Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

އިރާގުން އީރާނާއެކު އޮންނަ ބައެއް ބޯޑަރުތައް ބަންދުކޮށްފި

13 ސެޕްޓެމްބަރު 2026 | އާދީއްތަ 04:44

ސައުދީގެ ތެޔޮ ހޮޅިލައިނަށް ދިން ހަމަލާއާ ގުޅިގެން އިރާގުގެ ބައެއް ބޯޑަރުތައް ބަންދުކޮށް، އެ ގައުމާއި އީރާނުން ގުޅިގެން ތަހުގީގެއް ފަށަން ވަނީ ނިންމާފައި. މި ހަމަލާގެ ސަބަބުން ސައުދީގެ ތެޔޮ އެކްސްޕޯޓަށް ބުރޫއަރައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިދާނެ ކަމުގެ ބިރު އޮތްއިރު، މީގެ ފަހަތުގައި އޮތީ އީރާނު ކަމަށް އެމެރިކާއިން ތުހުމަތުކުރޭ

ނިއުސް ޓީމް
ނިއުސް ޓީމް | 13 ސެޕްޓެމްބަރު 2026 | އާދީއްތަ 04:44

ސައުދީ އަރަބިއްޔާގެ 'އީސްޓް-ވެސްޓް' ހޮޅިލައިނަށް ހަމަލާތައް އެރި ވަގުތު، އެ ތަނުން ދުން އަރަން ފެށި މަންޒަރު ފެންނަ ސެޓެލައިޓް ވީޑިއޯއެއް | އެކްސް

ސައުދީ އަރަބިއްޔާގެ 'އީސްޓް-ވެސްޓް' ހޮޅިލައިނަށް ދިން ޑްރޯން ހަމަލާތަކަކީ އިރާގުގެ ސަރަހައްދުން ފޮނުވާލި ހަމަލާތަކެއްކަން ކަށަވަރުވުމާ ގުޅިގެން، އެ މައްސަލަ ތަހުގީގު ކުރުމަށް ޓަކައި އިރާގުން އީރާނާއެކު އޮންނަ ބައެއް ބޯޑަރުތައް ބަންދުކޮށްފި އެވެ. އިރާގުގެ ސަލާމަތީ މަސްދަރަކުން ހޮނިހިރު ދުވަހު ބުނީ، ޑްރޯން ހަމަލާ ދިނުމަށް ބޭނުންކޮށްފައިވާ ސަރަހައްދު އިރާގަށް ދެނެގަނެވުމާއެކު، އީރާނަށް ވަދެވެން އޮންނަ ތިން ބޯޑަރެއް ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށެވެ.

ބަޣުދާދުގައި ތިބި ނޫސްވެރިން ބުނީ، އިރާގުން ބަންދުކޮށްފައި ވަނީ ބަސްރާ ޕްރޮވިންސްގެ ޝަލާމްޖާއާއި، މައިސާން ޕްރޮވިންސްގެ އަލް-ޝަޔިބް އަދި ދިޔާލާ ޕްރޮވިންސްގެ މަންދަލީ ބޯޑަރު ކަމަށެވެ. އަދި، އިރާގުން މި ބޯޑަރުތައް ބަންދުކުރަން މައިގަނޑު ގޮތެއްގައި ނިންމީ، ހަމަލާދިން މީހުން ފިލައިގެން އީރާނަށް ހިނގައިދާނެ ކަމުގެ ބިރު އޮތުމުން ކަމަށް ވެސް މަސްރަހު ދިރާސާކުރާ ރިޕޯޓަރުން ބުނެ އެވެ.

Advertisement - worldAdvertisement

މި ހާދިސާއާ ގުޅިގެން، އިރާގުގެ އިރުދެކުނު މައިސާން ޕްރޮވިންސްގެ އަލް-ތައްޔިބު ބޯޑަރު ސަރަހައްދު ވެސް މިހާރު ވަނީ ބަންދުކޮށްފަ އެވެ. އެއީ، އެ ސަރަހައްދުން ޑްރޯން ފޮނުވާލަން ބޭނުންކުރާ ލޯންޗަރުތަކެއް ފެނުމާ ގުޅިގެން، އެ ތަނުގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށްދާތީ އެވެ.

މި ހަމަލާއާ ގުޅިގެން ބޯޑަރު ކައިރިން ޑްރޯން ފޮނުވާލަން ބޭނުންކުރާ ޕްލެޓްފޯމްތައް ފެނުނު މައްސަލައިގައި، އީރާނާއި އިރާގު ގުޅިގެން ތަހުގީގެއް ހިންގުމަށް އީރާނުން އެދުނު އެދުމަށް އިރާގުގެ ބޮޑުވަޒީރު ޢަލީ އަލް-ޒައިދީ ވަނީ ހުއްދަ ދެއްވާފަ އެވެ. މި ކަން ހާމަކުރެއްވީ އިރާގުގެ ސަލާމަތީ ބާރުތަކުގެ ކޮމާންޑަރުގެ ތަރުޖަމާނު ސަބާހް އަލް-ނުޢުމާން ހޮނިހިރު ދުވަހު ނެރުއްވި ބަޔާނެއްގަ އެވެ. ނަމަވެސް، މި ޑްރޯންތައް ފެނުނީ ސީދާ ކޮން ތަނަކުން ކަމެއް ނުވަތަ ފެނުނީ ކިތައް ޑްރޯން ކަމެއް އެ ބަޔާނުގައި ތަފްސީލުކޮށްފައެއް ނުވެ އެވެ.

'އީސްޓް-ވެސްޓް' ހޮޅިލައިން ބަންދުކުރުން

އިރާގުގެ ބޮޑުވަޒީރުގެ އޮފީހުން މީގެ ކުރިން ބުނެފައި ވަނީ މި ހަމަލާ ދީފައިވަނީ މައިސާން ޕްރޮވިންސްގައި ހަރަކާތްތެރިވަމުންދިޔަ ހަތިޔާރުއެޅި ގުރޫޕަކުން ކަމަށެވެ. އަދި، ބޮޑުވަޒީރު އަލް-ޒައިދީ ވަނީ އެ ސަރަހައްދުގެ މިލިޓަރީ ކޮމާންޑަރު މަގާމުން ވަކިކުރައްވާފަ އެވެ. ސައުދީ އަރަބިއްޔާގެ އީސްޓް-ވެސްޓް ހޮޅިލައިނަށް ޑްރޯން ހަމަލާއެއް ދީފައިވަނީ ބުރާސްފަތި ދުވަހު އެވެ. އަދި، އޭގެ އެއްދުވަސް ފަހުން ސައުދީ އަރަބިއްޔާއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ހޮޅިލައިން ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ.

ހުކުރު ދުވަހު ރިޔާޟުން ވެސް ވަނީ، ހޮޅިލައިނަށް ހަމަލާދިނުމަށް ބޭނުންކުރި ޑްރޯންތައް ފޮނުވާލާފައި ވަނީ އިރާގުން ކަމަށް ބުނެފަ އެވެ. އިރާގަކީ އީރާނުގެ ނުފޫޒު ވަރަށް ބޮޑަށް އޮންނަ، އަދި އީރާނަށް ތާއީދުކުރާ ހަތިޔާރު އެޅި ގްރޫޕްތައް ހަރަކާތްތެރިވާ ގައުމެކެވެ. މި ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން އުފުލާފައެއް ނުވެ އެވެ.

އީރާނުގެ މަދަދުލިބޭ ހަތިޔާރު އެޅި ޖަމާއަތްތަކުގެ އިއްތިހާދެއް ކަމަށްވާ އިސްލާމިކް ރެސިސްޓަންސް އިން އިރާގުން (އައިއާރުއައި) ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ އެ ޖަމާއަތުން ކުރި ކަމެއް ކަމަށް ދައުވާ ނުކުރި ނަމަވެސް، މިއީ "ޝަރަފުވެރި" އަމަލެއް ކަމަށެވެ. ނަމަވެސް، ސައުދީ އަރަބިއްޔާއިން މީގެ ކުރިން ވެސް ވަނީ އިރާގުގައި ހަރަކާތްތެރިވާ އީރާނާ ގުޅުންހުރި ޖަމާއަތްތަކުން އެ ގައުމުގެ ތެލުގެ ބިނާރުތަކަށް ހަމަލާދޭ ކަމަށް ތުހުމަތުކޮށްފަ އެވެ.

އީރާނުން ދިން ހަމަލާއެއް ކަމުގެ ތުހުމަތު

މި ވަގުތު ދަތުރުފުޅެއްގައި އަޔަލެންޑްގައި ހުންނެވި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، ސައުދީ އަރަބިއްޔާގެ ހޮޅިލައިނަށް ދިން ހަމަލާގެ ފަހަތުގައި އޮތީ "ބޮޑަށް ބެލެވޭ ގޮތުގައި" ތެހެރާން ކަމަށެވެ. ނަމަވެސް، މި ތުހުމަތުތަކަށް ބާރުދޭ އެއްވެސް ހެއްކެއް ޓްރަމްޕް ދައްކަވާފައެއް ނުވެ އެވެ.

ހޮޅިލައިންގެ މަސައްކަތް ވަގުތީ ގޮތުން މެދުކަނޑާލުމަކީ ސައުދީ އަރަބިއްޔާއަށް ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ. ސަބަބަކީ، އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާ ހެދި ހުރްމުޒް ކަނޑުއޮޅީގެ ބައެއް ބަންދުކޮށްފައި އޮތްއިރު، ތެޔޮ ބޭރުކުރުމަށް ސައުދީ އަރަބިއްޔާއަށް އޮތް އެންމެ މުހިންމު ބަދަލަކީ މި ހޮޅި ކަމަށްވާތީ އެވެ.

މި ހޮޅިލައިން ބަންދުކުރުމުން، އަލުން ހުޅުވެންދެން ނުވަތަ ހުރްމުޒް ކަނޑުއޮޅި ރަސްމީކޮށް ހުޅުވެންދެން، ތެޔޮ އެކްސްޕޯޓް ކުރެވޭނެ އެހެން އެއްވެސް މަގެއް ސައުދީ އަރަބިއްޔާއަށް ނެތް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. ގަލްފް ސަރަހައްދުން ތެޔޮ އެކްސްޕޯޓްކުރާ މިންވަރު އިތުރަށް ދަށްވެއްޖެނަމަ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިގެންދާނެ އެވެ. އަދި، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ހަތް މަސް ފުރެން ކައިރިވެފައިވާއިރު، މީގެ ސަބަބުން އީރާނުގެ ބާރު ގަދަވުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް މަސްރަހުގެ ދާރިސުން ބުނެ އެވެ.

ސައުދީ އަރަބިއްޔާގެ ހޮޅިލައިނަށް ހަމަލާތައް ދީފައިވަނީ، ޔަމަނުގައި އީރާނުގެ މަދަދުލިބޭ ހޫޘީން ވަރުގަދަ ހަމަލާތަކެއްދީ، ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ޔަމަނު ސަރުކާރުގެ ސިފައިން ބަލިކޮށް، ރަތް ކަނޑުގެ މުޅި އައްސޭރިފަށުގެ ސަރަހައްދުތައް އެ ޖަމާއަތުގެ ބާރުގެ ދަށަަށް ގެންގޮސްފައިވާ ދަނޑިވަޅެއްގަ އެވެ. ޔަމަނު ސަރުކާރަށް އެންމެ ބޮޑަށް އެހީތެރިވަނީ ސައުދީ އަރަބިއްޔާއިންނެވެ. އަދި ހޫޘީން މިހާރު ވަނީ ސައުދީ އަރަބިއްޔާއަށް ނިސްބަތްވާ އެއްވެސް އުޅަނދަކަށް ރަތްކަނޑުގެ ތެރެއިން ދަތުރު ނުކުރެވޭނެ ކަމަށް އިއުލާންކޮށްފަ އެވެ.

މަސްދަރު: އަލް ޖަޒީރާ

އެމެރިކާ-ސައުދީ އަރަބިއްޔާއިރާގުޑޮނަލްޑް ޓްރަމްޕްޔަމަންހޫޡީ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

3

އީރާނުން ދިން ބަދަލު ހިފުމުގެ ހަމަލާގައި އެމެރިކާގެ ގިނަ އަދަދެއްގެ ފައިޓަރ ޖެޓް ތަކަށް ގެއްލުން ލިބިއްޖެ

4

ރަޝިޔާ އާއި ޗައިނާއިން އީރާނާ ދެކޮޅަށް އައިއޭއީއޭ އިން ހުށަހަޅަން އުޅުނު ގަރާރު ފެއިލްކޮށްލައިފި

5

ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް

އިތުރަށް ކިޔާލަން

12 ސެޕްޓެމްބަރު 2026

އީރާނުގެ މަދަދުލިބޭ ހޫޘީން ބާބުލް މަންދަބު ކަނޑުއޮޅީގައި އޮންނަ އިސްތިރާތީޖީ ގޮތުން މުހިންމު މަޔޫން ޖަޒީރާ ހިފުން: އެ ރަށް އެމީހުންގެ ބާރުގެ ދަށުގައި ބޭއްވިދާނެތަ؟

12 ސެޕްޓެމްބަރު 2026
އީރާނުގެ މަދަދުލިބޭ ހޫޘީން ބާބުލް މަންދަބު ކަނޑުއޮޅީގައި އޮންނަ އިސްތިރާތީޖީ ގޮތުން މުހިންމު މަޔޫން ޖަޒީރާ ހިފުން: އެ ރަށް އެމީހުންގެ ބާރުގެ ދަށުގައި ބޭއްވިދާނެތަ؟
12 ސެޕްޓެމްބަރު 2026

ދުނިޔޭގެ އިގްތިސާދުގެ މައިނާރެއްގެ ގޮތުގައި ބެލެވޭ ބާބުލް މަންދަބު ކަނޑުއޮޅި ނުރައްކަލުގެ ތެރެއަށް!

12 ސެޕްޓެމްބަރު 2026
ދުނިޔޭގެ އިގްތިސާދުގެ މައިނާރެއްގެ ގޮތުގައި ބެލެވޭ ބާބުލް މަންދަބު ކަނޑުއޮޅި ނުރައްކަލުގެ ތެރެއަށް!
12 ސެޕްޓެމްބަރު 2026

ޓްރަމްޕް އަޔަލޭންޑަށް ވަޑައިގެން ރަސްމީ ބައްދަލުވުންތައް ބާއްވަވަނީ

12 ސެޕްޓެމްބަރު 2026
ޓްރަމްޕް އަޔަލޭންޑަށް ވަޑައިގެން ރަސްމީ ބައްދަލުވުންތައް ބާއްވަވަނީ
12 ސެޕްޓެމްބަރު 2026

ހޮޅިލައިނަށް ޑްރޯން ހަމަލާދިނީ އިރާގުގައި ތިބި ހަނގުރާމަވެރިން: ސައުދީ އަރަބިއްޔާ

12 ސެޕްޓެމްބަރު 2026
ހޮޅިލައިނަށް ޑްރޯން ހަމަލާދިނީ އިރާގުގައި ތިބި ހަނގުރާމަވެރިން: ސައުދީ އަރަބިއްޔާ
12 ސެޕްޓެމްބަރު 2026

ހޫޘީންގެ ބާރުގެ ދަށުގައި އޮތް މުޚާ އެއާޕޯޓަށް ސައުދީ އަރަބިއްޔާގެ ވައިގެ ހަމަލާތަކެއް

12 ސެޕްޓެމްބަރު 2026
ހޫޘީންގެ ބާރުގެ ދަށުގައި އޮތް މުޚާ އެއާޕޯޓަށް ސައުދީ އަރަބިއްޔާގެ ވައިގެ ހަމަލާތަކެއް
12 ސެޕްޓެމްބަރު 2026

ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް

12 ސެޕްޓެމްބަރު 2026
ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް
12 ސެޕްޓެމްބަރު 2026

ސައުދީން ވާގިވެރިވާ ފައުޖުތައް ބަލިކޮށް ހޫޘީން ރަތްކަނޑުގެ ސަރަހައްދުގެ ކޮންޓްރޯލު އަތުލައިފި

12 ސެޕްޓެމްބަރު 2026
ސައުދީން ވާގިވެރިވާ ފައުޖުތައް ބަލިކޮށް ހޫޘީން ރަތްކަނޑުގެ ސަރަހައްދުގެ ކޮންޓްރޯލު އަތުލައިފި
11 ސެޕްޓެމްބަރު 2026

ޔަމަނުގެ ހޫޘީންނަށް އަސްކަރީ ހަމަލާތަކެއް ދިނުމަށް ސައުދީ ވަލީއަހުދު ޓްރަމްޕަށް ދެ ފަހަރު ފޯނުން ގުޅުއްވައިފި

11 ސެޕްޓެމްބަރު 2026
ޔަމަނުގެ ހޫޘީންނަށް އަސްކަރީ ހަމަލާތަކެއް ދިނުމަށް ސައުދީ ވަލީއަހުދު ޓްރަމްޕަށް ދެ ފަހަރު ފޯނުން ގުޅުއްވައިފި
11 ސެޕްޓެމްބަރު 2026

ސައުދީން މަދަދުދޭ ޔަމަނުގެ ސިފައިން ފަހަތައް ޖައްސާ، އީރާނުގެ މަދަދު ލިބޭ ހޫޘީން ކުރިއެރުންތައް ހޯދާ ބާބުލް މަންދަބް ހިފުމާ ގާތައް

11 ސެޕްޓެމްބަރު 2026
ސައުދީން މަދަދުދޭ ޔަމަނުގެ ސިފައިން ފަހަތައް ޖައްސާ، އީރާނުގެ މަދަދު ލިބޭ ހޫޘީން ކުރިއެރުންތައް ހޯދާ ބާބުލް މަންދަބް ހިފުމާ ގާތައް
10 ސެޕްޓެމްބަރު 2026

ރައީސް ޓްރަމްޕް ވިދާޅުވި ގޮތަށް އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5000 ޑޮލަރު ހަގީގަތުގައިވެސް ދެއްވިދާނެތަ؟

10 ސެޕްޓެމްބަރު 2026
ރައީސް ޓްރަމްޕް ވިދާޅުވި ގޮތަށް އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5000 ޑޮލަރު ހަގީގަތުގައިވެސް ދެއްވިދާނެތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް