Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސީރިއާ ހަނގުރާމަ

ސީރިއާގައި ކެމިކަލް ހަތިޔާރު ބޭނުން ކޮށްފައިވާކަން ތަހުގީގުން ހާމަވެއްޖެ

6 އޮކްޓޯބަރު 2017 | ހުކުރު 19:34

ކެމިކަލް ހަމަލާ ދިން ކަން ހާމަވެފައިވަނީ މާޗް މަހުގެ 30 ވަނަ ދުވަހު

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 6 އޮކްޓޯބަރު 2017 | ހުކުރު 19:34
ދާޚިލީ ހަނގުރާމައިގެ ސަބަބުން ސީރިއާގެ ބޮޑު ބައެއް ވަނީ ސުންނާފަތި ވެފައި

ދާޚިލީ ހަނގުރާމައިގެ ސަބަބުން ސީރިއާގެ ބޮޑު ބައެއް ވަނީ ސުންނާފަތި ވެފައި

ސީރިއާގެ އުތުރުގައި އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ލަތަމްނާގައި ކެމިކަލް ހަތިޔާރުގެ ބޭނުން ކޮށްފައިވާކަން ކެމިކަލް ހަތިޔާރާއި ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަޤްވާމީ ޖަމާއަތުގެ ތަހުގީގުން ހާމަވެއްޖެ އެވެ.

އޯގަނައިޒޭޝަން ފޯ ދި ޕްރޮހިބިޝަން އޮފް ކެމިކަލް ވެޕަންސް (އޯޕީސީޑަބްލިއު)ގެ ތަހުގީގު ރިޕޯޓާއި ހަވާލާދީ އަލްޖަޒީރާ އިން ބުނީ، އެޖަމާއަތުގެ ހަނގުރާމަވެރިންނަށް ސީރިއާގައި ކެމިކަލް ހަތިޔާރުގެ ބާވަތެއް ކަމަށްވާ ސެރިން ނުވަތަ ސެރިން އާއި ގުޅުން ހުރި ކެމިކަލްގެ އަސަރު ފެނިފައިވާ ކަމަށެވެ.

އެޖަމިއްޔާގެ ތަހުގީގަށް ފާހަގަވި ކަންކަން، އެޖަމާއަތުގެ މެމްބަރު ޤައުމުތަކާއި ބުދަ ދުވަހު ހިއްސާކޮށްފައިވާއިރު، ސީރިއާގައި ސެރިންގެ ހަމަލާ ދީފައިވަނީ މިދިޔަ މާޗް މަހުގެ 30 ވަނަ ދުވަހު ކަމަށް އެޖަމިއްޔާ އިން ބުނެ އެވެ.

މާޗް މަހު ސީރިއާގެ ހަމާ ޕްރޮވިންސްގައި ދިން ކެމިކަލް ހަމަލާގައި ފަންސާސް މީހުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސީރިއާގެ އިދްލީބްގައި ޤާއިމް ވެފައިވާ އެކްޓިވިސްޓް މަޖީދު އަލް ނޫރު އަލްޖަޒީރާ އަށް ބުނީ، ކެމިކަލް ހަތިޔާރު ބޭނުން ކުރުމަކީ އެޤައުމުގައި ދޭތެރެ ދޭތެރެއިން ހިނގާ ކަމެއް ކަމަށެވެ.

އަދި ސީރިއާގައި ދޭ ވައިގެ ހަމަލާތަކުގައި ކެމިކަލް ބޭނުން ކުރާކަން އާއްމުންނަށް އެނގެނީ، ހަމަލާ އަށްފަހު އެކަމުގެ އަލާމާތްތައް ފެންނަން ފެށުމުން ކަމަށް އޭނާ ބުންޏެވެ.

ލަތަމްނާގައި އޭގެ ކުރިންވެސް ކެމިކަލް ހަމަލާ ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން މީގެ ފަސް ދުވަސް ކުރިން ދިން ހަމަލާއެއް އެޤައުމުގެ ހަސްފަތާލަކަށް އަމާޒުވިއިރު، އެހަމަލާގައި ޑޮކްޓަރަކާއި ބަލި މީހަކު މަރުވެފައިވާ ކަމަށް ޚަބަރު ލިބެއެވެ.

މީގެ އިތުރުން އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ އިދްލީބްގެ ޚާން ޝެއިޚޫން އަވަށަށް ސީރިއާ ސަރުކާރުގެ ފައުޖުތަކުން ދިން ހަމަލާއެއްގައި މަނާކޮށްފައިވާ ނާވް އޭޖެންޓެއް ބޭނުން ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހަމަލާގައި 87 މީހަކު މަރުވެފައިވާއިރު، މިދިޔަ މަހު އދ.ގެ ތަހުގީގު ޓީމުން ވަނީ އެހަމަލާގައި ސެރިން ގޭސް ބޭނުން ކޮށްފައިވާ ކަމަށް ބެލެވޭ ކަން ހާމަކޮށްފައެވެ.

ސީރިއާގެ ސަރުކާރުން އަންނަނީ ކެމިކަލް ބޭނުން ކޮށްގެން ހަމަލާ ދިނުމުގައި ސަރުކާރުގެ ފައުޖުތައް ބައިވެރިވާ ކަމަށް ކުރާ އެތުހުމަތުތަކަށް ދެކޮޅު ހަދަމުންނެވެ. އަދި 2013 ވަނަ އަހަރުގެ އެއްބަސްވުމުގެ ފަހުން ސީރިއާގައި ކެމިކަލް ހަތިޔާރު އުފެއްދުން ހުއްޓާލާފައިވާ ކަމަށް ސީރިއާ ސަރުކާރުން ބުނެއެވެ. ހަނގުރާމާގައި ކެމިކަލް ހަތިޔާރު ބޭނުން ކުރުމަކީ ބައިނަލްއަޤްވާމީ ޤާނޫނު ތަކުގެ ދަށުން މަނާ ކަމެކެވެ.

ޚާން ޝެއިޚޫންގައި ދިން ހަމަލާއަށްފަހު އެމެރިކާ އިން ވަނީ ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށް ބުނެފައެވެ.

މީގެ އިތުރުން އދ އިން ނެރުނު ރިޕޯޓެއްގައި ވަނީ، 2013 ވަނަ އަހަރުގެ މާޗް މަހުގެ ފަހުން ސީރިއާގެ އިދްލިބް ޕްރޮވިންސާއި، ހަމާ ޕްރޮވިންސް އަދި އިރުމަތީ ގޫތާގައި ސަރުކާރުގެ ފައުޖުތަކުން ކެމިކަލް ބޭނުން ކޮށްގެން 23 ހަމަލާއެއް ދީފައިވާ ކަން ފާހަގަކޮށްފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

28 މާރިޗު 2017

ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ

28 މާރިޗު 2017
 ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ
20 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް "މުހިންމު މީހަކު" ބޭނުންވޭ: މެލޭޝިއާ ފުލުހުން

20 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް "މުހިންމު މީހަކު" ބޭނުންވޭ: މެލޭޝިއާ ފުލުހުން
19 މާރިޗު 2017

ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް

19 މާރިޗު 2017
ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް
08 މާރިޗު 2017

އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި

08 މާރިޗު 2017
އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި
28 ފެބުރުއަރީ 2017

ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް

28 ފެބުރުއަރީ 2017
ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް
24 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލައިފައިވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ބޭނުންކޮށްގެން: މެލޭޝިއާ

24 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލައިފައިވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ބޭނުންކޮށްގެން: މެލޭޝިއާ
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް