Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބީއެމްއެލް

ބީއެމްއެލްގެ ޖުމްލަ އެސެޓް ފުރަތަމަ ފަހަރަށް 60 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެއްޖެ

20 އެޕްރީލު 2026 | ހޯމަ 18:50

ބޭންކް އޮފް މޯލްޑިވްސްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޖުމްލަ އެސެޓް 60 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއަހަރުގެ ފުރަތަމަ ކުއަޓަރުގައި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 631 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 27 އިންސައްތައިގެ ކުރިއެރުމެއް ކަމަށްވާއިރު، ކަސްޓަމަރުން ބޭންކަށް ޖަމާކުރި ފައިސާގެ އަދަދުވެސް ވަނީ 40.7 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މި ހަރުދަނާ ނަތީޖާއިން ދައްކުވައިދެނީ ބޭންކަށް ކަސްޓަމަރުން ކުރާ އިތުބާރާއި ބޭންކުގެ މާލީ ހާލަތު ދުވަހުން ދުވަހަށް ވަރުގަދަވަމުންދާ ކަމެވެ.

މަޚްތޫމް
މަޚްތޫމް | 20 އެޕްރީލު 2026 | ހޯމަ 18:50
ބޭންކް އޮފް މޯލްޑިވްސް.

ބޭންކް އޮފް މޯލްޑިވްސް. | ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޖުމްލަ އެސެޓް 60 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެފައިވާ ކަމަށް ބޭންކުން ހޯމަ ދުވަހު ނެރުނު މިއަހަރުގެ ފުރަތަމަ ކުއަޓަރ ރިޕޯޓުން ދައްކައިފި އެވެ.

ފުރަތަމަ ކުއަޓަރ ރިޕޯޓުގައި ބޭންކުން ހާމަކޮށްފައިވާ ގޮތުގައި ކުއާޓަރ ނިމުނު އިރު ބޭންކުގެ ޖުމްލަ އެސެޓް 60.6 ބިލިއަން ރުފިޔާއަށް ވަނީ އަރައިފައިވާއިރު ބޭންކުގެ ދިގު ތާރީހުގައިވެސް ޖުމްލަ އެސެޓް 60 ބިލިއަނަށްވުރެ އިތުރުވި ފުރަތަމަ ފަހަރު ކަމަށް ރިޕޯޓުގައިވެ އެވެ. 2025 ވަނަ އަހަރު ނިމުނުއިރު އެސެޓްގެ އަގު ހުރީ 55.8 ބިލިއަން ރުފިޔާއެވެ.

Advertisement - newsAdvertisement

ކަސްޓަމަރުން ބޭންކަށް ކުރާ އިތުބާރު ދެމެހެއްޓުމުގެ ނަތީޖާއެއްގެ ގޮތުން، ވޭތުވެދިޔަ ކުއަޓަރގައި ކަސްޓަމަރުން ބޭންކަށް ޖަމާކުރި ފައިސާގެ ޖުމްލަ އަދަދު 40.7 ބިލިއަން ރުފިޔާއަށް ވަނީ އަރައިފަ އެވެ. މީގެ ތެރޭގައި ބޮޑު ހިއްސާއަކީ ބޭރު ފައިސާއިން ޖަމާކޮށްފައިވާ އަދަދެވެ.

ރިޕޯޓުގައި ވާގޮތުން، ވޭތުވެދިޔަ ކުއަޓަރގައި ބޭންކުގެ ޖުމްލަ އާމްދަނީގެ ގޮތުގައި 1.24 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ބޭންކުގެ ހިންގުމުގެ ފައިދާގެ ގޮތުގައި 879 މިލިއަން ރުދިޔާ ލިބިފައިވާއިރު، ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި 631 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ ވޭތުވެ ދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 27% އިތުރުވުމެކެވެ.

ވޭތުވެ ދިޔަ އަހަރު، ބޭންކުގެ 43 އަހަރުގެ ދިގު ތާރީހުގައި އެންމެ ރަނގަޅު ނަތީޖާ ހާސިލުކުރުމަށް ފަހު، މި އަހަރުގެ ފުރަތަމަ ކުއާޓަރގައިވެސް ބޭންކުން ވަނީ ހަރުދަނާ ނަތީޖާއެއް ދައްކައިފަ އެވެ. މި ނަތީޖާއިން ބޭންކަށް ދުވަހުން ދުވަހަށް ލިބެމުން އަންނަ ހަލުވި ކުރިއެރުން ރަންޒުކޮށްދެ އެވެ.

ބީއެމްއެލް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

15 އެޕްރީލު 2026

ރިޒާވްގައި ރުފިޔާއެއް ނެތް، ސުކޫކަށް 500 މިލިއަން ޑޮލަރު ދެއްކީ ބީއެމްއެލްގަ ހުރި ރައްޔިތުންގެ ޑިޕޮސިޓު ފައިސާ އިން: ޝަމްހީދު

15 އެޕްރީލު 2026
ރިޒާވްގައި ރުފިޔާއެއް ނެތް، ސުކޫކަށް 500 މިލިއަން ޑޮލަރު ދެއްކީ ބީއެމްއެލްގަ ހުރި ރައްޔިތުންގެ ޑިޕޮސިޓު ފައިސާ އިން: ޝަމްހީދު
09 އެޕްރީލު 2026

ބީއެމްއެލްއާއި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް ގުޅިގެން ކުޅިވަރުގެ ދާއިރާއިން އެތުލީޓުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ނިންމައިފި

09 އެޕްރީލު 2026
ބީއެމްއެލްއާއި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް ގުޅިގެން ކުޅިވަރުގެ ދާއިރާއިން އެތުލީޓުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ނިންމައިފި
03 އެޕްރީލު 2026

24 އަހަރު ތެރޭ ބެންކުން ބެހެއްޓި އޭޓީއެމްގެ އަދަދު، ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެތެރޭ ދެގުނައަށް ވުރެ އިތުރުކޮށްފި

03 އެޕްރީލު 2026
24 އަހަރު ތެރޭ ބެންކުން ބެހެއްޓި އޭޓީއެމްގެ އަދަދު، ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެތެރޭ ދެގުނައަށް ވުރެ އިތުރުކޮށްފި
30 މާރިޗު 2026

ހަނގުރާމައާ ގުޅިގެން ދިމާވާ ދަތިތަކުން އަރައިގަތުމަށް ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިތަކަށް ބީއެމްއެލުން އެހީތެރިކަން ފޯރުކޮށްދޭނީ

30 މާރިޗު 2026
ހަނގުރާމައާ ގުޅިގެން ދިމާވާ ދަތިތަކުން އަރައިގަތުމަށް ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިތަކަށް ބީއެމްއެލުން އެހީތެރިކަން ފޯރުކޮށްދޭނީ
26 މާރިޗު 2026

ބީއެމްއެލް އިން ހިއްސާ އަށް ގެންނަ ބަދަލަކީ ހިއްސާ ގަންނަން ބޭނުންވާ ޒުވާނުންނަށް ލިބޭ ރަނގަޅު ފުރުސަތެއް - އައުޝަން

26 މާރިޗު 2026
ބީއެމްއެލް އިން ހިއްސާ އަށް ގެންނަ ބަދަލަކީ ހިއްސާ ގަންނަން ބޭނުންވާ ޒުވާނުންނަށް ލިބޭ ރަނގަޅު ފުރުސަތެއް - އައުޝަން
26 މާރިޗު 2026

ބީއެމްއެލްއިން ހިއްސާތަކަށް ގެންނަ ބަދަލަކީ ހިއްސާގެ ބާޒާރަށް ލިބޭނެ އިތުރު ފުރިހަމަކަމެއް - ސީއެމްޑީއޭގެ ސީއީއޯ

26 މާރިޗު 2026
ބީއެމްއެލްއިން ހިއްސާތަކަށް ގެންނަ ބަދަލަކީ ހިއްސާގެ ބާޒާރަށް ލިބޭނެ އިތުރު ފުރިހަމަކަމެއް - ސީއެމްޑީއޭގެ ސީއީއޯ
26 މާރިޗު 2026

ބީއެމްއެލްގެ ފައިދާ އިތުރު ކުރީ ވިޔަފާރި އިތުރަށް ފުޅާކޮށްގެން، އަގުބޮޑުކޮށްގެނެއްނޫން - ސީއީއޯ

26 މާރިޗު 2026
ބީއެމްއެލްގެ ފައިދާ އިތުރު ކުރީ ވިޔަފާރި އިތުރަށް ފުޅާކޮށްގެން، އަގުބޮޑުކޮށްގެނެއްނޫން - ސީއީއޯ
26 މާރިޗު 2026

ބޭންކަކީ ހަމައެކަނި މާލީ މުއައްސަސާއެއް ނޫން އެއީ ގައުމީ ތަރައްގީގެ ބައިވެރިއެއް - ބީއެމްއެލް ސީއީއޯ

26 މާރިޗު 2026
ބޭންކަކީ ހަމައެކަނި މާލީ މުއައްސަސާއެއް ނޫން އެއީ ގައުމީ ތަރައްގީގެ ބައިވެރިއެއް - ބީއެމްއެލް ސީއީއޯ
25 މާރިޗު 2026

ޕޯސްޓަރު ނެގިޔަސް ރައްޔިތުންގެ ލޯތްބެއް ނުކެނޑޭނެ: އާޒިމް

25 މާރިޗު 2026
ޕޯސްޓަރު ނެގިޔަސް ރައްޔިތުންގެ ލޯތްބެއް ނުކެނޑޭނެ: އާޒިމް
22 މާރިޗު 2026

3260 ހައުސިންގ ޔުނިޓްތައް އިމާރާތްކުރުމުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭ ނިމޭނެ: ބީއެމްއެލް

22 މާރިޗު 2026
3260 ހައުސިންގ ޔުނިޓްތައް އިމާރާތްކުރުމުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭ ނިމޭނެ: ބީއެމްއެލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް