Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާގް-ސައުދީ އަރަބިއްޔާ

އިރާގުން ސައުދީ ތެޔޮ ހޮޅިއަށް ހަމަލާދިން ޑްރޯން ލޯންޗަރ ހޯދައިފި

13 ސެޕްޓެމްބަރު 2026 | އާދީއްތަ 08:12

ސައުދީގެ ތެޔޮ ހޮޅިއަށް ދިން ހަމަލާގެ ތަހުގީގަށް އިރާގުން ހާއްސަ ފިޔަވަޅުތަކެއް އަޅަމުންދާއިރު، މިކަމުގައި އީރާނުގެ އެހީތެރިކަން ހޯދުމަށް ވަނީ ނިންމާފައެވެ. މި ހަމަލާއާ ގުޅިގެން އިރާގުގެ ބޯޑަރު ސަރަހައްދުތަކުގެ ސަލާމަތީ ކޮމާންޑަރުން މަގާމުން ވަކިކޮށްފައިވާއިރު، ސައުދީން މަސައްކަތް ކުރަނީ މި މައްސަލަ ސިޔާސީ މަގުން ހައްލުކުރުމަށެވެ.

ރާއްޖެ އެމްވީ | 13 ސެޕްޓެމްބަރު 2026 | އާދީއްތަ 08:12
އިރާގުގެ ދެކުނުގައިވާ މައިސާން ޕްރޮވިންސްގެ މަތިން ރޯޔަލް އެއާ ފޯސްގެ ޕޫމާ ހެލިކޮޕްޓަރެއް އުދުހެނީ.

އިރާގުގެ ދެކުނުގައިވާ މައިސާން ޕްރޮވިންސްގެ މަތިން ރޯޔަލް އެއާ ފޯސްގެ ޕޫމާ ހެލިކޮޕްޓަރެއް އުދުހެނީ. | ގެޓީ އިމޭޖަސް

ސައުދީ އަރަބިއްޔާގެ އިރުމަތިން ހުޅަނގަށް އަޅާފައިވާ ތެޔޮ ހޮޅިއަކަށް ދިން ހަމަލާގައި ބޭނުންކުރި ކަމަށް ބެލެވޭ ޑްރޯން އުދުއްސާލާ ޕްލެޓްފޯމެއް، އިރާގުގެ ސަލާމަތީ ބާރުތަކުން ހޯދައި އަތުލައިގެންފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

އިރާގުގެ ރަސްމީ ނިއުސް އެޖެންސީ (އައި.އެން.އޭ) އިން ހޮނިހިރު ދުވަހު އާންމުކުރި ބަޔާނެއްގައި، އެ ގައުމުގެ ސެކިއުރިޓީ މީޑިއާ ސެލްގެ ވެރިޔާ ލެފްޓިނެންޓް ޖެނެރަލް ސާދު މާން ވިދާޅުވީ، އިންޓެލިޖެންސް އަދި ސަލާމަތީ ޓާސްކް ފޯހަކުން ކުރި މަސައްކަތުން، ހަމަލާ ދިނުމަށް ބޭނުންކުރި ލޯންޗިން އިކުއިޕްމަންޓްތައް ހޯދައި، މިހާރު އެތަކެތި ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

Advertisement - worldAdvertisement

މީގެ އިތުރުން ސާދު މާން ވިދާޅުވީ، މި ހަމަލާގެ ފަހަތުގައި ތިބި ބަޔަކު ދެނެގަތުމަށް ފޮރެންސިކް އަދި ފަންނީ މާހިރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި ތަހުގީގުގައި ބައިވެރިވެ، އޭގެ ހޯދުންތައް މުރާޖައާ ކުރުމަށް އީރާނުން ހުށަހެޅި ހުށަހެޅުމަކަށް އިރާގުގެ ކޮމާންޑަރ-އިން-ޗީފް ހުއްދަ ދެއްވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މި މައްސަލައިގައި އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުމަށްޓަކައި، ބަޣުދާދުން ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކާ ސީދާކޮށް މުއާމަލާތް ކުރަމުންދާ ކަމަށްވެސް މާން ވިދާޅުވި އެވެ.

އައި.އެން.އޭ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މާން ވިދާޅުވީ، އިރާގުން ގެންގުޅެނީ "ޕްރިވެންޓިވް ސޮވެރެންޓީ" ނުވަތަ ރައްކާތެރިކަމުގެ އިސްތިގުލާލުގެ އުސޫލެއް ކަމަށެވެ. އޭގެ މާނައަކީ ހަމައެކަނި އިރާގުގެ ބިމަށް ދޭ ހަމަލާތައް ހުއްޓުވުން ނޫން ކަމަށާއި، އެ ގައުމުގެ ބިމަކީ އެހެން އެއްވެސް ގައުމަކަށް ހަމަލާދޭން ބޭނުންކުރާ ތަނަކަށް ވިޔަނުދިނުން ނުވަތަ އެހެން ބައެއްގެ ބަދަލުގައި ކުރާ ހަނގުރާމައެއްގެ (ޕްރޮކްސީ ވޯ) ބަޔަކަށް އިރާގު ވިޔަނުދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

ވޭތުވެދިޔަ ބުރާސްފަތި ދުވަހު އިރާގުން އުދުއްސާލި ބައެއް ޑްރޯންތަކުން ސައުދީގެ ރިޔާޟް އަދި މަދީނާ ސަރަހައްދުގައި އޮންނަ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާތަކުގައި ބައެއް މީހުންނަށް އަނިޔާވެފައިވާ ކަމަށް ސައުދީގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ. ދުނިޔޭގެ ބާޒާރަށް ސަޕްލައިކުރާ ތެލުގެ ގާތްގަނޑަކަށް 4 އިންސައްތައާއި 5 އިންސައްތައާ ދެމެދުގެ މިންވަރެއް އުފުލާ މި ހޮޅިއަކީ، ހުރްމުޒް ކަނޑުއޮޅި ބޭނުންނުކޮށް ތެޔޮ ބޭރުކުރުމުގެ ފުރުސަތު ސައުދީއަށް ލިބިދޭ މުހިންމު ވަސީލަތެކެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި ހޮޅިން ތެޔޮ ފޮނުވުން ވަނީ ވަގުތީގޮތުން މެދުކަނޑާލާފަ އެވެ.

އިރާގު ސަރުކާރުގެ އެދުމުގެ މަތިން، މި ހަމަލާއަށް ރައްދު ހަމަލާއެއް މިވަގުތު ނުދިނުމަށް ސައުދީން ނިންމާފައިވާ ކަމަށްވެސް އެ ގައުމުން ބުނެފައިވެ އެވެ.

ސައުދީގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި، މި ޑްރޯންތައް އުދުއްސާލާފައިވަނީ އިރާގުގެ އިރުދެކުނުގައި އޮންނަ މައިސާން ޕްރޮވިންސުންނެވެ. މިއީ އީރާނާ ބޯޑަރު ހިއްސާކުރާ، އަދި އީރާނަށް ތާއީދުކުރާ ހަނގުރާމަވެރި ޖަމާއަތްތަކުގެ ނުފޫޒު އޮންނަ ސަރަހައްދެކެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިރާގުގެ ކަމާބެހޭ އިދާރާތަކުން ލަފާކުރަނީ މި ހަމަލާ ދީފައިވަނީ މައިސާން ޕްރޮވިންސުގެ އިރުއުތުރުގައި އޮންނަ އަލް-ތައްޔިބު ބޯޑަރު ސަރަހައްދުން ކަމަށެވެ. 

ރައްމާލް އިތުރަށް ބުނި ގޮތުގައި، ހަމަލާ އަމާޒުވި ސަރަހައްދުތަކަކީ މަދީނާއާ ގާތްގަނޑަކަށް 1،100 ކިލޯމީޓަރު އަދި ރިޔާޟާ 800 ކިލޯމީޓަރު ދުރުގައި ހުރި ތަންތަނަށް ވުމުން، މި ހަމަލާގައި ބޭނުންކޮށްފައިވަނީ އާދައިގެ ޑްރޯންތަކެއް ނޫން ކަމަށާއި، އެއީ ދުރު ރާސްތާއަށް ދަތުރުކުރާ ކުރިއަރާފައިވާ ޑްރޯންތަކެއް ކަމަށް ބެލެވެ އެވެ.

އިރާގު ސިފައިންގެ ތަރުޖަމާނު ސަބާހް އަލް-ނޫމާން ހޮނިހިރު ދުވަހުގެ ކުރީކޮޅު ވިދާޅުވީ، މި ހަމަލާގައި ބައިވެރިވި ހުރިހާ އެންމެން ހައްޔަރުކުރުމަށް ސަލާމަތީ އަދި އިންޓެލިޖެންސް އިދާރާތަކުން ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންދާ ކަމަށެވެ.

މި ހަމަލާއާ ގުޅިގެން، ސަލާމަތީ ކަންކަން ބެލުމަށްޓަކައި އިރާގުން ވަނީ އީރާނާ ގުޅޭ ބައެއް ބޯޑަރުތައް ކަމަށްވާ ޝަލަމްޗޭ، ޗަޒާބޭ އަދި މަންދަލީ ވަގުތީގޮތުން ބަންދުކޮށްފަ އެވެ. ނަމަވެސް އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކައި މިހާރު ވަނީ ބައެއް ބޯޑަރުތައް އަލުން ހުޅުވާލާފަ އެވެ.

މި ހަމަލާއަށްފަހު، އިރާގުގެ ބޮޑުވަޒީރު އަލީ އަލް-ޒައިދީ ވަނީ މައިސާން ޕްރޮވިންސް ހިމެނޭހެން ބޯޑަރު ސަރަހައްދުތަކުގެ އަސްކަރީ ކޮމާންޑަރުންގެ މަގާމުތަކަށް ބަދަލުތަކެއް ގެންނަވާފަ އެވެ.

އަލްޖަޒީރާ އިން ބުނި ގޮތުގައި، މަގާމުން ވަކިކުރި މީހުންގެ ތެރޭގައި މައިސާންގެ އޮޕަރޭޝަންސް ކޮމާންޑަރާއި އެ ޕްރޮވިންސުގެ ޕޮލިސް ޗީފް ހިމެނެ އެވެ. އަދި އެ ސަރަހައްދުގެ ސަލާމަތީ އިސް ކޮމާންޑަރުންގެ ގްރޫޕެއްގެ މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

ސިޔާސީ ދިރާސާވެރިޔާ ސަލީމް ޒަޚޫރު އަލްޖަޒީރާއަށް ބުނި ގޮތުގައި، ސައުދީ އަރަބިއްޔާއިން މި މައްސަލައިގައި "ސީދާ އަސްކަރީ ކުރިމަތިލުމަކަށް" ނުގޮސް، އިރާގު ސަރުކާރު މެދުވެރިކޮށް ސިޔާސީ މަގުން މައްސަލަ ހައްލުކުރުމަށް ވަނީ މަސައްކަތް ކޮށްފަ އެވެ.

އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި، ފާއިތުވި ދުވަސްތަކުގައި ހިނގާދިޔަ ކަންތައްތަކަކީ ސައުދީއަށް ވަރަށް ބޮޑު ގޮންޖެހުމެކެވެ. އެގޮތުން ބާބުލް މަންދަބާ ދިމާލަށް ހޫޘީން ކުރިއަރަމުން ދިއުމާއި، އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާ އޭނާ ފާހަގަކުރި އެވެ.

މީގެ ސަބަބުން ރިޔާޟް އޮތީ ދިފާއީ ގޮތުން ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށާއި، މިފަދަ ހަމަލާތައް ހުއްޓުވުމަށްޓަކައި "އަމަލީ އަދި ހަގީގީ ފިޔަވަޅުތަކެއް" އަޅަންޖެހިފައިވާ ކަމަށް ޒަޚޫރު ބުންޏެވެ.

މަސްދަރު: އަލްޖަޒީރާ

އިރާގުހޫޡީއިރާޤް-ސައުދީ އަރަބިއްޔާ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

3

ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް

4

ރަޝިޔާ އާއި ޗައިނާއިން އީރާނާ ދެކޮޅަށް އައިއޭއީއޭ އިން ހުށަހަޅަން އުޅުނު ގަރާރު ފެއިލްކޮށްލައިފި

5

އައްޑޫ ސިޓީގެ "ނިއު ސީޒަން" ފިހާރަ އިން މާތޭގެ އުފެއްދުންތައް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

އިތުރަށް ކިޔާލަން

13 ސެޕްޓެމްބަރު 2026

އިރާގުން އީރާނާއެކު އޮންނަ ބައެއް ބޯޑަރުތައް ބަންދުކޮށްފި

13 ސެޕްޓެމްބަރު 2026
އިރާގުން އީރާނާއެކު އޮންނަ ބައެއް ބޯޑަރުތައް ބަންދުކޮށްފި
12 ސެޕްޓެމްބަރު 2026

އީރާނުގެ މަދަދުލިބޭ ހޫޘީން ބާބުލް މަންދަބު ކަނޑުއޮޅީގައި އޮންނަ އިސްތިރާތީޖީ ގޮތުން މުހިންމު މަޔޫން ޖަޒީރާ ހިފުން: އެ ރަށް އެމީހުންގެ ބާރުގެ ދަށުގައި ބޭއްވިދާނެތަ؟

12 ސެޕްޓެމްބަރު 2026
އީރާނުގެ މަދަދުލިބޭ ހޫޘީން ބާބުލް މަންދަބު ކަނޑުއޮޅީގައި އޮންނަ އިސްތިރާތީޖީ ގޮތުން މުހިންމު މަޔޫން ޖަޒީރާ ހިފުން: އެ ރަށް އެމީހުންގެ ބާރުގެ ދަށުގައި ބޭއްވިދާނެތަ؟
12 ސެޕްޓެމްބަރު 2026

ދުނިޔޭގެ އިގްތިސާދުގެ މައިނާރެއްގެ ގޮތުގައި ބެލެވޭ ބާބުލް މަންދަބު ކަނޑުއޮޅި ނުރައްކަލުގެ ތެރެއަށް!

12 ސެޕްޓެމްބަރު 2026
ދުނިޔޭގެ އިގްތިސާދުގެ މައިނާރެއްގެ ގޮތުގައި ބެލެވޭ ބާބުލް މަންދަބު ކަނޑުއޮޅި ނުރައްކަލުގެ ތެރެއަށް!
12 ސެޕްޓެމްބަރު 2026

ހޮޅިލައިނަށް ޑްރޯން ހަމަލާދިނީ އިރާގުގައި ތިބި ހަނގުރާމަވެރިން: ސައުދީ އަރަބިއްޔާ

12 ސެޕްޓެމްބަރު 2026
ހޮޅިލައިނަށް ޑްރޯން ހަމަލާދިނީ އިރާގުގައި ތިބި ހަނގުރާމަވެރިން: ސައުދީ އަރަބިއްޔާ
12 ސެޕްޓެމްބަރު 2026

ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް

12 ސެޕްޓެމްބަރު 2026
ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް
12 ސެޕްޓެމްބަރު 2026

ސައުދީން ވާގިވެރިވާ ފައުޖުތައް ބަލިކޮށް ހޫޘީން ރަތްކަނޑުގެ ސަރަހައްދުގެ ކޮންޓްރޯލު އަތުލައިފި

12 ސެޕްޓެމްބަރު 2026
ސައުދީން ވާގިވެރިވާ ފައުޖުތައް ބަލިކޮށް ހޫޘީން ރަތްކަނޑުގެ ސަރަހައްދުގެ ކޮންޓްރޯލު އަތުލައިފި
11 ސެޕްޓެމްބަރު 2026

ޔަމަނުގެ ހޫޘީންނަށް އަސްކަރީ ހަމަލާތަކެއް ދިނުމަށް ސައުދީ ވަލީއަހުދު ޓްރަމްޕަށް ދެ ފަހަރު ފޯނުން ގުޅުއްވައިފި

11 ސެޕްޓެމްބަރު 2026
ޔަމަނުގެ ހޫޘީންނަށް އަސްކަރީ ހަމަލާތަކެއް ދިނުމަށް ސައުދީ ވަލީއަހުދު ޓްރަމްޕަށް ދެ ފަހަރު ފޯނުން ގުޅުއްވައިފި
11 ސެޕްޓެމްބަރު 2026

ސައުދީން މަދަދުދޭ ޔަމަނުގެ ސިފައިން ފަހަތައް ޖައްސާ، އީރާނުގެ މަދަދު ލިބޭ ހޫޘީން ކުރިއެރުންތައް ހޯދާ ބާބުލް މަންދަބް ހިފުމާ ގާތައް

11 ސެޕްޓެމްބަރު 2026
ސައުދީން މަދަދުދޭ ޔަމަނުގެ ސިފައިން ފަހަތައް ޖައްސާ، އީރާނުގެ މަދަދު ލިބޭ ހޫޘީން ކުރިއެރުންތައް ހޯދާ ބާބުލް މަންދަބް ހިފުމާ ގާތައް
08 ސެޕްޓެމްބަރު 2026

ސައޫދީގެ ތެޔޮ މަރުކަޒުތަކަށް ހަމަލާތައް އަމާޒުވި ކަމަށް ސައުދީން ބުނެފި

08 ސެޕްޓެމްބަރު 2026
ސައޫދީގެ ތެޔޮ މަރުކަޒުތަކަށް ހަމަލާތައް އަމާޒުވި ކަމަށް ސައުދީން ބުނެފި
08 ސެޕްޓެމްބަރު 2026

ޔަމަނުގެ ހޫޘީން ސައުދީ އަރަބިއްޔާއަށް ހަމަލާދީ 70 އަށްވުރެ ގިނަ މީހުން ޒަޚަމުކޮށްލައިފި

08 ސެޕްޓެމްބަރު 2026
ޔަމަނުގެ ހޫޘީން ސައުދީ އަރަބިއްޔާއަށް ހަމަލާދީ 70 އަށްވުރެ ގިނަ މީހުން ޒަޚަމުކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް