Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ބީއެމްއެލް ޑޮލަރު ވިއްކުން

2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ޓީޓީ އަށް 106.2 މިލިއަން ޑޮލަރު ބީއެމްއެލް އިން ވިއްކާފައިވޭ

2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބީއެމްއެލްއަށް ސާފު ފައިދާގެ ގޮތުގައި 631 މިލިއަން ރުފިޔާ ލިބިފައިވާ އިރު، މިއީ ކުރީ އަހަރާ އަޅާބަލާއިރު 27 އިންސައްތައިގެ ކުރިއެރުމެެއް. މި މުއްދަތުގައި ޓީޓީ ހެދުމަށާއި ރާއްޖެއިން ބޭރުގެ މުއާމަލާތްތަކަށް ބޭންކުން ދޫކުރި ޑޮލަރުގެ މިންވަރު ވަނީ ބޮޑުތަނުން އިތުރުކޮށްފަ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 21 އެޕްރީލު 2026 | އަންގާރަ 06:42
ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް

ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް | ރާއްޖެ އެމްވީ

 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ޓީޓީ އަށް 106.2 މިލިއަން ޑޮލަރު ބީއެމްއެލް އިން ވިއްކާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެފި އެވެ.

އެ މައުލޫމާތުތައް ހާމަކޮށްދެއްވީ ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް އެވެ.

ބީއެމްއެލް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކޮށްފައިވާ ގޮތުގައި އެޕްރިލް މަހު އެކަނި އަންގާރަ ދުވަހުގެ ނިޔަަލށް ޓީތީގެ ގޮތުގައި 27 މިލިއަން ޑޮލަރު ވަނީ ވިއްކާފަ އެވެ. އެއީ 7200 ޓީޓީ އެވެ. މި ހަފްތާގައި ފާއިތުވި ދެ ދުވަހު 2 މިލިއަން ޑޮލަރު ޓީޓީގެ ގޮތުގައި ވަނީ ވިއްކާފަ އެވެ. އެއީ 615 ޓީޓީ އެވެ.

2026 ވަނަ އަހަރުގެ ސާފު ފައިދާގެ ގޮތުގައި 631 މިލިއަން ރުފިޔާ ލިބިފައިވާ އިރު އެއީ 2025 ވަނަ އަހަރާއި އަޅާ ބަލާ އިރު 27%އިގެ ކުރިއެރުމެކެވެ. 2026 ވަނަ އަހަރު ލިބުނު އާމްދަނީގެ އަގު 1.24 ބިލިއަން ރުފިޔާ އަށް އަރަ އެވެ. 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ ނިންމާލީ ބާރު ދުވެލީގައި ކަމަށާއި ހިންގުމުގެ ފައިދާގެ ގޮތުގައި 879 މިލިއަން ރުފިޔާ ބޭންކަަށް ލިބިފައިވެއެވެ.

ޓީޓީ އަށް ދޫކުރާ ޑޮލަރ ސަޕޯޓް ކުރިން 1000 ޑޮލަރާއި ހަމައަށް 5% ހުރި އިރު މިހާރު އެ އަދަދު 10،000 ޑޮލަރު، 50% އަށް ވަނީ އިތުރުކޮށްފަ އެވެ. އެ ބަދަލު ގެނައީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.

ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށާއި ރާއްޖެއިން ބޭރު ކާޑުގެ މުޢާމަލާތްތަކަށް ވިއްކާފައިވާ ޑޮލަރުގެ ތަފާސްހިސާބަށް ބަލާ އިރު 2025 ވަނަ އަހަރު އެ އަދަދު ހުރީ 565.5 މިލިއަން ޑޮލަރުގަ އެވެ. 2024 ވަނަ އަަހަރު އެ އަދަދު ހުރި 333.5 މިލިއަން ޑޮލަރުގަ އެވެ. 2026 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓާގައި 226 މިލިއަން ޑޮލަރު ވަނީ ރާއްޖެ އިން ބޭރަށް ފަިސާ ފޮނުވުމަށާއި ރާއްޖެ އިން ބޭރުން ކުރާ މުއާމަލާތްތަކަށް ވިއްކާފަ އެވެ.

2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ޓީޓީ އަށް ޑޮލަރު ވިއްކާފައި ވަނީ 106.2 މިލިއަން ޑޮލަރެވެ. 2025 ވަނަ އަހަރު މަހަކަށް 14.6 މިލިއަން ޑޮލަރު ޓީޓީ އަށް ވިއްކާފައި ވާއިރު 2026 ވަނަ އަހަރުގެ 1 ވަނަ ކުއާޓަރގައި މަހަކަށް 35.4 މިލިއަން ޑޮލަރު ޓީޓީ އަށް ވަނީ ވިއްކާފަ އެވެ.

ބޭންކުން މަސައްކަތް ކުރާނީ މެދުނުކެނޑި ވިޔަަފާރިތަކާއި އާންމު ފަރުދުންގެ މުހިންމު ބޭނުންތަކަށް ބޭރުފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް އެ ބޭންކުން ވަނީ ބުނެފަ އެވެ. އަދި ބީއެމްއެލް އަބަދުވެސް ދެމި އޮންނާނީ އަމިއްލަަަ ފަރުދުންނާއި ވިޔަަފާރިތަކާއި މުޅި މުޖްތަމައު އަށް އެހީތެރިވެދޭ ބައިވެރިއެއްގެ ގޮތުގައި ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ. 

ރާއްޖޭގެ ބޭންކުތައްބީއެމްއެލް

ކޮމެންޓް

އިތުރަށް ކިޔާލަން

ބީއެމްއެލްގެ ޖުމްލަ އެސެޓް ފުރަތަމަ ފަހަރަށް 60 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެއްޖެ

ބީއެމްއެލްގެ ޖުމްލަ އެސެޓް ފުރަތަމަ ފަހަރަށް 60 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެއްޖެ

20 އެޕްރީލު 2026
ރިޒާވްގައި ރުފިޔާއެއް ނެތް، ސުކޫކަށް 500 މިލިއަން ޑޮލަރު ދެއްކީ ބީއެމްއެލްގަ ހުރި ރައްޔިތުންގެ ޑިޕޮސިޓު ފައިސާ އިން: ޝަމްހީދު

ރިޒާވްގައި ރުފިޔާއެއް ނެތް، ސުކޫކަށް 500 މިލިއަން ޑޮލަރު ދެއްކީ ބީއެމްއެލްގަ ހުރި ރައްޔިތުންގެ ޑިޕޮސިޓު ފައިސާ އިން: ޝަމްހީދު

15 އެޕްރީލު 2026
ބީއެމްއެލްއާއި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް ގުޅިގެން ކުޅިވަރުގެ ދާއިރާއިން އެތުލީޓުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ނިންމައިފި

ބީއެމްއެލްއާއި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް ގުޅިގެން ކުޅިވަރުގެ ދާއިރާއިން އެތުލީޓުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ނިންމައިފި

09 އެޕްރީލު 2026
24 އަހަރު ތެރޭ ބެންކުން ބެހެއްޓި އޭޓީއެމްގެ އަދަދު، ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެތެރޭ ދެގުނައަށް ވުރެ އިތުރުކޮށްފި

24 އަހަރު ތެރޭ ބެންކުން ބެހެއްޓި އޭޓީއެމްގެ އަދަދު، ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެތެރޭ ދެގުނައަށް ވުރެ އިތުރުކޮށްފި

03 އެޕްރީލު 2026
ހަނގުރާމައާ ގުޅިގެން ދިމާވާ ދަތިތަކުން އަރައިގަތުމަށް ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިތަކަށް ބީއެމްއެލުން އެހީތެރިކަން ފޯރުކޮށްދޭނީ

ހަނގުރާމައާ ގުޅިގެން ދިމާވާ ދަތިތަކުން އަރައިގަތުމަށް ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިތަކަށް ބީއެމްއެލުން އެހީތެރިކަން ފޯރުކޮށްދޭނީ

30 މާރިޗު 2026

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު