Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނޮބެލް އިނާމް

ހަޔާތުގެ އެންމެ މުހިންމު އެއް ސިއްރުގެ ހަގީގަތް ހާމަ ކުރި ސައިންސްވެރިންނަށް ނޮބެލް އިނާމް

4 އޮކްޓޯބަރު 2017 | ބުދަ 17:37

ރޭދުވާލާ އެކު ހަށިގަނޑަށް ބަދަލުތައް އަންނަނީ ކިހިނެއް؟

| 4 އޮކްޓޯބަރު 2017 | ބުދަ 17:37
ބޭސްވެރި ކަމުގެ ރޮނގުން ނޮބެލް އިނާމު މިއަހަރު ލިބުނު ފަރާތްތައް ހާމަ ކުރުމަށް ހޯމަ ދުވަހު ބޭއްވި އިވެންޓުގެ ތެރެއިން

ބޭސްވެރި ކަމުގެ ރޮނގުން ނޮބެލް އިނާމު މިއަހަރު ލިބުނު ފަރާތްތައް ހާމަ ކުރުމަށް ހޯމަ ދުވަހު ބޭއްވި އިވެންޓުގެ ތެރެއިން

ހަޔާތުގެ އެންމެ މުހިންމު އެއް ސިއްރުގެ ހަގީގަތް ހޯދި ތިން ސައިންސްވެރިންނަށް މިއަހަރު ބޭސްވެރިކަމުގެ ދާއިރާއިން ނޮބެލް އިނާމު ދިނުމަށް ނިންމައިފިއެވެ. މި ތިން ސައިންސްވެރިންގެ ދިރާސާ އިން ހާމަ ކޮށްފައިވަނީ، އިންސާނާގެ "ބަޔޮލޮޖިކަލް ކްލޮކް" ގެ ނިޒާމް މަސައްކަތް ކުރާ ގޮތާ ބެހޭ ގޮތެވެ. ރޭދުވާލާ އެކު ހަށިގަނޑަށް ބަދަލުތައް އަންނަނީ ކިހިނެއް، ކޮން ގޮތަކުންކަން މި ދިރާސާގެ ނަތީޖާ ތަކާ ހަމައަށް އޮތީ ބޮޑު ސުވާލު މާކެއްގެ ތެރޭގައެވެ. ރޭ ވުމުން ނިދި އަންނަނީ ކީއްވެތޯ އާއި ނިދި އިންސާނާ އަށް ބޭނުންވަނީ ކީއްވެތޯ އެއީ ޒަމާންތަކަކަށް ސައިންސްވެރިންގެ ހިތުގައި ޖަވާބު ހޯދުމަށް ޝައުގުވެރިވެފައިވާ ސުވާލުތަކެވެ.

ސައިންސްވެރިންގެ ބަހުން "ސާކޭޑިއަން ރިދަމް" އަކީ ފާއިތުވަމުންދާ ދުވަހުގެ ވަގުތާއެކު ހަށިގަނޑަށް އަންނަ ބަދަލެވެ. އެ ބަދަލުތަކާއެކު، ނިދި އައުމާއި، ނިދި ފިލުމާއި، ހަށިގަނޑުގެ ފިނިހޫނުމިނަށް ބަދަލު އައުމާއި، ހޯމޯން އިތުރުވެ މަދުވުން ފަދަ އެތައް ކަމެއް ހަށިގަނޑުގައި ހިނގާކަން ކުރިން ސައިންސްވެރިން އޮތީ ދެނެގަނެފައެވެ. އެކަމަކު ޖެފްރީ ހޯލް އާއި މައިކަލް ރޮސްބާޝް އަދި މައިކަލް ޔަންގް ގެ މި ދިރާސާގެ ނަތީޖާ ތަކާ ހަމައަށް، އެއީ ކިހިނެއް ހިނގާ ކަމެއް ކަމެއް ނޭނގެއެވެ. މި ތިން ސައިންސްވެރިންގެ ހޯދުންތަކުން އިރު ދައުރުވަމުންދާ ދިއުން ހަށިގަނޑުން ދެނެގަންނަނީ ކިހިނެއްކަން ސާފުވެއްޖެއެވެ. އިރުގެ ހަރަކާތާއެކު ހަށިގަނޑަށް އަންނަ ބަދަލުތައް އަންނަނީ ކީއްވެގެން ކަން ވިސްނައިގަނެވިއްޖެއެވެ.

ނިދާފައި އޮންނަން ޖެހޭ ވަގުތުތަކުގައި ހޭލާ ހުރުމުގެ ސަބަބުން ހަށިގަނޑަށް ކުރިމަތިވާ އުނދަގޫތަކާއި، އަދި ހޭލާ ހުންނަން ޖެހޭ ވަގުތު ނިދާފައި އޮވެއްޖެނަމަ، ހަށިގަނޑުގެ އެތެރޭގެ ނިޒާމްތަކަށް ބުރޫ އަރާ ގޮތް މި ދިރާސާއިން މި ތިން ސައިންސްވެރިން ހާމަ ކޮށްދީފިއެވެ. މިހާރު އެނގޭ އެއްޗަކީ ރޭދުވާލަށް އަންނަ ބަދަލުތަކާއެކު ހަށިގަނޑު އެކަން ދެނެގަނެ، ހަށިގަނޑަށް ގެންނަ ބަދަލުތަކަކީ އެއްވެސް މީހެއްގެ އިޚްތިޔާރުގައި އޮތް އަދި އަމިއްލަ އަށް އެކަން ކޮންޓްރޯލް ކުރެވޭނެ ކަންކަމަށް ނުވާ ކަމެވެ. އެކަން ކޮންޓްރޯލް ކުރަނީ އިރު ދައުރުވުމާއި ގުޅިފައިވާ، ސެލްތަކުގައި މޮލެކިއުލް ލެވެލްގައި ހިނގާ ކަންތައްތަކުންނެވެ.

ނޯބެލް އިނާމު ލިބުނު ސައިންސްވެރިންގެ ދިރާސާގައި މި އާދަޔާ ޚިލާފް ގުދުރަތީ ނިޒާމަށް ބަދަލުތަކެއް ގެނެވެނޭ ގޮތްތަކެއް ނެތްނަމަވެސް، ގަޑިން ގަޑިއަށް ރޭގަނޑު ނިދުމުގެ މުހިއްމުކަން ހާމަވެގެންދެއެވެ. "ފްރުޓް ފްލައި" ބޭނުންކޮށްގެން ކުރިއަށް ގެންދިޔަ މި ދިރާސާގައި ސައިންސްވެރިން ދައްކައިދިނީ "ބަޔޮލޮޖިކަލް ކްލޮކް" މަސައްކަތް ކުރަނީ ހަށިގަނޑުގެ ސެލްތަކުގައި ކުއްލިއަކަށް އުފެދެ އަދި އިސާހިތަކު ނެތި ހަލާކުވެ ދާ ޕްރޮޓީން އެއްގެ ސަބަބުން ކަމުގައެވެ. މި ގޮތުން ބަޔޮލޮޖިކަލް ރިދަމް ކޮންޓްރޯލް ކުރާ ޖީން އެއް ވަކިކޮށް، އެޖީން ދިރާސާކުރިއެވެ. މިދިރާސާއިން ދެއްކި ގޮތުގައި އެސޫފީގެ ބަޔޮލޮޖިކަލް ރިދަމް ބަލަހައްޓާ ޖީންގައި ހިމެނޭ މުހިއްމު އެއް ޕްރޮޓީން އުފެދެނީ ރޭގަނޑުގެ ވަގުތުއެވެ. އަދި އިރުއެރުމުން އެޕްރޮޓީން އަމިއްލަ ޒާތުގައި ނެތި ހަލާކުވެއެވެ. އިރު އޮއްސުމާއެކު ސެލްތަކުގައި އެ ޕްރޮޓީން އަނެއްކާވެސް އުފެދެން ފަށައެވެ. އިރު އެރުމާއެކު އެ ޕްރޮޓީން ހަލާކުވާން ފަށައެވެ. ރޭ ދުވާލާއެކު ދިރި ހުރިހާ ދުވަހަކު ސެލްތަކުގެ ތެރޭގައި މި ނިޒާމް ހުއްޓުމެއްނެތި މި ގޮތުގެ މަތިން ތަކުރާރުވަމުން ދާ ގޮތަށެވެ. މިދިރާސާގައި ހޯދުނު ހޯދުންތަކުގެ އަލީގައި ސައިންސްވެރިން ދެކެނީ ދުނިޔޭގައި ލެއްވި ކޮންމެ ދިރުމެއްގައި މިނިޒާމް އެކުލެވޭ ކަމަށާއި، އަދި އެއެއްޗެއްގެ ބަޔޮލޮޖިކަލް ކްލޮކް މަސައްކަތްކުރަނީ އިރުގެ ދައުރުވުމަށް ބިނާކޮށް ހަށިގަނޑުގައި ލައްވާފައިވާ މި ޚާއްސަ ގުދުރަތީ ޓެކްނޮލޮޖީގެ އެހީގައި ކަމަށެވެ. އެއާއެކު ގުދުރަތީ ނިޒާމް ފަރުމާވެފައިވާ ގޮތައް ދިރިއުޅުމުގެ އާދަތައް ބެހެއްޓުމުގެ މުހިންމު ކަން މިދިރާސާއިން ކިތަންމެ ރަނގަޅަކަށްވެސް ވަނީ ހާމަވެގެން ގޮސްފައެވެ.

މި މުހިންމު ހޯދުން ހޯދި އެމެރިކާގެ މި ތިން ސައިންސްވެރިންނަށް ނޮބެލް އިނާމުގެ ގޮތުގައި 1.1 މިލިއަން އެމެރިކާ ޑޮލަރު ލިބޭނެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

06 އޮކްޓޯބަރު 2017

ސީރިއާގައި ކެމިކަލް ހަތިޔާރު ބޭނުން ކޮށްފައިވާކަން ތަހުގީގުން ހާމަވެއްޖެ

06 އޮކްޓޯބަރު 2017
ސީރިއާގައި ކެމިކަލް ހަތިޔާރު ބޭނުން ކޮށްފައިވާކަން ތަހުގީގުން ހާމަވެއްޖެ
07 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންނާ އެކީތިބިކަން ހާމަކޮށްދިނުމަށް އޮސްޓްރޭލިއާގައި އެއްވުންތަކެއް ބާއްވައިފި

07 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންނާ އެކީތިބިކަން ހާމަކޮށްދިނުމަށް އޮސްޓްރޭލިއާގައި އެއްވުންތަކެއް ބާއްވައިފި
04 ސެޕްޓެމްބަރު 2017

މޮސްކޯގެ މުސްލިމުން ތިބީ ރޮހިންޖާ މުސްލިމުންނާ އެކީ ކަން ހާމަކުރުމަށް އެއްވުމެއް ބާއްވައިފި

04 ސެޕްޓެމްބަރު 2017
މޮސްކޯގެ މުސްލިމުން ތިބީ ރޮހިންޖާ މުސްލިމުންނާ އެކީ ކަން ހާމަކުރުމަށް އެއްވުމެއް ބާއްވައިފި
19 ޖުލައި 2017

ރަޝިޔާ އާއި އެމެރިކާ ރައީސުން ޖީ20 ސަމިޓްގައި ދެފަަހަރު ބައްދަލު ކުރެއްވި ކަން ހާމަވެއްޖެ

19 ޖުލައި 2017
ރަޝިޔާ އާއި އެމެރިކާ ރައީސުން ޖީ20 ސަމިޓްގައި ދެފަަހަރު ބައްދަލު ކުރެއްވި ކަން ހާމަވެއްޖެ
21 ޖޫން 2017

ޤަތަރާއިމެދު ފިޔަވަޅު އެޅި ޤައުމުތަކުން އެކަންކުރި ސަބަބު ހާމަކޮށްދޭން ޖެހޭ: އެމެރިކާ

21 ޖޫން 2017
ޤަތަރާއިމެދު ފިޔަވަޅު އެޅި ޤައުމުތަކުން އެކަންކުރި ސަބަބު ހާމަކޮށްދޭން ޖެހޭ: އެމެރިކާ
11 މެއި 2017

ކަނޑަށް ޣަރަޤުވި ބަޔަކަށް އިޓަލީން އަޅާނުލިކަން ހާމަވާ އޯޑިއޯއެއް އާންމުވެއްޖެ

11 މެއި 2017
ކަނޑަށް ޣަރަޤުވި ބަޔަކަށް އިޓަލީން އަޅާނުލިކަން ހާމަވާ އޯޑިއޯއެއް އާންމުވެއްޖެ
24 އެޕްރީލު 2017

އުތުރު ކޮރެއާއިން ހައްޔަރު ކުރި އެމެރިކާ މީހާގެ ނަން ހާމަކޮށްފި

24 އެޕްރީލު 2017
އުތުރު ކޮރެއާއިން ހައްޔަރު ކުރި އެމެރިކާ މީހާގެ ނަން ހާމަކޮށްފި
31 މާރިޗު 2017

މޫސަލްގެ ރައްޔިތުންނަށް ރައްކާތެރިކަން ދިނުމަކީ އެންމެ މުހިންމު ކަންތައް: އެންޓޯނިއޯ ގުޓަރޭސް

31 މާރިޗު 2017
މޫސަލްގެ ރައްޔިތުންނަށް ރައްކާތެރިކަން ދިނުމަކީ އެންމެ މުހިންމު ކަންތައް: އެންޓޯނިއޯ ގުޓަރޭސް
20 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް "މުހިންމު މީހަކު" ބޭނުންވޭ: މެލޭޝިއާ ފުލުހުން

20 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް "މުހިންމު މީހަކު" ބޭނުންވޭ: މެލޭޝިއާ ފުލުހުން
18 މާރިޗު 2017

ވައިޓްސް ހައުސްއަށް ވަން މީހާގެ ތަފްސީލް ހާމަކޮށްފި

18 މާރިޗު 2017
ވައިޓްސް ހައުސްއަށް ވަން މީހާގެ ތަފްސީލް ހާމަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް