Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލުބުނާން-އިސްރާއީލު

ހިޒްބުالله ބިންގަރާސްތަކަށް އިސްރާއީލުން ބާރުގަދަ ހަމަލާތަކެއް ދީފި

11 ސެޕްޓެމްބަރު 2026 | ހުކުރު 15:25

ލުބުނާނުގެ ދެކުނުގައި ހިޒްބުاللهއިން ބޭނުންކުރާ ދެ ކިލޯމީޓަރުގެ ބޮޑު ބިންގަރާސް ނެޓްވޯކެއް އިސްރާއީލުން ގޮއްވާލާފައިވާއިރު، މި ހަމަލާއާއެކު 4.1 މެގްނިޓިއުޑްގެ ބިންހެލުމެއްގެ ލޮޅުން އެ ސަރަހައްދަށް އަރާފައިވޭ. އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ވިދާޅުވީ މި ކެމްޕޭން މެދުކަނޑާނުލައި ކުރިއަށް ގެންދާނެ ކަމަށާއި، މީގެ ސަބަބުން އެ ގައުމުގެ އުތުރުގެ ރައްޔިތުންނަށް އިތުރު ރައްކާތެރިކަން ލިބިގެންދާނެ ކަމަށް

ރާއްޖެ އެމްވީ | 11 ސެޕްޓެމްބަރު 2026 | ހުކުރު 15:25

ލުބުނާނުގެ ދެކުނުގައިވާ އަލީ އަލް-ތާހިރު ފަރުބަދަ ސަރަހައްދުގައި ހުރި ހިޒްބުاللهގެ ބިމުގެ އަޑީގެ ކޮމްޕްލެކްސްއަކަށް އަމާޒުކޮށް ހިންގި އަސްކަރީ އޮޕަރޭޝަނެއްގެ މައުލޫމާތާއި، އެ މަންޒަރުތައް ފެންނަ ވީޑިއޯ އިސްރާއީލުގެ ޑިފެންސް ފޯސް (އައި.ޑީ.އެފް) އިން ވަނީ އާއްމުކޮށްފައި | އިޒްރޭލް ޑިފެންސް ފޯސް (އައިޑީއެފް)

ލުބުނާނުގެ ދެކުނުގައި އީރާނުގެ މަދަދުލިބޭ ހިޒްބުالله ޖަމާއަތުން ހަދާފައިވާ ބޮޑެތި ބިންގަރާސްތަކެއް ބާރުގަދަ ގޮއްވުންތަކަކާއެކު ސުންނާފަތިކޮށްލުމަށްފަހު، އެ ޖަމާއަތަށް އަމާޒުކޮށް އިތުރު ހަމަލާތަކެއް ދިނުމަށް ތައްޔާރަށް އޮތް ކަމަށް އިސްރާއީލުން ހުކުރު ދުވަހު ބުނެފި އެވެ.

އިސްރާއީލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒް އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، ހިޒްބުاللهއާ ދެކޮޅަށް ކުރިއަށްގެންދާ އަސްކަރީ ކެމްޕޭން މެދުކަނޑާނުލައި ކުރިއަށް ގެންދިއުމަށާއި، އެ ޖަމާއަތުގެ އިތުރު މަރުކަޒުތަކަށް ހަމަލާދިނުމަށް އިސްރާއީލުން އޮތީ ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ.

ބުރާސްފަތި ދުވަހުގެ ފަހުގެ ވަގުތެއްގައި އިސްރާއީލުން ވަނީ ސްޓްރެޓީޖިކް ގޮތުން މުހިންމު ސަރަހައްދެއް ކަމަށްވާ އަލީ އަލް-ތާހިރު ފަރުބަދައިގެ އަޑީގައި ހަދާފައިވާ ބޮޑު ބިންގަރާސް ނެޓްވޯކެއް ގޮއްވާލާފަ އެވެ. އިސްރާއީލުން ބުނާ ގޮތުގައި އެއީ ހިޒްބުاللهގެ ކޮމާންޑް ސެންޓަރުތަކާއި، ހަނގުރާމަވެރިން ދިރިއުޅޭ ތަންތަނުގެ އިތުރުން، އިސްރާއީލުގެ އުތުރުގެ ސަރަހައްދުތަކަށާއި އެ ގައުމަށް އަރައިގަންނަ އިސްރާއީލު ސިފައިންނަށް ހަމަލާދިނުމަށް ބޭނުންކުރާ ހަތިޔާރު ގުދަންކޮށްފައިވާ ތަނެކެވެ.

މި ގޮއްވުމާއެކު އެ ސަރަހައްދުން ބޮޑު އަލިފާންގަނޑެއް ފެނިފައިވާއިރު، އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ރެކޯޑްކޮށްފައިވާ ގޮތުގައި މި ގޮއްވުމުގެ ސަބަބުން 4.1 މެގްނިޓިއުޑްގެ ބިންހެލުމަކާ އެއްވަރުގެ ލޮޅުމެއް އެ ސަރަހައްދަށް އަރާފައިވެ އެވެ.

މި ބާރުގަދަ ހަމަލާ ކުރިއަށް ގެންގޮސްފައި މިވަނީ، ލުބުނާނުގެ ދެކުނުގައި އިސްރާއީލުން ކަނޑައަޅާފައިވާ "ސެކިއުރިޓީ ޒޯން" ނުވަތަ ރައްކާތެރިކަމުގެ ސަރަހައްދުގެ ކޮންޓްރޯލް ވަރުގަދަކުރުމުގެ ގޮތުން ކަމަށް ބުނެ، އެ ސަރަހައްދުގެ އުސްބިންތައް އިސްރާއީލު ސިފައިންގެ ބާރުގެ ދަށަށް ގެނައިތާ ހަފުތާއެއް ފަހުންނެވެ.

ޔަހޫދީންގެ އާ އަހަރާ ދިމާކޮށް އަދި އިސްރާއީލުގެ އިންތިޚާބަށް މަދު ހަފުތާތަކެއް ބާކީ އޮއްވައި ކަޓްޒް ދެއްވި މެސެޖުގައި ވިދާޅުވީ، އިސްރާއީލުގެ އުތުރުގެ ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދޭނެ ކަމަށް ވީ ވައުދު ފުއްދައިދީފައިވާ ކަމަށެވެ.

ކަޓްޒް އިތުރަށް ވިދާޅުވީ، މިހާރު އެ ސަރަހައްދުގައި ކުރިއަށްވުރެ ވަރުގަދަ ރައްކާތެރިކަމުގެ ސަރަހައްދެއް ގާއިމުކުރެވިފައިވާ ކަމަށާއި، މީގެ ސަބަބުން އާންމުން ދިރިއުޅޭ ރަށްތަކަށް ދެވޭ ހަމަލާތަކުން ރައްކާތެރިކަން ލިބި، ހިޒްބުاللهގެ މަރުކަޒުތަކަށް ނުރައްކާކުރުމުގެ ގާބިލުކަން އިސްރާއީލަށް ލިބިގެންދާނެ ކަމަށެވެ.

އިސްރާއީލުން ހާމަކުރި ގޮތުގައި، މި ބިންގަރާސް ނެޓްވޯކަކީ ފާއިތުވި ވިހި އަހަރު ދުވަހުގެ ތެރޭގައި ހިޒްބުاللهގެ މައި މަދަދުގާރު އީރާނުގެ އެހީތެރިކަމާއެކު ބިނާކޮށްފައިވާ ތަނެކެވެ. އީރާނުގެ ދީނީ ސަރުކާރަކީ ޣަައްޒާގައި ހަރަކާތްތެރިވާ ހަމާސް ޖަމާއަތަށްވެސް އެހީތެރިކަން ފޯރުކޮށްދޭ ސަރުކާރެކެވެ.

މެދުއިރުމަތީގެ ހަނގުރާމަ އިތުރަށް ފުޅާވެގެންދިޔައީ، ފެބްރުއަރީ މަހުގެ ފަހުކޮޅު އިސްރާއީލާއި އެމެރިކާއިން ގުޅިގެން އީރާނަށް ހަމަލާދިނުމާ ގުޅިގެންނެވެ.

1982 ވަނަ އަހަރު އިސްރާއީލުން ލުބުނާނުގެ ދެކުނަށް އަރައިގަތުމާ ދެކޮޅަށް އުފެދުނު ހިޒްބުالله ޖަމާއަތުން، އީރާނަށް ތާއީދުކޮށް އިސްރާއީލަށް ރޮކެޓް ހަމަލާތައް ދޭން ފެށުމާއެކު، ލުބުނާނު ވަނީ މި ބޮޑު ހަނގުރާމައިގެ ތެރެއަށް ދަމައިގަނެވިފަ އެވެ.

ލުބުނާނުގެ ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި، މާޗް މަހުން ފެށިގެން އިސްރާއީލުން އެ ގައުމުގައި ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތަކުގައި މިހާތަނަށް 4,300 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

އިސްރާއީލު ސިފައިން ބުނި ގޮތުގައި، އަލީ އަލް-ތާހިރު ސަރަހައްދުން ނައްތާލި ބިންގަރާސް ނެޓްވޯކަކީ ދެ ކިލޯމީޓަރަށްވުރެ ދިގު ސަރަހައްދަކަށް ފެތުރިފައިވާ ތަނެކެވެ. އެތަނުން އީރާނުގައި އުފައްދާފައިވާ އެތައް ރޮކެޓަކާއި، މިސައިލާއި، ޑްރޯންގެ އިތުރުން ގިނަ އަދަދެއްގެ އެހެނިހެން ހަތިޔާރު ފެނިފައިވާ ކަމަށްވެސް އިސްރާއީލުން ބުނެ އެވެ.

މި ފަރުބަދަ އޮންނަނީ އިސްރާއީލުން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ ސަރަހައްދުގެ އަރިމަތީގަ އެވެ. އެއީ ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނޭ ބިއުފޯޓް ކާސަލްއާ މަދު ކިލޯމީޓަރުތަކެއް ދުރުގައި އޮންނަ، ފާއިތުވި މަސްތަކުގައި އިސްރާއީލުން ހިފާފައިވާ ސްޓްރެޓީޖިކް ގޮތުން މުހިންމު ސަރަހައްދެކެވެ.

މަސްދަރު: އޭއެފްޕީ

ލުބުނާން-އިސްރާއީލުހިޒްބުﷲ

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

3

އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި

4

ރައީސް މުއިއްޒުގެ ސިޓީފުޅާ އެކު، އިނގިރޭސިވިލާތުން ބުނީ ފޯޅަވަހީގެ މައްސަލަ އަކީ ރާއްޖެއާ ގުޅުން އޮތް ކަމެއް ނޫން ކަމަށް

5

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

07 ސެޕްޓެމްބަރު 2026

އެއްބަސްވުމާ ޚިލާފަށް ލުބުނާނަށް ހަމަލާދީ ހަތަރު މީހުން ޝަހީދުކޮށްލައިފި

07 ސެޕްޓެމްބަރު 2026
އެއްބަސްވުމާ ޚިލާފަށް ލުބުނާނަށް ހަމަލާދީ ހަތަރު މީހުން ޝަހީދުކޮށްލައިފި
06 ސެޕްޓެމްބަރު 2026

އިސްރާއީލުގެ ހަމަލާތަކުގައި ތިން އަހަރު ތެރޭ ލުބުނާނުން 8,900 މީހުން ޝަހީދުކޮށްލައިފި

06 ސެޕްޓެމްބަރު 2026
އިސްރާއީލުގެ ހަމަލާތަކުގައި ތިން އަހަރު ތެރޭ ލުބުނާނުން 8,900 މީހުން ޝަހީދުކޮށްލައިފި
05 ސެޕްޓެމްބަރު 2026

އިސްރާއީލުގެ ހަމަލާތަކުގައި ލުބުނާނުގައި 3 މީހުން މަރު

05 ސެޕްޓެމްބަރު 2026
އިސްރާއީލުގެ ހަމަލާތަކުގައި ލުބުނާނުގައި 3 މީހުން މަރު
03 ސެޕްޓެމްބަރު 2026

އިސްރާއީލުގެ ހަމަލާތަކުގައި ލުބުނާނުން ކޮންމެ ދުވަހަކު 7 ކުޑަކުދިން ޝަހީދުކޮށްލާ

03 ސެޕްޓެމްބަރު 2026
އިސްރާއީލުގެ ހަމަލާތަކުގައި ލުބުނާނުން ކޮންމެ ދުވަހަކު 7 ކުޑަކުދިން ޝަހީދުކޮށްލާ
16 އޯގަސްޓު 2026

އިސްރާއީލުގެ ހަމަލާތަކަކީ މަޝްވަރާތަކަށް ހުރަސްއެޅުމުގެ މެސެޖެއް: ލުބުނާން

16 އޯގަސްޓު 2026
އިސްރާއީލުގެ ހަމަލާތަކަކީ މަޝްވަރާތަކަށް ހުރަސްއެޅުމުގެ މެސެޖެއް: ލުބުނާން
04 އޯގަސްޓު 2026

ހިޒްބުﷲ: އިސްރާއީލާއެކު ލުބުނާނުން ކުރި މަޝްވަރާތަކުން ލިބުނީ ލަދުވެތިކަމާއި މާޔޫސްކަން

04 އޯގަސްޓު 2026
ހިޒްބުﷲ: އިސްރާއީލާއެކު ލުބުނާނުން ކުރި މަޝްވަރާތަކުން ލިބުނީ ލަދުވެތިކަމާއި މާޔޫސްކަން
26 ޖުލައި 2026

ރައީސް އަޙްމަދު އަލް-ޝަރާ: އިސްރާއީލާއެކު ސަލާމަތީ އެއްބަސްވުމަކަށް ސޫރިޔާއިން މަސައްކަތް ކުރަނީ

26 ޖުލައި 2026
ރައީސް އަޙްމަދު އަލް-ޝަރާ: އިސްރާއީލާއެކު ސަލާމަތީ އެއްބަސްވުމަކަށް ސޫރިޔާއިން މަސައްކަތް ކުރަނީ
10 ޖުލައި 2026

އިސްރާއީލުން ލުބުނާނުން ފައިބުމަށް އިންކާރުކޮށް ހަމަލާތައް ވަރުގަދަކޮށްފި

10 ޖުލައި 2026
އިސްރާއީލުން ލުބުނާނުން ފައިބުމަށް އިންކާރުކޮށް ހަމަލާތައް ވަރުގަދަކޮށްފި
05 ޖުލައި 2026

ނަތަންޔާހޫ: ޣައްޒާގެ އަސްކަރީ އިންފްރާސްޓްރަކްޗަރ ނައްތާލުމުން މެނުވީ އާބާދުނުކުރާނަން

05 ޖުލައި 2026
ނަތަންޔާހޫ: ޣައްޒާގެ އަސްކަރީ އިންފްރާސްޓްރަކްޗަރ ނައްތާލުމުން މެނުވީ އާބާދުނުކުރާނަން
04 ޖުލައި 2026

އިސްރާއީލުން ލުބުނާނުގައި ހުރި ހިޒްބުﷲގެ 10 މަރުކަޒަކަށް ހަމަލާދީފި

04 ޖުލައި 2026
އިސްރާއީލުން ލުބުނާނުގައި ހުރި ހިޒްބުﷲގެ 10 މަރުކަޒަކަށް ހަމަލާދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް