Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-އަޔަލޭންޑް

ޓްރަމްޕް އަޔަލޭންޑަށް ވަޑައިގެން ރަސްމީ ބައްދަލުވުންތައް ބާއްވަވަނީ

12 ސެޕްޓެމްބަރު 2026 | ހޮނިހިރު 10:26

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަޔަލޭންޑަށް ކުރައްވާ މި ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި އިގްތިސާދީ އެއްބާރުލުމާއި ވިޔަފާރީގެ ފުރުސަތުތަކާ ގުޅޭގޮތުން ރަސްމީ މަޝްވަރާތައް ބާއްވަވާނެ. މީގެ އިތުރުން ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށްފަހު، އެމަނިކުފާނުގެ އަމިއްލަ ގޯލްފް ކްލަބުގައި ބާއްވާ މުބާރާތެއްގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައި

ރާއްޖެ އެމްވީ | 12 ސެޕްޓެމްބަރު 2026 | ހޮނިހިރު 10:26

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަޔަލޭންޑްގެ ޑަބްލިންއަށް ވަޑައިގެންފި | ސްކްރީން އިމޭޖް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އަޔަލޭންޑަށް ވަޑައިގެންފި އެވެ. މި ދަތުރުފުޅުގައި އެ ގައުމުގެ ލީޑަރުންނާ އެކު ރަސްމީ މަޝްވަރާތައް ބޭއްވެވުމަށްފަހު، ޓްރަމްޕްގެ އަމިއްލަ ގޯލްފް ކޯހެއްގައި ބާއްވާ މުބާރާތެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ޓްރަމްޕަށް އެއަރޕޯޓުން މަރުހަބާ ދެންނެވީ އަޔަލޭންޑްގެ ފިނޭންސް މިނިސްޓަރު ސައިމަން ހަރިސް އާއި، ފޮރިން މިނިސްޓަރު އަދި ޑިފެންސް މިނިސްޓަރު ހެލެން މެކެންޓީ އާއި، އަޔަލޭންޑަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާގެ ސަފީރު އެޑްވަރޑް ވޮލްޝް އާއި އޭނާގެ އަނބިކަނބަލުން ލިންގެ އިތުރުން، އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ އަޔަލޭންޑްގެ ސަފީރު ޖެރަލްޑިން ބައިން ނޭސަން އަދި ޗީފް އޮފް ޕްރޮޓޮކޯލް ޕެޓްރިޝިއާ އޯބްރަޔަން އެވެ.

Advertisement - worldAdvertisement

ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން ޓްރަމްޕް އެންމެ ފަހުން އަޔަލޭންޑަށް ޒިޔާރަތް ކުރެއްވީ އެމަނިކުފާނުގެ ފުރަތަމަ ދައުރުގައި، 2019 ވަނަ އަހަރުގެ ޖޫން މަހުގަ އެވެ.

ވައިޓް ހައުސްގެ އޮފިޝަލަކާ ހަވާލާދީ ސީއެންއެންއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ދަތުރުފުޅުގައި ޓްރަމްޕް އަޔަލޭންޑްގެ ބޮޑުވަޒީރު މައިކަލް މާޓިންއާ އެކު ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބާއްވަވާނެ އެވެ. އަދި އެމެރިކާގެ ސަފީރު އެޑްވަރޑް ވޮލްޝްގެ ގެކޮޅުގައި ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވާނެ އެވެ.

އަޔަލޭންޑްގެ ސިޔާސީ ލީޑަރުންނާއެކު ބާއްވާ ބައްދަލުވުންތަކުގައި، ދެ ގައުމުގެ އިގްތިސާދީ އެއްބާރުލުމާއި، އެމެރިކާގެ ސިނާއަތްތަކަށް ވިޔަފާރީގެ ފުރުސަތުތައް ހޯދައިދިނުމާއި، ދެ ގައުމުގެ މަސްލަހަތު ހިމެނޭ ބައިނަލްއަގުވާމީ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ހޮނިހިރު ދުވަހު ޑަބްލިންގައި ބާއްވާ ބައްދަލުވުންތަކަށްފަހު، އާދީއްތަ ދުވަހު ޓްރަމްޕް ވަޑައިގަންނަވާނީ އެ ގައުމުގެ ހުޅަނގަށެވެ. އެތަނުގައި އޮންނަ ޓްރަމްޕްގެ އަމިއްލަ ގޯލްފް ކްލަބް، "ޑޫންބެގް" ގައި ބާއްވާ އަޔަލޭންޑްގެ އޯޕަން ގޯލްފް މުބާރާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ޑޮނަލްޑް ޓްރަމްޕްއަޔަލޭންޑްއެމެރިކާ-އަޔަލޭންޑް

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

3

އިރާން: އެމެރިކާ މަނަވަރުތައް ހުރްމޫޒުން 400 ކިލޯމީޓަރު ފަހަތަށް ޖައްސާފައި

4

އީރާނުން ދިން ބަދަލު ހިފުމުގެ ހަމަލާގައި އެމެރިކާގެ ގިނަ އަދަދެއްގެ ފައިޓަރ ޖެޓް ތަކަށް ގެއްލުން ލިބިއްޖެ

5

ރަޝިޔާ އާއި ޗައިނާއިން އީރާނާ ދެކޮޅަށް އައިއޭއީއޭ އިން ހުށަހަޅަން އުޅުނު ގަރާރު ފެއިލްކޮށްލައިފި

އިތުރަށް ކިޔާލަން

10 ސެޕްޓެމްބަރު 2026

ރައީސް ޓްރަމްޕް ވިދާޅުވި ގޮތަށް އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5000 ޑޮލަރު ހަގީގަތުގައިވެސް ދެއްވިދާނެތަ؟

10 ސެޕްޓެމްބަރު 2026
ރައީސް ޓްރަމްޕް ވިދާޅުވި ގޮތަށް އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5000 ޑޮލަރު ހަގީގަތުގައިވެސް ދެއްވިދާނެތަ؟
10 ސެޕްޓެމްބަރު 2026

"ޑީލެއް" ހައްދަވަން ޕުޓިން ހުށަހެޅުއްވި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

10 ސެޕްޓެމްބަރު 2026
"ޑީލެއް" ހައްދަވަން ޕުޓިން ހުށަހެޅުއްވި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
10 ސެޕްޓެމްބަރު 2026

ޓްރަމްޕްއާ ޚާއްސަ ގުޅުމެއް އޮންނަ ކަމުގެ އަޑުތައް ފެތުރިފައިވާ ނަޓާލީ ހާޕް އަށް 45،000 ޑޮލަރުގެ ހަދިޔާއެއް ދެއްވިކަން ހާމަވުމުން ފާޑުކިޔުން ބޮޑުވެއްޖެ

10 ސެޕްޓެމްބަރު 2026
ޓްރަމްޕްއާ ޚާއްސަ ގުޅުމެއް އޮންނަ ކަމުގެ އަޑުތައް ފެތުރިފައިވާ ނަޓާލީ ހާޕް އަށް 45،000 ޑޮލަރުގެ ހަދިޔާއެއް ދެއްވިކަން ހާމަވުމުން ފާޑުކިޔުން ބޮޑުވެއްޖެ
10 ސެޕްޓެމްބަރު 2026

ޓްރަމްޕް: ކޮންގްރެސްގެ އަޣުލަބިއްޔަތު ހޯދިއްޖެނަމަ ކޮންމެ ބޮޑުމީހަކަށް 5,000 ޑޮލަރު ދޭނަން

10 ސެޕްޓެމްބަރު 2026
ޓްރަމްޕް: ކޮންގްރެސްގެ އަޣުލަބިއްޔަތު ހޯދިއްޖެނަމަ ކޮންމެ ބޮޑުމީހަކަށް 5,000 ޑޮލަރު ދޭނަން
10 ސެޕްޓެމްބަރު 2026

ޓްރަމްޕް: މިޑްޓާމް އިންތިޚާބަށްފަހު އީރާން ހަނގުރާމަ "ވަގުތުން" ނިމޭނެ

10 ސެޕްޓެމްބަރު 2026
ޓްރަމްޕް: މިޑްޓާމް އިންތިޚާބަށްފަހު އީރާން ހަނގުރާމަ "ވަގުތުން" ނިމޭނެ
09 ސެޕްޓެމްބަރު 2026

އާ އެއްބަސްވުމެއް ހަދަން ޓްރަމްޕް ބޭނުންފުޅުވި ނަމަވެސް ތެހްރާނުން އެ ކަމާ ދެކޮޅު

09 ސެޕްޓެމްބަރު 2026
އާ އެއްބަސްވުމެއް ހަދަން ޓްރަމްޕް ބޭނުންފުޅުވި ނަމަވެސް ތެހްރާނުން އެ ކަމާ ދެކޮޅު
09 ސެޕްޓެމްބަރު 2026

ޕުޓިންއާއި ޓްރަމްޕްގެ ފޯން ކޯލް: ހަނގުރާމައާމެދު "ބިނާކުރަނިވި" މަޝްވަރާތަކެއް

09 ސެޕްޓެމްބަރު 2026
ޕުޓިންއާއި ޓްރަމްޕްގެ ފޯން ކޯލް: ހަނގުރާމައާމެދު "ބިނާކުރަނިވި" މަޝްވަރާތަކެއް
08 ސެޕްޓެމްބަރު 2026

އިސްރާއީލުގެ ޣައިރުޤާނޫނީ ވަޒަންވެރިންނާ ވިޔަފާރިކުރުން އިނގިރޭސިވިލާތުން ހުއްޓާލަނީ

08 ސެޕްޓެމްބަރު 2026
އިސްރާއީލުގެ ޣައިރުޤާނޫނީ ވަޒަންވެރިންނާ ވިޔަފާރިކުރުން އިނގިރޭސިވިލާތުން ހުއްޓާލަނީ
07 ސެޕްޓެމްބަރު 2026

އޮހާޔޯގެ ގަވަރުނަރު ކަމަށް ވާދަކުރައްވާ ޑިމޮކްރެޓިކް ކެނޑިޑޭޓަށް ހަމަލާދޭން އުޅެފި

07 ސެޕްޓެމްބަރު 2026
އޮހާޔޯގެ ގަވަރުނަރު ކަމަށް ވާދަކުރައްވާ ޑިމޮކްރެޓިކް ކެނޑިޑޭޓަށް ހަމަލާދޭން އުޅެފި
06 ސެޕްޓެމްބަރު 2026

އީރާން ހަނގުރާމައާ ގުޅިގެން އެމެރިކާގައި ޑީސަލްގެ އަގު ރެކޯޑު މިންވަރަކަށް!

06 ސެޕްޓެމްބަރު 2026
އީރާން ހަނގުރާމައާ ގުޅިގެން އެމެރިކާގައި ޑީސަލްގެ އަގު ރެކޯޑު މިންވަރަކަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް