Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުބްރިކްސް

ބްރިކްސް ސަމިޓް އިންޑިއާގައި: އެޖެންޑާގައި އޮތީ ކޮން ކަންތައްތަކެއް؟ މިއީ މުހިންމުވަނީ ކީއްވެ؟

12 ސެޕްޓެމްބަރު 2026 | ހޮނިހިރު 08:43

ބްރިކްސްގެ 18 ވަނަ ސަމިޓް އިންޑިއާގައި ފަށާފައިވާއިރު، މި ބައްދަލުވުމުގައި ދުނިޔޭގެ 12 އަށްވުރެ ގިނަ ގައުމުގެ ވެރިން ބައިވެރިވެވަޑައިގަންނަވާ. ހުޅަނގުގެ ނުފޫޒު ކުޑަކޮށް އިގްތިސާދީ އެއްބާރުލުން އިތުރުކުރުމަށް ބާއްވާ މި ސަމިޓުގައި، މެންބަރު ގައުމުތަކުގެ މެދުގައި ހުރި ހިޔާލުތަފާތުވުންތަކާއި ދުނިޔޭގައި ހިނގަމުންދާ ހަނގުރާމަތަކާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރާނެ

ރާއްޖެ އެމްވީ | 12 ސެޕްޓެމްބަރު 2026 | ހޮނިހިރު 08:43
އިންޑިއާގެ ނިއުދިއްލީގައި 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ބްރިކްސް ސަމިޓަށް ތައްޔާރުވުމުގެ ގޮތުން، 2026 ސެޕްޓެމްބަރު 11 ވަނަ ދުވަހު ބާރަތު މަންޑަޕަމް އިމާރާތުގެ ބޭރުގައި ހަރުކޮށްފައިވާ 'ބްރިކްސް އިންޑިއާ 2026' ގެ ލޯގޯ ކައިރީގައި ސަލާމަތީ ބާރުތަކުގެ އޮފިސަރަކު ހަރަކާތްތެރިވަނީ.

އިންޑިއާގެ ނިއުދިއްލީގައި 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ބްރިކްސް ސަމިޓަށް ތައްޔާރުވުމުގެ ގޮތުން، 2026 ސެޕްޓެމްބަރު 11 ވަނަ ދުވަހު ބާރަތު މަންޑަޕަމް އިމާރާތުގެ ބޭރުގައި ހަރުކޮށްފައިވާ 'ބްރިކްސް އިންޑިއާ 2026' ގެ ލޯގޯ ކައިރީގައި ސަލާމަތީ ބާރުތަކުގެ އޮފިސަރަކު ހަރަކާތްތެރިވަނީ. | ގެޓީ އިމޭޖަސް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިސްވެ ހުންނަވައި ބާއްވާ ބްރިކްސްގެ އަހަރީ ސަމިޓް މިއަދު އެ ގައުމުގެ ވެރިރަށް ނިއު ދިއްލީގައި ފަށާނެ އެވެ. މި ސަމިޓަށް މަރުހަބާ ކިޔުމުގެ ގޮތުން ނިއު ދިއްލީގެ މަގުތަކުގައި ބްރިކްސްގެ ތީމްތަކަށް ބޯޑުތައް ހަރުކޮށް، ބޮޑެތި އިމާރާތްތަކާއި މަގުތައް ވަނީ ޒީނަތްތެރިކޮށްފަ އެވެ.

މުއްސަނދި ހުޅަނގުގެ ގައުމުތަކުގެ ނުފޫޒު އޮންނަ އިގްތިސާދީ އިއްތިހާދުތަކާ ދެކޮޅަށް އުފެދިފައިވާ ބާރެއްގެ ގޮތުގައި ބެލެވޭ މި އިއްތިހާދުގެ 18 ވަނަ އަހަރީ ސަމިޓުގައި ދުނިޔޭގެ 12 އަށްވުރެ ގިނަ ގައުމުގެ ވެރިން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

2026 ވަނަ އަހަރު އިންޑިއާގެ ނިއު ދިއްލީގައި ބޭއްވުމަށް ހަމަޖެހިފައިވާ 18 ވަނަ ބްރިކްސް ސަމިޓުގެ ތައްޔާރީތަކާ ގުޅިގެން، 2026 ސެޕްޓެމްބަރު 11 ވަނަ ދުވަހު އެ ސިޓީގެ ރައިސީނާ މާގު ސަރަހައްދުގައި ނޭޝަނަލް ސެކިއުރިޓީ ގާޑް (އެން.އެސް.ޖީ) ގެ ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަނީ.

2026 ވަނަ އަހަރު އިންޑިއާގެ ނިއު ދިއްލީގައި ބޭއްވުމަށް ހަމަޖެހިފައިވާ 18 ވަނަ ބްރިކްސް ސަމިޓުގެ ތައްޔާރީތަކާ ގުޅިގެން، 2026 ސެޕްޓެމްބަރު 11 ވަނަ ދުވަހު އެ ސިޓީގެ ރައިސީނާ މާގު ސަރަހައްދުގައި ނޭޝަނަލް ސެކިއުރިޓީ ގާޑް (އެން.އެސް.ޖީ) ގެ ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަނީ. | ގެޓީ އިމޭޖަސް

މި ސަމިޓުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ ގޮތުން 30،000 އަށްވުރެ ގިނަ ސަލާމަތީ ފަރާތްތައް ހަރަކާތްތެރިވަމުންދާއިރު، އިއްޒަތްތެރިން ތިއްބަވާ ހޮޓާތައް ހިމެނޭ ސަރަހައްދުތަކުގެ މަގުތައް ވަނީ އާންމު ދަތުރުފަތުރަށް ބަންދުކޮށްފަ އެވެ.

ރަޝިޔާގެ ރައީސް ވުލަޑިމިއަރ ޕޫޓިން، އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން އަދި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ހުކުރު ދުވަހު ނިއު ދިއްލީއަށް ވަޑައިގެން، އިންޑިއާގެ ބޮޑުވަޒީރު މޯދީއާއެކު ވަކިވަކި ބައްދަލުވުންތައް ވަނީ ބާއްވަވާފަ އެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބާއްވާ ބްރިކްސް ސަމިޓުގެ ހަވާސާގައި، އިންޑިއާގެ ބޮޑުވަޒީރާ ބައްދަލުކުރެއްވުމަށް ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން (ވ) ވަޑައިގަންނަވަނީ. މި ބައްދަލުވުން އޮތީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބާއްވާ ބްރިކްސް ސަމިޓުގެ ހަވާސާގައި، އިންޑިއާގެ ބޮޑުވަޒީރާ ބައްދަލުކުރެއްވުމަށް ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން (ވ) ވަޑައިގަންނަވަނީ. މި ބައްދަލުވުން އޮތީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު | ގެޓީ އިމޭޖަސް

ހަތް އަހަރަށްފަހު އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގް މިއަދު ހެނދުނު ނިއު ދިއްލީއަށް ވަޑައިގެންފި އެވެ.

މި ސެޕްޓެމްބަރު މަހުގެ 12 އަދި 13 ގައި ބާއްވާ ދެ ދުވަހުގެ މި ސަމިޓް ކުރިއަށްދަނީ ދުނިޔޭގެ މަސްރަހު ވަރަށް ބޮޑަށް ގަޑުބަޑުވެފައިވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައާއި، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ އިތުރުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފަ އެވެ.

މީގެ އިތުރުން، މި އިއްތިހާދުގެ އެތެރޭގައި ވެސް ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި އީރާނު ހަނގުރާމައާ މެދު މެންބަރު ގައުމުތަކުގެ މެދުގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކާއި، ސައުދީ އަރަބިއްޔާ އާއި އީރާނުގެ ތާއީދު އޮންނަ ޔަމަނުގެ ހޫޘީންނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ އިތުރުން އިންޑިއާ އާއި ޗައިނާގެ ބޯޑަރުގެ މައްސަލަ ހިމެނެ އެވެ.

މި ހިޔާލުތަފާތުވުންތަކުން އަރައިގަތުމަށް މި އަހަރުގެ ސަމިޓުގައި މަސައްކަތް ކުރާނީ ކިހިނެއް ހެއްޔެވެ؟ އަދި ސަމިޓުގެ އެޖެންޑާގައި އޮތީ ކޮން ކަންތައްތަކެއް ހެއްޔެވެ؟

ބްރިކްސް (BRICS) އަކީ ކޮބައި؟

ބްރިކްސް އަކީ ބްރެޒިލް، ރަޝިޔާ، އިންޑިއާ، ޗައިނާ އަދި ސައުތު އެފްރިކާ ހިމެނޭ އިއްތިހާދެކެވެ. މި އިއްތިހާދު އުފެދުނީ 2006 ވަނަ އަހަރު އެވެ. އަދި ބްރެޒިލް، ރަޝިޔާ، އިންޑިއާ އަދި ޗައިނާ ބައިވެރިވި ފުރަތަމަ ސަމިޓް ބޭއްވީ 2009 ވަނަ އަހަރު އެވެ. ސައުތު އެފްރިކާ މި ގްރޫޕާ ގުޅުނީ އޭގެ އެއް އަހަރު ފަހުންނެވެ.

2023 ވަނަ އަހަރު ބްރިކްސް އިން ވަނީ މިސްރު، އިތިއޯޕިއާ، އީރާން، ސައުދީ އަރަބިއްޔާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް މެންބަރުކަން ދިނުމަށް ދައުވަތު ދީފަ އެވެ.

އެ ދަނޑިވަޅުގައި އާޖެންޓީނާއަށް ވެސް ދައުވަތު ދިން ނަމަވެސް، މިދިޔަ ޑިސެމްބަރު މަހު އިންތިޚާބުވި ރައީސް ހާވިއޭ މިލެއި ވަނީ އެ ދައުވަތު ގަބޫލުނުކުރައްވާފަ އެވެ. އޭނާ ބޭނުންފުޅުވަނީ ހުޅަނގުގެ ގައުމުތަކާ ގުޅުން ބަދަހިކުރާށެވެ.

އިންޑޮނޭޝިއާ މި އިއްތިހާދާ ގުޅުނީ 2025 ވަނަ އަހަރު އެވެ.

މިހާރު ބްރިކްސްގައި 11 މެންބަރު ގައުމު ހިމެނޭއިރު، މިއީ ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް 49 އިންސައްތަ އަދި ދުނިޔޭގެ ޖުމްލަ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ 40 އިންސައްތަ އެވެ.

މި އިއްތިހާދުގެ މައިގަނޑު މަގްސަދަކީ ހުޅަނގުގެ ގައުމުތަކުން އިގްތިސާދީ އަދި ސިޔާސީ ގޮތުން ހިފާފައިވާ މޮނޮޕޮލީ ނުވަތަ ބާރުތަކަށް ގޮންޖެހުމެވެ. ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ މި ސަމިޓް މެންބަރު ގައުމުތަކުން ބާއްވަނީ ދައުރުވާ އުސޫލުންނެވެ. މިއީ މިގޮތަށް ބޭއްވޭ 18 ވަނަ ސަމިޓެވެ.

މި އަހަރުގެ ސަމިޓުގައި ބައިވެރިވަނީ ކޮން ބޭފުޅުންނެއް؟

އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ބާރަތު މަންޑަޕަމްގައި 2026 ސެޕްޓެމްބަރު 11 ވީ ބުދަ ދުވަހު ބޭއްވި 18 ވަނަ ބްރިކްސް ސަމިޓުގެ ހަވާސާގައި އޮތް ބްރިކްސް ބިޒްނަސް ފޯރަމް 2026 ގެ ތެރެއިން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބްރިކްސްގެ އިސްވެރިންނާއެކު ގްރޫޕް ފޮޓޯއަކަށް ހުއްޓިވަޑައިގެން.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ބާރަތު މަންޑަޕަމްގައި 2026 ސެޕްޓެމްބަރު 11 ވީ ބުދަ ދުވަހު ބޭއްވި 18 ވަނަ ބްރިކްސް ސަމިޓުގެ ހަވާސާގައި އޮތް ބްރިކްސް ބިޒްނަސް ފޯރަމް 2026 ގެ ތެރެއިން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބްރިކްސްގެ އިސްވެރިންނާއެކު ގްރޫޕް ފޮޓޯއަކަށް ހުއްޓިވަޑައިގެން. | ގެޓީ އިމޭޖަސް

ބްރިކްސްގެ މެންބަރު ގައުމުތަކުގެ އެންމެ އިސްވެރިން މި ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ. އޭގެ ތެރޭގައި މި ސަމިޓްގެ މެހުމާންދާރީ އަދާކުރައްވާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން، ޗައިނާގެ ރައީސް ޝީ ޖިންޕިންގް އަދި ސައުތު އެފްރިކާގެ ރައީސް ސައިރިލް ރާމަފޯސާ ހިމެނިވަޑައިގަންނަވަ އެވެ. ބްރިކްސް އުފެދުނުއިރު ތިބި ފަސް ގައުމުގެ ތެރެއިން ހަމައެކަނި ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ ސަމިޓަށް ވަޑައިނުގަންނަވަ އެވެ. އެއީ އެ ގައުމުގެ ލޯކަލް އިންތިޚާބުގެ ކަންކަމުގައި މަޝްއޫލުވެ އުޅުއްވާތީ އެވެ. ބްރެޒިލްގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ ފޮރިން މިނިސްޓަރު މައުރޯ ވިއޭރާ އެވެ.

އަލަށް ގުޅުނު ގައުމުތަކުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ ބޭފުޅުން:

- އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން

- މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ

- އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދު

- އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯ

ޔޫއޭއީ އަދި ސައުދީ އަރަބިއްޔާގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ ސަރުކާރުގެ އެހެން އިސް ބޭފުޅުންނެވެ:

- ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު ފައިސަލް ބިން ފަރްހާން އަލް ސައުދު

- ޔޫއޭއީގެ ފަރާތުން އަބޫދާބީގެ ވަލީއަހުދު ޝައިޚް ޚާލިދު ބިން މުހައްމަދު ބިން ޒައިދު އަލް ނަހްޔާން

މީގެ އިތުރުން ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާ އެހެން ގައުމުތަކުގެ ވެރިންގެ ތެރޭގައި:

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް، ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޯސް ޖޫނިއަރ، ވިއެޓްނާމްގެ ބޮޑުވަޒީރު ލޭ މިން ހަންގް، ނައިޖީރިއާގެ ނައިބު ރައީސް ކާޝިމް ޝެޓީމާ، ބުރުންޑީގެ ރައީސް އެވަރިސްޓޭ އެންޑަޔިޝިމިޔޭ، ކިއުބާގެ ފޮރިން މިނިސްޓަރު ބްރޫނޯ ރޮޑްރިގޭޒް ޕަރީލާ، ޔުގެންޑާގެ ނައިބު ރައީސް ޖެސިކާ އަލޫޕޯ، އުރުގުއޭގެ ފޮރިން މިނިސްޓަރު މާރިއޯ ލުބެޓްކިން، ބަހްރައިންގެ ފޮރިން މިނިސްޓަރު އަބްދުއްލަތީފް ބިން ރާޝިދު އަލް ޒަޔާނީ އަދި ކަޒަކިސްތާނުގެ ރައީސް ގާސިމް-ޖޯމާޓް ޓޮކަޔޭވް ހިމެނިވަޑައިގަންނަވަ އެވެ.

ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ ތެރެއިން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް، ޑަބްލިއުއެޗްއޯގެ ވެރިޔާ ޓެޑްރޯސް އަދަނޮމް އަދި ޑަބްލިއުޓީއޯގެ ޑައިރެކްޓަރު ޖެނެރަލް އެންގޯޒީ އޮކޮންޖޯ-އިވޭލާ ވެސް މި ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އެޖެންޑާގައި އޮތީ ކޮން ކަންތައްތަކެއް؟

ބްރިކްސްގެ މައިގަނޑު މަގްސަދަކީ ހުޅަނގުގެ ނުފޫޒު އޮންނަ ބައިނަލްއަގުވާމީ އިދާރާތަކާ ދެކޮޅަށް ތެދުވުމެވެ. ހާއްސަކޮށް އިގްތިސާދީ ކަންކަމުގަ އެވެ.

އިންޑިއާގެ ރިޔާސަތުގެ ދަށުން ބާއްވާ މި އަހަރުގެ ސަމިޓުގެ ތީމަކީ "ބިލްޑިންގ ފޯ ރެޒިލިއަންސް، އިނޮވޭޝަން، ކޯޕަރޭޝަން، އެންޑް ސަސްޓެއިނަބިލިޓީ" އެވެ.

ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން އިގްތިސާދު ވަރުގަދަކުރުން

މި އަހަރުގެ ސަމިޓުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރާނީ ވިޔަފާރި އާއި، ހަކަތައިގެ ދާއިރާއިން އެއްބާރުލުން ދިނުމާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ޓެކްނޮލޮޖީގެ މައުލޫމާތު ހިއްސާކޮށްގެން މެންބަރު ގައުމުތަކުގެ އިގްތިސާދު ވަރުގަދަކުރުމަށެވެ.

ނެޓިކްސިސް ގްރޫޕްގެ އިގްތިސާދީ މާހިރު އެލީޝިއާ ގާސިއާ-ހެރޭރޯ ވިދާޅުވި ގޮތުގައި، ހުޅަނގުން ރަޝިޔާ އާއި އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، ގައުމުތަކުގެ މެދުގައި ފައިސާގެ މުއާމަލާތް ކުރާނެ އާ ގޮތްތަކާ މެދު ވެސް މަޝްވަރާ ކުރާނެ އެވެ. ނަމަވެސް އެމެރިކާ ޑޮލަރުގެ ބަދަލުގައި އެހެން ފައިސާއެއް ބޭނުންކުރަން އަދި މަސައްކަތެއް ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކްރެމްލިން އިން ބުނި ގޮތުގައި، ޑިޖިޓަލް ފައިސާ ބޭނުންކޮށްގެން ވިޔަފާރީގެ މުއާމަލާތްތައް ހިންގުމާ ގޮތުން ރަޝިޔާއިން މި ސަމިޓުގައި އެހެން ގައުމުތަކާއެކު މަޝްވަރާ ކުރާނެ އެވެ.

ތަކްޝަޝީލާ އިންސްޓިޓިއުޝަންގެ މަނޯޖް ކެވަލްރަމާނީ ވިދާޅުވި ގޮތުގައި، މި ސަމިޓުގައި މަޝްވަރާކުރާ ކަންކަމަކީ ދުނިޔޭގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން ވިޔަފާރީގެ ސަޕްލައި ޗެއިންތަކަށް ކުރާ އަސަރު ކުޑަކޮށް، ރައްކާތެރިކަން ކަށަވަރުކުރުމަށް މުހިންމު ކަންތައްތަކެކެވެ.

އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ

މި އަހަރުގެ ސަމިޓް މި ބާއްވަނީ އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށިތާ ހަ މަހަށްވުރެ ގިނަ ދުވަސް ފަހުންނެވެ. މިދިޔަ މެއި މަހު ބޭއްވި ބްރިކްސްގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި މި ހަނގުރާމަ ކުށްވެރިކުރުމުގައި އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ.

ރައީސް ޕެޒެޝްކިއާން މި ސަމިޓުގައި މި ހަނގުރާމައާ ބެހޭގޮތުން ވާހަކަދައްކަވާނެ ކަމަށް ބެލެވެ އެވެ. މިއީ އީރާނުގެ ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްފަހު އޭނާ އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އަދި މިއީ ފާއިތުވި އަށް އަހަރު ތެރޭގައި އީރާނުގެ ރައީސަކު އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ވެސް މެއެވެ.

ހޮންކޮންގް ޔުނިވަރސިޓީގެ ޕްރޮފެސަރ އެލެހަންޑްރޯ ރޭއިސް ވިދާޅުވި ގޮތުގައި، އީރާނަކީ ބްރިކްސްގެ މެންބަރަކަށް ވެފައި، މި ހަނގުރާމައިގެ ސަބަބުން ވިޔަފާރި މަގުތަކަށާއި ހަކަތައިގެ ބާޒާރަށް ބޮޑެތި އަސަރުތަކެއް ކުރަމުންދާތީ، މިއީ މުޅި ދުނިޔޭގެ އިގްތިސާދަށް ހުރި ނުރައްކަލެކެވެ.

ނަމަވެސް، އީރާނާއި ޔޫއޭއީއާ ދެމެދު އޮތް ނުތަނަވަސްކަމުގެ ސަބަބުން، މި މައްސަލައިގައި ހުރިހާ ގައުމަކުން އެއްބަސްވާ ގަރާރެއް ނެރުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައާ ގުޅިގެން، އީރާނުން ވަނީ ޔޫއޭއީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އާންމު ތަންތަނަށް ހަމަލާދީފަ އެވެ. މި ހަމަލާތަކުގައި ޔޫއޭއީން 15 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ދެ ސިފައިންނާއި 12 އާންމުން ހިމެނެ އެވެ. މީގެ ސަބަބުން ޔޫއޭއީން ވަނީ އީރާނާއެކު ކުރާ ވިޔަފާރި މުއްދަތެއް ނެތް ގޮތަށް މިދިޔަ އޯގަސްޓް މަހު ހުއްޓާލާފަ އެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ބްރިކްސްގެ މެންބަރު ރަޝިޔާއިން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައާ މެދު ވެސް މި ސަމިޓުގައި މަޝްވަރާ ކުރާނެ އެވެ.

ކެވަލްރަމާނީ ވިދާޅުވި ގޮތުގައި، މި ހަނގުރާމައާ ބެހޭގޮތުން މެންބަރު ގައުމުތަކުން ވާހަކަދައްކާތާ އަހަރުތަކެއް ވެއްޖެ އެވެ. މި އަހަރު ބޮޑަށް ބަލާނީ ހުރިހާ ގައުމެއްގެ މަސްލަހަތު ހިމެނޭ ގޮތަށް މިކަމުގައި އަމަލުކުރާނެ ގޮތަކަށެވެ.

2025 ވަނަ އަހަރުގެ ޖުލައި މަހު ބޭއްވި 17 ވަނަ ސަމިޓުގައި ރަޝިޔާ ކުށްވެރިކުރުމުގެ ބަދަލުގައި، ގައުމުތަކުން ކުށްވެރިކުރީ ޔޫކްރެއިންއިން ރަޝިޔާއަށް ދޭ ހަމަލާތަކެވެ.

އެމެރިކާ އާއި ރަޝިޔާއާ ދެމެދު މިހާރު ވާހަކަތައް ދެކެވެމުންދާތީ، މި އަހަރު މި މައްސަލައިގައި ބޮޑު ހިޔާލުތަފާތުވުމެއް ނޯންނާނެ ކަމަށް ކެވަލްރަމާނީ ލަފާކުރައްވަ އެވެ. މި މަހުގެ ކުރީކޮޅު އެމެރިކާގެ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޮފް އާއި ޖެރެޑް ކުޝްނަރ ވަނީ މޮސްކޯގައި ޕޫޓިންއާ ބައްދަލުކުރައްވާފަ އެވެ. މިއީ ޓްރަމްޕް ސަރުކާރުން ހަނގުރާމަ ހުއްޓުވުމަށް ކުރާ މަސައްކަތެއް ކަމަށް ބެލެވެ އެވެ.

މި އަހަރުގެ ސަމިޓް މުހިންމުވަނީ ކީއްވެ؟

ޖާމަން މާޝަލް ފަންޑުގެ އިއާން ލެސަރ ވިދާޅުވި ގޮތުގައި، ޔޫރަޕާއި އެމެރިކާއާއެކު އޮތް ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައި، މި ސަމިޓަކީ ދުނިޔޭގެ ދެކުނު ބިތުގެ ގައުމުތަކާއެކު ރަޝިޔާއަށް އޮތް ގުޅުން ދައްކާލަން ޕޫޓިންއަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.

މި ސަމިޓް ބާއްވާ ވަގުތަކީ ވެސް މުހިންމު ވަގުތެކެވެ. އެއީ ޗައިނާ އާއި އެމެރިކާގެ ދެވަނަ ސަމިޓް ބޭއްވުމުގެ ކުޑަ ދުވަސްކޮޅެއް ކުރި އެވެ. ރައީސް ޝީ ޖިންޕިންގް މި މަހުގެ 24 ގައި ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރައްވާނެ އެވެ.

ޗައިނާގެ އަސްކަރިއްޔާގެ ރިޓަޔަރޑް ކާނަލް ޒޫ ބޯ ވިދާޅުވި ގޮތުގައި، ހަތް އަހަރަށްފަހު ޝީ ޖިންޕިންގް އިންޑިއާއަށް ވަޑައިގަތުމަކީ ވަރަށް މުހިންމު ކަމެކެވެ. މިއީ އިންޑިއާ އާއި ޗައިނާގެ ދެމެދުގައި އޮތް ނުތަނަވަސްކަން ހައްލުކުރަން ލިބޭ ފުރުސަތެކެވެ.

އޭނާ އިތުރަށް ވިދާޅުވީ، ބްރިކްސްގެ ކުރިމަތީގައި ދެން އޮތް ބޮޑު ކަމަކީ ޑޮލަރުގެ ބަދަލުގައި އެހެން ފައިސާއަކުން ވިޔަފާރި ކުރުމެވެ. ނަމަވެސް ގައުމުތަކުގެ އިގްތިސާދީ ތަފާތުތަކުގެ ސަބަބުން މިއީ އަދި ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

މެންބަރު ގައުމުތަކުގެ މެދުގައި ހުރި ހިޔާލުތަފާތުވުންތަކަކީ ކޮބައި؟

އީރާން ހަނގުރާމަ: އީރާނާއި ޔޫއޭއީގެ ދެމެދުގައި އޮތް މައްސަލައިގެ އިތުރުން، އިންޑިއާއިން ގެންގުޅޭ ސިޔާސަތަކީ ވެސް ފާހަގަކޮށްލެވޭ ކަމެކެވެ. އިންޑިއާއިން އީރާނާއި އިސްރާއީލާ ވެސް ގުޅުން ބާއްވާއިރު، އެމެރިކާއާ އޮތް ގުޅުމަށް ބުރޫއަރާފާނެ އެއްވެސް ކަމެއް ކުރާކަށް ބޭނުމެއް ނުވެ އެވެ.

ޔަމަނުގެ ހަނގުރާމަ: އީރާނުގެ ތާއީދު އޮންނަ ހޫޘީން ސައުދީ އަރަބިއްޔާގެ ތަންތަނަށް ހަމަލާދޭތީ، އެ ދެ ގައުމުގެ މެދުގައި ވެސް ނުތަނަވަސްކަން އެބައޮތެވެ. މިދިޔަ ބުރާސްފަތި ދުވަހު އީރާނާއި ސައުދީގެ ފޮރިން މިނިސްޓަރުން ވަނީ މިކަމާ ބެހޭގޮތުން ފޯނުން ވާހަކަދައްކަވާފަ އެވެ.

އިންޑިއާ-ޗައިނާ ނުތަނަވަސްކަން: 2020 ވަނަ އަހަރު ހިމާލަޔާ ބޯޑަރުގައި ހިނގި ކުރިމަތިލުމަށްފަހު ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ޗައިނާއިން ބޭނުންވަނީ ބްރިކްސްގެ ލީޑަރަކަށް ވާށެވެ. ނަމަވެސް އިންޑިއާއިން އެކަން އެގޮތަށް ގަބޫލެއް ނުކުރެ އެވެ.

ބްރިކްސްގެ މަގްސަދު: ޗައިނާ އާއި ރަޝިޔާއިން ބްރިކްސް ބޭނުންކުރަނީ އެމެރިކާ އާއި ހުޅަނގާ ދެކޮޅު ބާރެއްގެ ގޮތުގަ އެވެ. ނަމަވެސް އިންޑިއާ އާއި އެހެން ބައެއް ގައުމުތަކުން ބޭނުންވަނީ މިއީ ހުޅަނގާ ދެކޮޅު ނޫން، އެކަމަކު މިނިވަން އިއްތިހާދެއްގެ ގޮތުގައި ބާއްވާށެވެ.

ހުޅަނގުން ކަންބޮޑުވާންޖެހޭތަ؟

ޑޮނަލްޑް ޓްރަމްޕް ވަނީ ބްރިކްސްއަކީ "އެމެރިކާއާ ދެކޮޅު" ބައެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. ނަމަވެސް ގިނަ މާހިރުން ދެކޭގޮތުގައި މިއީ އެމެރިކާ ޑޮލަރު ވައްޓާލަން ކުރާ މަސައްކަތެއް ނޫނެވެ.

ގައުމުތަކުން ބްރިކްސްއާ ގުޅެނީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާއި، ޓެރިފްތަކާއި، ސިޔާސީ ނުފޫޒުން ސަލާމަތްވެ، އިގްތިސާދީ ގޮތުން އިތުރު ފުރުސަތުތައް ހޯދުމަށެވެ. އެމެރިކާއިން ކޮންމެ ކަމަކީ ދެކޮޅުވެރިކަމެއްގެ ގޮތުގައި ދެކޭނަމަ، ގައުމުތަކުން ބްރިކްސްއާ ގުޅުން އިތުރަށް ބަދަހިކުރާނެ ކަމަށް މާހިރުން ވިދާޅުވެ އެވެ.

މަސްދަރު: އަލް ޖަޒީރާ

ބްރިކްސް

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

3

އިރާން: އެމެރިކާ މަނަވަރުތައް ހުރްމޫޒުން 400 ކިލޯމީޓަރު ފަހަތަށް ޖައްސާފައި

4

އީރާނުން ދިން ބަދަލު ހިފުމުގެ ހަމަލާގައި އެމެރިކާގެ ގިނަ އަދަދެއްގެ ފައިޓަރ ޖެޓް ތަކަށް ގެއްލުން ލިބިއްޖެ

5

އިހުތިރާމު ކުޑަކުރުމުގެ އެތައް ހަރަކާތެއް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވި އިސް އެތައް ފަރާތެއް ހިމެނޭ މުއިއްޒުގެ ސަރުކާރުން އިއުލާނުކުރި އިޙުތިރާމު އަދާކުރުމުގެ ގައުމީ ބިޔަ މަޝްރޫއުގެ ތަފްސީލު ހާމަކޮށްފި

އިތުރަށް ކިޔާލަން

11 ސެޕްޓެމްބަރު 2026

ބްރިކްސް ސަމިޓް: މި އިއްތިހާދަކީ ހުޅަނގުގެ ބާރުގަދަ ދުނިޔެއަށް އޮތް ހަގީގީ ގޮންޖެހުމެއްތަ؟

11 ސެޕްޓެމްބަރު 2026
ބްރިކްސް ސަމިޓް: މި އިއްތިހާދަކީ ހުޅަނގުގެ ބާރުގަދަ ދުނިޔެއަށް އޮތް ހަގީގީ ގޮންޖެހުމެއްތަ؟
11 ސެޕްޓެމްބަރު 2026

އޭޕެކް ސަމިޓުގެ ހަވާސާގައި ޕުޓިންއާއި ޝީ ބައްދަލުކުރައްވަނީ

11 ސެޕްޓެމްބަރު 2026
އޭޕެކް ސަމިޓުގެ ހަވާސާގައި ޕުޓިންއާއި ޝީ ބައްދަލުކުރައްވަނީ
21 އޯގަސްޓު 2026

އީރާން އިގްތިސާދީގޮތުން އެކަހެރިކުރުމަށް ޓްރަމްޕްގެ ރޭވުންތަކަށް ޗައިނާއާއި ރަޝިޔާއިން ހުރަސްއެޅުމުގެ ފުރުސަތު އޮތް ގޮތް

21 އޯގަސްޓު 2026
އީރާން އިގްތިސާދީގޮތުން އެކަހެރިކުރުމަށް ޓްރަމްޕްގެ ރޭވުންތަކަށް ޗައިނާއާއި ރަޝިޔާއިން ހުރަސްއެޅުމުގެ ފުރުސަތު އޮތް ގޮތް
14 މެއި 2026

އެމެރިކާ އާއި އިޒްރޭލްގެ އަމަލުތައް ކުށްވެރި ކުރުމަށް، އީރާން އިން ބްރިކްސްގެ ޤައުމު ތަކަށް ގޮވާލައިފި

14 މެއި 2026
އެމެރިކާ އާއި އިޒްރޭލްގެ އަމަލުތައް ކުށްވެރި ކުރުމަށް، އީރާން އިން ބްރިކްސްގެ ޤައުމު ތަކަށް ގޮވާލައިފި
16 އެޕްރީލު 2026

އިންޑިއާގައި އޮންނަ ބްރިކްސް ސަމިޓުގައި ޕުޓިން ބައިވެރިވެ ވަޑައިގަންނަވާނެ

16 އެޕްރީލު 2026
އިންޑިއާގައި އޮންނަ ބްރިކްސް ސަމިޓުގައި ޕުޓިން ބައިވެރިވެ ވަޑައިގަންނަވާނެ
10 ޖެނުއަރީ 2026

ރަޝިޔާ، އީރާން، ޗައިނާ އާ ގުޅިގެން ކުރިއަށްގެންދާ ކަނޑުގެ އަސްކަރީ ތަމްރީނުތަކަކީ "ކޮންމެހެން ބޭނުންތެރި" ކަމެއް ކަމަށް ބުނެ ދެކުނު އެފްރިކާ އިން އެ ތަމްރީން ތައް ދިފާޢުކޮށްފި

10 ޖެނުއަރީ 2026
ރަޝިޔާ، އީރާން، ޗައިނާ އާ ގުޅިގެން ކުރިއަށްގެންދާ ކަނޑުގެ އަސްކަރީ ތަމްރީނުތަކަކީ "ކޮންމެހެން ބޭނުންތެރި" ކަމެއް ކަމަށް ބުނެ ދެކުނު އެފްރިކާ އިން އެ ތަމްރީން ތައް ދިފާޢުކޮށްފި
09 ޖެނުއަރީ 2026

ދުނިޔޭގެ ސިޔާސީ މަސްރަހް ނުތަނަވަސްވެފައި ވަނިކޮށް ޗައިނާ، ރަޝިޔާ އަދި އީރާނުގެ މަނަވަރުތައް ދެކުނު އެފްރިކާ އަށް ޖަމާވެއްޖެ

09 ޖެނުއަރީ 2026
ދުނިޔޭގެ ސިޔާސީ މަސްރަހް ނުތަނަވަސްވެފައި ވަނިކޮށް ޗައިނާ، ރަޝިޔާ އަދި އީރާނުގެ މަނަވަރުތައް ދެކުނު އެފްރިކާ އަށް ޖަމާވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް