންތަކުގައި އުފައްދާ މުދާ އިނގިރޭސިވިލާތަށް އެތެރެ ކުރުން ހުއްޓާލުމަށެވެ.

މަސްދަރު: މިޑްލްއީސްޓް އައި

އިސްރާއީލްފަލަސްތީންއެމެރިކާގެ ރިޔާސީ އިންތިޚާބުޑިމޮކްރެޓިކް ޕާޓީ - އެމެރިކާޣައްޒާ ޤަތުލުއާންމު

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

09 ސެޕްޓެމްބަރު 2026

އާ އެއްބަސްވުމެއް ހަދަން ޓްރަމްޕް ބޭނުންފުޅުވި ނަމަވެސް ތެހްރާނުން އެ ކަމާ ދެކޮޅު

09 ސެޕްޓެމްބަރު 2026
އާ އެއްބަސްވުމެއް ހަދަން ޓްރަމްޕް ބޭނުންފުޅުވި ނަމަވެސް ތެހްރާނުން އެ ކަމާ ދެކޮޅު
08 ސެޕްޓެމްބަރު 2026

ފަލަސްތީނު ރައްޔިތުން ގަދަބާރުން ގައުމުން ބޭލުމާ އަރަބި ލީގުން ދެކޮޅު!

08 ސެޕްޓެމްބަރު 2026
ފަލަސްތީނު ރައްޔިތުން ގަދަބާރުން ގައުމުން ބޭލުމާ އަރަބި ލީގުން ދެކޮޅު!
08 ސެޕްޓެމްބަރު 2026

ހަމާސް: އިސްރާއީލުން ޣައްޒާ ގަތުލުއާންމުގެ ހެކި ނައްތާލަނީ

08 ސެޕްޓެމްބަރު 2026
ހަމާސް: އިސްރާއީލުން ޣައްޒާ ގަތުލުއާންމުގެ ހެކި ނައްތާލަނީ
08 ސެޕްޓެމްބަރު 2026

އިސްރާއީލުގެ ހަމަލާތައް ވަރުގަދަކޮށް ލުބްނާނުން 12 މީހުން ޝަހީދުކޮށްލައިފި

08 ސެޕްޓެމްބަރު 2026
އިސްރާއީލުގެ ހަމަލާތައް ވަރުގަދަކޮށް ލުބްނާނުން 12 މީހުން ޝަހީދުކޮށްލައިފި
07 ސެޕްޓެމްބަރު 2026

ޣައްޒާ ގަތުލުއާންމުގައި ޝަހީދުކޮށްލާފައިވާ 100 އެއްހާ މީހުންގެ ޖަނާޒާ ބާއްވައިފި

07 ސެޕްޓެމްބަރު 2026
ޣައްޒާ ގަތުލުއާންމުގައި ޝަހީދުކޮށްލާފައިވާ 100 އެއްހާ މީހުންގެ ޖަނާޒާ ބާއްވައިފި
06 ސެޕްޓެމްބަރު 2026

ގަތަރަށް ބޮން އެޅުމަކީ ފަޚުރުވެރިވާ ކަމެއްކަން ނަތަންޔާހޫ ހާމަކޮށްފި

06 ސެޕްޓެމްބަރު 2026
ގަތަރަށް ބޮން އެޅުމަކީ ފަޚުރުވެރިވާ ކަމެއްކަން ނަތަންޔާހޫ ހާމަކޮށްފި
06 ސެޕްޓެމްބަރު 2026

އިސްރާއީލުގެ ހަމަލާތަކުގައި ތިން އަހަރު ތެރޭ ލުބުނާނުން 8,900 މީހުން ޝަހީދުކޮށްލައިފި

06 ސެޕްޓެމްބަރު 2026
އިސްރާއީލުގެ ހަމަލާތަކުގައި ތިން އަހަރު ތެރޭ ލުބުނާނުން 8,900 މީހުން ޝަހީދުކޮށްލައިފި
06 ސެޕްޓެމްބަރު 2026

އެމެރިކާގެ މަނަވަރުތަކަށް މިސައިލް ހަމަލާތައް އަރައި ގެއްލުންވި: އައިއާރްޖީސީ

06 ސެޕްޓެމްބަރު 2026
އެމެރިކާގެ މަނަވަރުތަކަށް މިސައިލް ހަމަލާތައް އަރައި ގެއްލުންވި: އައިއާރްޖީސީ
05 ސެޕްޓެމްބަރު 2026

ގަތުލުއާންމާ ގުޅިގެން މެދުކަނޑާލުމަށްފަހު ފަލަސްތީނުގައި ފުޓުބޯޅަ މުބާރާތެއް ފަށައިފި

05 ސެޕްޓެމްބަރު 2026
ގަތުލުއާންމާ ގުޅިގެން މެދުކަނޑާލުމަށްފަހު ފަލަސްތީނުގައި ފުޓުބޯޅަ މުބާރާތެއް ފަށައިފި
05 ސެޕްޓެމްބަރު 2026

ގުދުސްއަށް އިސްރާއީލު ސިފައިންގެ ޖަރީމާތައް ފުޅާކޮށް ފަލަސްތީނުގެ އެކަކު ޝަހީދުކޮށްލައިފި

05 ސެޕްޓެމްބަރު 2026
ގުދުސްއަށް އިސްރާއީލު ސިފައިންގެ ޖަރީމާތައް ފުޅާކޮށް ފަލަސްތީނުގެ އެކަކު ޝަހީދުކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް