Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑޮލަރު ލިމިޓް ކޮންޓްރޯލް

އެމްއައިބީގެ ޑޮލަރު ލިމިޓް ބައެއް ވިޔަފާރި ސައިޓްތަކަށް ބޭނުންނުކުރެވޭ ގޮތް ހަދައިފި

23 ޖޫން 2026 | އަންގާރަ 17:54

އެމްއައިބީގެ ރުފިޔާ ކާޑުން ބޭރުގެ އީކޮމާސް ސައިޓުތަކުގައި ކުރެވޭ މުއާމަލާތްތައް މަހަކު 10 އަށް މިހާރު ވަނީ މަދުކޮށްފަ. ނަމަވެސް ރާއްޖެއިން ބޭރުގެ ޕީއޯއެސް މެޝިންތަކާއި، ސިއްހީ އަދި ފަތުރުވެރިކަމުގެ ބޭނުންތަކަށް 250 ޑޮލަރުގެ ލިމިޓް ބޭނުންކުރެވޭނެ ކަމަށް އެ ބޭންކުން ބުނޭ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 23 ޖޫން 2026 | އަންގާރަ 17:54
އިސްލާމިކް ބޭންކުގެ ޑެބިޓް ވިސާ ކާޑު އިފްތިތާޙުކުރުން

އިސްލާމިކް ބޭންކުގެ ޑެބިޓް ވިސާ ކާޑު އިފްތިތާޙުކުރުން | އެމްއައިބީ

މޯލްޑިވްސް އިސްލާމިކް ބޭންކުން (އެމްއައިބީ) ރުފިޔާ ކާޑަށް ދޫކުރަމުން އައި ޑޮލަރު ލިމިޓު، ބައެއް ވިޔަފާރި ސައިޓްތަކަށް ބޭނުންނުކުރެވޭ ގޮތް ހަދައިފި އެވެ.

މި ބަދަލު ގެނައީ ބައެއް ކަސްޓަމަރުން ޒަރޫރީ ބޭނުންތަކަށް ދޫކޮށްފައިވާ ލިމިޓް އެހެނިހެން ބޭނުންތަކަށް ބޭނުންކުރަމުންދާތީ ކަމަށް އެ ބޭންކުން ބުނެފައިވެ އެވެ.

Advertisement - newsAdvertisement

އެމްއައިބީން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ބޭންކުގެ ރުފިޔާ ކާޑަށް ދޫކުރަމުންދިއަ ޑޮލަރު ލިމިޓަކީ ޒަރޫރީ ބޭނުންތަކަށް ދޫކުރަމުން ދިޔަ ލިމިޓެއްކަމަށެވެ. ނަމަވެސް ފާއިތުވެދިޔަ މަދު ދުވަސްކޮޅުގައި ބައެއް ކަސްޓަމަރުން އެހެނިހެން ބޭނުންތަކަށް މި ލިމިޓް ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެ ބޭންކުން ބުނެފައިވެ އެވެ.

އެހެންކަމުން ދެމެހެއްޓެނިވި ގޮތެއްގައި ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި މި ހިދުމަތް ފޯރުކޮށްދިނުމަށް އިސްކަންދިނުމުގެ ގޮތުން މިހިނދުން މިހިނދަށް ބައެއް ވިޔަފާރި ސައިޓުތަކުން މި ޑޮލަރު ލިމިޓް ބޭނުންނުކުރެވޭ ގޮތް ހެދުމަށް ނިންމާފައިވާކަމަށް އެމްއައިބީން ބުނެފައިވެ އެވެ.

އެމްއައިބީން ބުނެފައިވާ ގޮތުގައި މީގެ ފަހުން ބޭރުގެ އީކޮމާސް ސައިޓުތަކުން ކުރެވޭނީ ގިނަވެގެން 10 ޓްރާންސެކްޝަނެވެ. އެ ބަދަލު ގެނައި ނަމަވެސް ސަބްސްކްރިޕްޝަންތަކަށް ފައިސާ ދެއްކޭނެ ކަމަށް އެމްއައިބީން ބުނެފައިވެ އެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުގައި ހުންނަ ޕީއޯއެސް މެޝިންތަކުން ކުރާ ވިޔަފާރިތަކާއި ސިއްހީ ހިދުމަތް ހޯދުމަށް އަދި ޗުއްޓީ ހޭދަކުރުމަށް ހިނގާ އެކިއެކި ހަރަދުތަކަށް ދުއިސައްތަ ފަންސާސް ޑޮލަރުގެ ލިމިޓުގެ ތެރެއިން ބޭނުންކުރެވޭނެ ކަމަށް އެމްއައިބީން ބުނެފައިވެ އެވެ.

އެމްއައިބީން މިފަދަ ކޮންޓްރޯލްތަކެއް ގެނެސްފައިވާއިރު މި ސަރުކާރު ވެރިކަމަށް އައި ފަހުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވެސް ވަނީ ބޭންކުގެ ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ކުރެވޭ މިންވަރު ވަރަށް ބޮޑަށް ދަށްކޮށްފަ އެވެ.

ބޭންކުތަކުން ޑޮލަރު ލިމިޓްތަކަށް ގެނައި މި ބަދަލުތަކަކީ ރާއްޖޭގައި ޑޮލަރު ދަތިކަން ބޮޑުވަމުންދާތީ ގެނައި ބަދަލުތަކެއްކަން ފާހަގަކުރެވެ އެވެ. މި ސަރުކާރު ވެރިކަމަށް އައި ފަހުން ޑޮލަރު ދަތިކަން ބޮޑުވެ ބޭންކުތަކުން ޑޮލަރު ލިބުން އުނދަގޫވެފައިވާތީ އާއްމު ރައްޔިތުންގެ ފާޑުކިޔުން  ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވަމުންނެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކްރުފިޔާ ކާޑުރާއްޖޭގެ ބޭންކުތައްޑޮލަރުގެ ތާށިކަން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

01 ޖޫން 2026

ކާޑުތަކުން ޑޮލަރު ބޭނުންކުރެވޭ ލިމިޓަށް މި މަސް ނިމޭއިރު ބޮޑު ލުޔެއް ލިބޭނެ: ރައީސް

01 ޖޫން 2026
ކާޑުތަކުން ޑޮލަރު ބޭނުންކުރެވޭ ލިމިޓަށް މި މަސް ނިމޭއިރު ބޮޑު ލުޔެއް ލިބޭނެ: ރައީސް
31 މެއި 2026

ޑޮލަރުގެ ބޮޑު ވައުދު ނުފުއްދުނު، ހުރިހާ ތަކުލީފެއް އާންމު ރައްޔިތުންނަށް!

31 މެއި 2026
ޑޮލަރުގެ ބޮޑު ވައުދު ނުފުއްދުނު، ހުރިހާ ތަކުލީފެއް އާންމު ރައްޔިތުންނަށް!
31 މެއި 2026

މުއިއްޒާއި މުއިއްޒުގެ ބޮޑު ތުހުމަތު. މިފަހަރު ނާޒިމަށް ވާނީ ކިހިނެއް؟

31 މެއި 2026
މުއިއްޒާއި މުއިއްޒުގެ ބޮޑު ތުހުމަތު. މިފަހަރު ނާޒިމަށް ވާނީ ކިހިނެއް؟
20 މެއި 2026

ބީއެމްއެލްއިން ރާވައިގެން ހިންގިކަމަށް ރައީސް ވިދާޅުވި ބޮޑު ބަޣާވަތް: ޖިނާއީ މައްސަލައެއް ނެތުމުން މައްސަލަ ފައިލްކޮށްފި!

20 މެއި 2026
ބީއެމްއެލްއިން ރާވައިގެން ހިންގިކަމަށް ރައީސް ވިދާޅުވި ބޮޑު ބަޣާވަތް: ޖިނާއީ މައްސަލައެއް ނެތުމުން މައްސަލަ ފައިލްކޮށްފި!
14 މެއި 2026

ބީއެމްއެލް އިން އޭ.އައި.ސީ.ބީ އާ ގުޅިގެން "ޗާޓަރޑް ބޭންކަރ ޕްރޮގްރާމް" ފަށައިފި

14 މެއި 2026
 
 ބީއެމްއެލް އިން އޭ.އައި.ސީ.ބީ އާ ގުޅިގެން "ޗާޓަރޑް ބޭންކަރ ޕްރޮގްރާމް" ފަށައިފި
07 މެއި 2026

ބީއެމްއެލް އިން ފުރަތަމަ ފަހަރަށް އިންޓަރނޭޝަނަލް މަރކެޓަށް ޑޮލަރު ސުކޫކެއް ވިއްކަނީ

07 މެއި 2026
 ބީއެމްއެލް އިން ފުރަތަމަ ފަހަރަށް އިންޓަރނޭޝަނަލް މަރކެޓަށް ޑޮލަރު ސުކޫކެއް ވިއްކަނީ
26 އެޕްރީލު 2026

"ފުނަވަލުގައި" ހައުސިންގ ޔުނިޓްތައް އަޅާތީ ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް، އެއް ޓަވަރު އަޅާތަން ބަދަލުކޮށްފި

26 އެޕްރީލު 2026
"ފުނަވަލުގައި" ހައުސިންގ ޔުނިޓްތައް އަޅާތީ ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް، އެއް ޓަވަރު އަޅާތަން ބަދަލުކޮށްފި
21 އެޕްރީލު 2026

ބީއެމްއެލް އިން ލޯނާއި ފައިނޭންސިންގ ދޫކުރާ އެންމެ މަތީ އުމުރުފުރާ 60 އަހަރުން 75 އަހަރަށް މަތިކޮށްފި

21 އެޕްރީލު 2026
ބީއެމްއެލް އިން ލޯނާއި ފައިނޭންސިންގ ދޫކުރާ އެންމެ މަތީ އުމުރުފުރާ 60 އަހަރުން 75 އަހަރަށް މަތިކޮށްފި
21 އެޕްރީލު 2026

2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ޓީޓީ އަށް 106.2 މިލިއަން ޑޮލަރު ބީއެމްއެލް އިން ވިއްކާފައިވޭ

21 އެޕްރީލު 2026
2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ޓީޓީ އަށް 106.2 މިލިއަން ޑޮލަރު ބީއެމްއެލް އިން ވިއްކާފައިވޭ
19 މާރިޗު 2026

އިންތިޚާބު އެއްކޮށްލުމުގެ ވޯޓާ ގުޅުންހުރި އިއްތިފާގުތައް

19 މާރިޗު 2026
އިންތިޚާބު އެއްކޮށްލުމުގެ ވޯޓާ ގުޅުންހުރި އިއްތިފާގުތައް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް