Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ އަރަބިއްޔާ-ޔަމަން

ސައޫދީގެ ތެޔޮ މަރުކަޒުތަކަށް ހަމަލާތައް އަމާޒުވި ކަމަށް ސައުދީން ބުނެފި

8 ސެޕްޓެމްބަރު 2026 | އަންގާރަ 15:06

ސައޫދީން ޔަމަނުގެ ޖަލަކަށް ދިން ހަމަލާގެ ބަދަލުހިފުމުގެ ގޮތުން، ހޫޘީން ވަނީ ސައޫދީގެ އަރަމްކޯ ތެޔޮ ވަސީލަތްތަކަށާއި އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ މިސައިލް އަދި ޑްރޯން ހަމަލާތަކެއް ދީފައި. މި ހަމަލާތަކުގެ ސަބަބުން ބައެއް ތަންތަނުގައި އަލިފާން ރޯވެ މަސައްކަތްތައް މެދުކަނޑާލަން ޖެހުނުއިރު، ހިސާރު އުވާލަންދެން ހަމަލާތައް ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު ހޫޘީން ވަނީ ދީފައި

ރާއްޖެ އެމްވީ | 8 ސެޕްޓެމްބަރު 2026 | އަންގާރަ 15:06

ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ ދެކުނުގެ ސަރަހައްދުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފި | ސްކްރީން އިމޭޖް

ސައޫދީ އަރަބިއްޔާގެ ދެކުނު ސަރަހައްދުގައި ހުރި ހަކަތައާ ބެހޭ ބައެއް މަރުކަޒުތަކާއި ވަސީލަތްތަކަށް އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހަމަލާތަކެއް ދީފައިވާ ކަމަށް އެ ގައުމުގެ މިނިސްޓްރީ އޮފް އެނާޖީގެ ރަސްމީ މަސްދަރަކާ ހަވާލާދީ ނެރުނު ބަޔާނެއްގައި ބުނެފި އެވެ. އަދި މި ހަމަލާތަކާ ގުޅިގެން ކަމާބެހޭ އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.

"މި ހަމަލާތަކުގެ ސަބަބުން ބައެއް ތަންތަނުގައި އަލިފާން ރޯވެ، ބައެއް މަސައްކަތްތައް ވަގުތީ ގޮތުން މެދުކަނޑާލަން ޖެހުނު. ހާއްސަ ފީލްޑް ޓީމުތަކުން މިހާރު ދަނީ އަލިފާންގަނޑު ކޮންޓްރޯލްކޮށް، އެ ސަރަހައްދުތަކުގެ ރައްކާތެރިކަން ކަށަވަރުކޮށް، ލިބުނު ގެއްލުންތައް ބަލަމުން،" ބަޔާނުގައި ބުނެފައިވެ އެވެ.

މި ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ސައޫދީ ރައްޔިތުންނާއި ބޭރު ގައުމުތަކުގެ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެ އެވެ.

މިނިސްޓްރީގެ މަސްދަރުން ކަށަވަރުކޮށްދިން ގޮތުގައި، ހަމަލާތަކާ ގުޅިގެން ކުރިމަތިވި ނަތީޖާތަކަށް ހައްލު ހޯދުމަށާއި، ތަންތަނާއި މުވައްޒަފުންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ކަމާބެހޭ އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އޮޕަރޭޝަނަލް ޕްލޭންތަކާ އެއްގޮތަށް މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ބޭނުންވާ ފިޔަވަޅުތައް އަޅަމުންދާ ކަމަށްވެސް ބުނެފައިވެ އެވެ.

ޔަމަނުގެ ހޫޘީންގެ ހަތިޔާރު އެޅި ފައުޖުތަކުން ސައޫދީ އަރަބިއްޔާގެ ދެކުނުގެ ސަރަހައްދުތަކުގައި ހުރި ސައޫދީ އަރަމްކޯގެ ތެޔޮ ވަސީލަތްތަކަށާއި އަސްކަރީ ވައިގެ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފަށާފައިވަނީ، ފާއިތުވި ތިން ދުވަހު ރިޔާޟުން ޔަމަނަށް ދިން ރަހުމުކުޑަ ބޮމުގެ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން ކަމަށް ހޫޘީން ބުނެފައިވެ އެވެ. ސައޫދީން ދިން އެ ހަމަލާތަކުގެ ތެރޭގައި ޔަމަނުގެ ޖަލަކަށް ދިން ނުރައްކާތެރި ހަމަލާއެއްވެސް ހިމެނެ އެވެ.

އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި، ޔަމަނުގެ ހަތިޔާރު އެޅި ފައުޖުތަކުގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ޔަހްޔާ ސަރީއު އިއުލާން ކުރެއްވި ގޮތުގައި، އަބްހާ، ނަޖްރާން އަދި ޖީޒާންގައި ހުރި އަރަމްކޯގެ އިންފްރާސްޓްރަކްޗާތަކަށާއި، ޚަމީސް މުޝައިތުގައި ހުރި ކިންގް ޚާލިދު އެއާ ބޭސްއަށް އެތައް ބެލިސްޓިކް މިސައިލަކާއި ޑްރޯން ހަމަލާތަކެއް ވަނީ ދީފަ އެވެ.

އޭނާ ސިފަކުރެއްވި ގޮތުގައި މި ހަމަލާތަކަކީ "ސީދާ އަމާޒަށް ވާސިލުވި" ހަމަލާތަކެކެވެ. އަދި މީގެ ސަބަބުން އަމާޒުކުރި ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

މި ވަރުގަދަ ކުރިމަތިލުންތައް ފެށިފައިވަނީ ފާއިތުވި 72 ގަޑިއިރު ތެރޭގައި ސައޫދީން ޔަމަނުގެ މައުރިބް، އަލް-ބައިޟާ، އަލް-ހުދައިދާ، ތާއިޒް އަދި އަލް-ޖައުފް ހިމެނޭހެން އެކި ސަރަހައްދުތަކަށް ދިން 121 ވައިގެ ހަމަލާއާ ގުޅިގެންނެވެ.

މި ހަމަލާތަކުގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ލިބުނީ އަލް-ޖައުފް ޕްރޮވިންސްގެ އަލް-ހަޒްމް ޑިސްޓްރިކްޓްގައި ހުރި މަރުކަޒީ ޖަލަށް ދިން ހަމަލާގަ އެވެ.

ޔަމަނުގެ ހޫޘީންގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތު އެންޑް ޕޮޕިއުލޭޝަނުން ބުނި ގޮތުގައި، އެ ވައިގެ ހަމަލާގައި 14 މީހަކަށް އަސަރުކޮށްފައިވާއިރު، އޭގެ ތެރެއިން ހަތް މީހަކު ވަނީ މަރުވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި ޖަލުގައި ތިބި ހަ މީހަކާއި ޒިޔާރަތްކުރި ކުޑަކުއްޖަކު ހިމެނެ އެވެ. މީގެ އިތުރުން ޒިޔާރަތްކުރި އަންހެނަކާއެކު ޖުމްލަ ހަތް މީހަކު ވަނީ ޒަހަމްވެފަ އެވެ.

ހަމަލާދިން ސަރަހައްދުގައި މީހުން ސަލާމަތްކުރުމާއި ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

"ކުށްވެރި ސައޫދީ ދުޝްމަނުން ވަނީ ރަހުމުކުޑަ އަދި ބޭއިންސާފު އުދުވާނެއް ފަށާފައި... ބޮޑެތި ޖަރީމާތައް ހިންގަމުންދާއިރު، އޭގެ ތެރެއިން އެންމެ ފަހުގެ ކަމަކީ އަލް-ޖައުފްގައި ހިންގި ގަތުލުއާންމު،" ސަރީޢު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރިޔާޟުން މަސައްކަތް ކުރަމުންދަނީ ޔަމަނު ހިސާރުކޮށް، އެ ގައުމުގެ ރައްޔިތުން މަރާލުމަށެވެ. އަދި މިއީ އެމެރިކާ އާއި އިސްރާއީލުގެ މަސްލަހަތު އިސްކޮށް ހިންގާ ވަރުގަދަ އުދުވާނެއް ކަމަށްވެސް ސިފަކުރެއްވި އެވެ.

ޖެނެރަލް ސަރީޢު ފާހަގަކުރެއްވި ގޮތުގައި، ސައޫދީ އަރަބިއްޔާއިން މި ވައިގެ ހަމަލާތަކާއި ގަތުލުއާންމުތައް ހިންގަމުންދަނީ ޔަމަނާ ދެކޮޅަށް ހަރުކަށި ހިސާރުގެ ފިޔަވަޅުތަކެއް އަޅާފައިވާ ދަނޑިވަޅެއްގަ އެވެ.

އޭނާ އިންޒާރު ދެއްވި ގޮތުގައި ޔަމަނުގެ ހޫޘީންގެ އަސްކަރިއްޔާއިން މި އުދުވާނަށް ރައްދު ނުދީ ދޫކޮށްލާނެ ކަމަށް ހީކޮށްގެން ނުވާނެ އެވެ. އަދި ހަމަލާތައް ކުރިއަށްދާނަމަ، މިއަށްވުރެ ވަރުގަދަ އަދި ފުޅާ ހަމަލާތަކެއް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

'ހިސާރަށް ހިސާރު' ގެ އުސޫލު

ބަދަލުހިފުމުގެ ހަމަލާތަކާ އެކު، ޔަމަނުގެ އެއާ ޑިފެންސް ޔުނިޓްތަކުން ދަނީ ސައޫދީގެ ވައިގެ ހަމަލާތައް ހުއްޓުވުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

ހޯމަ ދުވަހު، ޔަމަނުގެ ފައުޖުތަކުން ވަނީ ޖައުފްގެ މަތިން އުދުހެމުންދިޔަ ސައޫދީގެ CH-4 މަރުކާގެ ޖާސޫސީ އަދި ހަމަލާދޭ ޑްރޯނެއް ވައްޓާލާފަ އެވެ. މިއީ 24 ގަޑިއިރު ނުވަނީސް ސައޫދީ ރޯޔަލް އެއާ ފޯސްގެ ވައްޓާލި ހަތަރުވަނަ ޑްރޯނެވެ.

ޔަމަނުގެ ހޫޘީންގެ އަސްކަރިއްޔާއިން ވަނީ "ހިސާރަށް ހިސާރު" ގެ އުސޫލުގައި ދެމިތިބޭނެ ކަމަށް ތަކުރާރުކޮށް ބުނެފަ އެވެ.

"ސައޫދީ ދުޝްމަނުންގެ އެއްވެސް އަމަލަކުން، ހަމަލާއަކުން ނުވަތަ ލަޝްކަރުތައް ޖަމާކުރުމަކުން އަހަރެމެންގެ ލޮބުވެތި ގައުމެއް ބިރެއް ނުގަންނާނެ،" ހަތިޔާރު އެޅި ފައުޖުތަކުން ބުނެފައިވެ އެވެ. އަދި ސައޫދީގެ އުދުވާންތައް ހުއްޓާލައި، ހިސާރު މުޅިން އުވާލަންދެން ސައޫދީގެ އެތެރެއަށް އަމާޒުކޮށް ދޭ ހަމަލާތައް ކުރިއަށް ގެންދާނެ ކަމަށް ވަނީ ބުނެފަ އެވެ.

ޖުލައި 20 ވަނަ ދުވަހު، ސަންއާ ސަރުކާރުން ވަނީ ރަތް ކަނޑުގައި ސައޫދީ އަރަބިއްޔާއާ ގުޅުންހުރި އުޅަނދުފަހަރަށް އަމާޒުކޮށް ކަނޑުގެ ހިސާރެއް އިއުލާންކޮށްފަ އެވެ.

މި ފިޔަވަޅަކީ ރިޔާޟުން ޔަމަނާ ދެކޮޅަށް 12 އަހަރު ވަންދެން ހިންގަމުންދާ އެއްގަމާއި، ވައިގެ އަދި ކަނޑުގެ ހިސާރަށް ދިން ސީދާ ރައްދެއް ކަމަށް ވަނީ ބުނެފަ އެވެ.

މިހާރު ފެށިފައިވާ ކުރިމަތިލުންތަކަކީ 2015 ވަނަ އަހަރުގެ މާޗް މަހު ސައޫދީ އަރަބިއްޔާއާއި އެ ގައުމުގެ ބައިވެރިން ގުޅިގެން ޔަމަންގެ ހޫޘީންނާ ދެކޮޅަށް ފެށި ހަނގުރާމައިގެ އާ ބާބެކެވެ.

މި ހަނގުރާމައިގައި އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ދަނީ ސައޫދީއަށް އަސްކަރީ، ސިޔާސީ އަދި ލޮޖިސްޓިކް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މީގެ ތެރޭގައި ޒަމާނީ ހަތިޔާރާއި ޖާސޫސީ މައުލޫމާތު ފޯރުކޮށްދިނުން ހިމެނެ އެވެ.

ވޭތުވެދިޔަ 12 އަހަރު ތެރޭގައި، ސައޫދީ އިސްވެ އޮވެ ދެމުންދާ ހަމަލާތަކާއި ހިސާރުގެ ސަބަބުން އެތައް ހާސް ޔަމަނު ރައްޔިތުންނެއް ވަނީ މަރުވެފަ އެވެ. އަދި މީގެ ސަބަބުން ދުނިޔޭގައި މިހާތަނަށް ކުރިމަތިވި އެންމެ ނުރައްކާތެރި އިންސާނީ ކާރިސާ ވަނީ އުފެދިފަ އެވެ.

މި ހިސާރުގެ ސަބަބުން ކާބޯތަކެއްޗާއި، ބޭހާއި، ތެޔޮ އެތެރެކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، އާންމު ރައްޔިތުންގެ އަސާސީ ބޭނުންތައް ވަނީ ހަނގުރާމައިގެ ހަތިޔާރަކަށް ހަދާފަ އެވެ.

ޔަމަނުގެ ހޫޘީންގެ ހަތިޔާރު އެޅި ފައުޖުތަކުން ވަނީ އަމިއްލަ އަސްކަރީ އުފެއްދުންތެރިކަން ކުރިއަރުވައި، ސައޫދީގެ އެތެރެއަށް ހަމަލާދެވޭ ފަދަ ޒަމާނީ ބެލިސްޓިކް މިސައިލާއި ޑްރޯން އުފައްދާފަ އެވެ. 

ސައުދީ އަރަބިއްޔާ-ޔަމަންހޫޡީއަރަމްކޯ

އެންމެ ހިނގާ

1

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

2

އެމެރިކާއަށް ކުރިއަށްވުރެ ވަރުގަދަ އަދި ތަދު އިހުސާސްވާނެ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އީރާނުން ދީފި

3

ޕީއެންސީއަށް ސޮއިކުރަން މަޖުބޫރުކުރާ މައްސަލަ ފަޅާއެރިތަނާ، ލައިވް ޕްރޮގްރާމްތަކުގައި ކުރާ ކޯލްތަކާ ގުޅޭގޮތުން ކޮމިޝަނުގެ އިންޒާރެއް!

4

ގަތަރަށް ބޮން އެޅުމަކީ ފަޚުރުވެރިވާ ކަމެއްކަން ނަތަންޔާހޫ ހާމަކޮށްފި

5

އީރާނުން އެމެރިކާގެ ދުރުން ކޮންޓްރޯލުކުރާ އުޅަނދަކަށް ހަމަލާދީފި

އިތުރަށް ކިޔާލަން

08 ސެޕްޓެމްބަރު 2026

ޔަމަނުގެ ހޫޘީން ސައުދީ އަރަބިއްޔާއަށް ހަމަލާދީ 70 އަށްވުރެ ގިނަ މީހުން ޒަޚަމުކޮށްލައިފި

08 ސެޕްޓެމްބަރު 2026
ޔަމަނުގެ ހޫޘީން ސައުދީ އަރަބިއްޔާއަށް ހަމަލާދީ 70 އަށްވުރެ ގިނަ މީހުން ޒަޚަމުކޮށްލައިފި
05 ސެޕްޓެމްބަރު 2026

ޔަމަނުގައި ވަރުގަދަ ކުރިމަތިލުންތަކެއް، ބައެއް ރަށްތައް ސަރުކާރު ސިފައިންގެ ބާރުގެ ދަށަށް

05 ސެޕްޓެމްބަރު 2026
ޔަމަނުގައި ވަރުގަދަ ކުރިމަތިލުންތަކެއް، ބައެއް ރަށްތައް ސަރުކާރު ސިފައިންގެ ބާރުގެ ދަށަށް
15 އޯގަސްޓު 2026

ޔަމަނުގެ ހޫޘީން ސައުދީ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދޭން އަލުން ފަށައިފި

15 އޯގަސްޓު 2026
ޔަމަނުގެ ހޫޘީން ސައުދީ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދޭން އަލުން ފަށައިފި
12 އޯގަސްޓު 2026

ހޫޘީން ބާބުލް މަންދަބުން ދަތުރުކުރި އާގުބޯޓަކަށް ދިން ހަމަލާގައި އަނިޔާވި މީހުންނާއި މަރުވި މީހުންގެ އަދަދު 16 އަށް

12 އޯގަސްޓު 2026
ހޫޘީން ބާބުލް މަންދަބުން ދަތުރުކުރި އާގުބޯޓަކަށް ދިން ހަމަލާގައި އަނިޔާވި މީހުންނާއި މަރުވި މީހުންގެ އަދަދު 16 އަށް
12 އޯގަސްޓު 2026

ޔަމަނުގެ ހޫޘީން ސައުދީގެ ތާއީދު އޮންނަ ފައުޖުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި

12 އޯގަސްޓު 2026
ޔަމަނުގެ ހޫޘީން ސައުދީގެ ތާއީދު އޮންނަ ފައުޖުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި
12 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅި ހުރަސްކުރި އުޅަނދުފަހަރު ވަރަށް ބޮޑަށް ދަށްވެއްޖެ

12 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅި ހުރަސްކުރި އުޅަނދުފަހަރު ވަރަށް ބޮޑަށް ދަށްވެއްޖެ
11 އޯގަސްޓު 2026

ސައުދީ އާގުބޯޓަކަށް ހޫޘީން ދިން މިސައިލް ހަމަލާއެއްގައި 3 މީހުން މަރުވެއްޖެ

11 އޯގަސްޓު 2026
ސައުދީ އާގުބޯޓަކަށް ހޫޘީން ދިން މިސައިލް ހަމަލާއެއްގައި 3 މީހުން މަރުވެއްޖެ
10 އޯގަސްޓު 2026

ހޫޘީންގެ ހަމަލާގައި ޔަމަނުގައި 7 މަރު، 30 ޒަޚަމް

10 އޯގަސްޓު 2026
ހޫޘީންގެ ހަމަލާގައި ޔަމަނުގައި 7 މަރު، 30 ޒަޚަމް
09 އޯގަސްޓު 2026

ހޫޘީން ސައުދީގެ ދައުލަތުގެ ތެޔޮ ކުންފުނި އަރަމްކޯ އަށް ހަމަލާދީފި

09 އޯގަސްޓު 2026
ހޫޘީން ސައުދީގެ ދައުލަތުގެ ތެޔޮ ކުންފުނި އަރަމްކޯ އަށް ހަމަލާދީފި
08 އޯގަސްޓު 2026

ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުތަކަކީ ކޮބާ؟ އީރާނާ ދެކޮޅަށް ކުރެވޭ ހަނގުރާމައަށް މީގެ ސަބަބުން ކުރާނެ އަސަރަކީ ކޮބާ؟

08 އޯގަސްޓު 2026
ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުތަކަކީ ކޮބާ؟ އީރާނާ ދެކޮޅަށް ކުރެވޭ ހަނގުރާމައަށް މީގެ ސަބަބުން ކުރާނެ އަސަރަކީ ކޮބާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް