މުޅި ރާއްޖެ އަށް ނެރެފައިވާ ހުދު ސަމާލުގެ ވަގުތު އިތުރު ކޮށްފި
13 ސެޕްޓެމްބަރު 2026 | އާދީއްތަ 10:43މޫސުމާ ބެހޭ ޤައުމީ އިދާރާ އިން ބުނެފައި ވަނީ، މުޅި ރާއްޖެ އަށް ހުދު ސަމާލުގެ ވަގުތު އިތުރުކޮށްފައި ވަނީ އާދީއްތަ ދުވަހުގެ މެންދުރު ފަހުގެ 14:00 އިން ފެށިގެން، އާދީއްތަ ދުވަހުގެ ރޭ 20:00 އަށް ކަމަށް.


ވިއްސާރައިގެ ތެރެއިން މާލޭ މަގު މަތީގައި ސައިކަލުގައި ބަޔަކު ދަތުރުކުރާ މަންޒަރު | ސޯޝަލް މީޑިއާ
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މުޅި ރާއްޖެ އަށް ނެރެފައިވާ ހުދު ސަމާލުގެ ވަގުތު އިތުރު ކޮށްފި އެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާ އިން ބުނެފައި ވަނީ، މުޅި ރާއްޖެ އަށް ހުދު ސަމާލުގެ ވަގުތު އިތުރުކޮށްފައި ވަނީ އާދީއްތަ ދުވަހުގެ މެންދުރު ފަހުގެ 14:00 އިން ފެށިގެން، އާދީއްތަ ދުވަހުގެ ރޭ 20:00 އަށް ކަމަށެވެ. މީގެ ކުރިން މުޅި ރާއްޖެ އަށް މި ހުދު ސަމާލު ނެރެފައި ވަނީ އާދީއްތަ ދުވަހުގެ މެންދުރު ފަހު 14:00 އާ ހަމައަށެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާ އިން ބުނެފައި ވަނީ ބޯކޮށް ވާރޭ ވެހުމާ އެކު، ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާ އިން ވަނީ މޫސުމަށް ސަމާލުވުމަށް ވެސް އިލްތިމާސްކޮށްފައި އެވެ.
މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ބައެއް ރަށް ތަކަށް ގެއްލުން ވެސް ލިބެމުން އާދެ އެވެ. ވިއްސާރައިގެ ސަބަބުން އައްޑޫ އަށް ވެސް ބޯކޮށް ވާރޭ ވެހި، ކޮންމެހެން ދަތުރު ކުރަން ޖެހިގެން ނޫނީ އައްޑޫ ލިންކު ރޯޑު ބޭނުން ނުކުރުމަށް ވެސް އައްޑޫ ސިޓީ ކައުންސިލް އިން ވަނީ އިލްތިމާސްކޮށްފައި އެވެ.









