Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑޮލަރު ލިމިޓު

ކާޑުތަކުން ޑޮލަރު ބޭނުންކުރެވޭ ލިމިޓަށް މި މަސް ނިމޭއިރު ބޮޑު ލުޔެއް ލިބޭނެ: ރައީސް

ބޭންކް އޮފް މޯލްޑިވްސްގެ ރުފިޔާ ކާޑުތަކުން ބޭރުގެ މުއާމަލާތްތައް ކުރެވޭ މިންވަރު މި މަސް ނިމޭ ހިސާބުގައި ވަރަށް ބޮޑަށް އިތުރުކޮށްދޭނެ ކަމުގެ އިޝާރާތެއް ލިބިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ. ބޭންކާ ހަވާލާދީ ރައީސް މިކަން ހާމަކުރެއްވީ، ޑޮލަރު ލިމިޓް ކުޑަކުރުމާ ގުޅިގެން ދަރިވަރުންނާއި ވިޔަފާރިވެރިންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯއްދަވައިދެއްވުމާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 ޖޫން 2026 | ހޯމަ 09:37
ރައީސް ޑރ މުޙައްމަދު މުއިއްޒު

ރައީސް ޑރ މުޙައްމަދު މުއިއްޒު | ރައީސް އޮފީސް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރުފިޔާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުން ބޭރުގެ މުއާމަލާތްތައް ކުރެވޭ މިންވަރު ނުވަތަ ޑޮލަރު ލިމިޓަށް މި މަހުގެ ފަހުކޮޅު ބޮޑު ލުޔެއް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ބޭންކުތަކުން ޑޮލަރުގެ މުއާމަލާތްތައް ކުރުމުގައި މިހާރު ކުރިމަތިވެފައިވާ ދަތިތަކާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްއާ ވާހަކަދައްކަވައި މައުލޫމާތު ހޯއްދަވާފައިވާ ކަމަށެވެ. އަދި ބޭންކުން ދީފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި މަސް ނިމޭ ހިސާބުގައި ކާޑުތަކުގެ ލިމިޓަށް ވަރަށް ބޮޑުތަނުން ލުއި ދޭނެ ކަމުގެ އިޝާރާތެއް ލިބިފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އެހެން ނަމަވެސް އިއްޔެގައި އަޅުގަނޑު ބޭންކުން މައުލޫމާތު ހޯދައި ބެލިއިރުގައި މި މަސް ނިމޭ ހިސާބު އަނެއްކާވެސް ވަރަށް ބޮޑު ތަނުން ލުއި ކޮށްދޭނެ ކަމުގެ އިޝާރާތެއް ދެއްވާފައިވަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު

މިދިޔަ ދުވަސްތަކުގައި ބީއެމްއެލް އިން ވަނީ ރުފިޔާ ކާޑުތަކުން ބޭރުގެ މުއާމަލާތްތައް ކުރެވޭ މިންވަރު ވަރަށް ބޮޑަށް ހިފަހައްޓާފައެވެ. މީގެ ސަބަބުން ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނާއި، އޮންލައިންކޮށް ވިޔަފާރިކުރާ ފަރާތްތަކުގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ.

ބޭންކުން ހާމަކުރި ގޮތުގައި، ދިވެހި ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން ކުރާ މުއާމަލާތްތަކަށް މިހާރުވެސް ދުވާލެއްގެ މައްޗަށް 1.33 މިލިއަން ޑޮލަރު ބޭންކުން ދަނީ ވިއްކަމުންނެވެ. ނަމަވެސް ބޭންކަށް ލިބޭ ބޭރު ފައިސާގެ އަދަދަށްވުރެ، މިފަދަ މުއާމަލާތްތައް ފުރިހަމަކުރުމަށް ބޭންކުން ވިއްކަންޖެހޭ ޑޮލަރުގެ ނިސްބަތް ބޮޑުވުމުން، ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ކަށަވަރުކުރުމަށްޓަކައި ބޭންކުން ގެންގުޅޭ ނިޒާމުތައް މިހާރު އިތުރަށް ހަރުދަނާ ކޮށްފައިވާނެކަމަށް އެ ބޭންކުން މީގެ ކުރިން ބުނެފައިވެއެވެ. 

 

ރާއްޖޭގެ ބޭންކުތައްޑރ. މުޙައްމަދު މުޢިއްޒުރުފިޔާ ކާޑުޑޮލަރު ލިމިޓް

އިތުރަށް ކިޔާލަން

01 ޖޫން 2026

މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ތޯރިގު އާއި އާދަމް ޝަރީފް، ސަފީރު ކަމަަށް އައްޔަން ކުރަން ކޮމިޓީ އިން ރުހުން ދީފި

01 ޖޫން 2026
މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ތޯރިގު އާއި އާދަމް ޝަރީފް، ސަފީރު ކަމަަށް އައްޔަން ކުރަން ކޮމިޓީ އިން ރުހުން ދީފި
01 ޖޫން 2026

ބައެއް ނޫސްވެރިންނަކީ "ގަޓަރ ޕްރެސް" ކަމަށް ވިދާޅުވެ ރައީސް ނޫސްވެރިންނަށް މަލާމަތް ކުރައްވައިފި

01 ޖޫން 2026
ބައެއް ނޫސްވެރިންނަކީ "ގަޓަރ ޕްރެސް" ކަމަށް ވިދާޅުވެ ރައީސް ނޫސްވެރިންނަށް މަލާމަތް ކުރައްވައިފި
01 ޖޫން 2026

ކުރިއަށް އޮތް 1 އަހަރުތެރޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް އެޕްލިކޭޝަންތައް ބޭންކުރާނަން: ރައީސް

01 ޖޫން 2026
ކުރިއަށް އޮތް 1 އަހަރުތެރޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް އެޕްލިކޭޝަންތައް ބޭންކުރާނަން: ރައީސް
01 ޖޫން 2026

ސިނގިރޭޓުގެ ޑިއުޓީ ކުޑަ ނުކުރާނެކަމަށް ރައީސް ވިދާޅުވިތާ މަހެއް ނުވެ ޔޫޓާންއަކާ ދިމާއަށް ދިއުމުން ގިނަ ބައެއްގެ ފާޑުކިޔުން!

01 ޖޫން 2026
ސިނގިރޭޓުގެ ޑިއުޓީ ކުޑަ ނުކުރާނެކަމަށް ރައީސް ވިދާޅުވިތާ މަހެއް ނުވެ ޔޫޓާންއަކާ ދިމާއަށް ދިއުމުން ގިނަ ބައެއްގެ ފާޑުކިޔުން!
01 ޖޫން 2026

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓު ކުރުމުގެ ބިލު ރައީސް އަނބުރާ ފޮނުވާލައްވައިފި، ސަބަބަކަށް އޮތީ ތަންފީޒީ ދަތިތަކެއް ހުރުން

01 ޖޫން 2026
އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓު ކުރުމުގެ ބިލު ރައީސް އަނބުރާ ފޮނުވާލައްވައިފި، ސަބަބަކަށް އޮތީ ތަންފީޒީ ދަތިތަކެއް ހުރުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު